ދިވެހިރާއްޖޭގެ ފުރަތަމަ ރައީސް ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަން 1953 ވަނަ އަހަރު ނިމިގެން ދިޔަ ގޮތާއި އެމަނިކުފާނަށް އިންސާފު ހޯދުމަށް އިންސާފުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންތިގާލީ އިންސާފުގެ އޮފީހަށް މިއަދު މައްސަލައެއް ހުށަހަޅައިފިއެވެ.

އިންތިގާލީ އޮފީހަށް މި މައްސަލަ ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި އެންވަރަމަންޓް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ލަބީގް މުހައްމަދު މާހިދެވެ.

އަށް ނުކުތާއެއް ފާހަގަކޮށް އަމީން ދީދީއަށް އިންސާފު ހޯދައި ދިނުމަށް ބޮންޑޭ އާއި ލަބީގް މުހައްމަދު ހުށަހަޅާފައިވާ ފޯމުގައި ބުނެފައިވަނީ ރައީސް އަމީނަށް ވިހަމަނާފުށީގައި އަނިޔާ ކުރުމަށް ފަހު ފަތްޖެހި އެނދުކޮޅަކަށް ލައިގެން ގެނެސް އެމަނިކުފާނު ޝަރީއަތަށް ހާޒިރުކުރީ އެމަނިކުފާނުގެ ކަރާމާތް ގެއްލޭ ގޮތަށް ކަމަށާއި އެކަމާމެދު ކަންބޮޑުވާ ކަމަށެވެ.

އަދި އަމީނުގެ ވެރިކަން ނިމުނު ގޮތް ސާފުވެފައި ނުވުމާއި އަމީނުގެ މައްޗަށް ދިވެހި ދައުލަތުގެ ފަރާތުން ކުރި ދައުވާތަކުގެ ސީޣާ ސާފުވެފައި ނެތުމާއި އެކަމުގައި ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެމުންދާތީ އާއި އެކަމުގެ ހަގީގަތް ސާފުކުރުމަށް ވެސް ވަނީ އެދިފައެވެ.

މީގެ އިތުރުން އަމީނުގެ މައްޗަށް ދައުލަތުގެ ޝަރީއަތެއްކޮށް އަމީނަކީ ޚާއިނެއް ކަމަށް ނިންމާފައިވާ ކަމަށް ތުންތުން މަތިން ވާހަކަތައް ދެކެވެމުން ދިއުމާއި އެއްވެސް ރަސްމީ ތާރީހީ ލިޔުމަކުން އޭގެ ސައްހަކަން ކަށަވަރުވެފައިނުވާތީ އެކަމުގެ ސައްހަކަން ކަށަވަރުކުރުމާއި އަމީން، ހަވަރަށްލާ ތެޅުމުގައި އަމަލީ ގޮތުން ބައިވެރިވީ މީހުންނާއި އެކަން ރާވާ އިންތިޒާމުކުރުމުގައި ޝާމިލްވި މީހުންންނަކީ ކޮން ބަޔެއްކަން ބެލުމަށް ވެސް ވަނީ އެދިފައެވެ.

ރައީސް އަމީން ރައީސްކަމުގެ މަގާމު ފުރުއްވީ 1953 ވަނަަ އަހަރުގެ ޖެނުއަރީން އެ އަހަރުގެ އޮގަސްޓު މަހަށެވެ. މަގާމުން ދުރުކުރީ ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށެވެ. އެމަނިކުފާނު އަވަހާރީ ވިހަމަނާފުށީ ނުވަތަ މިހާރުގެ ކުރުނބާ އައިލެންޑް ރިސޯޓްގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މާމީ

    ތި އޮފީހުގަ ތިބީ 1930 ހުގެ މީހުން އެމީހުނައް އެނގޭނެ ޖަލައް ލާންވީ މީހުން..

  2. މެކް

    މިގައުމުގާ ކުރާނެކަމެއް ނެތިގެންދޯމިއުޅެނީ ހުރިހާ މަހާނައެއްކޮނި ކަށިގުނަންވީނު މިއޮއް ގައުމު އިދަގެހެނީ ރައްޔިތުންބިކަވަނީ މަގުމަތީ ފޭރޭމީންނާއި ފަތްބޯމީހުންގިނަވަނީ ގައުމު ވިއްކާލައި ނިމެނީ އަންނަން އޮތަޖީލު ވަންނާތަނެއްނެތް.

    11
  3. އަބުދު

    އަމީން އާއި ދަރުމަވަންތަ ރަސްގެފާނުގެ ވާހަކަ ދައްކަނީ މި ލޫޓުވާ ޕޕ އާއި އެމް ޑީ ޕ ދެގުރޫޕްގެ ވައްކަން ކުރާވަރަކައް ކުރަމުން ގެންދާއިރު އެވާހަހަކައައް ވުރެ ބޮޑު އެހެންވާ ހަކައެއް މީޑިއާ ތެރޭގަ ބާއްވަންދައްކާ ހީލަތުގެ ވާހަކަތަކެއް. ދިވެހިރައްޔިތުންނައް އަބަދު މަކަރު އެއްވެސް މީހަކައް ހެދިގެން ނުވާނެ. އެޔައްވުރެ ދިވެހިން ހޭލުންތެރިވެ ކެރިގެން މިދެބައިމީހުންނައް އިނަފް އިޒް އިނަފް އޭ ބުނެލަން ހިނގާށެވެ.

  4. ކަމަނަ

    ކަލޭމެން ދޭބަލަ ޢިރާގުގެ ޞައްދާމު ޙުސައިންގެ ވެރިކަން އެމެރިކާނުން ވައްޓާލިގޮތް ހޯދަން އައިފުދާލުގައި އިންނަ ގޮނޑިކޮއްކޮ ޝާހިދު ކައިރިއަށް. ކުރާނެ ކަމެއްނެތިގެން އުޅޭ ބައެއް...ހެހެހެ

    10
  5. ނނނ

    ވަރަށް ރަގަޅު ކަމެއް އަދި އަލި ރަަސްގެފާނުން ސަހީދު ކޮށްލި ހާދިޘާ ވެސް ބަލަން ޖެހޭނެ a

  6. ދިވެހި ރައްޔިތުން

    ބިސްމި މަތީ ލިޔެގެން ރާވިއްކުމުގެ ހުއްދަ ދެމުން ދިޔަ މައްސަލަ، ޒިޔާރަތްތަކަށް ނަދުރު ބުނެގެން ގެންދާ ތަކެތި ސަރުކާރަށް ނަގާ އެކަންކަން ޕްރޮމޯޓް ކުރުމަށް ކުރި މައްސަލަ، 40 މީހުން ހަމަ ނުވާ ރަށްތަކުގައި ހުކުރު ނުކުރުވައި ހިފެއްޓި މައްސަލަ، ގޫނުތު ނުކީމާ އިމާމުން ވަޒީފާއިން ވަކޮށް އަދި ބައެއް މީހުން ޖަލަށްލީ މައްސަލަ. ދަންނަބޭކަލުންނަށް ޙައްޤުބަސް ބުނުމަށް ފުރުޞަތު ނުދިން މައްސަލަ، އެވެރިކަމެއްގައި ވެރިކަން ކުރި ރައީސަކާއި މެދު ޝަރީޢަތް ހިންގާ އެކަމުގެ ޙައްޤު އަދަބުވެސް ދޭންޖެހޭނެ.

  7. ފާތުމަތު އަލީ

    އިންތިގާލީ އޮފީހަށް ހުށައެޅެނީ ކޮންކަހަލަ މައްސައެއް އަޅުގަނޑުވެސް މައްސަލައެއް ހުށައަޅަން ބޭނުންވާތީވެ ހުށައެލޭނެ މައްސަލަތަކަކީ ކޮބައިކަން އެގެނީ ކޮންބަޔަކަށް..

  8. ބެއްޔާ

    މިހާރު މިވާގޮތުން މަހުޝަރު ދުވަހުންބަލާނެ މައްސަލައެއް ނޯންނާނެ.