ކ. އަތޮޅު ކައުންސިލްގެ ތިޖޫރި ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ކ. އަތޮޅު ކައުންސިލް އިދާރާގެ ތިޖޫރި ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައެއް މިއަދު ހެނދުނު 8:15 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ތިޖޫރިން ވަގަށް ނަގާފައި ވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އޮފިޝަލް ވިދާޅެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު