މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގައި ވެސް އަދި ޚިޔާނާތުގެ އެހެން މައްސަލައެއްގައި ވެސް ބައިވެރިވެފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

"ވަގުތު" އިން ކޮންމެ ހަފްތާއަކު ކުރިއަށް ގެންދާ "ހަވާސް" ޕްރޮގްރާމްގައި ޝިޔާމް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ ބަލަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށް ވާއިރު އެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށް ފުރަތަމަ އެ މައްސަލައިގައި ތުހުމަތު ކުރި މީހުންގެ ތެރޭގައި އޭނާގެ ނަން ނުހިމެނޭ ކަމަށެވެ. ނަމަވެސް ފަހުން ދައުލަތުން އަދީބު އަށް ލުއިތަކެއް ދިނުމަށް ފަހު އެކުލަވާލި ލިސްޓުގައި އޭނާގެ ނަން ހިމެނުނު ނަމަވެސް އެ ލިސްޓުގެ ސައްހަކަމާއި މެދު ސުވާލު އުފެދޭ ކަމަށް އެނާ ވިދާޅުވިއެވެ.

އެ ލިސްޓަކީ ސިޔާސީ ގޮތުން އަބުރު ކަތިލުމަށް އެކުލަވާލ ލިސްޓެއް ކަމަށް ވެސް ޝިޔާމް ސިފަކުރެއްވިއެވެ.

"ހެކި ބަސް ދެނީ އަދީބު. ސަރުކާރުގެ ހެއްކަކަށް އޮތީ ފާސިގެއް. އަޅުގަނޑު މިދަންނަވަނީ އަވަސްކުރާށޭ އަޅުގަނޑުމެންގެ މައްސަލަތައް. ފަހުން އެކުލަވާލި ލިސްޓަކީ ސައްހަ ލިސްޓެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ސިޔާސީ ގޮތުން އަނިޔާކުރެވިދާނެ." އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވަނީ އެފަދަ ތުހުމަތެއް ކުރާ އިރު އޭނާ ހާޒިރުކޮށް ސުވާލުކޮށްފައި ނުވަނީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ. އަދި އެ ލިސްޓުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ނަން ވެސް ކިލަނބުވާ ކަމަށް ޝިޔާމް ސިފަކުރެއްވިއެވެ. ޝިޔާމް ވަނީ މަޖިލީހުގެ މެމްބަރުންނަށް ޚިޔާނާތުގެ ތުހުމަތު ކުރެވޭ އިރު އެފަދަ ކަންކަން މަޖިލީހުން ނުބަލަނީ ކީއްވެގެންތޯ ވެސް ސުވާލުކުރައްވާފައެވެ.

"މަޖިލީހުން ކީއްވެތޯ އޭ މައްސަލަ ނުބަލަނީ. ކިރިޔާ ކަމެއްވާ އިރަށް ވެސް މައްސަލަ ބަލަނީ މަޖިލީހުން. " ޝިޔާމް ވިދާޅުވިއެވެ.

އެސެޓް ރިކަވަރީގެ ރިޔާސީ ކޮމިޝަނުން އެކުލަވާލާފައިވާ ލިސްޓު މަޖިލީހާ ޚިއްސާ ކުރީ މެއި މަހުގެ ހަވަނަ ދުވަހުގައެވެ. އެ ލިސްޓު މަޖިލީހުގައި ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ވެސް ހިމެނޭހެން އެކުލަވާލާފައިވާ ޖޮއިންޓް ކޮމިޓީއަކުން ވަނީ ދިރާސާކޮށްފައެވެ. އެ ލިސްޓު ދިރާސާކުރުމަށް ފަހު، މިދިޔަ ބުދަ ދުވަހު މަޖިލީހުން ވަނީ އެ ލިސްޓު އާންމުކޮށްފައެވެ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ ހުރެ ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ހިމެނޭ މީހުންތައް ދަނީ އެ ކަމަށް އިންކާރުކޮށް އަދި ލިސްޓުގެ ސައްޚަ ކަމާ މެދު ސުވާލު އުފައްދަވަމުންނެވެ.

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގާފައިވާ ހިޔާނާތުގެ ފައިސާ ލިބިފައިވާ ލިބިފައިވާ މީހުންގެ ލިސްޓުގައި މަޖިލީހުގެ މެމްބަރުންނާއި، ފަނޑިޔާރުންގެ އިތުރުން ވަކީލުންނާއި އާއްމުންވެސް ހިމެނެއެވެ.

މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިންގި ޚިޔާނާތުގެ އެންމެ ބޮޑު ޖަރީމާއެވެ. އޭރު މަޖިލީހުން ވަކި ގޮތަކަށް ކަންކަން ފާސްކުރުމަށާއި، ޝަރުއީ ކޯޓުތަކުން ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް މި ފައިސާ ބޭނުންކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ވަނީ ޚިޔާނާތްތެރިވެފައެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމް ބޭނުމަށް ދޫކޮށްފައިވާ ފަޅުތަކާއި ފަޅު ރަށްތަކުން ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާއިރު، އެ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަކީ ރައީސް އިބްރާޙީމް މުޙައްމަދު ސޯލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ކަމަށް ޓަކައި ރިޔާސީ ކޮމިޝަނެއް އެކުލަވާލައްވައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހާއި، ފުލުހުން ހިމެނޭ ގޮތަށް ޖޮއިންޓް އިންވެސްޓިގޭޓިވް ކޮމިޝަނެއް ވެސް އެކުލަވާލާފައިވެއެވެ.
..

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. 13 ވގ

    ތެޔޮ ވިޔަފާރި ކުރީ ކިހިނެތްތޯ

    8
    3
  2. އިއްބެ

    އޯކޭ ތިކުރާމަސައްކަތާގެން ވަޑާގެންނަވާ މިހާރު މިކަންމިއޮތީ ނިމިފަ މިސަރުކާރުގެ ހުރިހާ މުއުސިސާ ބޮޑުނެޕީޖަހާގެންވެސް މިއުޅެނީ ލީކު ނިހިފެއްޓިގެން އޭގެމާނައަކީ ކަންނިމިއްޖޭ

  3. މޫހޮނު

    އޯކޭ ތިކުރާމަސައްކަތާގެން ވަޑާގެންނަވާ މިހާރު މިކަންމިއޮތީ ނިމިފަ މިސަރުކާރުގެ ހުރިހާ މުއުސިސާ ބޮޑުނެޕީޖަހާގެންވެސް މިއުޅެނީ ލީކު ނިހިފެއްޓިގެން އޭގެމާނައަކީ ކަންނިމިއްޖޭ

  4. މާބެ

    އަދީބު ބުނާނީ ރަނގަޅަށް! އެއީ އަދީބު މެދުވެރިކޮށް ލިބިފަވީމަ!

    2
    3
  5. އިބްރާހީމް

    ޝިޔާމް ވާހަކަ ދައްކަން ލަދު ނުގަންނާތީ ދޯ މިވާހަކަ ދައްކަނީ ރައީސް ޔާމިން ވެރިކަމުގައި ނައިފަރު ހޮސްޕިޓަލުގައި 5 ބުރި އިމާތެއް އެޅީތީ މުޅި ހެލްތު މިނިސްޓްރީގެ ބަޖެޓް ކަނޑާލީ.

    4
    3
  6. ޝާއިން

    ރެއިންބޯއިން ހުޅުމާލޭގައެޅި އަގުބޮޑު އެޕާޓްމެންޓް ތެރެއިން އެއްތަން ބައްލަވާގަތީ ކޮންތާކުން ހޯދި ފައިސާއަކުންތޯ؟ޝިޔާމްގެ މެމްބަރުކަމުން ލިބޭ އާމްދަނީއިން އެވަރުގެ އަގުބޮޑުތަނެއް ނުގަނެވޭނެ.

    3
    1
  7. Happy 123

    ކުޑާކޮށް ލާރިކޮޅެއްގަ ހިފާލީ އުތަ🤭

    1
    1
  8. މުޙައްމަދު ކާރިމް ނައިފަރީ

    ނައިފަރު ކައުންސިލްގެ ކުރީގެ ރައީސް ހައިސިއްޔަތުން ބުނެލާނީ ނައިފަރުވިޔަސް އެހެން ރަށެއްގެ މީހެއްވިޔަސް މެމްބަރު ×ިޔާމް އާއި ނުބެހެވޭނެ. މުޅި ނައިފަރުން ބަލާލި ކޮންމެދިމާލަކުން މިފެންނަނީ ×ިޔާމްގެ މަސައްކަތް. ޝިޔާމްގެނެސްދެއްވި ތަރައްގީ އާ ކުރިއެރުން. ޒުވާނުން ޓާފް ދަނޑުގައި އުދުހެނީ. 5 ބުރީގެ ރީތި ހޮސްޕިޓަލް. ރީތި މިސްކިތެއް. ރާއްޖޭގެ އުތުރުން އެންމެ ބޮޑު ބަނދަރު. ސީ އެމްބިއުލާންސް. ފާމަސީ، އެމްބިއުލާންސް، ޖަނަރޭޓަރު، ޓްރާންސްފޯމަރުތައް، ފުޓްސަލް ދަނޑު، އަދިވެސް ނަންހުސްކޮށް... ރައްޔިތުން އެންމެ ލޯބިވާ މެމްބަރަކީ ޝިޔާމް. ޖޭނުވޭ

    1
    6