އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހުކުމް ކުރި ފަސް ގާޒީންގެ ތެރެއިން ތިން ގާޒީންގެ އޯޑިއޯތަކެއް ލީކުވިއިރު އެއީ ސައްޚަ އޯޑިއޯތަކެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އަރިހުގަައި ނުދަންނަވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން ވިދާޅުވެއްޖެެއެވެ.
މިއަދު ހެނދުނު ކްލަބް ހައުސް މެދުވެރިކޮށް ކުރިއަށް ގެންދިޔަ "ވަގުތު ހަވާސް" ޕްރޮގްރާމްގައި މެންބަރު ޝިޔާމް ވިދާޅުވީ، ގާޒީންގެ އޯޑިއޯތައް ލީކުވުމާ ގުޅިގެން އެ ސުވާލުތައް ޖޭއެސްސީގެ ރައީސް ހިސާންއާ ކުރިމަތި ކުރެއްވި ކަމަށެވެ. އެއީ ސައްޚަ އޯޑިއޯތަކެއް ކަމުގައި ހިސާން ވިދާޅުވި ކަމާއި އޯޑިއޯތަކުގައި ދެއްކެވި ވާހަކަ ދޮގު ކުރައްވަން ކެރިވަޑައިނުގެންނެވި ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އޯޑިއޯގައި ދައްކަވާފައި ހުރި ވާހަކަތައް ދޮގު ކުރާކަށް ހިސާނަށް ވެސް ކެރިވަޑައެއްނުގަންނަވާ، އެއީ ސައްޚަ އޯޑިއޯތަކެއް ކަމަށް ދެކެވެނީ،" ޝިޔާމް ވިދާޅުވިއެވެ.
Gaazeen'ge Audiothakakee Sahha Audiothakeh Kamah Hisaan Vidhaalhuvi: Shiyam https://t.co/xahsoNEeeq
— Vaguthu Online (@VaguthuOnline) September 11, 2021
ޝިޔާމްގެ މި ވާޙަކަތައް ދޮގު ކުރައްވަމުން ތުޅާދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ ހިސާން "ވަގުތު" އަށް ވިދާޅުވީ އެފަދަ މުއާމަލާތެއް ޝިޔާމްއާއި އެކު ކުރެވިފައި ނުވާ ކަމަށެވެ. އަދި ގާޒީންގެ އޯޑިޔޯތަކަކީ ސައްހަ އޯޑިޔޯތަކެއް ކަމުގައި ނުދަންނަވާ ކަމަށެވެ.
ހިސާން ވިދާޅުވީ އެ އޯޑިޔޯތަކުގެ ސައްހަކަން ކަށަވަރު ކުރެވޭނީ ފުލުހުންގެ ތަހުގީގަށް ފަހުގައި ކަމަށެވެ. އަދި އެ އޯޑިޔޯތަކާއި ގުޅިގެން ވަކި އެއްޗެއް ދަންނަވާން އިނގޭނީ ފުލުހުންގެ ފޮރިންގްސިކް ރިޕޯޓަށް ފަހުގައި ކަމަށެވެ.
"އަޅުގަނޑު އެމްޕީ ޝިޔާމް އަރިހު ފަނޑިޔާރުންގެ އަޑު ކަމަށް ބުނާ އޯޑިއޯތަކަކީ ސައްހަ އޯޑިޔޯތަކެއް ކަމަށް ނުދަންނަވަން. އެކަމާ ގުޅޭ ގޮތުން އެއްޗެއް ދަންނަވަން އެނގޭނީ އޯޑިއޯ އެނަލެސިސް ގެ ފޮރިންގްސިކް ރިޕޯޓް ލިބުމުން" ހިސާން ވިދާޅުވިއެވެ.
ލީކުވެފައިވަނީ ގާޒީ ހުސައިން ފާއިޒް ރަޝާދުއާއި، ގާޒީ މުހައްމަދު ސަމީރުއާއި، ގާޒީ އަލީ އާދަމްގެ އަޑު ހިމެނޭ ތިން އޯޑިއޯއެކެވެ. އެއީ ސީދާ އެ ފަނޑިޔާރުންގެ އަޑުކަމަށް އެ ބޭފުޅުންގެ ގާތް ބައެއް ފަރާތްތަކުންވެސް ވަނީ ބުނެފައެވެ. ނަމަވެސް ފަނޑިޔާރުންގެ ބެލެނިވެރި ފަރާތް ޖޭއެސްސީއަށް ހާޒިރުކުރުމުން ތިން ފަނޑިޔާރުންވެސް ވަނީ އެެއީ އެ ފަނޑިޔާރުންގެ އަޑު ނޫން ކަމަށް ވިދާޅުވެފައެވެ. އެއަށް ބާރު ދެއްވުމުގެ ގޮތުން ފުލުހުންގެ ތަހުގީގަށް ތިން ފަނޑިޔާރުން ވަނީ އަޑުގެ ސާމްޕަލްވެސް ދެއްވާފައެވެ.
ލީކުވި އޯޑިއޯއާއެކު ސިޔާސީ މަޝްރަހު ވަަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ. އެ އޯޑިއޯތަކަކީ ޝަރުއީ ދާއިރާއަށް ސަރުކާރުގެ ނުފޫޒު އޮތް ކަމަށް ލިބޭ އިތުރު ހެއްކެއް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ދަނީ ބުނަމުންނެވެ. އެ ވާހަކަތަކަށް އިތުރަށް ބާރު ދެއްވާފައިވަނީ ކުރީގެ ބައެއް ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންނެވެ.
ދޮގު ބޮނޑިވަރު ފިތުނަފަސާދަ އުފައްދަނީ!
އެމްޕީ ޝިޔާމް އެއްފަހަރުވެސް ނުބުނޭ ހިސާން ޝިޔާމް ކައިރީ ބައިންބައިގެން އެހެން ބުނި ކަމަކަށް. ބުނި އެތި އޮޅުވާނުލާ ހިޝާން . އެހެން ނޫނަސް ތިޔަ އެމްޑީޕީ މީހުން ދޮގުހަދަން ޖެހިލުމެއް ނުވާނެ ތީ ކޮންބަޔެއް؟
މިހާރު ޔަޤީންވެއްޖެ އޯޑިއޯ ސައްޙަކަން! އެކަން ދޮގުކުރާނެ ގޮތަކާމެދު މިހާރު އެ ބޯގާނަނީ! ބަލަގަ އެނެމެންވެސް އެތިބަ ބުނަނީ ތިއީ ބަރާބަރު އޯޑިއޯއެކޭ!
ދެން ޝިޔާމް ކައިރީގަ ވިދާޅުވީ ކީކޭތޯ؟
ގާޒީންގެ އޯޑިޔޯތައް ސައްހަ ކަމަށް ޝިޔާމް ކައިރީ ނުދަންނަވަން: ހިސާން ބުނުއްވިގޮތުން އެނގިއްޖެ ކޮންމެވެސް ބައެއްގެ ނުވަތަ މީހެއްގެކައިރީގަ ތިމަން ކަމަނާއަށް ބުނުއްވެވިއްޖެކަން، ދެން ކޮންމެގޮތެއްވިޔަސް އެ ގާޒީންގެ އަޑު ސާޕަލްތައް އެނެލައިސް އެބަކުރާކަމަށް ބުނަނީ މިސަރުކާރުގެ ނުވަތަ ހިސާން އަށް ބޯލަނބާ ކިޔަމަން ގަންނަ ބަޔަކުވީމަ ކަމަނާ ލިޔެފަ ދޭގޮތަކަށްތާ ނަތީޖާ ނިކުންނާނީ ޝައްކެއްވެސްހުރި ކަމެއްނޫން
ބުރުގާނާޅާ ހިސާނު ހަދާނެތަ ތެދެއް
ހިސާނުމެބް ހޮބީއަކީ ދޮގުހެދުން! ވަށްކަންކުރާ މީހާ ވަގެއްކަމަށް އިއުތިރާފުވޭތޯ!
ރޔާމީންވެސް އެއްބަހެއްނުވޭ ވަގެއްކަމަކަށް..
ސައްޙަ ކަމަށް ނުދެންނުވުމަކީ އޯޑިއޯގެ ސައްޙަކަން ގެއްލޭނެ ކަމެއް ނޫނެވެ. ފިނިފެންމާ ފިނިފެންމަލަކަށް ވާން މީހަކު އެއީ ފިނިފެންމަލެކޭ ބުނާކަށް ނުޖެހެއެވެ. ބުންޏަސް ނުބުންޏަސް ފިނިފެން މަލެއް ދިއްގާ މަލަކައް ނުވާނެއެވެ.
ތީ ކޮންބައެއް ތިމީހުންނައް ދޮގެއްހެދެންއޮއްވާ ތެދެއްނުހަދާނެ ތިޔއީ ދޮގުގެ އަހުލުވެރިން އަދި ތިކަމަނާތީ އެކަމުގަވެސްކުރީގަތިބި ބޭފުޅުންގެތެރެއިން ބޭފުޅެއް