އާންމު ތަނެއްގައި އިސްލާމް ދީނާއި ޚިލާފަށް އުޅޭ ކަމަށް ނުވަތަ އިސްލާމް ދީނާއި ދެކޮޅު މީހެއް ކަމަށް މީހަކާއި ދިމާއަށް ބުނުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ސަރުކާރުން ހުށަހެޅުމުން ރާއްޖޭގެ އެތައް ކައުންސިލަކުން އެކަމާއި ދެކޮޅަށް ބަޔާން ނެރުނުއިރުވެސް ހަނު އޮތް ލ.ގަމު ކައުންސިލުން، އެކައުންސިލްގެ ކައުންސިލަރަކު ގަޑިއަށް އޮފީހަށް ނައިސް ބަރާބަށް މުސާރަ ނަގަމުން ގެންދާތީ ގެނެސްދިން ޚަބަރު ކުށްވެރި ކުރުމުން އެރަށުގެ ބައެއް މީހުން އެކަމަށް ފާޑުކިޔައިފިއެވެ.

ގަމު ކައުންސިލްގެ ރައީސް ހިމެނޭހެން އެކައުންސިލްގެ ހަތް މެންބަރުންނަކީ ވެސް ވެރިކަން ކުރާ އެމްޑީޕީގެ މެންބަރުންނެވެ.

ގަމު ކައުންސިލްގެ މެންބަރު އައިޝަތު ލީޒާ ކައުންސިލަރުގެ މަގާމާއި ހަވާލުވި ފަހުން އާއްމުކޮށް ކޮންމެ ދުވަހަކު ގަޑި ޖެހިގެން އޮފީހަށް ހާޒިރުވި ނަމަވެސް އޭނާ އަށް އެއްވެސް ފައިސާއެއް އުނިނުކޮށް މުސާރަ ދެމުން ގެންދާ މައްސަލަ މިއަދު ރިޕޯޓް ކުރީ "ވަގުތު" އިންނެވެ.

އެމައްސަލަ "ވަގުތު" އިން ރިޕޯޓް ކުރުމުން ގަމުން ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އެޚަބަރުގައި އޮތީ ދޮގު މައުލޫމާތު ކަމަށެވެ. ނަމަވެސް ކައުންސިލަރު ލީޒާ އާއްމުކޮށް އޮފީހަށް ދަނީ ގަޑި ޖެހިގެން ކަމާއި އޭނާ ބަރާބަރަށް މުސާރަ ނަގަމުން ގެންދާކަމުގެ ހެކި "ވަގުތު" އަށް ވަނީ ލިބިފައެވެ. ކޮންމެ ދުވަހަކުހެން އޭނާ ގަޑި ޖެހިގެން އޮފީހަށް ދާއިރުވެސް އޭނާ އާއިމެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

އިސްލާމްދީނުގެ ދިފާއުގައި ނިކުންނަން ނުކެރުނު ގަމު ކައުންސިލުން ގަޑި ޖެހޭ ކައުންސިލަރުގެ ދިފާއުގައި ނިކުތުމުން ގަމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ މީސް މީޑިއާގައި އެކަން ކުށްވެރިކޮށްފައެވެ. ބައެއް މީހުން ވަނީ ކޮންމެ މައްސަލައެއްގައި ގަމު ކައުންސިލް މިހައި ހަރަކާތްތެރި ނުވަނީ ކީއްވެތޯ ސުވާލު ކޮށްފައެވެ.

ގަމު ކައުންސިލްގެ ބަޔާނަށް ކޮމެންޓް ކުރި މީހަކު ބުނީ ކައުންސިލުން މިއަދު ބަޔާން ނެރުނީ ކައުންސިލުން ހާވާ ހަޑި ބޭޒާރުވާން ފެށުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ގަޓުނެތްވަގުތު

  އަދި ވަގުތުންނާ ޕީޕީ ޑީފެކުސަނުމް ހިތްހަމަ ނުޖެހޭހާ ބިލަކަށް ބަސްބުނެ ޖަދަލުކުރާކަށް ނުޖެހޭނެ މިރާއްޖޭގެ ކޮންމެ ކައުންސިލަކުންނެއް.. ތިޔަ ބިލާ ދެކޮޅަށް ބަޔާން ނެރޭކަށް ނޯންނާނެ ޤާނޫނަކު.. ކައުންސިލުތަކުގެ މިނިވަންކަމަށް އަރައިގަނެ ނުފޫޒު ފޯރުވަން ނޫޅޭ..

  7
  48
 2. ނާނު

  ތިޔަވެދާނެ ކައުންސިލްގެރައީސްއައް ވަރައް ކަމޭހިތާކުއްޖަކައް

  25
  5
 3. އަހުމަދު

  ލާދީނީ ބިލުގެ ކަންތަކުގައި ގަމު ކައުންސިލުން ހަނު އޮތުން އެއީ ވަރަށް ނުބައި އަމަލެއް

  35
  3
  • ޢަހޫ

   ޥަގުކަލޭގެ ހިމާޔަތް ނުކުރެވިގެން ތި އުޅެނީ ދިނީ ކަމެ އްވީމަތޯ.

   4
   5
   • އަސްލުއަޑު

    ވަގަކީ ކާކުތޯ؟ އިބޫޖަހުލު ކޭވަރުމަދުވެގެންތޯ ވަގަށް ނުގޮވާ ތިތިބީ؟

    2
    1
 4. ރަޝީދު .

  ޝަރުޢީ ޢިލްމުގެ ކަންފުޅެއް ހުރި މީހަކުވެސް އިސްލާމްދީން ނިކަމެތިވެގެންދާކަށެއް ނޭދޭނެތެވެ.ތިމާ ނެތުމުގެތެރެއިން މާތްﷲ ތިމާހައްދަވާ މިދުނިޔެއަށް ފޮނުއްވި ބޭނުން ނޭގުނު މީހަހަކަށް ވުރެ ބޮޑު ޖާހިލަކު ނުހުންނާނެއެވެ.ތަންދޮރު ނުދަތުމުގެ ނަތިޖާ ތިމާގެ ބަހާއި ޢަމަލުން ފެންނަމުން ދާނެއެވެ.

  30
  1
 5. އައްމަޑޭ

  ކައުންސިލް އިސްލާހުވޭ. ހަގީގަތެއް އެކުލެވޭތީ ނޫސްތަކުން ކަންކަން ރިޕޯޓުކުރާނީ. ހަގީގަތް ފޮރުވަން އުޅުމަކީ ފަހުން ސޯޓު ބޭލޭނެކަމެއް.

  34
  3
 6. ތ

  މައުލޫމާތު ހޯދާ ލިބި ގަތުމުގެ ހައްގުގެ ދަށުން ހާޒިރީ ހޯދާ ހާމަކުރޭ

 7. ޒިންދު ބާދު

  ސާބަސް ވަގުތު ރިޕޯޓަރުން.ގޯސްކޮށް ކަމެއް ދަންޏާ ފަޅާ އަރުވާތި.ކަންކަން ހާމަ ކުރާތި.އަހަރުމެން މިއޮތީ ވަގުތާ އެއްކޮށް.މި ވަގު ސަރުކާރުން އުޅޭނެ ކަންކަން ފޮރުވަން.

  3
  1
 8. ކެމްޕަޗީ

  މ. އަތޮޅު ކައުންސިލުން ވެސް ނުކެރުނު ބަޔާން ގަނޑެއްވެސް ނެރޭކަށް. އެމްޑީޕީ ކައުންސިލަރެއް ރައީސް އަކީ ސޯ އެމްޑީޕީއިން ޖަހާ ބެރަކަށް ނަށާނެ

  1
  1
 9. އެންޓި ލާދީނީ ބިލުގެ އަހުލުވެރިން

  ތި ހިސާން ހުސޭނެއްވެސް ލާދީނީ ބިލް އަތުން ދުލެއް ނުކުރިއެއްނު. އިލްމުވެރިންގެ ނަސޭހަތަށް ބީރުކަންފަތެއްދެނީ. ސެކިއުލާ ހަރުކަށި ފިކުރުގެ މީހުނާ ލާދީނީ މީހުންގެ ބިރު އެހެންހުރިހާ ކަމަކަށްވުރެއް ނުރައްކާތެރި މިހާރު. އިސްކޫލްތަކުގެ ދަރިވަރުންވެސް އެމީހުން އަތްދަށުވެގެން އެދަނީ. ހިތާމަ ވެރިކަމަކީ އިސްލާމްދީނުގެ ހަރުކަށި ފިކުރުގެ މީހުންގެ ޓެގް/ލޭބަލް ބޭނުންކޮށްގެން އެއީ މިގައުމަށް ހުރި އެންމެ ބިރުވެރި ކަމަށް ދައްކާ ގިނަ ރައްޔިތުން ހައްދާ ބޯކާލާގެން އެމީހުންގެ އެޖެންޑާ އެތެރެ އެތެރެއިން ފަތުރަމުންދާކަން.