ޔުނެސްކޯ އާއި އެޑިއުކޭޝަން ގުޅިގެން ގްރޭޑް 7،8،9ގެ ދަރިވަރުންގެ މެދުގައި ހިންގި ޕައިލޮޓް ޕްރޮޖެކްޓްގައި މާތްﷲ ވޮޑިގެންވާތޯ ސުވާލު އުފެއްދި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ ގިނަ އަދަދެއްގެ ޖަމާއަތްތައް ހިމެނޭ ރައްޔިތުންގެ އިއްތިހާދުގެ ފަރާތުން މިމަހުގެ ނުވަ ވަނަ ދުވަހުއެވެ.
ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އެޑްރެސްކޮށް އެ އިއްތިހާދުން ފޮނުވި ސިޓީގައި ބުނީ ދިވެހިންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރާ ގާނޫނާ ގަވާއިދު ހިމާޔަތް ކުރުމުގެ ގޮތުން ވަކި ފަރުދަކު ނުވަތަ ޖަމިއްޔާ ޖަމާއަތްތަކުން ނަމަވެސް ޣައިރު ގާނޫނީ ޢަމަލެއް ހިންގުމަކީ ވަގުތުން އެކަމާއި ގާނޫނުގެ ބެލެނިވެރިން ފިޔަވަޅު އަޅަން ޖެހޭ ކަމެއް ކަމަށެވެ.
އެކަން ހަނދާންކޮށްދީ މި މައްސަލަ ރަސްމީކޮށް ބަލައި ދިނުމަށް އެދި އެ ޖަމިއްޔާއިން ވަނީ ބައެއް އެ މޮޑިއުލްގެ ބައެއް ފޮޓޯވެސް ސިޓީއާއެކު ފޮނުވާފައެވެ.
އެކަމާއި ގުޅިގެން ފުލުހުން މިއަދު ވިދާޅުވީ، އެފަދަ ސިޓީއެއް އެއިދާރާއަށް ލިބިފައިވާ ކަމަށާއި އެކަމާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު އިތުރު މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.
އިއްތިހާދުން ބުނެފައިވަނީ އެހެން އެކަން އޮތުމުން ދީން ހިމާޔަތް ކުރުމާ ގައުމަށް އަދި ދައުލަތަށް އަމާނަތް އަދާކުރުމުގެ ދީނީ އަދި ގާނޫނީ ޒިންމާގެ ދަށުން ޔުނެސްކޯއަށާއި އަދި މިކަމުގައި ޝާމިލްވި އެންމެހާ ފަރާތްތަކަށް ފިޔަވަޅު އަޅައިދިނުމަށް ގިނަ އަދަދެއްގެ ރައްޔިތުން އެދެމުންދާ ކަމަށެވެ.
ބަންޑާރަ ހަސަނައް މޫދުހިތަކައް ލިބިފާ އޮއްވާ ކިހިނެއް މައްސަލަ ބަލާނީ.ތި ތިބީ ހުސްވެސް އެތްގަލަކުން ފެހިކަހާ ލަނޑަާ ތަކެއް.
ވަގުތު މީހުންގެ ގައިޑުލައިން ކިއާފަ ކޮމެންޓެއް ލިއުނަސް ޖަހާނުދޭ؟ އަނެއްކާ ވިކިހުސްވީތޯ؟ ނޫނީ ބަޔަކު އަންގޮތައްތޯ؟؟؟؟
އަދާލަތުން ބުނީ އަދިވެސް މުންކަރާއި ކިޔާ އެވެސް އަމަލެއް ނުހިގަޔޭ.
ތިޔާކަމެއް ނުބެލޭނެ ލާދީނީ އެމްޑީޕީ އަޑިގަ އޮވެގެން އިސްލާމް ދީނާމެދު މީހުން ނަފުރަތު އުފައްދަން ހިންގި ޖަރީމާއެއް ބެލޭނެތަ؟ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ޔތައުލީމީ ނިޒާމު ގަޑުބަޑުކޮށް ލާދީނިއްޔަތު ފަތުރާ މީ އެމްޑީޕީގެ އަސްލު މަޤުސަދު ތައުލީމީ ނިޒާމު ލާދީނީކުރުމަކީ ކުރާކަމެއް މިހަަރުވެސް އެމްޑީޕީން އަންގަނީ ޤުރުއާނާ އިސްލާމް ކިޔަވައިދޭ އިންޔާ މީހުން ގެންނަން 2008 ވަނަ އަހަރުވެސް ވެރިކަން ފޭރިގަނެ ރަތްލާޖެހި ޔަހޫދީންނާ ނަސޯރާއިން ޓީޗަރުންނޭ ކިޔާފަ ރާއްޖެގެނެސް ރަށްރަށްން ފޮނުވި އެމްޑީޕީއަކީ އިސްލާމްދީނުގެ އަދުއްވެއް
ތިޔަކަންނޭގޭކަމަށްހަދައިގެން ބޯކޮށްވޯޓުދޭމީހުނާބާރަށް އަތްޖަހަންތިބޭމީހުނަށްކިޔާނީ ކީކޭތޯ؟؟؟؟
މިހާ އަނިޔާވެރި ލާދީނީ ސަރުކާރެއް އަދި ނާދޭ. ހުރިހާ ކަމަކުން ރައްޔިތުންނައް ތުރާކޮއް ރުޅިއެރުވުން ކަމަކީ. 2023 ބަލައްޗޭ ކަލޭމެން ތިކުރާ ކަންތަކުގެ ނަތީޖާ ފެންނާނެ. ހުވާ މަ އެކައް ފޫހިވެއްޖެ ތިބައިގަނޑު ދެކެ. އަދި އެންމެ ފޫހި މީހަކީ އެއުޅޭ އަންނި
ޔުނެސް ކޯ. މިއީ ކކޮން ބައިގަނޑެއް؟؟ ކެހިވެރި ޖަމާޢަތެއް. އެމީހުނަށް ހީވަނީތަ އެމީހުން ވަށައިގެން ލޮލަށް ފެންނަން އޮތް އެތަ ކެއް މިލިއަން ޓްރިލއަން ލައިޓް އަހަރަށްވުރެވެސް ދުރަށް ފެތުރިފައިވާ އާލަމް އުފެއްދީ ޔޫއެނުން ކަމަށް؟ ޔުނެސް ކޯއިން ބޭރުވަމާތޯ؟ ޝައިޠާނީ ހަރު ކަށި ފި ކުރާއި ފިތުނަ ފަތުރާ ޖަމާޢަތެއް.
ފައިދިގު މަކުނު އެސޮރު އެގަތާ މޮޅު ގެތުން ގަތަން ދަސްކުރީ ކޮން ސްކޫލަކަށް ގޮސް ކާކު ކައިރިން، މިހެރަކަންކަމާއި މެދު ވިސްނާނެވަރު ނެތް ބަޔަކު ދައްކާ ހުއްދަނޫން ވާހަކަ ތައް ދައްކާކަށް މި އިސްލާމީ ފަސްގަނޑުން ޖާގަ ދީގެން ނުވާނެ.
އެޑިޔުކޭޝަން މިނިސްޓަރަކަށް އެއްވެސް ކަމެއް ނުބެލެހެއްޓޭ. މުސާރަ ހައްޤުވާވަރަށްވުރެ ފަރުވާކުޑަ. ރައްޔިތުންގެ ފައިސާ ދީގެން ދިރިންގެ އާޚިރަތް ހަލާކުކުރަން ބަހައްޓާވަރަށްވުރެ ނުލަފާއަންހެނުން. އިސްތިއުފާ ދޭންއުޅޭ.
އެޑިޔުކޭޝަން މިނިސްޓަރު އިސްތިއުފާ. ގުރުއާން ނުބައިކޮށް ލިޔުއްވަނީ، ޅަދަރިން އިސްލާމް ދީނުން ބޭރުކުރުވަނީ. މީނަ މިނިސްޓަރު ކަމުގައި ބަހައްޓައިގެން ބެލެނިވެރިން ތިބެގެން ނުވާނެ.
އައިޝަތު އަލީ ވަގުތުން އިސްތިއުފާ ދޭންޖެހޭ. ޅަދަރިން މަގުފުރައްދާ އެމީހުންގެ ދުނިޔެއާ އާޚިރަތް ނަގާލާއިރު ނުބެލެހެއްޓޭ މިނިސްޓަރަކީ ބޭކާރު މީހެއް. ވަގުތުން އިސްތިއުފާ ދީ. މައިންބައިން މި މިނިސްޓަރާ ދެކޮޅަށް މުޒާހަރާ ކުރަންވެއްޖެ.
ފުލުހުން ބެލިޔަސް ނުބެލިޔަސް ކޮން ތަފާތެއް؟ ﷲ ވޮޑިގެންވާކަން ނޭނގޭ މީހަކު ރާއްޖެއަކު ނުހުންނާނެ. ހެކިފެންނަން ހުންނާނެ އެންމެންނަށް ވެސް. އެއީ ޔުނެސްކޯގެ މީހުންނަށް ނޭނގޭތީ އެމީހުން ދަސްކުރަން އުޅުނީ. މިހާރު އެމީހުންނަށް ވެސް އެކަން ޔަގީންވެއްޖެ. ދެން އެނިމުނީނު؟ ކޮންކަމެއް ފުލުހުން ތަހުގީގު ކުރަން ޖެހޭ އޮތީ؟
ތިޔަ މިނިސްޓްރީގައި ތިއްބެވި ކުރީ ސަރުކާރުގެ ފީ ހާލިތަށް ނަގާލަބަ! އޭރުން ހުރިހައިކަމެއްވެސް ދާނީ ރަނގަލަށް. އެމީހުންގެ އިސްތިއުފާވެސް އަވަސް ކުރަން ގޮވާލަބަ!