މިދޔަ އަހަރު ހުޅުމާލޭގައި ހުޅުވި ފުލުހުންގެ އައު ޕޮލިސް ސްޓޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ މީހުން ބަންދުކުރެވޭ ގޮތް ހަދައިފިއެވެ.

މީގެ ކުރިން ހުޅުމާލޭގައި، ފުލުސް އޮފީސް ހިންގަމުން އައީ އެޗްޑީސީ އިމާރާތުގައެވެ. އައު އިމާރާތުގައި ހުރި ކަސްޓޯޑިއަލް ގޮޅިތަށް ބޭނުންކުރަން ނުފަށާތީވެ، އެކިއެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ މީހުން ބަންދުކުރަމުން ދިޔައީ މާލޭގައެވެ.

ހޯމް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ ހުޅުމާލެ ޕޮލިސް ސްޓޭޝަނުގައި ގާއިމުކޮށްފައިވާ "ޕޮލިސް ކަސްޓޯޑިއަލް ގޮޅި" 1، 2، 3 އަދި 4 އަކީ ކަސްޓޯޑިއަލް ޖަލެއްކަމަށް، މި މަހުުގެ ދެވަނަ ދުވަހު ހޯމް މިނިސްޓަރު ކަނޑައަޅާފައިވާ ކަމަށެވެ.

އެ ގޮޅިތައް ހިންގާނީ ފުލުހުންގެ ބެލުމުގެ ދަށުން ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ. އެތަނަކީ މީހުން ބައިތިއްބަން ރަނގަޅު ތަނެއް ކަމަށް ކަނޑައަޅާފައިވަނީ އިންސްޕެކްޓަރު އޮފް ކަރެެކްޝަންސް ބަލަން ޖެހޭ ބެލުންތައް ބެލުމަށް ފަހުގައެވެ.

ހުޅުމާލެ ޕޮލިސްގެ އައު އިމާރާތުގެ މަޝްރޫއަކީ 2017 ވަނަ އަހަރުގެ ޖޫން 14 ވަނަ ދުވަހު އިފްތިތާހު ކުރެވިގެންދިޔަ މަޝްރޫއުއެކެވެ. 2019 ގެ ނޮވެމްބަރު 12 ވަނަ ދުވަހު ނިމުނު މި އިމާރާތަކީ ތިން ފަންގިފިލައަށް އިމާރާތްކޮށްފައިވާ އިމާރާތެކެވެ.

ޖާގައިގެ ގޮތުން ތަނަވަސް އަދި ޒަމާނީ ޕޮލިސް ސްޓޭޝަނަކުން ރައްޔިތުންނަށް ހިދުމަތް ފަސޭހައިން ދެވޭނެފަދަ ބައިތަކާ ވަސީލަތްތަކުގެ މައްޗަށް ބިނާކޮށްފައިވާ މި އިމާރާތަށް 27.5 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ާޒާ

    ތިޔަކަން ކުރަންވާނެ ހައްޔަރުކޮށް އިންސާނިއްޔަތާ ޚިލާފު އަނިޔާވެސް ދޭންވާނެ. އެއީ ހިސްޓްރީ. އެކަން އިޔާދަވީ. އިމާރާތް ކިތަންމެ ބަލާލަން ރީއްޗަސް އެއީ ލާއިންސާނީ އަިޔާގެ ހޮހޮޅަ. މާލޭގަ ހުރިތަނުގެ ބިންގަރާހުގާ ހުރި ފެންގޮޅިތަކުގެ އަނިޔާގެ ހަނދާން އެތައްބަޔަކު ހުންނާބެ. ތަހުގީގު ފޔރިހަމަވަނީ މައިބަދަ ބިންދާލުމުން.

  2. ހަވާސާ އިބޫ

    ފުލުހުންގެ މުއައްސަސާއަކީ ދިވެހިބަހުގެ ގާނޫނަށް ފައިންއަރައި އެގާނޫނު ފުންޑާލަން މަސައްކަތްކުރާ މުއައްސަސާއެއް ދެން މިވަރުތަނަކުން ރައްޔަތުންގެ ހައްގުތަށް ރައްކާތެރިކޮށްދެވޭނެބާ؟ އެތާންގައި މަސައްކަތްކުރާ ބައެއް އޮފިސަރުން ލަދުގަނޭ ދިވެހިންލިޔަންވެސް!

  3. ާަަަްައަލީ

    ރައީސް ޔާމީންގެ ރަން ތަރައްގީ ފެނޭތަ

    • ޙައްގުބަސް

      އެމްޑީޕީގެ ވެރިކަމުގައި އަބަދުވެސް ފެންނަނީ ޒާތީ ހަސަދަވެރިކަމާ ބަދަލު ހިފުމުގެ ރޫހުގައި މާޒީ ފަހާ ދުވާތަން! ވަކިން ޚާއްސަކޮށް ފުލުހުންނާ ޖައްސާލާ ޖުމްލަކޮށް ދިފާޢީ ބާރުގެ ތިބޭ މީހުންނަށް ގޯނާކުރުމާ ޖެއްސުންކުރާތަން!! އެފަރާތްތަކަށް ނިކަމެތި ބަސްތައް ރައްދުކޮށް އެއްވެސް ބައެެއްނޫންކަމަށް ހަދަމުންދާ މަންޒަރު!! މިކަންކަން މިހާރުވެސް އެދަނީ ތަކުރާރުކުރަމުން!! މިދެމުއައްސަސާގެ އެންމެ އިސްކޮށްއުޅޭ ފަރާތްތަކަށް ރާއްޖޭގައި ހުންނަ އިންޑިޔާ އެންބަސީން ކޮންމެ މަހަކު ޕޮކެޓްމަނީ ދޭކަމަށްވެސް ބުނާތީ އަޑުއިވޭ!! ބޮޑަށް މިލިބެނީ ސިފައިންގެ ޖެނެރަލުންނަށްކަމަށޯ އަޑުއިވެނީ!! މިއީ ދެރަކަމެއް!! ޣައްދާރުނުވާށޭ ގައުމަށް!! ހުވާމަތީގަ ތިބޭށޭ!!

  4. ބޯގޯސް

    ހުޅުމާލެ ޕޮލިސްގެ އައު އިމާރާތުގެ މަޝްރޫއަކީ 2018 ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހުގެ މަޢުރިބު ނަމާދުގެ ފަހުން އިފްތިތާހު ކުރެވިގެންދިޔަ މަޝްރޫއުއެކެވެ. 2019 ގެ ނޮވެމްބަރު 12 ވަނަ ދުވަހު ނިމުނު މި އިމާރާތަކީ ތިން ފަންގިފިލައަށް އިމާރާތްކޮށްފައިވާ އިމާރާތެކެވެ. ކިހާމޮޅު ވެރިކަމުގެ ހުވާކުރުމަށްފަހު މަޢުރިބްނަމާދު ކުރުމަށްފަހު އެފެއްޓެވީ ގައުމު ތަރައްގީ ކުރައްވާށެވެ. މިސްޕީޑްގައި މަސައްކަތް ކުރެވޭނީ މަދު ރައީސުންނަށެވެ. މީގެ ތެރޭގައި ފާހަގަކޮށްލެވޭ ބޭފުޅަކީ އިބްރާހިމް ސާލިހް އެވެ