ހުޅުމާލޭގައި ކުޑަކުއްޖަކާއި ބެހުނު ދޮންބައްޕައަކަށް ބަޔަކު ހަމަލާދީ އޭނާ ޒަހަމް ކޮށްލައިފިއެވެ.

އޮންލައިން ނޫސް "ވޮއިސް" އިން ބުނީ ކުޑަކުއްޖާއާއި އޭނާގެ ދޮންބައްޕަ ބެހުނުކަން މީގެ ދެ ދުވަަސް ކުރިން ފުލުހުންނަށް ރިޕޯޓް ކުރި ކަމަށެވެ. ނަމަވެސް ދޮންބައްޕަ އަށް ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

މައްސަލަ ރިޕޯޓް ކުރުމުން ފުލުހުން އެއްވެސް ފިޔަވަޅެއް ނާޅައި ދެދުވަސް ވެފައި ވަނިކޮށް އާއްމު ބަޔަކު މިރޭ ވަނީ ކުއްޖަކާއި ބެހުނު ކަމަށް ތުހުމަތު ކުރެވޭ ދޮންބައްޕަގެ ގައިގައި ތަޅައިގަނެ، ބޯ ފަޅާލާފައެވެ.

މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވިއެވެ. ނަމަވެސް ކުއްޖަކާއި ބެހުނު ކަމަށް ތުހުމަތު ކުރެވޭ ދޮންބައްޕަ އަދިވެސް ހައްޔަރުކޮށްފައެއް ނުވެއެވެ.

ހުޅުމާލޭގައި މިރޭ މާރާމާރީއެއް ހިނގިކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ފުލުހުން ވިދާޅުވީ މިރޭ 8:24 ހާއިރު ހިންގި އެ މާރާމާރީގައި އަނިޔާވެފައިވަނީ 41 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ.

އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭނާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ ބައެއް މީހުންނަށް ހުޅުމާލޭގައި މީގެ ކުރިން ވެސް ހަމަލާދީ ޒަހަމް ކޮށްލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހ

    ދޮން ބައްޕަ ހައްޔަރު ކުރޭ

    45
  2. ކިޔު

    އެގޮތަށް ތަޅައި އަނިޔާކޮށްގެން ނުވާނެ. ޤާނޫނު ތަންފީޒުކުރާނީ ދައުލަތުން. ތެޅި ބަޔަކުވެސް އެކުރަނީ ކުށެއް ނޫންބާ!؟

    20
    78
  3. ޢާދަނުބެ

    ޙަމަޔާ އިންސާފު ގެއްލި ރައީތުން އަމިއްލަޔައް އިންސާފު ހޯދާ ހިސާބައް ދިއުމަކީ ވަރަށްދެރަ ކަމެތް ކޯޓު ތަކުންވެސް ހުކުމް ކުރަނީ ނިކަމެތި މީހާޔައް ނިކަެތިކޮށް ބޮޑުމީހާޔައް ބޮޑުކޮށް އެކަމުގެ ނަތީޖާ މިފެންނަނީ

    80
    4
  4. އަލީ

    ރޫލްއޮފްލޯ ފުލުހުން ބެލުމަށް ދެދުވަސް އޭގެފަހުން އާއްމުން އެމީހަކާ ނުވަތަ އެބަޔަކާ ދޭތެރޭ ފިޔަވަޅު އަޅަންވީ ތިޔަހެދީ ރަނގަޅަށް.

    59
    3
  5. ސޮއި

    އަނެއްކާ ބަންދުނުކޮށް ފިޔަވަޅު ނާޅައިގެން މިއުޅެނީ ހޯރައިއްބެގެ ތިމާގެ މީހެއްވީމަތަ ؟

    25
    1
  6. އޮޅުވާލި ވޯޓު

    ރައްޔަތުން އެމީހަކު އެމީހެއްގެ އިންސާފު ހޯދަންޖެހިފަ މިހާރުމިއޮތީ މިހާރަކު އިތުބާރު ކުރާވޭ ށަރުއީމަރުހަލާއެނެތް ގައުމަކު ލައިވު ކޮއްބާށްވާށަރިއަށް ތަކުނާ ފަޑިޔާރުންގެ ވާހަކަތަކުން ވެސް މިހާރު އިންސާފުވެރި ށަރިއަތެ ނުހިގާނެކަން ޔަގީންވޭ ހަމަރަގަޅަ އެކަންއެކުރީ

    21
  7. އާހް

    މީ ހަމަ ޒިން މާ ނަގަންތިބޭ މީހުންގެ ދޯހަޅިސިޔާސަތުގެ ސަބަބުން ވާހަކަ ކަންތައް.

    32
    1
  8. ކޭ

    އެންމެ ފުރަތަމަ ހައްޔަރުކުރާނީ ތެޅިމީހުން. ބަލަން ތިބޭ..

    17
    1
  9. ބޮޓު

    ކޮންމެ ބަޔަކަސް މަފަހަރު އެހެދީ ހަދަންވީ ގޮތް
    ހަމަޔާ އިންސާފު ކަނޑައަޅަން ތިބޭ މީހުން އެކަން ނުކުރީމަ ވާނެ ގޮތް ތިޔަ ފެންނަނީ