މާލޭ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ތުރުކީ އަށް ރޭ ފުރާވަޑައިގެންފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މުއިއްޒު ތުރުކީ އަށް ކުރައްވާ މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުގެ މަގްސަދަކީ ތުރުކީގެ ސިޓީތަކުގެ މޭޔަރުންނާއި ބައްދަލުކޮށް އެ ސިޓީތަކާއި ގުޅުންބަދަހިކޮށް، މާލޭ އާއި ގުޅުންހުރި އެކި ކަންކަމަށް އެހީތެެރިކަން ހޯދޭނެ މަގު ފަހިކުރުމަށް ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

މިއީ މާލޭގެ މޭޔަރުގެ މަގާމާއި ހަވާލުވެވަޑައިގަތުމަށް ފަހު މުއިއްޒު ރާއްޖެ އިން ބޭރަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާދޭސް

    ދިވެހިން ބޭސްފަރުވާއަށާއި ޗުޓީހޭދަކޮށްލުމައް ފަސޭހައިން ގޮސް އާދެވޭނެ ގައުމެއް ހޯދާދީބަލަ
    އިންޑިއާ ސިރީލައްކާ ބޭނުމެއްނޫން އެމީހުން މިހާރު ދިވެހިންނައް ކުރަނީ ޖެއްސުން.