މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ތުރުކީވިލާތުގެ ގުންގްރެން ޑިސްޓްރިކްޓްގެ މޭޔަރު ބުންޔާމީން ޑެމިރުއާ ބައްދަލުކުރައްވައިފިއެވެ.

މޭޔަރު މުއިއްޒު ތުރުކީވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މޭޔަރް ބުންޔާމީން ޑެމިރު އިއްޔެގައެވެ. މި ބައްދަލުކުރެއްވުން އޮތީ ގުންގޮރެން ޑިސްޓްރިކްޓް ގެ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުވުމުގައި ދެ ކައުންސިލުން ގުޅިގެން ކުރެވިދާނެ ކަންތައްތަކާބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ތަމްރީނުކުރުމުގައި އެހީތެރިކަން ދެއްވާނެކަމަށް މޭޔަރު ބުންޔާމީން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ދެ ފަރާތުން ހިންގާ ޕްރޮޖެކްޓްތަކާބެހޭ މައުލޫމާތު ބަދަލުކޮށް މި ޕްރޮގްރާމްގައި ހުރި ކަންތައްތަކުގެތެރެއިން އިސްލާހްކުރަންޖެހޭ ކަންކަމާއި، ދެފަރާތުން ތަޖުރިބާ ހިއްސާކުރެވޭނެ ކަންކަންކަން ފާހަގަކުރިއެވެ.

ތުރުކީވިލާތުގެ ކައުންސިލްތަކާ ގުޅުން ބަދަހިކޮށް ތަޖުރިބާ ހިއްސާކުރުމަށާ އަދި މާލޭ ސިޓީގެ ތަރައްގީއަށް ބޭނުންވާ އެހީތެރިކަން ހޯއްދެވުމަށް ކުރައްވާ މިދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ ތުރުކީވިލާތުގެ އިސްތަމްބޫލަށެވެ. އިސްތަންބޫލަށް ވަޑައިގެންނެވީ އެދުވަހު ހެނދުނުއެވެ.

ތުރުކީ އަށް ފުރާ ވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލު ކުރައްވައި މޭޔަރު މުއިއްޒު ވިދާޅުވީ މި ދަތުރުފުޅުގައި ތުރުކީވިލާތުގެ އެކި ސިޓީތަކުގެ ކައުންސިލްތަކާ ބައްދަލުކުރައްވާނެކަމަށެވެ. އަދި އެ ކައުންސިލްތަކާއެކު ސިސްޓަރ ސިޓީ ހެއްދެވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މާލޭ ސިޓީގެ ތަރައްގީއަށް ތުރުކީވިލާތުގެ ކަމާބެހޭ ބައެއް ފަރާތްތަކުން ފޯރުކޮށްދެވިދާނެ އެހީތެރިކަމާބެހޭގޮތުން މަޝްވަރާކުރައްވައި އެހީ ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެހީތެރިކަން ލިބޭނެކަމުގެ އުއްމީދު ވަރަށް ބޮޑުކަން ހާމަކުރެއްވިއެވެ.

މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ތުރުކީވިލާތަށް ކުރައްވާ މިދަތުރުފުޅުގައި ހަ ދުވަސް ހޭދަވާނެއެވެ.

މާލޭ ސިޓީ ކައުންސިލުން މިހާރުވަނީ ރާއްޖޭގެ ކައުންސިލްތަކާއެކު ގުޅުންބަދަހިކުރުމުގެ ބައްދަލުވުންތައްވެސް ބާއްވަން ފަށާފައެވެ. އެގޮތުން މާލެ އަތޮޅު ކައުންސިލާ އަދި މާލެ އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލްތަކާއެކު ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މޭޔަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ތުރުކީވިލާތުގެ އިތުރުން އެހެން ގައުމުތަކުގެ ކައުންސިލްތަކާއެކު މަޝްވަރާކުރައްވާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސ

    ސާބަސް.... ދިވެހި ސަރުކާރުން މާލޭގެ ތަރައްގީ އަށް ދަނީ ހުރަސް އަޅަމުން ތަާރު އަޅަން ވެސް ހުއްދަ ނުދޭ... މާލޭގައި ވީ ގާއަތުރާށޯ ... ފަހަތަށްތަ މާލެ ދާންވީ ..... ބޭރުގެ އެހީގައި ކަންކަން ކުރެވޭތޯ ބައްލަވާ ... އަކުރަމް ކަމާލުއްދީނުމެން މާލޭގެ އެމްޑީޕީ ދާއިރާ ގޮނޑިއަށް ކީއްކުރަން ހޮވަނީ .......މުޅިން ޖެއްސުން ކުރަނީ ބަލަ އަކުރަމޫ ތިޔަ ޖެއްސުން ކުރެވެނީ މޭޔަރ މުއިއްޒަކަށް ނޫނޭ މާލޭ ރައްޔިތުންނަށޭ

  2. ނޫރު

    މިފަދަ ދަތުރު ތަކުގެ ސަބަބުން މާލެ ސިޓީ ސްމާޓް ސިޓީއަކަށް ހެދުމަށް ކުރާ މަސައްކަތަށް އެކިގޮތްގޮތުން އެހީތެރިކަން ލިބޭނެ. ލާމަރކަޒީ ނިޒާމަކީ އަދި ދިވެހިންނަށް 16 އަހަރުވީ ނިޒާމަކަށްވިޔަސް ތުރުކީ ފަދަ ޤައުމުތަކަކީ އިސްލާމީ ހަޝާރަތު ވަރުގަކޮށް އެއިރު އިސްލާމުންގެ ފަޚްރެއް.އަދި ލާމަރކަޒީ ނިޒާމުގައި 100 ވަރަކަށް ހިންގާފައިވާ ޤައުމެއް.