ހިޔާ ފްލެޓްތައް ކުއްޔަށް ދެނީ ސަރުކާރުގެ ސަބަބުން ކަމަށް ބޯހިޔާވަހިކަމުގެ މައްސަލައިގައި އަޑުއުފުލާ އާއްމުންގެ އެކުވެރި ގުޅުމުން ބުނެފިއެވެ.

އާއްމުންގެ އެކުވެރި ގުޅުމުން މިހެން ބުނީ ހިޔާ މަޝްރޫއުން ލިބުނު ބައެއް ފްލެޓްތައް ކުއްޔަށް ދޭން އިއުލާން ކޮށްފައި ވާތީ އެކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެބަޔާނުގައި އާއްމުންގެ ޖަމިއްޔާ އިން ވަނީ ފްލެޓްތައް ކުއްޔަށް ދެނީ ސަރުކާރުގެ ސަބަބުން ކަމަށް ބުނެ މައިގަނޑު ދެސަބަބެއް ދައްކާފައެވެ.

އެޖަމިއްޔާ އިން ބުނީ ސަރުކާރުން އާންމު މީހާއަށް ދިނީ ފްލެޓުގެ ތޮށިގަނޑު ކަމަށާއި ކޮވިޑުގެ ބިކަ ހާލުގައި އާންމުން ތިއްބައި އެ ތޮށިގަނޑު ދީފައި ތިން މަސް ތެރޭގައި މަސައްކަތް ނިންމަން އަންގާފައިވާ ކަމަށެވެ. އޭގެ ފަހުން ކުއްޔަށް 8500 ރުފިޔާ ދައްކަން ސަރުކާރުން އަންގާފައިވާކަން ފާހަގަކޮށް ޖަމިއްޔާ އިން ބުނީ މިހާރު ދިރިއުޅެމުންދާ ތަނަށް ކުލި ނުދައްކާ ވާނެ ގޮތެއް ވެސް އާއްމު ރައްޔިތުންނަށް ނެތް ކަމަށެވެ.

"ކޮވިޑުގައި ވަޒީފާ ގެއްލި ނުވަތަ އުޖޫރަ ކުޑަކޮށްފައިވަނިކޮށް މިހާރު ހުރިތަނުގެ ކުއްޔާއި ބިލު ދައްކަމުން އަދި މިޖެހުނީ 100،000 ރުފިޔާ ހަރަދުކޮށް ތިން މަސް ތެރޭ އެތަން ހަދާށެވެ. ‏ނަތީޖާއަކަށްވީ ބައެއް މީހުން ބޮޑު އިންޓަރެސްޓުގެ ލޯނު ނެގީއެވެ. އަނެއް ބަޔަކު މީހުން އަތުން ސަލާން ޖަހައިގެން ލާރި ހޯދަނީއެވެ. މި މީސްމީހުން ތިން މަސްފަހުން ހިޔާގެ ކުއްޔާއެކު އެ ލޯނުގެ މަހުފީވެސް ދައްކަން ޖެހޭނެއެވެ. އެ ދަންތުރައިގައި ޖެހެން ގިނަ މީހުންނަށް ސަރުކާރުން މަޖްބޫރު ކުރުވާފައެވެ. ‏ދެންތިބީ މިއިން އެއްވެސް ދަންތުރައެއްގައި ޖެހެން ބޭނުންވިޔަސް އެކަން ކުރެވޭނެ ފެންވަރުވެސް ނެތް މީހުންނެވެ." ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި ބުނީ އެފަދަ މީހުންނަށް އޮތީ ދެގޮތެއް ކަމަށެވެ. އެއީ އުމުރު ދުވަހު އިންތިޒާރުކޮށް ލިބުނު ފްލެޓު ހެދެންް ނެތުމުން ދޫކޮށްލުން ނުވަތަ ފްލެޓު ދޫނުކޮށް ވަގުތީގޮތުން އަމިއްލަޔަށް ގޮތެއް ހަމަޖެހެންދެން މަހުކުލި ދައްކަ ދައްކާ ތިބެންވެގެން އެހެން ބަޔަަކަށް ތަން ކުއްޔަށް ދިނުުމެވެ.

"މިހާރު ތަން ކުއްޔަށް ނުދެވިގެން އުޅެނީ އެފަދަ މީހުންނެވެ. މިސާލަކަށް މަހު މުސާރައަށް 10،000 ރުފިޔާ ލިބޭ، އެޙީވާނެ އިތުރު މީހެއް ނެތް، މިހާރު ކުއްޔަށް އުޅޭ މީހަކު ޖެހޭނީ މިހާލުގައެވެ. ‏ވީމާ ނިކަމެތިން ބޮޑާވެގެން، ފުދުންތެރިވެގެން ފްލެޓު ކުއްޔަށް ދެނީކަމަށް ހުކުމްކޮށް ނިންމާ ނުލާށެވެ. އެހާލަތަށް ނިކަމެތި މީހާ ސަރުކާރުން ވައްޓާލީއެވެ. މިފަދަ ހާލުގައި ތިބި ނިކަމެތިން ހިޔާ ފްލެޓު ދޫކޮށް ނުލާން، އެތަން ކުއްޔަށް ދޭން އުޅޭއުޅުމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހެނީ މަތީގައި ބަޔާން ކުރެވުނު ގޮތަށް އާންމު މީހާ އެހާލަތަށް ވައްޓާލި ސަރުކާރެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

އާއްމުންގެ ޖަމިއްޔާ އިން ބުނީ ފްލެޓްތައް ކުއްޔަށްދޭ ދެވަނަ ސަބަބަކީ ‏ފުދުންތެރި މުއްސަނދި މީހަކަށް ފްލެޓު ލިބި އެމީހަކު އެތަން ކުއްޔަށް ދޭން އުޅުމެވެ. އެފަދަ މައްސަލައެއް ފެންމަތި ވެއްޖެނަމަ އޭގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީވެސް ސަރުކާރުން ކަމަށް އެޖަމިއްޔާ އިން ބުންޏެވެ. ސަބަބަކީ ކުރިން ފްލެޓު ދިނީ ހައްގު ނޫން މީހުންނަށް ކަމަށް ބުނެ، އެ ލިސްޓް އަލުން ބަލަން ދެ އަހަރު ހޭދަކޮށް، ލިސްޓު ނެރެ މިހާރު ފްލެޓު ލިބުނު މީހުން ކަނޑައެޅީ ސަރުކާރުން އުފެއްދި ފްލެޓު ކޮމެޓީން ކަމަށްވާތީ ކަމަށް އާއްމުންގެ ޖަމިއްޔާ އިން ބުންޏެވެ. "މުއްސަނޖަކަށް، ނުހައްގު މީހަކަށް ފްލެޓު ދީފައިވާނަމަ އޭގެ ޒިންމާ ނަގަން ޖެހޭނީ ލިސްޓު އެކުލަވާލި ސަރުކާރެވެ. އެފަދަ މީހުންނަށް ފްލެޓު ދީފައި ވަނީ ނުހައްގުންނެވެ." އާއްމުންގެ ޖަމިއްޔާ އިން ބުންޏެވެ.

ހިޔާ ފްލެޓްތައް ކުއްޔަށް ދޭން ބައެއް ފަރާތްތަކުން އިއުލާން ކޮށްފައި ވާއިރު ސަރުކާރުން ދޫކުރާ ސޯޝަލް ހައުސިން ފްލެޓްތައް ކުއްޔަށް ދިނުމަކީ ފްލެޓް އެއްބަސްވުން ބުނާ ގޮތުން ވެސް މަނާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ެއަލީ

    މާތްކަލާކޯ، ފުލެޓްވްސް ކުއްޔަށް ދެނީ ސަރުކާރުގެ ސަބަބުން، މީހުން އެންމެހައި ނުބައި ކަންތައްވެސް ކުރަނީ ސަރުކާރުގެ ސަބަބުން، މަސައްކަތެއް ނުކޮށް މަގުމަތީ ތެޅެނީވެސް ސަރުކާރުގެ ސަބަބުން، އެއްވެސް އިޙްތިރާމެއް ، އަދަބެއް ، އަގަލެއްނެތި އުޅެނީވެސް ސަރުކާރުގެ ސަބަބުން ، އާއްމުންގެ ޖަމިއްޔާ އުފެދުނީ ވެސް ސަރުކާރުގެ ސަބަބުން ،
    އަހަރެމެން ދިވެހިން ރައްޔަތެއްގެ ގޮތުގައި އުފުލަން ޖެހޭ އެއްވެސް ޒިއްމާއެއްނެތް. މިއީ %100 ބަރާބަރު ބައެއް.

    8
    6
  2. އިސްޢާފް ސަލީމް

    ޔާމީން ސަރުކާރުގެ އަމާޒަކަށް އޮތީ ޖުލައި 2019 ށް ފްލެޓްތައް ކޮމްޕްލީޓްކޮށް ނިންމާފަ އޭގެ ޙައްޤުވެރިންނާ ޙަވާލުކުރުމެވެ. ވެރިކަން ފޭރިގަނެ ވޭތުވެދިޔަ 3 އަހަރު އެއްވެސްކަމެއްނުކޮށްތިބެފަ ޕްރެޝަރ ބޮޑުވެ އޮބިނޯތުމުން ޙަސަނަށް ސައިކުރާ ދޭގޮތަށް މީހުންނަށް ފޮލެޓްތައްދިނީ ރޯހައްޓާހުއްޓައެެވެ. އެންމެންނަކީ އެފަދަ މަސައްކަތެއްކޮށްނިންމަން ތަނަވަސްކަންހުރި ބަޔަކަށްނުވާތީ އެތަންތަން ނިންމާދޭނޭފަރާތަކަށް ކުއްޔަށްދީ ނިންމުމަކީ މަޖުބޫރީ ޙާލަތާހުރެ ކުރާ ކަމެކެވެ. ބޭކާރު ވާހަކަތައް ދިގުނުކޮށް ރަގަޅުގޮތަކީ ސަރުކާރު އެކުގައި އިސްތިޢުފާދިނުމެވެ. ޙަސަނަށް ސައިކުރާ ދިންގޮތަކީ ޙަސަން ސައިނުލިބިގެން އަމާކައިރީ ރޯވަރުން އޮބިނޯވެގެން އަން ޙަސަނަށް ސައިކުރަ އެއްކޮށޭބުނެ ކުރާ ދިނުމެވެ. އޭގައި ސައިފަތެއް ހަކުރެއް އަޅާފައިނެތަސް ޙަސަނަށް ވަރިހަމައެވެ.

    11
    2
  3. އަލީ

    ތީކީ ގަބޫލް ކުރެވޭ އުޒުރެއްނޫން

    4
    4
  4. އިބްރީމް މުހައްމުދު

    އާއްމުންގެ އެކުވެރި ގުޅުމުން ވެސް މާ ކަންތައް އިނގިގެން އުޅެނީ ފްލެޓް ލިބިފައި ހުރީ ގިނައިން މާލޭގައި ނޫޅޭ ރާއްޖޭ ތެރޭގައި ދިރިއުޅޭ މީހުންނަށް މާލޭ ގައި ކުއްޔަށް އުޅޭ މަދު މީހަކަށް ފުލެޓް ލިބުނީ

    6
    8
  5. ޒައުކް

    ރަނގަޅު ވާހަކައެއް.. ކުރިން 3 ކޮޓަރި ފިނިޝިންގ ނިންމާފަ މަހަކު 7000 ރުފިޔާއަށް މިފަހަރު 2 ކޮޓަރި ފިނިޝިންގ ނުނިމާ 8500 އަށް، ފިނިޝިންގ ނިންމަން ލޯނަށް ދެލައްކަ، ކޮންމެ މަހަކު ލޯނާ ކުލި ދެއްކޭނެ ގޮތަކީ 1500 ރުފިޔާވަރު ޕްރޮފިޓަށް ލާފަ ކުއްޔަށް ދިނުން 4 އަހަރު ފަހުން ތަނަށް ވަދެވޭނީ.. އެހެން ޝޯޝިއަލް ހައުސިންގތަކާ ޚިލާފަށް ތަކުލީފު ބޮޑު މިފަހަރު

    8
    3
  6. އެދުރުބެ

    ކަލޭމެން ފާޚާނާ އަށް ދަނީވެސް ސަރުކާރުގެ ސަބަބުން.

    7
    5
  7. ގަލަން ތުނޑު

    ޖަމްއިއްޔާގެ ތިވާހަކއަކީ 100ގެ ވާހަކައެއް ހަމަސިދާ ހަގީގަތް