އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲގެ ވެރިކަމުގައި އިންޑިއާ ސިފައިން ނުބޭލުނު ނަމަވެސް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ވެރިކަމެއްގައި ބާލާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

"ދިވެހި ޗެނަލް" ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އުމަރު ވިދާޅުވީ، ރާއްޖެއަށް ބޭނުން ވަނީ އިޚްލާސްތެރިކަން ހުރެ "ކެރޭ" ލީޑަރު ކަމަށެވެ. އުމަރު ވިދާޅުވީ އެ ކެރުންތެރިކަން ރައީސް ޔާމީންގެ ނެތް ކަން ފެންނަން އެބަ އޮތް ކަމަށެވެ.

"ރައީސް ޔާމީން، އިންޑިއާ ސިފައިން ބާލަން ގަސްތުކުރެއްވިއިރު ހުރީ ވަރަށް ބޮޑަށް ފިތި ބާރުވެފައި،" އުމަރު ވިދާޅުވިއެވެ.

އުމަރަށް ހޯމް މިނިސްޓަރު ކަން ކުރައްވަން ލިބުނު ދެ އަހަރުގެ ފުރުސަތުގައި ރާއްޖޭގެ އަމަންއަމާންކަން ނުގެންނަ ތަފާތު ބަދަލު ގެނެސްދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ވިޔަސް އެ ފުރުސަތުގައި ޚިދުމަތް ކުރަން ޖެހުނީ "ކަނާތު" ބަނދެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުގެ ދެ އަތް މޮހެލާފައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ފަސް އަހަރު ދުވަހުގެ ދައުރެއް އަދާކޮށްފިއްޔާ އަޅުގަނޑު ހަމަ ޔަގީންކަމާއެކު މި ދަންނަވަނީ ދިވެހިރާއްޖެ ހަމަ އެއްކޮށް ބަދަލުވާނެ،" އުމަރު ވިދާޅުވިއެވެ.

އުމަރު ވަނީ 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވައިފައެވެ. އަދި ރާއްޖޭގައިި ގާއިމް ވެފައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ އުމަރު އެންމެ މުހިއްމު ކަމެއް ދެއްވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ކުރޯ

  އުމަރަށް ބޭލޭނީ ސޯޓު

  6
  3
 2. ޜއށް

  ފުރަތަމަ ކަމަކީ 3000 ވޯޓް ލިބިގެން ވެރިކަން އަދި ކުރެވޭގޮތަކަށް ނޫން އޮންނަނީ...ހެހެހެ..

  6
  3
 3. ޓްއިޓު

  ރ.ޔާމީނަށް ނުވިކަމެއް އުމަރަކަނުވާނެ
  ޢުމަރު ތިކާކުތަ މާމޮޅު ވާހަކަ ދައްކަން

  6
  2
 4. ރާއްޖެތެރެ

  ދެއަނގައިން ވާހަކަ ނުދަައްކާ ކަލޭ

  3
  2
 5. ވިސްނާލުމަށް އެދެމޭ

  އަމަރާ ތިއީ ޖަމަލު ޖަހާ ކަހަލަ ފޮޑިޖަހާމީހެއް...ރޔާމީނަށް ނު ކުރެވުނު ކަމެ ކުރެވޭނެ ހިއްވަރެހުރި އެ ކަ ކުވެސް ވެރި ކަމަށް ފޫހިއްލައިގެން ތިބިމީހުންގެތެރޭގަނެތް..

  9
  2
 6. ހަސަން

  އޭ އުމަރާ. ކީއްވެ ކަލޭ ޔާމީނާ ޖައްސާލައިގެން ތިއުޅެނީ. ޔާމިނަށް އޮތް ތާއީދު ހައްތާވަނީ ބޮޑު. އަދިވެސް ދައުލަތުގެ ހަރު މަގާމެއް ލިބުނަސް ލިބޭނީ ޔާމީނު ކަހަލ މީހަކު ވެރިކަމުގައި ހުރެގެން. ޔާމީނަށް ނުކުރިގެނެއް ނޫޅޭ. ބަޔަކު ވެރިކަން ފޭރިނުގަތްނަމަ މިއަދަކު މިރާއްޖޭގއަި ތިޔަ ބޮޑި މަސްތުބިޅިތަކެއް ނުތިބޭނެ.

  7
  2
 7. އާދަމްބެ

  ވަރުގަދަ އަނގައެއް އޮންނަ މީހެއްމީ ވެސް. ދިވެހިން ކަލޭގެ ވެރިކަމެއް ބޭނުމެއް ނުވޭ.

  7
  2
 8. އަލްޖިބްރާ

  ކަލެއަށް ބޭލޭނެ އެއްޗިހި ތިހިރީ ބާލައިގެން ! ދެން އެހެން އެއްޗެއް ބާލަން އުޅެގެން އަނެއްކާވެސް ވާނީ ބޭޒާރު !

  7
  2
 9. ބޮކި

  ހަމަ އަންނަނީ ހިނި......................

  6
  2
 10. ކޮވިޑް

  އެހެން ވެގެންނު ގޭގަ ފިނިކޮޓަރީގަ ތި އޮންނަނީ؟

  8
  2
 11. ނާސިރު ބުނިބަސް އެހިންތަ؟

  މަކަރާ އޮޅުވާލުން ބޭނުން ކޮއްގެން ތިއުޅެނީ ސިޔާސީ މަގުސަދު ހާސިލްކުރަންތަ؟

 12. ހުސޭނުބޭ

  އުމަރާ! އުމަރު ތި ގެންގުޅެނީ ހާދަ ވަރުގަދަ ރޭޒަރެކޭ! ތީތި މަށަށް ދޭންވީނު!

  3
  1
 13. އާދެ

  އުމުރަށްވެދާނެ ކަންކަމުގެ ތެރޭގައި ހިމެނެނީ ތި ކަމާ، އަންނި ކޮންޓްރޯލްކޮށްފަ ބެހެއްޓުމާ، ދީން ހިމާޔަތްކުރުމާ، ގޭންގްތައް މައިތިރިކުރުން. އެކަހަލަ ކަންކަން މިގައުމުގަ ހަމައަކަށް އަޅުވަން ބޭނުންނަމަ އުމަރު ހޮވަންޖެހޭނީ. ތަރައްގީއާ ދެން ހުރި އެހެން ކަހަލަ ކަންކަމަށް އުމަރު އެހާ މޮޅެއްނުވާނެ ކަމަށް ފެންނަނީ.

 14. މާމީ

  ރައީސް ޔާމީން ސަރުކާރުގަ ހޯމް މިނިސްޓރަކައް އުމަރު ހުރިއިރު ރައީސް ޔާމީން އިންޑިއާ ސިފައިން ބޭރު ކުރަން އުޅުނީމަ އެކަމައް ދެކޮޅުހަދާ އެމީހުން ބޭރުނުކުރީ ތިބޭފުޅާނޫންތޯ މިހާރު ކޯއްޝެކޭ ތިކިއަނީ<<<

  2
  1
 15. ހުސޭނު

  ޢުމަރޭތިބުނަނީއިސްމާލްބޭގެނަގިލީގެވާހަކަދޯހަހަ

 16. ހަސަންތަކުރު

  ކަލެއައްކެރުނަސްމަގޭވޯޓްކަލެއައްނުދޭނަން

 17. ނާޡިމް

  އުމަރު ތިދައްކާ ވާހަކައިން ދޭހަވަނީ ވަޒީރު ކަމުގައި ހުރެގެން ހެދީ މަކަރުކަން، ކޮންމެ ކަމަކީ ރައީސުލް ޖުމްހޫރިއްޔާ ކުރައްވާގޮތަށް އޮންނަ ކަމެއްނޫން، ރައީސް އަންގަވާ ގޮތަކަށް އެމަސައްކަތެއް ކުރުވާ ތަންފީޒް ކުރަންޖެހޭނީ ވަޒީރުން، އެކަން ނުކޮށް ތިބެ އަމިއްލައަށް ސޯޓް ބޭލީމަ މަންޒަރު ހަޑިވާނެ

 18. ރީތި މޫސަ

  ކޮންމެކަމަކީ ކެރުނަސް ނުކުރެވޭނެ ކަންކަން ބަޔަކު ޤައުމަށް ވެފަހުންނަ ހިޔާނަތަކީ މުޅިގައުމު އޭގެ ދެރަޔާ އުނދަގުލާ ކުރިމަތިލާންޖެހޭ ކަންކަން ސަބަބަކީ އެއްބަސްވެ ސޮއިކޮށްފަހުންނަ ވިޔާނުދާ އެއްބަސްވުންތައް ބަޔެއް އެއްބަސް ވުންތަކަކީ ފައިސާ ދީގެންވެސް އުވާލެވެން ނުހުންނަ އެއްބަސް ވުންތައް