ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުން ތަޙްޤީޤް ކުރަމުންދާ މަސްތުވާތަކެތީގެ ދެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ގއ. ވިލިނގިލި، ނޫރުމަންޒިލް، ޔޫސުފް ފުޢާދު (30އ) އާއި ގއ. ދާންދޫ، އަލިވާގެ، ޢަމްޖަދު ޢަބްދުﷲ (38އ) އެވެ.

ވީމާ މި ދެމީހުންނާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 6820009 އަށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައިއެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވައެވެ.