ސައުދީ އަރަބިއްޔާ ސަރުކާރުގެ އެހީގައި މާލޭގައި އަޅާފައިވާ ކިންގް ސަލްމާން މިސްކިތް ހުރި ސަރަހައްދުގެ ގޮތުން އެތަން ބަލަހައްޓަން ބޮޑު ހަރަދެއް ކުރަން ޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

ޒާހިރު ވިދާޅުވީ މިސްކިތް ގޮނޑުދޮށާ އެހާ ކައިރިވުމުން މިސްކިތުގެ ތެރެއަށް ލޮނުގެ އަސަރުކޮށް ބައެއް ތަކެތީގައި ދަބަރު ޖަހަން ފަށާފައިވާ ކަމަށެވެ.

"އައުޓް ޑޯ ޔުނިޓްތަކުގައިވެސް ވަރަށް ބޮޑަށް ދަބަރު ޖަހާފައި ހުރީ" ޒާހިރު ވިދާޅުވިއެވެ.

އެ ސަރަހައްދަށް ދޭތެރެ ދޭތެރެއިން އުދަ ވެސް އަރައެވެ. އުދައިގެ ސަބަބުން ބޮޑުތަކުރުފާނު މަގާ ހަމަޔަށް ލޮނުގަނޑު އަރައެވެ. އޭގެ ސަބަބުންވެސް މިސްކިތުގެ ބައެއް ތަކެއްޗަށް ލޮނުގެ އަސަރުކޮށް އެތަނަށް ކުރަން ޖެހޭ ހޭދަ އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ.

ކުރިއަށް ރޯދަ މަހުގެ ކުރިން ސަލްމާން މިސްކިތް ހުޅުވިގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިސްކިތުގެ ވަޒީފާއަށް މުވައްޒަފުން ނެގުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދެއެވެ. އެގޮތުން އެކި މަސައްކަތްތަކަށް 30 ވަރަކަށް މުވައްޒަފުން ބޭނުންވާ އިރު މި ވަގުތު ނަގަން ހަމަޖެހިފައިވަނީ 14 މުވައްޒަފުންނެވެ.

އެއީ 10 ސަޕޯޓް ސްޓާފުންނާއި ހަތަރު ޓެކްނިކަން މުވައްޒަފުންނެވެ. އެ މަގާމުތަކަށް ބޭނުންވާ މުވައްޒަފުން ޝޯޓް ލިސްޓުކޮށް އިންޓަވިއު ކުރުން ކުރިއަށް އެބަދެއެވެ. މުވައްޒަފުން ނެގުމުގައި ބޮޑަށް އިސްކަން ދޭނީ ދިވެހިންނަށް ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މިސްކިތުގެ މަސައްކަތް ކޮށްފައިވަނީ ތުރުކީވިލާތުގެ ކުންފުންޏެއް ކަމަށްވާ އަލްކޭ-ޓާމެކްސްއިންނެވެ.

ކިންގް ސަލްމާން މިސްކިތުގެ ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާގައި ޖުމްލަ 4000 މީހުންނަށް ނަމާދު ކުރެވޭނެއެވެ. މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ހަތަރު ކްލާސް ރޫމާއި ފަސް ސެމިނާ ރޫމުގެ އިތުރުން އިސްލާމިކް ލައިބްރަރީއެއް ވަނީ ގާއިމު ކޮށްފައެވެ. ހަތަރުވަނަ ފަންގިފިލާއަކީ ސެމިނާ ތަކާއި ކޮންފަރެންސްތައް ބޭއްވުމަށް ހާއްސަ އޮޑިޓޯރިއަމެކެވެ. މިސްކިތުގެ ފަސްވަނަ ފަންގިފިލާ ތަރައްޤީ ކޮށްފައިވަނީ ދީނީ ދަރުސް ދިނުމަށާއި، އެހެނިހެން ބޭނުންތަކަށް ބޭނުން ކުރެވޭ ގޮތަށް ހޯލެއްގެ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ސަރުދާރުު

    މިހާ އަވަހަށް ޝަކުވާ ކުރަންފެށީ، ކަމެއް ގޯސްނަމަ ކުރީ ސަރުކާރު އަބަދުވެސް. މިކަންވެސް ހައުސިން ނޫނީ ކައުންސިލާ ހިއްސާކުރީމަ ދެންވެސް އެފަދަ ކަންކަމާ ވިސްނައިގެން ކުރެވޭނީ

    20
  2. ޕަކަޅާ

    އަބަދުވެސް ދައުލަތުގެ ވެރިންނަށް ތިބޭ މީހުންނަށް ކުރާ ޚަރަދު މަދުވެގެން އޮތީ ދައުވާކުރުމާއި ކުސްތެޅުން. ބޭކާރު ބަޔަކަށް ޚަރަދުނުކޮށް މިސްކިތްތަކަށް ޚަރަދުކުރުން މާ މުހިންމު. އަދި ކަންކަމާ ހަވާލުވެގެން ތިބޭ މީހުން ޖީބަށް ކަހާލާ ބައިން ކުޑަ މިންވަރެއް މަދުކޮށްލިޔަސް ތިވަރުގެ ތަނެއް ބަލަހައްޓާފައި ބާކީ އެތައް މިލިޔަނެއް ހުންނާނެ.

    18
  3. މަރީނާތު

    ބަލަ ކޮންމެ ތަނެއް ވެސް ހިނގާނީ ހަރަދު ތަކެއް ގޮސްގެން. މަޖިލިސް މެމްބަރުންގެ ސަޔާ ކައުންސެލަރުންގެ މުސާރަ އެއް އަހަރު ތެރޭ ދެފަހަރު ބޮޑު ކުރަން ލާރި ހުރޭދޯ

    22
  4. އަޙްމަދު

    އެހެންވީމާ މިސްކިތް ތަޅާލަފައި މަޖާކުރާ ތަނެއް އެޅީމާ ޙަރަދު ކުޑަވާނެތަ؟

  5. ފާތުމާފުޅު- ހިރިލަންދޫ

    މިސްކިތް ހުޅުވާނެ ކަމެއް ނެތް ..... ބަޖެޓް ލިބެންދެން މަޑުކުރޭ

  6. ކޮވިޑް

    މިސްކިތެއް ބަލަހައްޓަން ބޮޑު ހަރަދެއް ދާވާކަހަ އިސްލާމިކް މިނިސްޓަރ އަކަށް ވެހުރެ ޑޮކްޓަރ އެއްގެ ލަގަބް ނަމުގެ ކުރިޔައް ލައިގެން ހުރެ ބުނި އިރު ލަދެއްގެ ކަންފުޅެއްވެސް ނެތީތޯ؟ މަޖިލީސްގެ ރައީސް ޤައުމުން ބޭރުގަ ވަޒީފާ އަށް ނުނިކުމެ ނަގާ މުސާރަ އެއީ ހަރަދެއް ނޫންތޯ؟

    • ނަންއިތުރު

      ގަނެގެންއުޅޭ ލަގަބެއް

  7. ޞ

    ބުރިޖުގެ ބޯކުގައިވެސް ދަބަރު ޖަހާ ހަލާކުވުމުން ދެންގޮތެއް ނެތީމާ މަރާމާތު ކުރަންޔާ ޚަރަދު ބޮޑުވާނެ
    ޣޭގޭގައި ހުންނަ ފަންކާ ގައިވެސް ދަބަރުޖަހާ ޒާހިރު އެހެންވެގެންނޭ ކުރީ ސަރުކާރުން މިސްކިތުފަންޑުގެ ނަމުގާ އިމާރާތެއް އެޅީ ކަލެއް ވީކަމެއް ބުނެބަލަ...2020 ގައި އެންމެ މަސްރޫއެއް ވެސް ނުހިންގޭކަމަށް މަޖިލީހުގައި އިއުތިރާފުވި....މަގާމެއް ދޭއިރަށް ހަވާލު ވާކަށް ނުވާނެ.

  8. Anonymous

    މިސްކިތުގެ ހަރަދު ދާނީކަލޭޖީބުންތަ ބޭކާރުށަކުވާނުކޮއް އިސްތިއުފާދީ

  9. އިބުރާޙިމް ސަލީމް

    ބްރިޖް ބަލަހައްޓަން އަދި މާ ބޮޑު ޚަރަދު ހިނގާނެ.

  10. މުފައްކިރު

    ބަހަނާ ނުދައްކާ ގާބިލް ކަމެއް ނެތް މިނިސްޓަރ އިސްތިޣުފާދީ.

  11. ސޮއި

    ޔާމީންގެ ދައުރުގައި ކުރިކަމެއްވީމާ މިސްކިތް ތަޅާލަން ބަހަނާއެއް ހޯދަނީ

  12. ރާއްޖެތެރެ

    ސިޔާސީ ބޭނުމައް ބަސްބުނަންޏާ އިސްތިއުފާދީ

  13. ނަން

    މިސްކިތެއް ބަލަހައްޓަން ޚަރަދު ބޮޑީއާއި ސަރުކާރު އުވާލާފެ ދޭ އެހެނީ ސަރުކާރު ހިންގުން މާ ޚަރަދު ބޮޑުވާނެ

  14. އަލީ

    ޒާހިރު ކަލެއައް ތިޔަކަންކަން ނުވަނީނަމަ އިސްތިޔުފާދީފަ ފެއްސިގެން ދުރައްދޭ. ކަލެއަކީ ތިޔަމަގާމަށް އެއްގޮތަކައްވެސް ކުފޫހަމަވެގެންވާ މީހެއްނޫން.

  15. ސާފު

    މަށަށް ފެނޭ ކޮންމެވެސް ވަރަކަށް އިމާމުންނަށް އިންޑިޔާގެ މުދިންތަކެއް ހަމަޖައްސަން. އެއީ އަވަށްޓެރި ގައުމަކަށްވީތީވެސް އެފުރުސަތު ދިނުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި ދެކި އެކަން އެމަގުން ގެންދަވާނެކަމުގެ ފުރިހަމަ ޔަގީންއޮތުމާއެކު ދަންނަވާލީއެވ.