ފަހަކަށް އައިސް ލާދީނީ ޕްރޮގްރާމްތައް ފެންނަ މަންޒަރު އިތުރުވެފައިވާ ކަމަށް ލަވަކިޔުން ދޫކޮށްލުމަށްފަހު، ދީނީ ހޭލުންތެރިކަން އިތުރު ކުުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ އަލީ ރަމީޒް ވިދާޅުވެއްޖެއެވެ.

އަލީ ރަމީޒު މިފަދައިން ވިދާޅުވެފައިވަނީ ލ. އަތޮޅު ފޮނަދޫ ސްކޫލެއްގެ ދަރިވަރުންތަކެއް ގޮނޑުދޮަށް ކައިރީގައި "ޔޯގާ" ހަދަމުންދާ މަންޒަރު ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކެއް އޭނާގެ އަމިއްލަ ފޭސްބުކު އެކައުންޓުގައި ހިއްސާ ކުރައްވަމުންނެވެ.

އެގޮތުން އަލީ ރަމީޒު ވިދާޅުވީ، ކާފަރު ފަރަންޖީން މި ގައުމުގެ ސްކޫލްތަކަށް އައިސް ދަރިވަރުންނާއެކު ހިންގަމުންދާ ލާދީނީ ހަރަކާތްތަކާއި، އިސްލާމް ދީނާ ބީރައްޓެހި އާދަކާދައަށް ކުދިން ލަންބުވައި، ދަރިވަރުންގެ ދީނީ އަގީދާ ބަލިކަށި ކުރުމަށް ކުރަމުން ގެންދާ ޕްރޮގްރާމްތަކާ މެދު ބެލެނިވެރިން ވަރަށް ބޮޑަށް ފާރަވެރިވާނެ ޖެހޭ ކަމަށެވެ.

މިފަދަ މަންޒަރުތައް ހުރިހާ ވެރިކަމެއްގައި ވެސް ފެންނަ ކަމަށާއި އެހެން ނަމަވެސް މިހާރަކަށް އައިސް އެމަންޒަރުތައް އިތުރުވެފައިވާ ކަމަށް އަލީ ރަމީޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ދަރިން ސަލާމަތް ކުރުމަކީ އަޅުގަނޑުމެންގެ ވާޖިބެއް" އަލީ ރަމީޒު ވިދާޅުވިއެވެ.

މީސްމީޑިއާގައި މިހާރު ދައުރުވަމުން އަންނަ ފޮޓޯތަކުން ފެނިގެން ދަނީ ބޭރުގެ މީހަކު ރާއްޖޭގެ ކުދިންތަކެއް ގޮވައިގެން ގޮނޑުދޮށުގައި 'ޔޯގާ'ގެ ވައްތަރެއް ދަސްކޮށްދޭން އޮންނަ މަންޒަރެވެ. އަދި އޭނާ އާއިއެކީ އެކުދިންތައް ވެސް އެގޮތަށް އަމަލު ކޮށްފައިވާކަން އެ ފޮޓޯތަކުން ފެނިގެންދެއެވެ.

މިފޮޓޯތަކާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެފޮޓޯތަކަކީ އެއީ ސްކޫލަކާއި ގުޅުން ހުރި ފޮޓޯތަކެއް ނޫން ކަމަށެވެ.

“ވަގުތު” އަށް އެނގިފައިވާ ގޮތުގައި އެފޮޓޯތަކަކީ އެއީ ޓިއުޝަން ދޭ މީހަކު ބޭއްވި އިވެންޓެއްގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެކެވެ. އަދި އޭގެ ތެރެއިން ބައެއް ކުދިންނަކީ އޭނާ ޓިއުޝަން ނަގައިދޭ ކުދިންތަކެއް ކަމަށް ވެސް ބައެެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ވައްތިޔަރަ

    ހައްދު ފަހަނައެޅި ފިކުރުފަތުރާ ކަލޭގެ އަނެއްކާ މޮޅު ވާހަކައެއް

    14
    83
    • ނަން

      ކޮބާ ތިބުނާ ފިކުރަކީ.... 5 ވަގުތު ނަމާދު ކުރަން ބުނުން ތަ

      7
      1
    • Anonymous

      ޔޯގާގައި ހަދަނީ، ބުދު ދީނުގެ އަޅުކަމުގައި ގެންގުޅޭ ހަރަކާތްތައް. ދެން އެހަދާ ޓްރޭންގަލްއަކީ، އިލުމިނާޓީ (ދައްޖާލު/ޝައިޠާނާ) ގެ ސައިން. ގަބޫލުނުކުރާ މީހަކު ނުކުރިއަސް، އެއީ ނިއުވޯލްޑް އޯޑަރ (ދައްޖާލުގެ ވެރިކަން) ގެނައުމަށް އުފެއްދި އެމެރިކާ ޑޮލަރުގައި އިންނަ ސައިން. އިލުމިނާޓީންގެ 33 ޑިގްރީ ފްރީމޭޝަން ބޭނުންކުރާ ސައިން. އެލްބަޓް ޕައިކްގެ ފޮތުގައި ބުނާ ލުސިފާގެ ސައިން.

      2
      3
    • ޙަހ

      ޥައްތިޔަރަ ކަލޭ ތިޔަބުނަނީ ސުންނަތަށް އުޅޭ މީހުނަކީ ހައްދުފަހަނަ އެޅި މީހުނޭތޯ. ކަލޭ ގެ ތިބަހުން ކަލެޔަކީ ހައްދުފަހަނަ އެޅި ލާދީނީ ގޮލަޔެއް ކަމަށް ތުހުމަތުކުރެވޭ އެބަ. ރަމީޒް އަކީ ހިތްތިރި އަޙްލާޤު ރަނގަޅު ދީންވެރި ހެޔޮލަފާ އިންސާނެ. ކަލޭގެ ތިޔަ މުޑު ދާރު އަނގައިން ތަނެއް ދޮރެއް ނުބަލާ ވާހަކަ ނުދައްކަބަލަ. އާޚިރަތް މަތީން ހަނދާކޮށްލަބަލަ.

      2
      1
  2. މާމީ

    އައްޔާ ލާދީނީ މީހުން ކުރާނެ އެކަހަލަ ކަންތައް އެކަމާ ދެރަވިއަސް ކުރާނެ ކަމެއް ނެއް ކަމެއް ބަލަންތިބީ އޭގެ މުއްލާ އިން

    42
    7
  3. Anonymous

    ޓިއުޝަން ސެންޓަރުތައް ހިންގަނީ ޓުއަރިޒަމް މިނިސްޓްރީންތަ؟ ހެހެހެ

    31
    6
  4. ނަދާ

    ޓިއުޝަން ސެންޓަރުތައް ހިންގަނީ ޓުއަރިޒަމް މިނިސްޓްރީންތަ؟ ހެހެހެ

    20
    2
  5. އޮރިގައްލޯ

    އާދެ "މާތް ކާހީނު"

    9
    44
  6. ނަޖީބު އައްބާސް

    ޔޯގާޔަކީ ސިއްހީގޮތުން ރަނގަޅު ކަމެއްކަން ޒަމާނީ ހޯދުންތަކުން ވަރައް ސާފުކޮން ސާބިތުވާއިރު، ކޮބައިތޯ މައްސަލަޔަކީ! ބަނގުރަލާ އޫރުމަސް ވިއްކުމަކީ ދީނުގަ ކަނޑަ އެޅިގެން ހަރާންމް ކަމެކަން އެގޭއިރު ތީއީ އާލީރަމީޒުމެއް އިހުލާސް ތެރި ކަމެއް ހުރެގެން ދައްކާވާހަކަނަމަ އެކާމާ ދެކޮޅައް ތެދުވީސް

    18
    54
    • ސައްދު

      ޔޯގާގެ ތާރީޚު ކަލޭގޮސް ބަލާބަލަ. ޣާފިލުކަންމަތީކަން ތިޔަ ހުރެވެނި ނިކަން ރީއްޗައް އެނގިގެންދާނެ. މާތް ރަސްކަލާނގެ ދެއްވި ބުއްދީގެ ބޭނުންކުރައްވާ.

      10
      4
    • އޭ

      މައްސަރު ދުވަސްވަރު ވޭންއަޅަންޏާ މަ ޔޯގާހަދަން ވޭންވަރުކުޑަވޭ އެއްޗަކަށް އަޅުކަން ކުރާކަށްނޫން ޔޯގާހަދަނީ އެއީ ކަސްރަތެއް.

      4
      9
  7. ޢަހުމަދުވަގާރު

    ހުވާ ބިރުން ހަމަ ހަލާކު ވެއްޖެ.ޔޯގާ ހަދަނި ކޮށް ކޮންމެ ފަދަ ކޯފާ އެއްވެސް އައިސްދާނެ

    33
    10
    • ސޭހް

      ހެހެހެހެހެހެހެހެހެހެހެހެ

      1
      5
  8. ތާލިބާން

    އަގީދާ ގަދަފަދަ ވަމުންގޮސް ދެން ވާނީ ތާލިބާނުންނަށް ދޯ؟

    13
    47
    • Anonymous

      ވަޓްސް ރޯންގް ވިތް ތާލިބާން؟ އެނގޭ ބަޔަކަށް އެނގޭނެ ތާލިބާނުން އުފެދުނީ އަންހެން ދަރިން ރޭޕްކުރުމާ ދެކޮޅަށް ނުކުންނަން ޖެހިގެންކަން.
      ތާލިބާނުންނޭ ކިޔައިގެން މުސްލިމުންވެސް ބިރުގަންނުވަނީ، ރަސޫލުﷲ ޞޢވ ގެ ހަދީޘްގައި އޮވޭ، ޚުރާސާން އައުނީ އަފްޣާނިސްތާނުން ނުކުންނަ ލަޝްކަރަކީ އިމާމް މަހުދީގެ ފާނުގެ ލަޝްކަރު ކަމަށާއި، އަދި އެލަޝްކަރު އެއީ ފަލަސްތީން މިނިވަންކުރާނެ ލަޝްކަރުކަމަށް.
      އެކަމާގަންނާކުރައްވާ ބިރުން ޒައިނިސްޓުން އެތަނުގައި ވެރިކަމެއް ކުރިއަނުދޭން ކުރެވެންއޮތްހާ މަސައްކަތެއް ކުރަމުންދިޔައީ. އަދިވެސް އެމީޙުން އެމަސައްކަތްކުރަނީ އެތަނުގައި ސިވިލް ވޯރއެއް ހިންގޭނެގޮތެއްވޭތޯ. މުސްލިމުންނަށްވެ ތިބެ ދިވެހިން އެބަޖެހޭ ޤުރުއާނާ ހަދީޘްއާއި އިސްލާމީ ތާރީހްފަދަ އިލްމުތައް ދަސްކުރަން. ތި ޒައިނިސްޓުންގެ ސޯޝަލް މީޑިޔާތަކަކީ ދައްޖާލުގެ އެޖެންޑާތަންފީޒު ކުރުމަށް އުފައްދާފައިވާ ތަކެތިކަން ދަންނަންވެއްޖެ.

      9
      5
      • އެނޮމް

        ހަމަ އެއްޗެއް ބުނެލީއޭ ތިޔަ. މާތްކަލާނގެއޭ ރަސޫލާއޭ ކިޔާފަ ދެން ކިތަންމެ ބޮޑު ދޮގެއް ލިޔުނަސް ފުލޯކެއް ލިޔުނަސް އެވާނެތަ ތެދަކަށް. ކަލޭ ތިޔަ ލިއުނު ހާސަރެއް ތިޔަ ލިއުނީ ކަލެއަށް ކިހިނެއް ލިބުނު މައުލޫމާތެއްގެ މައްޗަށް ބުރަވެ ތަ؟

    • މެންޓޯސް

      އަސްލު ވަރަށް ދެރަކަމެއް މިހާރު ހަރުކަށި ސެކިލަރިސްޓުން ގިނަވެގެން ގޮސް އެމީހުނަށް އޮންނަނީ ނާސާރާއީންނާ ޔަހޫދީންނާ ބުދުދީނުގެ މީހުންނަކީ ހައްގަށް މަސްއްކަތްކުރާ ރަގަޅު ފަރާތްކަމަށް ވެފަ. އެމީހުންބުނާ ހުރިހާ އެއްޗަކީ ތެދުކަމަށް ވެފަ. އެމީހުންނާ އެއްބާވެގެން މުސްލިމުން އަގުވައްޓަން ކެންޑިނޭނި ދަނީ މަސައްކަތްކުރަމުން. އެމީހުންނަށް ދިމާލަށް ޓެރަރިސްޓުން ނުގޮވާތާ މުސްލިމުންނާ ދިމީލަށް ޓެރަރސްޓުންގެ ނަމުން މުހާތަބު ކުރުންވަނީ ފަހުރަކަށް ހަދާފަ.

      2
      1
  9. އަބުދު

    އާއްމުގޮތަކައް ބަލާއިރު ދީނީ އިލްމުވެރިން ގޯސް ކަން ތައް މަނާކުރުމައް އެކަށީގެންވާ މަސައްކަތެއް ކުރާތަން ނުފެނެއެވެ. ސަރުކާރުތަކުން ގައުމުގެ ޚަޒާނާ އެއްކޮއްކަމުން ދާއިރުވެސް އަދި ރިބާ ރާ ކަރެޕްށަން ނާއިންސާފު ހައްދުންނެއްޓި މެދުނުކެނޑި ކުރަމުންދާއިރު މުސާރަލިބެމުންދާތީ ހަލާލު އެންގަލުން އެއައްބަލަިގެން ކޮންމެގޮތަކައް އާމްދަނީ ސަރުކާރައްލިބުނަސް މުސާރަ ބޮޑުވުމުގެ އުއްމީދުގައި ރިބާ ރާ ނާއިންސާފު ގެވާހަކަ ނުދައްކާ ކަން ފާހަގަ ކުރެވެއެވެ.

    28
    3
  10. އައްމަޑޭ

    އެޑިއުކޭޝަން މިނިސްޓަރީ އަކީ ކޮން ބޭނުމަކު އުފައްދާފަ އޮތްތަނެއް؟ ބަލަ ލާދީނީ ފިކުރުތަކުން މިޖީލު ސަލާމަތް ކުރުމަކީ މައިންބަފައިންގެ އިތުރަށް ޓީޗަރުންނާ މިނިސްޓަރީއާ މުޅި މުޖުތަމައުގެ ވާޖިބެއް. މިފަދަ ކަންތައްތަކަށް ދައުލަތުގެ މިނިސްޓަރީއަކުން ތިފަދަ ފިނި ޖަވާބެއް ދިނީމަ ކުދިންނަށާ ލާދީނީ ފިކުރަށް ލޯބިކުރާ މީހުންނަށް އެލިބެނި ހިތްވަރު. އެފަދަ ކަންކަން ނުކުރުމަށް އާންމުކޮށް އެންމެނަށް އެންގުމަކީ މިނިސްޓަރީއަށް ކުރެވޭނެ ކަމެއް. މިނިސްޓަރީއާ ބެހޭކަމެއް ނޫނޭ ކިޔާ ބޯދަމައިގަންނަން ނޫޅޭ.

    29
    5
  11. ޢަންމާރު

    ޅަދަރިންގެ ސިކުނޑި ކާލުމުގައި އަވަދި ނެތި. ޙަރުކައްޓޭ ކިޔާފައ މުސްތަގުބަލުގެ ދަރިން ހަލާކު ކޮށްލައިފި. ދީނަށް ނިކަމެތިކަން ދިނުމައްވުރެ ބޮޑު ކުށެއް އިސްލާމީ ގައުމެއްގައި ނޯންނާނެ

    37
    4
    • ސާމާނުބެ

      ގައުމަކީ އިސްލާމްވެ ކާފަރުވާއެއްޗެއްނޫން ބޭފުޅާ

      3
      11
      • Anonymous

        އިސްލާމީ ގައުމެކޭ ބުނެވެނީ، އެތަނެއްގެ ގާނޫނު އަސާސީގައި، އެތަނުގެ ދީނަކީ އިސްލާމް ދީނޭ އޮތުމުން. މީހުން ކާފަރުވެ މަގުފުރެދި ޝައިޠާނާގެ އަޅަކަށްވަނީ. ކީރިތި ޤުރުއާނުގައި ﷲ ތައާލާ ވަހީކުރައްވާފައިވަނީ، އަނދިރި ހިތްތަކަކަށް ނުފެންނާނެކަމަށް. ދެން ކަލޭ ޖަދަލުކުރަންވީނު ހިތަށް ފެނޭތޯ. ދިވެހިންނަކީ ޖަންގަލީގަ އުޅޭ ދުވަހަކު ސިވިލައިޒޭޝަނެއް ދެކިފައިނުވާބައެއްފަދަ ޖާހިލު ބައެއް.

  12. އަފޭ

    ލާދީނީ ޔޯގާއެއް ބަގުއާނު ޔޯގާއެއް ތީ

    11
    3
  13. ތެދު

    މިއަލީރަމީޒް އަކީ މައުމޫންދައުރުގަ އޭނަކަމުނުގޮސްގެން ގުނޫތުކިޔާތީވެ އަދާލަތުބައިގަނޑާއެކު ދެޅުނުމީހުން އެމްޑީޕީ ވެރިކަމަށްގެންނަން...ހހެހހެ މިހާރު ފެނޭނު ލާދީނީ ބައިގަނޑު ގެނައިމަވާގޮތް...؟! މިސަރުކާރުގެ ވަޒީފާތަކުގަ ތިސަލަފު ޖަމިއްޔާގެ އަދި ޖަހާލަތު ޕާޓީގެކިތައްމީހުން އެބަތިބިތޯ..ނަގޫފިތިފަތިތިބީ..؟!

    6
    6
  14. މިތުރާ

    އ އަލީ ގެ ޒުވާން އުމުރުގެ ކިހިނެތް އުޅުނީ!🤔

    3
    24
    • މަޑުކަށި

      މީހަކު އިސްލާހުވީމަ ދެން އޭނާގެ ކުރީގެ ވާހަކަދެއްކުމަކީ ނާތަހުޒީބު ވިސްނުމެއް

      18
      3
  15. އާދަމް

    ވަރަށް ރަނގަޅު ވާހަކައެއް. މި ޤައުމު މިއަދު ވެއްޓެމުންދާ އަނދަވަޅަކީ ދުވަހުން ދުވަހަކަށް އިސްލާމީ އަޚްލާޤާއި ތަޢުލީމް ބޮއްސުންލަމުން ދިޔުން. މުހިންމީ ދޮން މީހުން އުޅޭގޮތް. ﷲ ގެ ޝަރީޢަތް ބާއްވާފާ، އެމީހުން ދިން އެއްޗެއް ކައިގެން، ދިން އެއްޗެއް ބޮއެގެން އެމީހުން ބުނިއްޔާ ބުނިގޮތެއް ހަދަމުން ދާ މަންޒަރު މި ފެންނަނީ. ދެން ކަމާ ގުޅޭ މިނިސްޓްރީން ވެސް ކުރި ކަމެއް ކުރާ ކަމެއް ނޭނގެ.
    ދެން ތަންދޮރު ނުދަންނަ ޖާހިލުންގެ މީހަކަށް ހެޔޮ ނަސޭޙަތެއް ދިނަސް، ޙިކްމަތުގެ ބަހެއް ބުންޏަސް، ރަސޫލު ﷲ ގެ ފާނުންގެ ޙަދީސެއް ބަޔާންކޮއްދިނަސް، ޤުރުއާނުގެ އާޔަތެއް ކިޔައި ދިނަސް އެ ވާނީ ހަރުކައްޓަށް ނުވަތަ ހަރުކަށި ފިކުރަށް. މިއީ މިއަދު ޝައިޠާނާ އަހަރުމެން ގެންގޮއްސާ ތިބި ހިސާބު. ވަރަށް ބޮޑަށް ވާވައްދާ މަގުފުރައްދާލީޔެއް ނުން.

    6
    2
  16. ކޮއިފުޅު

    ތާލިބާން ޖަމާޢަތުގެ މީހަކާއި މީނާހާދަވައްތަރޭދޯ

    6
    16
  17. ވިސްނާ

    ވަރަށްގިނައިން މަންޒަރުފެނޭ ގައުމީޓީވީއިންވެސް ރަމީޒްގެލަވައަށް ބަރަހަނާހެދުންއަޅައިގެން
    ހިލޭއަންހެނުންނާއި،ފިރިހެނުން ގައިގޯޅިވެ (އިސްލާމްދީނުގައި މަނާކުރައްވާފައިވާ) ނަށާމަންޒަރުފެންނައިރު ކީއްވެތޯ މިކަންފާހަގަކުރައްވާ އެކަންހުއްޓުވުމަށް މަސައްކަތްނުކުރައްވަނީ
    އިސްލާމްދީނާ ޚިލާފްވަރަށްގިނަކަންތަށްހިންގާ ލާދީނީކަންތަކަށް ހިތްވަރުލިބޭގޮަތަށް ހިނގަމުންދާއިރު
    އަދުލުއިންސާފުން ބައެއްކަންތައް ( ގައުމުގެ ރައީސްކަންކުރެއްވި ގައުމުގެ ތަރައްޤީގެބާނީ) އެއްކިބާވެ އިސްލާމީ ގައުމެއް އެހެންގައުމެއްގެ އަޅުވެތިކަމަށްދާއިރު ކީއްވެތޯ ހިމޭނުންހުންނަވަނީ މިއީ ތެދުވެރި ފަރާތަކުން ޢަމަލުކުރާނެގޮތެއްނޫން

  18. ސިއްދީގު

    އައްޔާ ލާދީނީ މީހުންގެ ފިކުރު ގިނަވެއްޖެކަން މިތާ ކޮށްފައި ހުރި ކޮމެންޓުތަކުންވެސް އެނގޭ.

    މިކަމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނެ ހިތުން ދީނީ އިލްމުވެރިންނަށް ހެދިގެން ތިބި ސިޔާސީ އަމިއްލަ މަންފާ ހޯދާ ތުބުޅި ލީ ގްރޫޕްވެސް

  19. ބުލްބުލް

    އަލީރަމީޒު ކިޔެވިއިރު ތިބި ފަރަންޖީންނަށްވުރެ މިހާރު ތިބި މީހުންގެ އަދަދު އެތައް ގުނައެއް މަދު. މިހާރު ކިޔަވައި ދިނުމުގައި ގިނައިން އުޅެނީ ދިވެހިން.

    3
    2
  20. ނަން

    ތަލަބާނުން ނަށް ވާކަށް ނުޖެހޭ. އެމެރިކާ މީހުން އިސްލާމީ ގައުމަތަކަށް އަރާ ހިންގި ޖަރީމާތައް އެންގޭތަ. އެމެރިކާ އަށް ދޯ އިންގޭން ކަލޭ އުޅެން ޖެހޭ ގޮތް.