އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ކަންނެތް ވެރިއެއް ކަމަށާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން "މޭކަރާ" ގޮތްވީ މުރާލި މަސައްކަތްތަކެއް ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން ކުރެއްވުމުން ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ މުއައްސިސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުގެ މަގާމުގައި ނާޒިމް ހުންނަވަނިކޮށް މަގާމުން ދުރުކުރީ ގެއިން ފިސްތޯލައެއް ފެނުނު މައްސަލައެއްގައެވެ. އެ މައްސަލާގައި ނާޒިމް ހައްޔަރުކޮށް 11 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވިއެވެ. އެކަމަކު ފަހުން ނާޒިމް މިނިވަންވީ ރިޔާސީ އިންތިޚާބުގެ ފަހުން އެ ހުކުމް މަތީ މަރުހަލާއިން ބާތިލްކުރުމުންނެވެ.
"އަވަސް އޮންލައިން" ގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ނާޒިމް ވިދާޅުވީ ޔާމީންގެ ވެރިކަމުގައި އޭނާއަށް ގިނަ މަސައްކަތްތަކެއް ހަވާލު ކުރައްވާފައިވާ ކަމަށެވެ. ޑިފެންސް މިނިސްޓަރު ކަމުގެ އިތުރުން ހެލްތު މިނިސްޓްރީ ވަގުތީ ގޮތުން ހަވާލު ކުރެއްވުމުން އޭނާ ކުރައްވާ ގިނަ މަސައްކަތްތައް ފާހަގަކުރެވެމުން ދިޔަ ކަމަށެވެ.
"އެހެންވެ ޓީވީން ވެސް ވަރަށް ގިނައިން ފެންނާނެ އޭރު އަޅުގަނޑު، އަޅުގަނޑަށް ހީވަނީ އެހެންވެގެން ރައީސް ކައިރީ މާ ބޮޑަށް މޭކަރާ ގޮތް ވާން ފެށީހެން، ރައީސްއަށް ވުރެ ގިނައިން އަޅުގަނޑު ޓީވީއިން ފެނުނު ކަމުދާ ގޮތަކަށް ނުވީ،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ރައީސް ޔާމީނަކީ ވަރަށް ކަންނެތް ބޭފުޅެއް ކަމަށާއި މާ ގިނަ މަސައްކަތް ކުރައްވާ އުޅުއްވި ބޭފުޅެއް ނޫން ކަމަށެވެ. އެހެންވެގެން، ރައީސް އަރިހުގައި ތިއްބެވި ބޭފުޅުން ވިސްނައިދެއްވީ 2018 ގައި ޔާމީނަށް އޮތް ބިރަކަށް އޭނާ ވެދާނެ ކަމުގައެވެ.
"އޭރުގެ ރައީސުލްޖުމްހޫރިއްޔާ ވަރަށް ކަންނެތް ބޭފުޅެއް، މާ ގިނަ މަސައްކަތް ކުރައްވާ ބޭފުޅެއް ނޫން އެއީއެއް،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އިސްވެ ހުންނަވައިގެން އެމްއެންޕީ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާއިރު، އަންނަ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ކެންޑިޑޭޓަކު ވާދަކުރާނެކަން ވަނީ އިއުލާންކޮށްފައެވެ. އެ ކެންޑިޑޭޓް ކަނޑައަޅަނީ އެތެރޭގެ އިންތިޚާބަކުން ކަމަށްވީއިރު، އެ ޕްރައިމަރީގައި ނާޒިމް ވާދަކުރައްވާނެ ކަން ވެސް އޮތީ އިއުލާން ކުރައްވައިފައެވެ.
ވެރިކަމަށް ވެރިކަމާ ހެދި ކުރިމަތި ލާ މީހުންގެ ބަހުރުވަ މިހެން ހުރީމަ ކަމަކު ނުދެ އެވެ.
މނޑފ ފްލެޓް ފައިސާގެ ސްޓޯރީ ކިޔާބަލަ. ހަޔާތް ނެތް މީހުން އަހަރެމެންގެ ވެރިންނަށް އަންނަން ނޫޅޭ.
ވަރަށް ލަދުހަޔާތް ނެތްމީހެއްގެ ގޮތްގަނޑު މި ގައްދާރުގެ ކިބައިން މިފެންނަނީ!
ރަގަނޅު ނާޒިމް! ގަޅި އުކާނީ އަބަދުވެސް މޭވާ ހުންނަ ގަސްގަހަށް!! މުރާލި، މަޑުމައިތިރި، ނުކެރޭ އަދި ފިނޑި ރައީސުންނަށް ރާއްޖޭގެ ރައްޔިތުން ފުރުސަތު ދިން ނަތީޖާ ހަމަ ސުމެއް!! 30 އަހަރު ދިޔައީ ފިނިހަކަ ދުވެލީގައި! އޭގެ ފަހުން 3 އަހަރު ދިޔައީ އަނިޔާވެރިކަމާ ރަހީނުކުރުމާ ދީނަށް ފުރައްސާރަކުރުމާ ގައުމު ހަލާކުރުމުގެތެރޭ! އޭގެ ފަހުން ރައްޔދިވެހިން ބޭނުންވީ ތިޔަބުނާ ފަދަ ކަންނެތް އަދި "ވައްކަން" ވެސް ކުރާ ރައިސްއެއް!! އެއީ ރައިސް ޔާމީންގެ ފަސް އަހަރުގެ ދައުރު!! އެދައުރުގައި ތިޔަބުނާ މުރާލި ރައީސުންކުރި މަސައްކަތާ ނުބައްދަލު ބަދަލު ރާއްޖެއައި ގެނައި!! ޢުމްރާނީ ތަރައްގީތައް އިންތިހާއަށް ދިޔައީ ކުރިއަރައިގެން! ޖީޑީޕީ ބޮލަކަށްޖެހޭ މިންވަރު 7000 ޑޮލަރުން 12000 ޑޮލަރަށް ބަދަލުވި! ފޮރިން ރިޒާމް 300 މިލިއަން ޑޮލަރުން 900 މިލިއަން ޑޮލަރަށް މަތިވި! ވަޒީފާތައް އިތުރުވެ ރައްޔިތުންގެ އަތްމަތި ތަނަވަސްވި! އިސްލާމްދީނާ ގައުމިއްޔަތާ މިނިވަންކަމާ އަދި އަމިއްލަވަންތަކަން ކުރިއަރައިގެންދިޔަ! ދުނިޔޭގެ މާލީ އިދާރާތަކުން ރާއްޖެއާއި ގުޅޭގޮތުން ނެރޭ ކްރެޑިޓް ރޭޓްތައް ދިޔައީ އިންތިހާއަށް މަތިވަމުން އިންވެސްޓަރުންގެ އިތުބާރުދިޔައީ ބޮޑުވަމުން!! ތިޔަބުނާ ކަންނެތް އަދި "ވަގު" ރައިސް ވެރިކަމުން ބާލާފަ މިހާރު މިއެރި މަޑުމައިތިރި ރައިސް އެދަނީ ގައުމު ހުރިހާ ގޮތަކުންވެސް ހަލާކު ކުރަމުން!! އެހެންކަމުން ދިވެހި ރައްޔިތުން އަނެއްކާވެސް ގޮވަމުން އެގެންދަނީ ތިޔަބުނާ ކަންނެތް ރައީސްގެ އެހީތެރިަކަމާއި މަދަދަށް!
ރޯމާ ދުވާލު ސިފައިންގެ ކުރިމަތީ އެއްވެސް ޙައިސިއްޔަތެއް ނެތި އޭރުގައި ހުރި ރައީސް އަށް މީނަ ގޮވާލީ އެއްވެސް ޝަރުތަކާ ނުލާ އިސްތިޢުފާ ދީފަ ވެރިކަން ޙަވާލްކުރަން . މިވަރު މީހަކު ކިޔާ ކޮންމެ އެއްޗަކަށް ދިވެހިން ބުނާނީ ކީކޭތޯ ؟
ހަ.ހަ.ހަ މަމޮޅު
ކަލޭ ގައިގަ ހުރި ތެދުވެރިކަމެއް މިހާރު އެނގި ހާމަވެއްޖެ!!! ތިކިޔާ ކަންނެއް ރައީސަކު ގެނެސްދީފަ އޮތް ތަރައްގީ އެއޮތީ ހާމަޔައް ބޮޑުކޮއް އެއްމެނައް ފެންނަން... ކަލޭ ދޭ ސްޓާރުން ލައިގެން ފިލުމު ކުޅެން ދެން!!!!
ކަލޭ މުރާލީކީ ނޫން. ކަލޭ ބަގާވާތް ކޮއްފަ އޮތީމަ.
ރައީސް ޔާމީން މިގައުމަށް ގެނެސް ދެއްވި ޒަމާނީ ތަރައްގީ ފެނި ހަޖަމުނުވެ ތިބޭފުޅުން މޭކެރީ.
ކާކު ތިކަން ގަބޫލުކުރަނީ މީހުންކިޔާގޮތުގާ ނާޒިމަކީ އިންޑިޔާގެ ޕަޕަޓެއް ތީ ރާއްޖެއައްހުރި ހަލާކެއް. ނާޒިމު ބުނާއިރައް އިންޑިޔާ ވިސާވެސް ޖަހާއިދޭ ހަހަހަހަހަހަ
ކަންނެއް ރައީސެއް ކިހިނެއް 5 އަހަރުތެރޭ މުޅި ރާއްޖޭގެ ތަރައްގީ ބަދަލް ކޮއްލީ ؟؟
ކަންނެއް ކަންޖޫސް މަކަރުވެރި މީހަކީ މިހާރު ހުރި މީހާ
ޔާމީން ދައުރުގައި ކޮވިޑް ފެތުރުނުނަމަ ހަމަ ތިހެންތޯ ބުނާނީ.
"ޒުވާނުންގެ ރައީސް" (ބެގް ބޮރޯ ސްޓީލް ރައީސް) ދަރިވަރުންނަށްޓަކާ 1 ގަޑިއިރު މަޑުނުކުރެވޭ މީހަކަށް، ކޮވިޑް ހާލަތުގައި ރައްޔިތެއްގެ ކަމަކާއިގެން އުޅޭނެތޯ! އާރަށުގައި ގަނޑުވަރުއަޅައިގެން ރަންތާސްބައި ކުޅެން ނުލިބުނުކަން ނަސީބެއް
ސަޓޯ ޔާމީނު 3 އަހަރު އިންނެވީ ތާސްލުޅުއްވަން ގައުމު ހިންގެވީ ބުރޯ އަދި ނާޒިމު ސާރ ބުރިޖަކީވެސް އަދީބު ބުރީގެ މަސައްކަތް ބުރިޖުގެ އެގުރިމެންޓުގަ ސޮއިކުރީވެސް އަދީބު ބުރޯ
ޢަސްތާ ނާޒިމް ތިހެންބުނީމަ ޖެހޭނީ ގަބޫލުކުރަން. ޙެހެ
"އޭރުގެ ރައީސުލްޖުމްހޫރިއްޔާ ވަރަށް ކަންނެތް ބޭފުޅެއް، މާ ގިނަ މަސައްކަތް ކުރައްވާ ބޭފުޅެއް ނޫން އެއީއެއް،" ނާޒިމް ވިދާޅުވިއެވެ. އިންނާނީ ތާސްކުޅެން
މާބޮޑަށް މުރާލިވެގެންގޮސް އިންޑިޔާއަށް ގައުމު ވިއް ކާލި އެއްބަސްވުމުގައި ސޮއި ކުރީ....
ގަބޫލެއް ނުކުރެވޭ، ބުރިޖްއަޅާ، ހުޅުމާލެ ފޭސް 2 ހަދާ، ދަރުމަވަންތަ ހިސޕިޓަލް އަދި އެހެނިހެން ތަންތަނެއް ނެހެދޭނެ ކަންނެތް މީހަކަށް
ގާސިމައް ލަނޑުދީފަ މިހާރު ޔާމީނާ ދިމާކޮއްގެން އުޅެން ވެއްޖެއްޔާ ދަތިވާނެ. ޔާމީނު އައް އެދި ގޮވަނީ ދިވެހި ރާއްޖޭގެ ހުރިހާ ރައްޔިތުން ގޮތައް ވީމާ އަނގަ މަޑުނަލާގެން ހުރޭ.....
އެހެންވެތޯ ފެންކުން ފުނީގަ ރޯވީ..
ކަލޭ ތިހެން ބުނީމަ ކާކު ތިޔަކަން ގަބޫލުކުރާނީ އެހާކަންނެތް މީހަކައް ފަސް އަނހަރުތެރޭގައުމު ތަރައްގީ ކުރެވުނީ ކީއްވެގެންބާ ތިޔައުޅެނީ ތިމާމީހާގެ ކަންނެތް ކަމުގެ ވާހަކަ މީހަކު ދައްކާފާނެތީތަ!
މިހާތަނަށް 5 އަހަރެއްގެ ތެރޭ އެއްމެ ގިނަ ބިޔަ ބޮޑު ޕްރޮޖެކެޓްތައް ހިންގީ ޔާމީނު ސަރުކާރުގަ... އެހެންވީމަ ކަންނެއް ރައީސެއްކަމށް ގަބޫލެއް ނުކުރެވޭ... ފަހަރެއް ސާރ ޖޭވަނީ ކަންނޭގެ
ޖޯކް އޮފް ދަ މަންތު. ކެކެކެކެކެކެ
ޒާތީގޮތުން ތިހިރީ ޖެހިފަ. ހަސަދަވެރިވުމަކީ ވަރައް ބޮޑު ގޯހެ.
ކަލޭވެސް މީހުން ގަބޫލް ކުރާ ޒާތުވާހަ ކަ ދައް ކަން ދަސް ކޮށްބަލަ.
ކަންނެތްވުމާ ޑެލިގޭޓް ކުރުމާ މީވަރަށް ތަފާތު ދެ ކަމެއް.
ނެރެދޭ ނަތީޖާ ރައްޔިތުން ބަލައިގަންނާނީ...ސަލާމް.
މީނަވެސް މިހުރީ ވެރިކަމާހެދި ބޫތުކައިގެންފަ. ކިޔޭ ނުކިޔޭ ނޭނގެ. ހެއްވާ މީހެއް.
ރައީސް ކަން ބޭބުން ވިއަސް ތީ ބޮޑުވަރު
ކޮއްމެވާހަކައެއް ދެއްކިޔަސް ރައީސްކަމެއް ނުލިބޭނެ.
ތިމާއަށް ތިމާފެނި ބޮޑާވުމަކީ އެންމެ ބޮޑު މުސީބާތް! ކަލޭ ނުޖެހޭނެ މާހަކު އައިސް އިންތިޚާބެއްގައި ބަލިކުރާކަށް! ކަލޭ އަމިއްލައަށް ހަލާކުވެދާނެ!
ކަލެއަށް ތިހުރީ ވެރިކަން ލިބިފަ. ދެން މޮޔަވޭ
ތީ ތެދެއް. ބޯލްކަން ސަރަހައްދުގެ މާފިޔާ ގުރޫޕާގުޅިގެން ކަންތައްތަކެއް ޔަމީނެއް ނުކުރައްވާ. ޔާމީން ކުރެއްވި ކަމަކީ ޑީލް ހަދައިގެން ކަލޭ ސޮއިކުރި އެމެރިކާގެ ސޯފާއެގްރިމެންޓު ބާތިލު ކުރީ. ލަދުގަނޭތަ؟
ރައީސް ޔާމީން މުރާލިނުވިކަން ނަސީބެއްނު. މުރާލިވީނަމަ ސިންގަޕޫރަށްވުރެ ކުރިއަށް ޖެހިލާފަ އޮތީހީ. އެހާ ކަންނެތްވިކަން ލައްކަ ރަގަޅު. އެހެން ނޫންނަމަ މިހާރު ތިބި ވެރިން ރަހުނުކުރާނެ ތަންތަނެއްވެސް ނުލިބުނީސް.
ކަލޭ ޕާޓީ ރަޖިސްޓްރީ ކުރަން އިލެކްޝަނަށް ހުށަހަޅާނީ މިގައުމުގައި ތިބި ހުރިޙާ ލަވަކިޔުން ތެރިން ސޮއިކޮށްނިމުނީމާ 150000 މީހުނާއިއެކު ދޯއެވެ. އޭރަކުން ނުޖެހޭނެ އެހެން ބައެއްގެ ތައްޕާހެއްގައި ތެޅޭކަށެއްދޯ. މީގެ އިތުރުން ދެވަނަބުރަކަށްވެސް ނުގޮސް ފުރަތަމަ ބުރުން ކާމިޔާބު ވާނެއެވެ. މަ މީގެ ކުރިން ހީކުރަނީ ކަލެއަށް
ބާއީ ނާޒީމް.
ކަލޭ ޕާޓީ ރަޖިސްޓްރީ ކުރަން އިލެކްޝަނަށް ހުށަހަޅާނީ މިގައުމުގައި ތިބި ހުރިޙާ ލަވަކިޔުން ތެރިން ސޮއިކޮށްނިމުނީމާ 150000 މީހުނާއިއެކު ދޯއެވެ. އޭރަކުން ނުޖެހޭނެ އެހެން ބައެއްގެ ތައްޕާހެއްގައި ތެޅޭކަށެއްދޯ. މީގެ އިތުރުން ދެވަނަބުރަކަށްވެސް ނުގޮސް ފުރަތަމަ ބުރުން ކާމިޔާބު ވާނެއެވެ. މަ މީގެ ކުރިން ހީކުރަނީ ކަލެއަށް ހަމައެކަނި އެގޭނީ ބަޑިގެންގުޅެންޝާއި ބަޤާވާތް ކުރަން އެކަނި ކަމަށެވެ. މިހާރު އެގިއްޖެ ކަލެއަށް މީރުކޮށް ރިހަކަންށާއި ވަށްކޮށް ރޮށިދަމަންށާއި މައްޗަށް އެއްލާ ބިސްގަޑު އަޅަންވެސް މޮޅުމީހެއްކަމަށް. އެހެންކަމުން މަގޭ ވޯޓާއި އާއިލާވޯޓްވެސް ކަލެއްދޭން މައެމީހުން ކާރީ ބުނާނަމެވެ.
އެކަންއިގޭ ފަސްއަހަރުދުހުން ސާޅީސް އަހަރު ނުކުރެވޭ ތަރައްގީ ގައުމަށް ގެނެސްވީމައި! މިހާރު ފިސްތޯލަ ޕާޓީ ތިޔައުޅެނީ ޕާޓީއަށް ވަންނާނެ މީހަކު ނުވެގޮތް ހުސްވެގެން!
ފިސްތޯލަ ނާޒިމު ކަލޭ ކިތައްމެވަރަކަށް ރައްޔިތިންގެ ކުރިމަތީގައި ރ.ޔާމީންގެ ގަދަރާއި އަގުވައްޓަން އުޅުނަސް އެހެނެއް ނުވާނެ، ކަލޭކަހަލަ ގައުމަށް ޢައްދާރުވެފައިވާ މީހުން ތިކަހަލަ ފާސިގު ފިތުނަވެރި އަނގަތަޅާވަރަކަށް ކަލޭމެންގެ ގަދަރައާއި އަގު ރައްޔިތުންގެ ކުރިމަތީގައި ވެއްޓެމުންދަނީ، ވެރިކަންކުރި ވެރިންނާއި ވަޒީރުންގެތެރެއިން ކުފޫހަމަވާ އަދި ކަމަށްގާބިލު ހީވާގިމީހުންނަކީ ކޮމްބައެއްކަން ޖަޖުކުރާނީ ރައްޔިތުން، 5ވަންދެންވެސް ރ.ޔާމީނު ގޮނޑިގައި ބެހެއްޓިޔަ ނުދޭން ކަލޭމެންގެ އައްދާރު ގުރޫޕަކުން އެމަނިކުފާނަށް ކުރިމަތިކުރި ދަތިތަކާއިއެކުވެސް ރައްޔިތުންނަށް ފުރިހަމައަށް ޚިދުމަށްދެމުން 5އަހަރުގެ ދައުރު ފުރިހަމަކުރިގޮތް ދައްކައިދިނީ އެއަށްވުރެ ހިކުމަތްތެރި ގާބިލު ރައީސެއް ނެއްކަން، އަނގައެއް އޮތިއްޔޔާ ކާޅެއްނުކާނެ ދޮތެ؟؟
އެބުނާހެން ތާސްކުޅެފައި ގައުމު ދިރުވާލީ
ހަރުދަނާ ލީޑަރުންގެ ހުންނަންޖެހޭ ބަސްމަގު ނާޒިންގެ ކިބައިން ނުފެނޭ. ދެން ތާއީދެއް ނުކުރެވޭނެ.
ކަލެއަށް ގިނަ މަސައްކަތް ކުރެވުނީ ޔާމީނު އެކަންކަން ހަވާލުކުރީމާދޯ؟ އެކަންކަން ކަލޭ އަތުން ނަގައި އެހެން މީސްމީހުންނާ ހަވާލުކުރުމުގެ ބާރު ވެސް އޮތީ ޔާމީނުގެ އަތުގައިދޯ؟ ނުވަތަ އެކަންކަން ކަލެއާ ހަވާލުނުކޮށް އެހެން މީސްމީހުނާވެސް ހަވާލުކުރެވުނީސްދޯ؟ މި ގައުމުގައި ކަންކަން ކުރެވޭ މީހަކަށް ހުރީ ކަލޭ އެކަނިތަ؟ ޔާމީނަކީ ކަލެއަށްވުރެ މާގިނަ ތަންތަން އެއްފަހަރާ ހިންގާފައި ހުރި މީހެއް. ޔާމީން ކުރިވަރަށް ކަލެއަށް މަސައްކަތް ކުރެވިފައެއް ނެތް. ކަލެއާއި ކަލޭގެ ކޮއްކޮއާ ދެމީހުން ކުރި ކަމަކީ އެކިއެކި ޕްރޮޖެކްޓްތަކުން ނާޖާއިޒު ފައިދާ ނެގުން. ދެން ކުރި ކަމަކީ ކަލޭ ކައިރީގައި އުޅުނު ގޮލަޔަކު މެދުވެރިކޮށް، އެމް.އެމް.ޕީ.އާރ.ސީގެ ޑޮލަރުތައް އަދީބު އަތުން ގަނެގެން ބޮޑު އަގުގައި ޑޮލަރު ވިއްކުން.
ޔާމީނަކީ ކަންނެތް ރައީސެއް، މޭކެރީ އަޅުގަނޑު މުރާލިވެގެން - ނާޒިމް
ކަލޭމެން ފަގީރީ ކަންނެތްކަމުން ، އަހަރެން މުއްސަދިވީ ހީވާގިވެފައި މުރާލިކަމުން - ޤާސިމު
ބާޢި ނުވަތަ ފިސްތޯލަ ނާޒިމުއޭ މީހުންކިޔަކަސް މަހީނުކުރަން މިބޭފުޅާ އަނގައިންކިޔޭ އެއްޗަކުން މިހާ ދަށުދަރަރަޖައަކަށް ވެއްޓިގަންނާނެކަމަށް!! ޙަގީގަތަކީ ރ.ޔާމީންއަކީ ކިތައްމެ ކަންނެތް ފޮޑަރު މީހަކަށްވިޔަސް އަދި މުރާލި ވަޒީރުންނަށް ހަސަދަވެރިވާ ރައީސަކަށްވިޔަސް އެ ރައީސުގެ އެއްމެ އަރިސް އެއްވަޒީރަކަށް ތިބޭފުޅާ ބެހެއްޓީ ތިޔައީ މުރާލި ވަފާތެރި ބޭފުޅެއްކަމަށް ގަބޫލުކުރެވި އިތުބާރުވެސް ކުރެވޭތީ ދޮތެ؟؟، އެހެންނަމަވެސް ތިބޭފުޅާ ހިތާމަވެރި ނިކަމެތިގޮތަކަށް ސަރުކާރުން ވަކިކޮށްލަންޖެހުނީ ތިޔަބުނާ މުރާލިިކަމަށް ރ.ޔާމީނު ހަސަދަވެރިވެގެނެއްނޫން، ރ.ޔާމީނުގެ ގާބިލުކަންފެނި ތިބޭފުޅާއި ޢައްދާރު އަދީބު ހަސަދަވެރިވެގެން ބާޢީ ރިޔާޒުއާއި 3މީހުން ސިއްރު ބައްދަލުވުންތައް ބާއްވަމުން ހިންގަންއުޅުނު ޖަރީމާއަކީ ރ.ޔާމީނަށް ފިސްތޯލުން ހަމަލާދީ މަރާލުންފަވިޔަސް ވެރިކަން އަތުލުމަށް އުޅުއްވީ، އެއްމެފަހަކަށް އެހިންގަންއުޅުނު ޖަރީމާ ރެޑްހޭންޑްކޮށް އަތުންހިފުމުނީ، އެއްވެސްމީހަކު އަމިއްލައަށް އެމީހަކުވި ޢައްދާރުކަމެއް ހާމައެއްނުކުރާނެކަން ގަބޫލުކުރެވޭ، އެހެންނަމަވެސް ރައްޔިތުންގެ ކުރިމަތީގައި ކަންތައް ހިނގާދިގޮތް އޮޅުވައެއްނުލެވޭނެ، ދޮތެ؟؟؟
ފެންކުންފުނި ރޯކޮށްލީ ރައީސް ޔާމީނު ސިންގަޕޫރުގަ ހުއްޓައެވެ. ދެން އެޓާސްކްފޯސްގެ އިސްމީހަކަށް މީނާ ހުރެގެން މީނާގެ ބެލުމުގެ ދަށުން ހިންގަމުން ދިޔައިރު ކޮންމެ ދެސިކުންތަކުން ޓީވީތަކަށް އަރުއްވާ ދިޔައީ ވާހަކަ ދައްކަމުންނެވެ. ގިނަފަހަރު ޓީވީއަށް އަރުއްވާ ކިޔަމުންދިއައީ ޓިޕީޓް ވާހަކަތަކެވެ. ހަގީގަތަކީ ފެންކުންފުނި ރޯކޮށްލާ ޓީވީތަކަށް އެހާގިނައިން އެރުމުގެ ބޭނުމަކީ ވެރިކަމުގެ ބޭނުމުގައި މަކަރާއި ހީލަތުން ރައްޔިތުން ގޮބޯހެއްދުމާއި އަމިއްލަ މަންފާއަށްޓަކައި މީނާކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަމެވެ. އެންމެ ފަހުން މީނާގެ އަމިއްލަ އަގައިން އެވަނީ މިދެންނެވި ކަންކަމަށް އިއުތިރާފުވެފައެވެ. ﷲ ރަޙުމަތުގެ ބޮޑުކަމާއެވެ. މިނުބާމީހާގެ ނުބައިކަން މީނާ އަމިއްލައަށް ބޭޒާރުވެ ކަޝްފުވެ ފަޟީހަތް ކުރެއްވި ކަމަށްޓަކައި ﷲ ހަމްދާއި ސަނާ ކިޔަމުއެވެ. ﷲ އަކުބަރު.
ޕަކާސް. ކެކެކެކެކެކެކެ. ތިބުނީ ހަމަ ބޮޑުވެގެންވާ ތެދެއް.
އެހެންވީމާ ބުރިޖުއެޅުނީވެސް އަދީބު އެކަމާ އުޅުނީމަތާދޯ! ބުރިޖުގެ ކަންކަން ނިންމާފަ ޤައުމަށް އެރުމާއެކު ހައްޔަރުކުރީ އެހެންވީމަތާ....
ޔާމީނު ކަންނެތިއްޔާ ކަންނެތް ވީވަރެއް އަހަރެމެންނައް ރަނގަޅީ. ކަންނެއް ރައީސްގެ ވެރިކަމުގަ އެއޮތީ ބޮޑު ބުރިޖެއް އަޅާ ބޮޑު ހޮސްޕިޓަލެއް އަޅާ އެޔާޕޯޓު އެކްސްޕޭންޑުކޮއް.. 7000 ފުލެޓު އަޅާ ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކައި.. އެތައް އެޔާޕޯޓެއް އަޅާ އެތަކެއް ބޭރުގެ އިންވެސްޓްމަންޓު ރާއްޖެ ގެނެސް.. ބިދޭސީންގެ އަތުން ރެމިޓެންސް ޓެކުސްނަގާ ރާއްޖޭގެ ފޮރިން ކަރަންސީ ލީކޭޖް ދަށައްގެންގޮސް ކަން ކަން ހިންގީ ހަމައް ކަންނެތްކަމުންތޯ. އަދި އެތަކެއް އަހަރުވަންދެން ހަލާކުވެ ވަޅުގަނޑު ހެދިފަ އޮތް މަޖީދީ މަގު އަލުން ހަދައި ސަލްޓަންޕާކު ތަރައްގީކޮއް މާލޭގެ އިންޑަސްޓުރިއަލް ވިލެޖު ހިއްކައި ގޮނޑުކޮއް އޮންނަ ހާބަރު ކަޑަތަކުގެ ސަރަހައްދު ޒަމާނީ ފެންވަރައް ހަދައި ބޭރުމަގުގެ ބޮޑުބަޔެއްގައި ތާރު އެޅީވެސް ކަންނެއް ރައީސަކު ކަމުގަވާނަމަ އަހަރެމެން ބޭނުމީ މިރާއްޖޭގައި އަބަދުވެސް ކަންނެއް ރައީސުން ތިބެން.
މިގައުމުގެ ހާލަތު ތި ފެއްނަނީ. ވެރިކަމަށް އައްނަން ބޭނުންވާ މީހުންގެ ފެންވަރުން އެކަން އިހްސާސްވޭ.
މިގައުމުގެ ހާލަތު ތި ފެއްނަނީ. ވެރިކަމަށް އައްނަން ބޭނުންވާ މީހުންގެ ފެންވަރުން އެކަން އިހްސާސްވޭ.
ތިހެން ނުބުނެ.. ރައީސް ޔާމީނު ގެނެސްދިންފަދަ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ބާރު ސުޕީޑުގައި ތިމަންނާވެސް ގެނެސްދޭނަމޭ ބުނިނަމަ މާ ރަނގަޅުވީސްދޯ.؟ މިހާރު ތިޔަ ވެއްޓުނީ އަމިއްލަ އަގު. އެއީ ޔާމީނައް ތާއީދު ކުރާމީހުންނާއި ނުކުރާމީހުންވެސް ޔާމީނު ގެ ފަސް އަހަރު ގެނެސްދީފައިވާ ތަރައްގީއަށް ހެކިވާތީ އަދި ތިޔަކަހަކަ ވާހަކައަކީ ހަސަދަކަން އެންމެންދަންނައެވެ. މަނިކުފާނައް ކުރެވޭކަމަކީ މާޖެހި ގަމީސްލައިގެން ފޮޓޯ ނެގުން ނޫންތޯ.؟
ނާޒިމް ތިޔަދައްކަނީ ރައްޔިތުން ބަލައިގަންނަ ޒާތެއްގެ ވާހަކައެއްނޫން. ވެރިކަމަކަށް ފައިނަގާ ތަހުޒީބް މީހުން ދައްކާ ވާހަކައަކީ ދުނިޔޭގެ ގައުމުތަކުގަ ވެރިކަން ކޮށްފަ
ތިބޭމޮޅުމީހުންގެ ވާހަކަ. ވީމާ ތިޔަދައްކާ ވާހަކައިން ތިޔަވެޓެނީ ތިމާގެއަގުތިޔަފެންނަނީ ނާގާބިލްކަމާ ހަސަދަ.
ރ ޔާމީން އަކީ ކެރޭ ހީވާގި މުރާލި ރައީސްއެއް ކަން 5 އަހަރުގެ ދައުރު ހެއްކަކަށް ފުދޭ. ޔާމީން ގެއަބުރުކަތިލާނެ ފެންވަރެއް ނާޒިމްގެ ކިބާގަ ނެތް.
ބަސްމަގުހުރިގޮތުން މިހާރުވެސް އެނގިއްޖެ ތީ ރައީސްކަމަށް ކުފޫހަމަވާ މީހެއް ނޫންކަން. ޔާމީންގެ ތަރައްގީ ލޮލަށް އެބަފެނޭ. އަތްލެވޭ. އޭރުގެ މާލީހާލަތު ކުރިއަރައިގެންގޮސް، ބައިނަލް އަގުވާމީ ބްރޭންޑްތައް ކަމުގައިވާ ޕިއްޒާ ހަޓް، ބާރގަރ ކިންގް، ސްޓަރބަކްސް، މެންހަޓަން، ކޭއެފްސީފަދަ ތަންތަން ތައާރަފްވި. މިތަންތަން ހޯދަން ކުރިން ދާންޖެހެނީ ލަންކާއަށް.
ނާޒިމޫ.. ކޮޔާ.. ތިޔާހިރީ ބުއްދީގެ ތެތްކަން ނުހުންނަ މިންވަރު. އިހްތިރާމަކީ އިހްތިރާމް ކޮއްގެން ލިބޭ އެއްޗެއްކަން ކުޑަކުދީންވެސް ދަނޭ. ދެން ތިވަރިއްޔާ ކިހިނެތް ވެރިކަމައް ކުފޫ ހަމަވާނީ. ގައުމައް ޣައްދާރުވެގެން އެމްޑީޕީ ވެރިކަމުން ބާލަން ސިފައިން އެއްކޮއްފަ އެކަން ކޮށްފަ ދެން ގޮސް އަނެއްކާވެސް ފެނުނީ އެމީހުންގެ އުނގައްވެއްޓި އޮތްވާ. މިކަމުން ދޭހަވަނީ އެއްވެސް ޕުރިންސިޕަލެއް ނެތްކަން.
ޤައުމުގަ އޮތީ ޕީޕީއެމް ފިކުރަކާ އެމް ޑީ ޕީ ފިކުރެއް. މިދެފިކުރުގެ ލީޑަރުން ނަށް ބަދުބަސް ބުނެ ކުރިޔަށް ދާން ގަސްދު ކުރައްވާ ނަމަ މަނިކުފާނު ސިޔާސީ ފަލްސަފާ ބަލައިގަންނާނެ ބަޔަކު ނުތިބޭނެ. ސިޔާސީ ބަހުރުވަ އަކީ ޔާމީނާ ޖައްސާލުން ކަމުގަ ވާނަމަ ރައްޔަތުންގެ މީޒާނުން މަނިކުފާނު ފެއިލްވާނެ. އިހަށް ޔާމީން އަރިހުން ސިޔާސަތު ދަސްކޮށްލުން ރަގަޅުވާނެ. އޭރުން ބޮންތީގަ ހިފިދާނެ.
ޖޭ ވިޔަސް ހަގީގަތް ފެންނަށް މި އޮތީ..މި ގައުމުގައި ހުރި ހަގީގީ ލީޑަރ ތަރައްޤީގެ ބާނީއަކީ ރައިސް ޔާމީން.ގަޅި އުކާނީ މޭވާ އަޅާގަހަކަށްތާ.ކަލޯ ތިދައްކާ ޓީކް ޓޯކް ދެތިން ކުދިން ގަބޫލުކޮށްފާނެ.
ކަންނެތް މީހުންވިޔަސް މާރަގަޅު..ކަލޭ މުރާލި. އެކަމަކު ކަލޭތީ ވަތަނީ މީހެއްނޫން..ރައީސް ޔާމީނަކީ ވަތަނީ ބޭފުޅެއް..ގައުމުގެ މިނިވަންކަން އިސްކުރެއްވި..
ހަމަ ގައިމުވެސް އިންސާނީ ހައްގަށް އަރައިގަނެ ގަދަކަމުން އެންމެންގަޔަށް ވެކްސިން ޖައްސުވައިގެން އައިއެމްއެފް އިން ލޯނު ހޯދާކަށް ނޫޅޭނެ. ރައްޔިތުން މުހިންމުވާނީ ފައިސާއަށް ޅަދަރިންގެ ޑީއެންއޭ އޮޅުވައެއް ނުލާނެ.
ެއެމްއެންޕީ އަށް މިރާއްޖޭގެ ވެރިކަން ލިބޭނީ ހުޅަގުން އިރު އަރާ ދުވަހަކު، އަދި ބަޣާވަތަކުން ރައީސް ނަޝީދުގެ ވެރިކަން ވައްޓާލި ޕާރޓީ އިއީ، ސޮރީ ދުވަހަކު ތިޔަ ޕާރޓީއަކަށް މިޤައުމުގެ ވެރިކަން ނުލިބޭނެ. ސޮރީ
ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މޭކަރަން ޖެހޭވަރުގެ އެއްވެސް ސިޔާސީ މީހަކު އަދި ޕާޓީއެއްގެ ވެރިއަކު ރާއްޖޭގައި ނެތް! ؟
ކަލޭމެން މީހުންގޮތުގައި ފެންނަންތިބީ ޔާމީންގެ ތަރައްޤީގެ ސަބަބުން
ނާޒިމް ހަމަޖެހޭ ވާހަކަ ވިދާޅުވެޭ. ޔާމީނު ކަންނެތިއްޔާ ޔާމީނުގެ ކެބިނެޓްވެސް ކަންކެތްވާނެ، ޔާމީނުގެ މުރާލިކަން ޔާމީނުގެ ކެބިނެތަށް ލިބިފައޮތީ . ޔާމީނަށް ދުރުވިސްނިވަޑައިގެން ކުރަންޖެހޭ ކަންކަމާ ގެންނަންޖެހޭ ތަރައްގީ އެގިވަޑައި ގަންނަވާތީ އެކަންކަމަށް ފައިސާ ހަމަޖައްސަވާދެއްވަނީ. ނާޒިމް އަމިއްލަޔަސް އެންމެ ފަހަރަކުވެސް އެއިންކަމަކަށް ހަރަދު ކުރެއްވިންތަ ނުވަތަ ބޭރުންއެއިންކަމަކަށް އެހީއެއް ހޯއްދެވިންތަ؟ ނާޒިމް މަބޮޑޭ ވެގެން ވާހަކަ ވިދާޅުނުވޭ. މީހުން މީހުނަށްވަނީ މީހުން މީހުނަށް ހެދީމަ. ނާޒިމް މީހަކަށްފެނުނީ ޔާމީނުގެ ސަރުކާރުގެ ކެބިނެޓްގަ ހިމަނާ ޔާމީނުގެ ވިސްނުންތެރިކަމާއެކު ބޭރުންނާ އެތެރޭން ބަޖެތްހަރަދަށް ފައިސާހޯދާ ގާއުމުގަ އޮތް 32 ބިލިއްނގެ ދަރަނިން އެންމެ ޕޭމަންޓެއް ލަސްކުރުމެއްނެތި ހުރިހާކަމެއް ފުރިހަމަކުރަމުން ހުރިހާމިނިސްތްރީގެ ޑިލޮލޮޕް ތަކަށް ފައިސާ ދޫކުރަނުގެންދެވިފަ އޮތީ. ނާޒިމްހުރީ ޑިފެންސްގަ. ގިނަދުވަހު ވަޒިފާ އަދާކުރެއްޗވީވެސް އެތާނގަ، އެތަނުގަ އައި ކޮންޑިވޮލޮޕެއްތަ؟ ހެލްތް މިނިސްޓްރީއަކީ ގައުމުގަ އޮތް ރިހޭފައިމައްޗަށް ފޮއި އަރާފަ އޮންނަ ތަނަށްވީމަ ޔާމީނު އިތުބާރު ހިފާ މީހަކާ އެތަންހަވާލުކުރުމުގެ މަގްސަދުގަ ނާޒިމް އަށް ހެލް ހިންގަން ހަވާލުކުރީ. ސަރުކާރުން ހެލްތް ޑިވޕޮލޮޕް ކުރުމަށް ގިނަގުނަ ރޭވުން ހިންގާފަ ހުރިކަން އައިޖިއެއެޗްއާ ދަރުމަވަންތައިންވެސް އެހުރީ ފެންނަން. އެއީނާޒިމް މޮޅުވެގެން ގެނއްސަ ހުރިތަރައްގީއެއް ނޫން. އަދީބު ފާތުމަޔާ ގުޅިގެން އަދީބު ގެ ކުރިއެރުމަށް ހުރަހަކަށް ވެދާނެ ހެން ހީވާމީހަކު އެކަހެރި ކުރަމުންދިޔައީ އެގޮތުން އަދީބު ނާޒިމް އެކަހެރި ކޮށްފަ ޔާމީނުވެސް އެކަހެރިކޮށްލަން ބޭނުންވީ . ހުރިހާރޭއްވުމެއްގެ އިސްދެމީހުންނަކީ އަދީބު އާއި ފާތުމަ. ޔާމީނަކާ ތިއިންއެއްވެސްކަމަކާ ގުޅުމެއްނުވޭ. ނާޒިމްގެއިން ފިސްތޯލަފެނުނީމަ ޔާމީނު އަމަލުކުރެއްވީ ގާނޫނީގޮތުން އަމަލިކުރައްވަންޖެހޭގޮތަށް އެކަމުގަ ޔާމީނުގެ މައްސަލައެއް ނެތް.
ހަސަދަ ވެރިންނަކަށް އެއްވެސް ކުރިއެރުމެއްނެތް. މިފަދަ މީހުންނަކަށް ﷲ ރުހިވޮޑިއެއް ނުގަންނަވާ.
ޜިޓަޔަޱްކާނަލް އަކު އަންނިއާއެއްދަރަޖައައްދިޔައީތީއަހަރެންލަދުގަނޭ
ބަގާވާތުގެ ބަޑިއެދުރަށް ރައީސްޔާމީން ގައުމަށްކޮށްދެއްވި އަގުހުރި މަސަށްކަތްނުފެންނާތީ ހިތާމަކުރަން .
ޥެރިކަމަށް ކަމަކު ނުދޭ ނާޒިމް
މިހެން ބުނަނަޖެހުނީ
ޑިފެންސް މިނިސްޓަރަކަށް މަނިކްފާނު ހުރިއިރު ސިފައިންނަށް ދިން ފުލެޓްތަށް ހަދަން 300 ސިފައިން އަތުން 97000 ރުފިޔާ ޑައުން ޕޭމަންޓު ގޮތުގައި ނަގާ އަމިއްލަ ކުންފުންޏަ ހަވާލުކޮށް އެކަމަށް މަކަރުހަދާ އޮޅުވާލި އިންސާނެއްތީ އަޅުގަނޑުމެން މިޙާރު އެލާރި ދެއްކިފަހުން 8 އަހަރުވީ މިލާރިން އިންވެސްޓެއް ކުރިނަމަވެސް އަޅުގަނޑުމެންނަށް ބިމެއް ގަނެގެން ގެއެއް އެޅޭނެލާރި ލިބުނީސްކަން ކަޝަވަރު އަޅުގަނޑުމެން މީހުންއަތު ސަލާބްޖަހައިގެން އެލާރި ދެއްކީ އެކަމު އަދިވެސް މިއުޅެންޖެހެނީ ބަލި ދަރިން ގޮވައިގެން ރަށުގަ މާލެ ޑޮކްޓަށް ދައްކާލަންވެސް ނުދެވިފަ ކީއްކުރާނީ ތިވަރު ދޯކާއެއް ދީފަ އަނެއްކާ ނިކުމެ ތިބުނަނި ތިމަންނަޔަ ވެރިކަން ދޭށޭ ކިހިނެއް މިކަންކުރާނި ތިހާމަކަރުވެރި ރޭވުން ރާވާމީހަކަށް ވެރިކަންދޭން ނުވާނެތިކަމެއް ނާޒިމޫ
ގަބޫލުކުރެވޭ....
މީހުން ދިރިއުޅޭ ރަށްރަށް ފަޅުރަށް ގޮތުގައި ރައީސް ޔާމީން ހިތާބެއްގައި ވިދާޅުވި.
އަދި ޕޮލިސް އިންޓެލިޖެންސް ރިޕޯޜޓް އެމަނިކުފާނަށް ނުލިބި އެހެން ބައެއްގެ އަތްމައްޗަށް ދާތާ 6 މަސްވީކަމަށްވެސް ވިދާޅުވި.
މި ގައުމު މި އޮއްހާލަތުން އަރާގަންނަން ކަމެއް ކޮށްދީފަ އަނގަހާވަމުން ދުވެބަލަ! ސޯލިހު މެންކަލޭ ނެރެނީ ދޮގުމައްޗަށް ދޮގުހަދަން ދަސްކޮށްދީގެން ކަލޭ ގެ ނަފްސު އޮޔާލާނެ މާދަމާ! ޔާމީނެއް ނުކިޔައެއްނު ކަލެއާދިމާލަކަށް ބަހެއްވެސް ! ތިހާވަރުގެ މޮޔައިން ވެރިކަމާގެން ފެންބޮވާގެނެގެން ފުރަތަމަ ދުވަހުވެސް ފެއިލް ތިވީ! ހަހަހަ
ތިދިން އިންޓަވިއު ބަލާލީމާ ކަލޭގެ ކިބައިގައި ލީޑަރޑޝިޕް ކޮލިޓީއެއް ނުފެނުނެވެ. ފެނުނީ ކަލޭގެ ނާގާބިލު ކަމެވެ. 2023 ކުރިން ކަލޭގެ ފެންވަރު އެކަލާނގެ ކަޝްފުކޮށްދެއްވީތީ ޝުރުކުވެރިވަމެވެ. ﷲ އަކުބަރު. އަޅުގަޑު ދުޢާއަކީ އެންމެ ނުވިސްނޭމީހާއަށްވެސް ވިސްނީފަދަ ގޮތަކަށް މީނާގެ ބައިގަނޑު ފަޟީހަތްވެ މިބައިގަޑުގެ އަވާގައި ނުޖެހި ސަލާމަތްވުމުގެ ހެޔޮވިސްނުން ދިވެހިންނަށް އެކަލާނގެ މިންވަރު ކުރެއްވުމެވެ. އާމީން
ސްޕީޗެއް ޑެލިވަރ ކުރުމުގެ ސްޕީޑާއި ކޮލިޓީއަށް ހަމައެކަނީ ބަލާލުމުންވެސް ކަލެއާއި ޔާމީނާއި ދެމީހުންގެ ފަރަގުބޮޑުކަން މިދަންނަވާ ކުޑަކުޑަ މިސާލުން އެކަނި ފުދެއެވެ. (MNP) މުހައްމަދު ނާޒިމް ޕާޓީގެ ވުޖޫދުނުވަނީސް އެހެން ކަންކަމުގެ ވާހަކަދެއްކުމުން އިތުރަށް ބޭޒާރުވެދާނެތީވެ އެވާހަކަ ނުދައްކާނަމެވެ. އީދަށް ގެނާ ބަކަރި ތަކުގެ ބަޑުތެރެއަށް ޑްރަގް އަޅައިގެން ގެނާވާހަކައާއި އާތާސްބްރަދާސް ގެ ވާހަކަ މަނުދައްކާނަމެވެ.
ހާދަ އަވަހަކަށް އެންޓި ކެމްޕޭން ފަށާލީ، އަސްލު ހައިސިއްޔަތު ފެނިއްޖެ، ހިތުގަ އޮތް ގަދަރު ކެނޑިއްޖެ.
ކަލޭގެ މުރާލިކަން ވަރަށްގާތުން ދުށް މީހެއް މަށަކީ، ސިފައިންގެ ޕްރައިވެޓެއްގެ މަޤާމުގައި ހުރި ދުވަސްވަރު އެން.އެސް.އެސް ގެ އޮފީހު ކަލޭ ވަޒީފާ އަދާކުރިގޮތް ހަނދާން އެބަހުރިބާ؟ ހެނދު 7:30 ން 13:30 އަށް އޮފީހަށް ދާން އޮންނަ ގަޑިއަށް ދެވެނީ މެންދުރު 12 ޖަހާފަހުން، އަދި އިޙްލާޞް ތެރިކަމާއެކު ޙާޟިރީގައި 7:30 އަށް އޮފީހަށް ނިކުތްކަމަށް ސޮއިކުރީ ކިތައް އަހަރުކަން ހަނދާން އެބަހުރިތަ؟ މުރާއްޔޭ ކިޔައިގެން އަނގަ ފުޅާނުކޮށް ހުރޭ
ތިކަންގަބޫލުކުރަންދަތި އެއީ އެބޭފުޅާވެރިކަމުގެ ކުޑަދުވަސްކޮޅުގައި ދިގު30 އަަހަރުގައި ވެރިންކަން
ކުރެއްވިބޭފުޅަކުގައުމަށް ނުގެނެވުނު ތަރައްޤީއާ ކުރިއެެން ގެންނަވާފައިވޭ އަދިއެއީ 30އަހަރުކިޔަން ކީއްކުރަންތޯ ދިވެހިގައުމުގެ މާޒީއަށްބަލާއިރު މީގެކުރިންދުވަހަކުވެސް ދިވެހިގައުމުގެ ވެރިކަންކުރެވި
ބޭފުޅަކު ގެންނެވި ތަރައްޤީއާއި ކުރިއެރުމެއްނޫން ވީމާ، މިހަގީގަތަށްބަލާއިރު މިއީ ގައުމާ.ގައުމުގެ
ރަށްޔިތުންނަށް ހެހޮއެދިނުލައްވާ،ލޯބިވާނުވާ ކަންނެތް، މޭކަރާ ރައީސަކަށް ވާނެކަމެއްނޫން ޔާމީން
ބޭފުލާއަކީ ގައުމާ،ގައުމުގެރަށްޔިތުންނަށް ހެޔޮއެދިލައްވާ، ލޯބިވެލައްވާ ހިތްވަރުފުޅުގަދަ ގަޓްހުރި ހީވާގިބޭފުޅެއް މިއީ ހަގީގަތަކީ އޮޅުވާ ނުލައްވާ
މުރާލި ވުމަކީ ރައީސްކަމަށް ކުފޫ ހަމަވުމެއް ނޫން. ދައުލަތުން ރަގަޅަށް ކާންދީ ތަމްރީނު ކުރުވީ މުރާލިކުރުވަން. ރައީސުލްޖުމްހޫރިއޔަގެ މަގާމަކީ ކުލޭކުލޭކުޅޭ މަގާމެއް ކަމަށް ހީވަނީތޯ؟ އެއީ މުޅި ގައުމުގެ އެނމެ އުސް ހައިބަތުބޮޑު ގޮޑި. އެގޮޑީގެ އިށީންނަން ޚިޔާލު ކުރަންވާނީ ވެސް ތިމާއަށް އެވަރުގެ ޔުނިވަރސިޓީ ތައުލީމަކާ، އެތައް ޒަމާނެއްގެ ތަޖްރިބާ އާ އޭގެތެރެއިން އުފައްދާ ވިޝަން އެއް ތިމާގެކިބައިގައި ހުރި ނަމަ. އަމާޒަށް ބަޑިއެއް ޖަހާޅަން އެގޭއިރަށް މިގައުމުގަ ވިސްނުން މިހުންނަނީ ރައީސުލްޖުމްހޫރިއްޔާ ގޮޑިއަށް ބަޑިޖަހައިގެން ވެސް އެގޮޑި އަތުލުން. ނޫނޭވާ މިއޮތީ ގައުމެއް!!!!
ނާޒިމު ޔަމިން މޭކަރަން ކަލޭތީކާކުތަ ބަލަ ކަލެޭހުރީ ޔަމިނު ބުނި މަސަތްކަތެއްކުރާކައްނުންތަ ކަލޭތިއުޅެނީވަރައއއޮޅިގެން
ރައީސްޔާމީން ނާޒިމް މުވައްސަސާތައް ހިންގަން ޙަވާލުކުރުމުން މީނާ މީނައަށް ފެނުނީ. ދެން މީނާ އުޅުނީ ރައީސް ޔާމީންގެ ކަރަށް ފައިން އަރަން.އަވަސް އަރުވާލާފަ ވެރިކަން ހޯދަން އުޅުނީ.
ނޫމަޑި ކިޔާ ކުންފުންޏެއް އުފައްދައިގެން ސިފައިން އިންވެސްޓު ކުރި ލާރިގަނޑު ކާލީ ކޮންބައެއްކަން ނާޒިމް ސަރ ބުނެދީބަލަ