ރައީސް ޔާމީން ބަލިކުރުން ނޫން ގޮތެއް އަޅުގަނޑުމެންނަށް ނެތް ކަމަށާއި އިތުރު ޗޮއިސްއެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާ ޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

މިއަދު ފެށުނު އެމްޑީޕީގެ އާދަޔާ ހިލާފު ކޮންގުރެސް ހުޅުވުމުގެ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބަލިކުރުން ނޫން ގޮތެއް މިއަދު ދިވެހިންނަކަށް ނެތް ކަމަށާއި ތަރައްގީއަށް ކިޔާ ނަމަކީ ވައްކަން ކަމަށް ރައީސް ޔާމީން ވަނީ ހައްދަވާފައި ކަމަށެވެ.

"ރައީސް ޔާމީނުގެ މި ވެރިކަމުގައި ވަގުންނަކީ ސްމާޓް މީހުން ކަމަށް މިދަނީ ދައްކަމުން ރައީސް ޔާމީންގެ ބޭނުމަކީ އިންސާނީ ހައްގުތައް ނަގާލައި ޑިމޮކްރަސީއާ ދުރުކޮށް ޝަރުއީ ދާއިރާ ސިފައިން އަދި ފުލުހުން މިނިވަން ކުރުމަށް ސިޔާސީ ނުފޫޒުން އެއްކިބާ ކުރުމަށް ރައީސް ޔާމީންގެ ވެރިކަން ނިންމަން ޖެހޭ" ހަސަން ލަތީފު ވިދާޅުވިއެވެ.

މިއަދު ފެށުނު އެމްޑީޕީގެ ތިންވަނަ ކޮންގުރެސް އަށް އިޝާރާތް ކުރައްވާ ހަސަން ލަތީފު ވިދާޅުވީ މި ކޮންގްރެސްގެ ނިންމުންތައް ވަރަށް މުހިންމުވާނެ ކަމަށާއި ކޮންގުރެސްގެ ނިންމުންތަށް ވަރަށް ވިސްނުންތެރިކަމާއިއެކު ނިންމަން ޖެހޭ ކަމަށެވެ.

"ފުލުހުން ނުކުމެ ޕޯސްޓަރުތައް ދަނީ ވީދަމުން, ފުލުހުންގެ ނާތަހުޒީބު ގޮތް އަޅުގަނޑުމެންނަށް އެބަ ފެނޭ, މިއީ ސަރުކާރުން ދިނީމާ ކައިގެން އަދި ބޮއިގެން ތިބޭ މެންބަރުންގެ ޕާޓީއެއް ނޫން މިއީ އަތޮޅުގެ ރަށެއްގައި ބާއްވާ އެންމެ ފުރަތަމަ ކޮންގްރެސް. މިކަން ވަރަށް ސާފުކޮށް ދިވެހި ސަރުކާރަށް ރައީސް ޔާމީންއަށް މި އުކުޅަގުން ފެނިގެން މިދަނީ" ހަސަން ލަތީފު ވިދާޅުވިއެވެ.

އެމްޑީޕީ އަދި ގުޅިފައިވާ ޕާޓީތައް ވާދަކުރާނީ އެއް ކެންޑިޑޭޓެއް ގޮތަށް ކަމަށާއި އެ ކެންޑިޑޭޓަކީ އެމްޑީޕީގެ ކެންޑިޑޭޓެއް ކަމަަށް ވިދާޅުވެ ހަސަން ލަތީފު ވިދާޅުވީ އަދާލަތުޕާޓީ، ޖުމްހޫރީ ޕާޓީ، އެމްޑީޕީ އަދި ރައީސް މައުމޫން އަދި އެމްޑީޕީ ފަރާތްތައް ގުޅިގެން ބޮޑުތަނުން ރައީސް ޔާމީން ބަލި ކުރާނަނެ ކަމަށެވެ.

"މަކަރެއް ނުހެދޭނެ, އިންތިހާބުގެ ކަންކަމުގައި ރައީސް ޔާމީންއަށް އެހީތެރިވާނެ ފުލުހުންނެއް ސިފައިންނެއް ނުތިބޭނެ, ރައްޔިތުން ގުޅިފައިވާ ޕާޓީތަކާ އެކު ތިއްބަވާ, ގުޅިފައިވާ ޕާޓީތަކުން މި ގައުމު ސަލާމަތް ކުރާނެ" ހަސަން ލަތީފު ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ އެމްޑީޕީއަކީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގާނެ ޕާޓީއެއް ކަމަށާއި އިންތިހާބުތަކާ ކުރިމަތިލާ ކެމްޕޭންކޮށް އޭގެ ފަހުން ވެސް ކަންކަން ކުރާނީ ސުލްހަވެރި ސިޔާސީ ހަރަކާތުގެ ތެރެއިން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. Anonymous

  ތިޔައީ މާސިންގާ ބޮޑުވަގު އެމްޑީޕީ ސަރުކާރުގަ ކަލޭ ބަނޑައް އަޅާލި ރުފިޔާތައް ކޮބާ.

 2. އަހުމަދު ހުސައިން އަލީ

  ސުލްހަވެރިކަމާއެކު ތަންތާ ހުޅުޖަހާނީވެސް ދެއްތޯ؟

 3. މޫއްޓޭ

  ނުވާނެ ކަލޭ މެންނަކަށް. ކޮހުންނަކަށް ވާނުވަނޭގޭނެ.މަދެން ބަލާނަން ވާވަރު.

 4. ދޮންބެ

  ރައީސް ޔާމިނު ވެރިކަމައް ހޮވުން ނޫންގޮތެއް ނެއް

 5. މަރިޔަނބު

  އިބޫއާ ނަސީދު ވަނީ ޑީލް ހަދާފަ އިބޫ ހޮވިއްޖެއްޔާ ދައުރުގެ މެދުތެރޭން އިންތުހާބު ބާއްވާފަ ނަސީދުއަށް ވެރިކަންދޭގޮތަށް ވެރިކަމައް އެރުމައްފަހު ދުނިޔެ އުމުރައް ވެރިކަމުގަ ހުންނަގޮތައް ގާނޫނުބަދަލުކުރާގޮތައް މިނޫންގޮތަކައް ނަސީދު އެއްބަހެއްނޫން ވަރައްސަލާމް އެމްޑީޕީ އަށް

 6. ހަޖަމް

  ހަޖަމް ކުރެބަލަ ކަލޭމެން.... ތިއީ ވާނެކަމެއްނުން..... انشا اللہ ރައީސް ޔާމީން 2018

 7. މަރުތަޅު

  ޢަތޮޅު ތަކުން މާލެޔަށް ހިޖުރަކުރި މީހުނަށް ދިމާ ވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލޭގެ ކުލި ބޮޑުވެ އަހަރު އެއްފަހަރު އިތުރަށް ކުލި ބޮޑުކުރުން މިއީ ސަރުކާރުން ހައްލުކުރަން ބޭނުން ނުވާކަމެއް މިކަން ހައްލުކުރަން ކުއްޓި ނަޝީދު މަޖިލިހަށް ބިލެއް ހުށަހެޅި ނަމަވެސް އެބިލް ޤާނޫނަކަށް ނުވެމިދަނީ ބަޔަކު ގަސްތުގައި !

  • ސަލީމު

   ކަލޭމެން ޖެހޭތަ ބަކަތަޅަން މާލޭގަ އުޅެން އަމިއްލަ ރައްކުޑަވެގެން

 8. ނުރަބޯ

  އިންޝާﷲ ތިޔަކަމެއް ނުވާނެ. އެހެނީ ރައީސް ޔާމީން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ގައުމަށް ތަނަވަސް ހެޔޮބަދަލުތަކެއް ގެނެސް ދެއްވާ އިޚްލާސްތެރި މަސައްކަތް ތަކެއް ކުރައްވާފައެވެ. އަދި މިހާރުވެސް ދަނީ މަސައްކަތްކުރައްވަމުންނެވެ. ކަލޭމެން ވެރިކަންކުރަން ލިބުނު ތިން އަހަރު ކަލޭމެން، ދިވެހިރާއްޖެ އަށްޓަކައި، ދިވެހި ރައްޔިތުން ނަށްޓަކައި، މާތްވެގެންވާ އިސްލާމްދީނަށްޓަކައި އެއްވެސް ކަމެއް ކޮށްދީފައެއް ނެތެވެ. އަދި ކަލޭމެންގެ ފުށުން ޚިޔާނާތްތެރިކަމާ، މަކަރުވެރިކަމާ، ޣަދަރުވެރިކަމާ، ގޮށްމުށުގެ ސިޔާސަތު ނޫން އެހެން އެއްޗެއް ފެނިފައެއް ނެތެވެ. ވީމާ ކަލޭމެން ބަލިކުރުން ނޫން ގޮތެއް ދެންތިބި މީހުން ނަކަށްވެސް ނެތެވެ. ގައުމުގެ ތަރައްގީއާއި ފާގަތި ކަމަށްޓަކައެވެ. މާތްވެގެންވާ އިސްލާމްދީނަށް ޓަކައެވެ.

 9. ައަބުދުއްލޯ

  ތިގޮތައް ގޮވި މައުމުނު ބޭރުކުރުން ނޫން ގޮތެއް ނެތެވެސް

 10. މުހައްމަދު

  ޚޮސްނުގޮވާ...

 11. ކާފަ

  ކަލޭޖެހޭނީ މޮޔަވާން ކަލޯ

 12. ބޫތު

  ވައްކަން ނުކުރިވިގެން ތެޅޭބައިގަނޑެއް...މޑޕ ސަރުކާރުގަ ވަގަށް ނެގި ލާރީގެ އަދަދު ނޭގޭ...ދެން މިދޭރެއިން މިހިންގަން ރޭވި ބަގާވާތުގެ ފައިސާގެ ތެރެއިންވެސް ގިނައަދަދަކަށް ލާރިވަނީ ލަތީފަށް ލިބިފައި..ވައްކަންކުރާހިތުން ބޫތުކައިފަ ތިތިބީ..އެއްބުރުން މިފަހަރު ފެއިލްވާނެ!

 13. އަބްދުއްލާ

  މާތްﷲ ގެ އިރާދަފުޅުން ޔާމީން ހުންނެވީ ގަދަވެސަލާމަތުން . މައިބަދައިގެ އޮޕަރޭސަނެއްވެސް އަދި ކުރާކަށްނުޖެހޭ . މަކަރުހަދާ ފިލައިގެން ދާކަށްވެސް އަދި ނުޖެހޭ . ހަމަ އިސްކޮޅުގަ ހުންނެވީ ތެދުވެ ހަމަފައިގެ މަތީ ގަދަބާރުގަ .އިސްކޮޅުން ކުރުވެ އައިބު ވާގޮތެއްނެތް. މިހާރު ނަސީދު ވަނީ ބަލިވެ ބަލިގަބޫލުކޮށްފާ ޔާމީނުވަނީ ގަދަވެވަޑައިގެންފާ .މާތްﷲ ގެ އިރާދަފުޅުން ކުރިޔަށް އޮތްތާގަވެސް ޔާމީނަށް ކުރިއެރުން ލިބިގެންދާނެ . އަޅުގަނޑުގެދުއާއަކީ އެއީ

  • ގަބޫލު

   އާމީން

  • އަހަންމާ

   ޢާމީން

 14. ސަލީމު

  ޢައްޔޯ މީހަތަރުކަށިމަތި މާލޭބޭފުޅާ

 15. ޏަމްޏަމް

  ރައީސް ޔާމީން ﷲ ގެ އިރާދަ ފުޅުން މިފަހަރު ޔަގީން...2018

 16. މަތާރަން

  މިފަހަރު ވެރިކަން ނުލިބއްޖެނަމަ ހުޅުޖެހުން ނޫން ގޮތެއްނެތް އެމްޑީޕީ އަކަށް........

 17. ޙަފްޞާ / މާލެ

  އަލުންވެސް ދިވެހި ޤަވްމު ހިންދާލުމަށްދޯ؟ އެމްޑީޕީގެ 3 އަހަރުގެ ވެރިކަމުގައި މުޅި ޤަވްމު އިނދަޖެހި އިޤްތިޞާދު ވަޅުވަދެ ، ބަޖެޓް ޖީބަށްކަހާލާ ، ރާއްޖެއަށް އާމުދަނީ ލިބެންހުރި ހުރިހާ ދޮރެއް ބޭރު ބަޔަކަށް ވިއްކާލާ އިސްލާމްދީނާއި ޤަވްމިއްޔަތު ގެއްލިފަ އޮތީ! މިކަން ދިވެހިން ހަނދާންހުންނާނެ!

 18. ވެރިޔާ

  ކަލޯ ކުރެވޭ ވަރުގެ ކަންތައްތައް ކުރާނީ. ތިކަމެއްނުވާނެ. ދެން ލަލަލާ.