ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ރާއްޖޭގެ ދެވަނަ ބޮޑުތަކުރުފާނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހްމަދު ސަލީމް ރޭ ވިދާޅުވެއްޖެއެވެ.
ސަލީމް އެގޮތަށް ވިދާޅުވީ "އިންސާފު ހޯދަން" ގެ ނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިސް ނަގައިގެން އިއްޔެ ބޭއްވި މުޒާހަރާގައި ޔާމީން ބައިވެރިވެ ވަޑައިގެންނެވުމުން އެ މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. މި މުޒާހަރާގެ ވަކި ހިސާބަކުން ޔާމީން ދިރިއުޅުއްވާ ގެކޮޅުގައި ހުންނަވައިގެން މުޒާހަރާގައި ބައިވެރިވެވަޑައިގެންނެވި އިރު، އެމަނިކުފާނުގެ އަތްޕުޅުގައި ދިވެހި ދިދައަކާއި ޕީޕީއެމް ދިދައެއް ވެސް އޮތެވެ.
Raees yaameen miadhu e dhehkevee mi dhivehi gaumaa rayyithun ge hahgu gai gurubaan vaan thahyaarah hunnevi kamuge reethi misaaleh Raees yaameen akee dhivehi raahjeyge dhevana bodu thakurufaanu. pic.twitter.com/jIfkzi8xeZ
— Ahmed Saleem (@redwave_saleem) September 10, 2021
ސަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމީން އިއްޔެ ދެެއްކެވީ ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި ގުރުބާން ވާން ތައްޔާރަށް ހުންނެވި ކަމުގެ ރީތި މިސާލެއް ކަމަށެވެ.
"ރައީސް ޔާމީނަކީ ރާއްޖޭގެ ދެވަނަ ބޮޑުތަކުރުފާނު" ސަލީމް ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނުން ފުރަތަމަ ނިންމާފައި އޮތީ މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުން ކުރިއަށް ގެންދާށެވެ. ނަމަވެސް ފުލުހުން އެކަމަށް ހުރަސް އެޅުމުން ފަހުން އިދިކޮޅު ކޯލިޝަނުގެ ސަޕޯޓަރުން ވަނީ ޔާމީން ދިރިއުޅުއްވާ ގެކޮޅު ކައިރި އަށް އެއްވެފައެވެ.
މީގެކުރިން ފެނުނު މަންޒަރުތަކަށް ބަލާ އިރު، އިދިކޮޅު ކޯލިޝަނުން މުޒާހަރާއެއް ބާއްވާކަން އިއުލާން ކުރުމުން، މުޒާހަރާ ފެށުމުގެ ގަޑިއިރެއްހާ އިރު ކުރިން ފުލުހުން ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދު ބަންދުކޮށްލައެވެ. އަދި ސަޕޯޓަރުން އެ ސަރަހައްދަށް ޖަމާވާން ފުރުސަތު ނުދެއެވެ.
އެއާ ހިލާފަށް ފުލުހުން އިއްޔެގެ މުޒާހަރާ ބާއްވަން ފުރުސަތު ދިން ނަމަވެސް، މަގުތަކަށް ނުކުމެ މުޒާހަރާ ކުރަން ފުރުސަތު ދީފައެއް ނުވެއެވެ.
ޔާމީން އެ މުޒާހަރާގައި ބައިވެރިވެ ވަޑައިގެންނެވުމުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވިދާޅުވީ ޔާމީން އަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިގްރާރާ ޚިލާފަށް ކަމަށާއި އެހެންކަމުން މި މައްސަލަ ބަލާ، ފިޔަވަޅު އަޅާނެ ކަމަށެވެ.
މަނީ ލޯންޑްރިން ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ. ޔާމީން ގޭ ބަންދަށް ބަދަލުކުރެއްވީ މާފުށީ ޖަލުގައި ކޮވިޑް-19 ގެ ހާލަތު ގޯސްވުމާ ގުޅިގެންނެވެ.
ބޮޑުތަކުރުފާނޭ ކަތުރޭ ނުކިޔާ ބިންތައްއަތުލާނެ މިފަހަރު 🤗
ބޮޑު ތަކުރުފާނުވެރިކަމުގަ އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލާ ޤައުމު ދަވާލާދީމަ ރައްޔިތުން ނިކުމެ ބޭރެއް ނުކުރޭ..
އަހުމަދު މުހައްމަދު ފުޅު ކަލޭ ފިޔަވަޅުއަޅާ އެކަމަކު ކަލެޔަށް ފިޔަވަޅުއަޅަން އޮތީ މަދުދުވަސްކޮޅެއް ، ﷲ އިރާދަކުރެއްވިއްޔާ 2023 ނޮވެމްބަރ 11 ގެ ފަހުން ލަފުގަ ހިފާ ހޫރާލާނަން ...
މޮޔަފުޅުވީތޯ ވަގުންނަށް ވެރި ކަމެއް ނުދޭނެ ރައްޔިތުންނެއް.
ސަލީމްބެ ބުނަންތަވާހަކައެއް.. ފުރަތަމަބޮޑުތަކުރުފާނަކީ އެހާވަގުމީހެއްނޫން
ރައީސް ޔާމީނަކީ ހިއްވަރުގަދަ ލީޑަރެއް ، ދިވެހިންޓަކާ އެމަނިކުފާނު ގުރުބާންވާނެ ، ކަރެކުސަނުން އަޅާ ފިޔަވަޅެއް އަޅައަޅަ ތިބޭ ކަހެރުވަކެކޭ ވެސް ހީނުވޭ ...
ޜައީސް ޔާމީނޭ.. އެއީ ޖަލުޔާމީނު
އެކަމަކު ތިމީހަކީ ބޮޑުތަކުރުފާނުގާތުން ސަލާމަތްވެގެން އަނދަރިއަނދިރިންގާތަށް ދާއުޅުނުމީހެއް. ހުރި ނުބައިކަން ބަލާބަލަ.
2ވަނަ ބޮޑު ވަގު
ކީއްވެތޯ ގައުމު ދަވާލި މީހެކޭ ނުކިޔަނީ
ބަލަ ޔާމީނު ކަމަކަށް އެއްބަސްވެގެން ހުރިއްޔާ އަހުމަދު މުހައްމަދުފުޅާ ސުވާލު ކުރެވޭނެ. އަހުމަދު މުހައްމަދުފުޅު ކަމެއް އޭނަގެ ވަޒީފާ އަދާކުރުމަކީ. އަހުމަދު މުހައްމަދުފުޅެއް ނޫން ޔާމީނަށް ހުކުމް ކުރީ. ނުބައިކޮށް ހުކުމް ކުރިޔަސް އަހުމަދު މުހައްމަދުފުޅު ޖެހޭނީ ތަންފީޒު ކުރަން. ކަލޭ މުސްލިމަކަށްވެހުރެ މާ ރަނގަޅު ވާނެ މާފަށް އެދުނިއްޔާ.
ބޮޑު ތަކުރުފާނު ނަމާދު ވަގުތު ވިޔަފާރިއެއްވެސް ނުކުރާނެ
ބޮދުތަކުރުފާނު؟؟؟ ސަލީމު ތީވެސް ތަކުރެއް ދެންއިނީ މަހާރެހެންދި ކުރަނީ އެހެންކަމެއް ؟؟؟؟ ގައުމައް އުފަންވި އަބުތާލުންގެ އަގު ވެއްޔާމޮޑެލަން ބޭނުންވަނީތޯ: ދިދަވަގު
ބޮޑުތަ ކުރުފާނު ހަމައެހާވަރަށް ވައް ކަން ކަން ކުރިތޯ. ސަލީމުވެސް މިހާރު މޮޔަގޮވަން ފެށީތާ.އެހެންތާވާނީ އެ ކުގައި ކުރި އިންޖީނުތަ ކުގެ ވިޔަފާރިތިން ހަނދާން އާވީމަވާގޮތްދޯ.
އާއެއީ ހަމަބޮޑު ވަގެއް
ސަލީމު ބޮޑުތަކުރުފާނަކީ ވައްކަންކުރި ބޭފުޅެއްނޫން އަދި ޖައްބާރު އަނިޔާވެރިއެއްވެސް ނޫން.
އާން ބޮޑުތަކުރުފާނުދޯ ގައުމުގެ ބައިތުލްމާލު ދަވާލީ، ލަދެއް ހަޔާތެއް ނެތް ވާހަކަ ދައްކަފާނެ
ކަލޭގެ ވިޔަފާރި ބަގުރޫޓް ކޮށްލަން ފޫގެޅީވެސް ޔާމީނު ! އެކަމާ ގަތްބިރުން ތިހިރީ ދެވަނަ ތަކުރުފާނަށް ސައިކުރާކަށްކާ ދޭން ނިކުމެ ދޯ ؟ ވާ ވާ .......
ވައްކަން ކުރާމީހުން ނައް ސަލީމު ކިޔަނީ ބޮޑު ތަކުރުފާނު
ބޮޑު ތަކުރުފާނަކީ ވަގެއްކަމަށް ކަޑައަޅާ އެއްވެސް ކޯޓަކުން ހުކުމް ކުރިކަމެއް އެގިފައެއް ނެތް. އެހެންވީމަ އެތަކުރުފާނަާ ހުކުމެއް ތަންފީޒް ކުރަމުންދާ މީހަކާ އެއްވަރު ކުރުމަކީ ކުރެވޭނެ ކަމެއްނޫން.
ބޮޑުތަކުރުފާނުގެ ރަސް ކަމުގައި އިނދިކޮޅު ބައެއް ނެތުމުން ޖަލަށްލާނެ ބަޔަކު ނެތިފަ އޮތަސް ގައިމު ވަގަށް ކާނެ އެއްޗެހި ހުންނާނެ. އެކަމަކު އެތަކުރުފާނު ވައްކަންކުރިއޭ އޮޅިގެންވެސް މީހަކު ބުނީތީއެއް ނާހަން.
ފުރަތަމަ ބޮޑު ވަގު
މިއީ ވ.ނަޤާބިލްކަމެއް ބްލައިންޑް ސަނާ ދެއްނެވުން ތިޔަކަހަލަ މިހުން ވެރިޔެއްކައިރީ ގިނަވެއްޖެނަމަ އެވެރިޔެއްގެ ޑިށިޝަންމެކިން ކްލައުޑްވާނެ...