ދިވެހި ދެމަފިރިއަކަށް ލިބުނު އެއްމާބަނޑު ދެ ކުދިން، ވިހެއިތާ މަހެއް ނުވަނީސް ނިޔާވެއްޖެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި މީގެ 28 ދުވަސް ކުރިން ވިހެއި ދެ ކުދިންގެ ތެރެއިން ފުރަތަމަ ކުއްޖާ ނިޔާވެފައި ވަނީ ވިހެއި ތަނާއެވެ. އަދި ދެވަނަ ކުއްޖާ ނިޔާވެފައި ވަނީ މިއަދުގެ ވަގުތެއްގައި ކަން އެނގިފައިވެއެވެ.

ލ. އަތޮޅަށް ނިސްބަތްވާ ދެ މަފިރިންނަށް ލިބިފައި ވަނީ އަންހެން ކުއްޖަކާ ފިރިހެން ކުއްޖެކެވެ. އަންހެން ކުއްޖާ ވިހެއިތަނާ ނިޔާވި އިރު، ފިރިހެން ކުއްޖާ ނިޔާވެފައި ވަނީ އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

ނަމަވެސް މި ދެކުދިން ނިޔާވީ ސިއްހީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އެނގިފައެއް ނުވެއެވެ.

މިކަމާ ގުޅިގެން އައިޖީއެމް ހޮސްޕިޓަލުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި މިއިީ ދެމަފިރިންނަށް އަލަށް ލިބުނު ދެ ކުދިންނެވެ.

ޓީޗަރުންގެ ގޮތުގައި މަސައްކަތް ކުރާ މި ދެމަފިރިންނަށް ލިބުނު ކުދިން ނިޔާވުމާ ގުޅިގެން ވަޅުލާފައި ވަނީ މާލޭގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޭެެެއަލީ

    إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎,

    64
    • ނާ

      إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎,

      21
      1
  2. އެދުރުބޭ

    މާ ބަނޑު އިރު ވެކްސިން ޖެހުމުގެ ސަބަބުން ވީކަމެއް ބާ؟

    17
    9
    • ޢަލީ

      ވަރަށް މުހިންމު ކަމެއް، އޭނަ ވެކްސިން ޖެހިތޯ މާބަނޑު އިރު

      4
      1
  3. އަހައްމަދޫ

    إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎,

    34
  4. ދީދީބެ

    ......ކޮބާހޭ އަލަތު ދަރިންގެ ބޮކްސް..... ޓީޗަރުންނާއި ސިވިލް ސްޓފުންނަށް ޗުއްޓީ ދޭން ޖެހޭތީ ކުރާ ކަމެއް ނޫންބާ... އިނޑިޔާ ޑޮކުން ލައްވާ ކުރުވާ ކަމެ ކަމަށް ވެސް ވެދާނެ

    11
    11
    • ނަހޫ

      ނޭގޭ ވާހަކަ ދެއްކުމާއި ފިތުނަފަސާދަ އުފެދޭކަހަލަ ވާހަކަ ޔޯލަޔޯލައަށް ދެއްކުމަށްވުރެން ހަނު ހުރުންވެސް މާ ބުއްދިވެރިވެފައި ސަވާބު އިތުރު ވެގެންވޭ.

      30
      1
  5. ދީދީބެ

    إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎,

    19
  6. ޢަބްދުﷲ

    ދިވެހި ދެމަފިރިއަކަށް ލިބުނު އެއްމާބަނޑު ދެ ކުދިން ނިޔާވެއްޖެ

    1 ގަޑިއިރު ކުރިން ( ސެޕްޓެމްބަރު 11, 2021 )

    إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎,

    8
    1
  7. މިތުރާ

    އައިޖީ އެމް އެޗު އަށް ވިހަންދާ މާބަނޑު މީހުންނަށް ރަގަޅު ފަރުވާ އެއްނުލިބޭ، ޑަކުޓަރުން މަދުވެފަ ވަރަށް ފަރުވާ ކުޑަތަނެއް، އެތަނަށް ވިހާ ކުދިން މައިމީހާ އަށް ލިބެނީ 3 މަސްފަހުން، ،ފަރުވާލަސްވެ ވިހެއުމުގެ ސަބަބުން މާބަނޑް މީހުންނާއި ކުދިން ސަލާމަތް ވަނީ މަދު ފަހަރަކު، ރާއްޖޭ ގެ އާބާދީގެ %99 މީހުން ޖެހެނީ ޑރ ދައްކަން މާލެ އަރަން، އާއިލާ އަށްކެތް ތެރިކަން ދެއްވާދޭ އާމީިން، ދިވެހި ރައްޔިތުން ނަށް ދުޅަހެޔޮ ސިތްހަތެއް ގާއިމު ކޮށްދިނުމަށް ސަރުކާރަައި ހެލްތުމީނިސްޓަރު އަށް ގޮވާލަން. !

    12
    4
  8. ފާތުމަ އެޅި ވަގު މިސްކިތް

    ޢިސްތިއުފާ... ހުރިހާ ދިވެހިން އިސްތިއުފާ...ހަމަ އެކަނި ޓިނުވަގު ފިޔަވައި.

    4
    4
  9. އިސްޢާފް ސަލީމް

    ތިޔައީ ކުރީސަރުކާރުގެސަބަބުން ވީކަމެއް!

    6
    6
  10. ލޫލޫ

    إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎,

    3
    1
  11. ހ. ހުސައިން

    إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎
    އާއިލާއަށް ކެއްތެރިކަން ދެއްވާށި އެވެ. އެންމެ ރަނގަޅުގޮތް ދެނެވޮޑިގަންނަވަނީ ﷲ. އަޅަމެންނީ ކެއްތެރީންކަމުގައި ލައްވާށި އެވެ. އާމިން.

    5
    1