ސްކޫލުތަކުގައި ދަރިވަރުންނަށް ކިޔަވަން ބޭނުންކުރާ އިސްލާމް ފޮތާއި ގުރުއާން ފޮތުގައި ކުށްހުރިތޯ ބެލުމަށް އިސްލާމިކް މިނިސްޓްރީން ހާއްސަ އިސްކަމެއް ދެއްވަން ޖެހޭ ކަަމަށް ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) މިއަދު ވިދާޅުވެއްޖެެއެވެ.

ގްރޭޑް އެކެއްގެ ގުރުއާން ފޮތުގެ ދެ ސޫރަތެއް އެކުވި މައްސަލައަކާއި ގްރޭޑް ދޭއް އަދި 12 ގެ އިސްލާމް ފޮތުގައިވެސް ހުރި އެފަދަ މައްސަލަތަކެއް ދީނީ އިލްމުވެރިން ވަނީ ފާހަގަކޮށްފައެވެ. އެ ފޮތްތަކުގައި އިސްލާހުކުރަން ޖެހޭ އިތުރު ކަމެއްވާނަމަ އެކަން މެއިލުން އަންގަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެދިފައެވެ. އެ ހަބަރު ލިޔެފައިވާ އާޓީކަލެއް ޓްވިޓާގައި ޝެއާ ކުރައްވާ ނާޒިމް ވިދާޅުވީ އިސްލާހުކުރަން އެދިފައިވާއިރު އެކަމުގައި އިސްލާމިކް މިނިސްޓްރީން ހާއްސަ އިސްކަމެއް ދެއްވަން ޖެހޭ ކަމަށެވެ.

ފޮތްތަކުގައި ހުރި ކުށްތައް ފާހަގުވުމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ އެކަން އެހެންވެފައި އޮތީ ފޮތް ފާސްކުރާ ކޮމިޓީއަށް ބަލަންވާ ވަރަށް ނުބެލުމުން ކަމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރު ނުވާނެހެން މަސައްކަތް ކުރައްވާނެ ކަމަށްވެސް ޒާހިރު ވަނީ ވިދާޅުވެފައެވެ.

އެ މައްސަލަ ފެންމަތިވުމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޑިއުކޭޝަނުން ވިދާޅުވީ ގިނަ ކުށްތައް ލިޔެފައި ވަނީ މިސަރުކާރު އައުމުގެ ކުރިން ކޮށްފައިވާ ޕްރިންޓްތަކެއްގައި ކަމަށެވެ. އެ ފޮތްތަކަކީ 2015 ވަނަ އަހަރުން ފެށިގެން ބޭނުން ކުރަމުން އައި ފޮތްތަކަށްވާއިރު އެކަން އެއްވެސް ވަރަކަށް މީގެ ކުރިން ފާހަގަކުރެވިފައިނުވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރީތި މޫސަ

    މިހާރު ވަނީ ކުއްހުރިކަންއެނގިފަ ވީމާ އެފޮތްތައް އެގޮތުގައި ނުބާއްވާ އެފަތްތައް އަތުލާފަ ކުއްކަނޑާފަ ދުކުރަންވީ ނޫންތޮ؟

  2. ޢަބްދުﷲ

    ފޮތްތަކުގައި ހުރި ކުށްތަކުގެ މައްސަލާގައި މިނިސްޓްރީން ހާއްސަ ޒިންމާއެއް ނަގަންޖެހޭ

    10 ގަޑިއިރު ކުރިން ( ސެޕްޓެމްބަރު 11, 2021 )

    ( ހާއްސަ ޒިންމާ )މީކޮންކަހަލަ ޒިންމާއެއްބާ ؟މީއަދި އަލަށް އުފަންވި އެއްޗެއްބާ ؟ ނޫނީ

    ގަމާރެއްގެ ފަލްސަފާއެއްބާ ؟ ނޫނީ އާމުގައްރަރުގެ ބައެއްބާ ؟ބަސްހަލާކު ކުރަނީ ،

    ދީން ހަލާކު ކުރަނީ ، ގައުމު ހަލާކު ކުރަނީ ، އަޚްލާގު ފަނާކުރަނީ ،

    އަންނަން އޮތް ޖީލުތަކުގެ ކުރިމަގު ހަލާކުކުރަނީ.

    India Out # India Out # India Out #

    رئيس يامين عبد القيوم ވަގުން ވަގްތައް މިނިވަންކުރޭ #

  3. މުރާދު

    މިއީ އިސްލާމީގައުމެއް ވީމާ، ލާދީނީފިކުރަކަށްޖާގައެއްދިނުމަށް މިގައުމުގައި ދީނާށް ލޯބިކުރައްވާ
    އިސްލާމީރަށްޔިތުންނޭދޭނެ ވީމާ، އިސްލާމެއްގެހައިސިއްޔަތުންނާއި، ދިވެހިރައްށްޔިތެއްގެ ހައިސިއްޔަތުން މިހާރު ކަންތައްދާގޮތުން ކޮޅުންލާދަރަޖައަށް ހިގައްޖެ ވީމާ، އިސްލާޙުކުރައްވަން
    ޖެހޭކަންތަށް ވަކިސަރުކާރެއްގެ ދުވަސްވަރުހިނގި ކަމެއްކަމަށް ނުހައްދަވާ އަވަހަށް ފިޔަވަޅުއަޅުއްވާ އިސްލާހުކުރައްވާ ﷲ ބާވާލެއްވި މާތުގެ ކަލިމަތަށް ބަދަލުނުގެންނަވާ މިކަން
    ހިގާފައިވަނީ މިނިސްޓަރަށް ބައްލަންޖެހޭވަރަށް ނުބެއްލެވިގެން ވީމާ އަވަހަށް އިސްތިއުފާ ދެއްވާ
    އަނެއްކާ މިހެން މިކަންނުކުރައްވާ މަޖުލީހަށް ހުށަނާޅުއްވާ މަޖުލީހަށް ހުށަހަޅުއްވައިފިނަމަ ލާދީނީ
    ގޮތަކަށްނިމިދާނެ ނަމަވެސް ﷲ ގެ ހުކުމްފުޅަކަށް ބަދަލުގެނައުމުގެ ބާރެއްލިިބިގެންނުވޭ އެއީ
    ވެސް ﷲގެއަޅުން ނަމަވެސް ބޮޑުވާޢުމުރުވެސް މިހާރުވަނީ ބަދަލުކޮށްފައި