ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކި ބަސް ބަލައިނުގަންނަން ސުޕްރީމް ކޯޓުގައި ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންފިއެވެ.

ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައެވެ. ހައި ކޯޓުން ވެސް އެ ހުކުމަށް ވަނީ ތާއީދުކޮށްފައެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ހުށަހެޅުއްވީ 22 އިސްތިއުނާފީ ނުކުތާއެއްގެ މައްޗަށެވެ. އަދި އިސްތިއުނާފް ޝަރީއަތް ނިމެންދެން ޔާމީނަށް އިއްވާފައިވާ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށާއި ކަފާލާތުގެ ދަށުން ޔާމީން މިނިވަން ކޮށްދޭން އެދިވަޑައިގަތެވެ. އެ ކަމުގައި ގޮތެއް ނިންމާނީ ދެ ދުވަސް ފަހުން ބޭއްވޭ ޝަރީއަތުގެ އަޑުއެހުމުގައި ކަމަށް އިއްޔެ ކަނޑައެޅުއްވިއެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުން ފަށައިގެން ކުރިއަށް ގެންދަނީ ވެސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާ 22 އިސްތިއުުނާފީ ނުކުތާ ތަފްސީލް ކޮށްދެއްވުމުގެ މަސައްކަތެވެ. މި ގޮތުން ތަހުގީގަށް ހާޒިރު ކުރީ ދޮގު މައުލޫމާތެއް ދިން ކަމުގެ ތުހުމަތެއްގައި ކަމަށާއި އެހެންވިޔަސް ދައުވާ އުފުލީ މަނީ ލޯންޑަރިންގެ ދައުވާ ކަމުން ތަހުގީގު ހިންގީ ގޯސްކޮށް ކަމަށް ޔާމީންގެ ފަރާތްޕުޅުން ފާހަގަ ކުރައްވައެވެ.

ޔާމީންގެ ދިފާއީ ވަކީލުން ފާހަގަ ކުރެއްވި ގޮތުގައި ތަހުގީގާއި ޝަރީއަތް ފަރުމާކޮށްގެން ދަށު ކޯޓުގައި ގެންދިޔައީ އެމަނިކުފާނު "ފްރޭމް" ކުރެވޭނެ ގޮތަކަށް ކަމަށެވެ. މި ގޮތުން މުޅި ޝަރީއަތް ހިންގީ އަދީބާއި ޒިޔަތުގެ ހެކި ބަހުގެ މައްޗަށް ކަން ޔާމީންގެ ވަކީލުން ފާހަގަ ކުރައްވާފައިވެއެވެ. އެހެންވިޔަސް މި ދެ ބޭފުޅުންނަކީ ޚިޔާނާތަށް އިއުތިރާފްވެވަޑައިގެން ތިއްބެވި "ފާސިގުން" ކަމަށް ޔާމީންގެ ވަކީލުން ވިދާޅުވިއެވެ.

ދިފާއީ ވަކީލުން ދެން ފާހަގަ ކުރެއްވި ކަމަކީ އަދީބަކީ ޔާމީންގެ ވަޒީރެއްގެ ގޮތުގައި ހުންނެވިއިރު ބޮޑު ޚިޔާނާތެއް ހިންގައިގެން ހަމަ އެ ވެރިކަމުގައި ދައުވާ އުފުލައިގެން ފިޔަވަޅުތަކެއް އެޅުއްވި ބޭފުޅަކަށް ވާތީ އެ ކަމުގެ ބަދަލު ހިފުމުގެ ރޫޚު އޮވެދާނެ ކަމަށް ބެލެވޭ ބޭފުޅެއް ކަމަށެވެ. އަދި އޭނާއަކީ މި ދަނޑިވަޅުގައި ޔާމީންގެ އެންމެ ބޮޑު އެއް "ދުޝްމަން" ގެ ގޮތުގައި ދިފާއީ ވަކީލުން ވިދާޅުވިއެވެ.

އަދީބާއި ޒިޔަތަކީ "ފާސިގުން" ކަން ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވެސް އިއްތިފާގުވި ކަން ޔާމީންގެ ދިފާއީ ވަކީލުން ފާހަގަ ކުރެއްވިއެވެ. އެހެންވިޔަސް ޔާމީންގެ ހުކުމް ދެމެހެއްޓެވީ އެ ހެކިބަސްތަކަށް ބާރުލިބޭ އިތުރު ޝަފައީ އަދި ކިތާބީ ހެކި ހުރެގެން ކަން ހައި ކޯޓުން ފާހަގަ ކުރި ކަމަށާއި އެކަމަކު އެއީ ކޮން ހެކިތަކެއް ކަން ބުނެދެވިފައި ނުވާ ކަމަށް ދިފާއީ ވަކީލު އަލީ ޝާހް ވިދާޅުވިއެވެ.

ޔާމީންގެ އެންގެވުމަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް ފަޅު ރަށްރަށް ކުއްޔަށް ދީފައިވާނެ ކަމަށާއި އެއިން ލިބޭ ފައިސާ ޔާމީން އެންގެވި ގޮތަކަށް ބޭފުޅުންނަށް ބެއްސެވި ކަމަށް އަދީބު ވިދާޅުވި ނަމަވެސް އެ ކަމަށް ބާރު ލިބޭނެ އިތުރު ހެއްކެއް ދެއްކިފައި ނުވާ ކަން ދިފާއީ ވަކީލުން ފާޙަގަ ކުރެއްވިއެވެ. މި ގޮތުން އޯޑިއޯ، ވީޑިއޯ، ކޯލް ރިކޯޑިން، ޑިޖިޓަލް ހެކި، ނޫނީ އެފަދަ ވާހަކައެއް ދެކެވެނިކޮށް އަޑު އިވުނު ބޭފުޅަކު ނެތް ކަން ދިފާއީ ވަކީލުން ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

ސުޕްރީމް ކޯޓުގައި ޔާމީންގެ ޝަރީއަތުގެ އިސްތިއުނާފް މައްސަލަ ފަށާފައި މި ވަނީ ދަށު ކޯޓުގައި އެމަނިކުފާނަށް ހުކުމް އިއްވި ފަސް ގާޒީންގެ ތެރެއިން ތިން ގާޒީއެއްގެ އަޑު ހިމެނޭ އޯޑިއޯތަކެއް ލީކުވެ އޭގައި ޝަރީއަތަށް ނުފޫޒު ފޯރުވި ވާހަތަކެއް ހިމެނިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވަނިކޮށެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދެ ދައުވާއެއްގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ.ފުއްގުރި ދޫކުރި މުއާމަލާތުގެ މައްސަލާގައި އުފުލާފައިވާ ރިޝްވަތު ނެގުމާއި މަނީ ލޯންޑާކުރުމުގެ ދައުވާއެވެ.

ވ. އާރަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ވެސް ލޯންޑަ ކުރި ކަމުގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވިއެވެ. އެހެންވިޔަސް އިތުރަށް ތަހުގީގު ކުރަން ފުލުހަށް ފޮނުވުމުން ޔާމީން ހާޒިރުކޮށް ބަޔާން ވެސް ނަގަން މަސައްކަތް ކޮށްފައިވެއެވެ. އެކަމަކު ތަހުގީގު ނިމިފައިވާ މައްސަލައެއް ކަމަށް ވިދާޅުވެ ޔާމީން ވަނީ ބަޔާން ދެއްވަން ދެކޮޅު ހައްދަވައިފައެވެ.

ދަށު ކޯޓުގައި ޔާމީންގެ ޝަރީއަތް ފުރަތަމަ ބައްލަވަމުން ގެންދެވީ ކޯޓުގެ އޭރުގެ އިސް ގާޒީ އަހްމަދު ހައިލަމްއެވެ. ނަމަވެސް އެ ޝަރީއަތުގެ ހުކުމާއި ހަމައަށް ގޮސްފައިވަނިކޮށް ހައިލަމް ސަސްޕެންޑް ކުރިއެވެ. އެއީ ރައީސް ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭންފަށެއް ޖަހާފައިވާ މަންޒަރުގެ ކުރެހުމެއް ހިމެނޭ ފޮޓޯއެއް ކްރިމިނަލް ކޯޓުގެ އެތެރޭގެ ވައިބާ ގްރޫޕަކަށް ފޮނުއްވައިގެންނެވެ.

މި މައްސަލަ ޖޭއެސްސީއިން ތަހުގީގުކޮށް، ހައިލަމް ވަކިކުރަން ނިންމައި ރައްޔިތުންގެ މަޖިލީހަށް ވެސް ފޮނުވިއެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ ދިރާސާކޮށް ޖޭއެސްސީން އެ ކަމުގައި އަމަލު ކޮށްފައިވަނީ ރަނގަޅަށް ކަމަށް ވެސް ކަނޑައަޅައި ތަޅުމަށް ފޮނުވިއެވެ. ތަޅުމުގައި ވޯޓަށް އެހުމުގެ ކުރިން ހައިލަމް މަގާމުން އިސްތިއުފާ ދެއްވީއެވެ. އޭގެ ކުރިން އޭނާ ވަނީ އެ ކަމަށް މައާފަށް ވެސް އެދިވަޑައިގެންފައެވެ.

ޔާމީންގެ މައްސަލައާ ދެން ހަވާލުވީ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދުއާއެވެ. އަލީ ރަޝީދު އިސްވެ ހުންނަވައިގެން މައްސަލަ ބައްލަވަން ފަސް ގާޒީންގެ ބެންޗެއް އެކުލަވާލެއްވިއެވެ. އެ ބެންޗުގައި ތިއްބެވީ ގާޒީ އަލީ ރަޝީދުގެ އިތުރުން މިހާރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލްއާއި، އޯޑިއޯ ލީކުވެގެން އުޅޭ ގާޒީ މުހައްމަދު ސަމީރުއާއި، ގާޒީ އަލީ އާދަމްއާއި، ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.

ޔާމީންގެ އެތައް ހާސް ސަޕޯޓަރުންނާއި އެމަނިކުފާނު ލީޑް ކުރައްވާ ޕީޕީއެމްއާއި ޕީއެންސީގެ ކޯލިޝަނުން ގަބޫލު ކުރަނީ އެމަނިކުފާނުގެ ޝަރީއަތް ހިނގާފައި ވަނީ އިންސާފުން ބޭރުން ކަމުގައެވެ.

ޔާމީން މިހާރު ހުންނެވީ ގޭބަންދުގައެވެ. އެއީ މާފުށީ ޖަލުގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެމުން ދާތީ "ހައި ރިސްކް" ނުވަތަ ހިރާސް ބޮޑު ބޭފުޅުންނަށް ދިން ލުއިތަކުގެ ތެރެއިން ޔާމީނަށް ދެއްވާފައިވާ ލުޔެކެވެ. އެހެންވިޔަސް މިދިޔަ ހުކުރު ދުވަހުގެ ހަވީރު ޔާމީންގެ ސަޕޯޓަރުން އޭނާ އުޅުއްވާ ގެކޮޅު ކައިރިއަށް ޖަމާވުމުން ގެކޮޅުގެ ކުޑަދޮރުން ސަޕޯޓަރުންނަށް ހަނާ އަޅުއްވައި ސަޕޯޓަރަކު ދިން ގައުމީ ދިދައާއި ޕާޓީގެ ދިދަ ވިހުރުވާލެއްވިއެވެ. އެއީ ގޭބަންދުގެ އިޤްރާރާ ޚިލާފު ކަމެއް ކަމަށް ވިދާޅުވެ ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ކަރެކްޝަންސް އިން ދެއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. އިސްޢާފް ސަލީމް

  އަދީބު ޒީއަތު މިއީ ފާސިޤުން. ޔާމީންގެ ދުޝަމނުން. ވައްކަމުގެމައްޗަށް އިޢްތިރާފްވެފައިވާ މައި ދެމުގޫ! ޔާމީންގެ ވެރިކަމުގައި އަދަބު ކަނޑައަޅާ ޖަލުޙުކުމުގައިތިބި ޖައްލާދުން. މިމީހުންގެ ހިތުގައި ޔާމީނުގެމައްޗަށް އޮންނާނީ ނަފްރަތު! ހިތުގައި އަނދަމުންދާނީ ރުޅިވެރިކަމުގެ އަލިފާން. ތިބޭނީ ކެއްސެއް ދެވޭނޭވަގުތަކަށް ބަލަބަލާ! އިސްލާމީ ޝަރީޢާގައި މިފަދަމީހުންގެ ހެކިބަހެއް ބަލައެއްނުގަނެވޭނެ! ސްޕްރީމްކޯޓުގައި ތި ތިއްބެވީ މިވަރު ނޭގޭ ގަމާރުންނެއްނޫން!

 2. އިސްތިއުފާ

  ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ކޮރަޕްޓް އަލީ ޒާހިރު އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

 3. ރީތި މޫސަ

  ކުއްވެރިންގެ ހެކިބަސްނަގާކަމުގަވާނަ ކުއްވެރިންނަށް ކަންކަންއޮޅުވާލުމުގެ ފުރުސަތު އޮންނާނެ މިސާލަކަށް އަލީވަހީދު ކުއްވެރިވެއްޖެނަމަ އޭނަގެވެސް ހެކިބަސް ނަގަންޖެހޭނެތާ

 4. 13ވގ

  ކުރިކަންތައް އެގޭމީހަކައް ހެކިބަސް ދެވޭނި އެހެން ނޫންނަމަ ޔާމީން ވައްކަން ކުރީމަ ހެކިވެރިޔަކައް ޖަމީލް އޭނު ދެންދާނި

  5
  27
  • Anonymous

   ޝަރީއަތެއް ނިންމާލެވޭ ގޮތަކުން ތީގެ ކޮންމެ ޝަރީއަތެއްވެސް ރޫޅިގެންދާނެ ދުވަހެއް އަންނާނެ އެދުވަހަކީ ފަނޑިޔާރުގެ ޓީމުގެ އަދަދަކީ 3ނަމަ 2ފަނޑިޔާރުން އަދި 5ނަމަ 3ފަނޑިޔާރުން ޖަހަންނަމައިގެ ތެރެއަށް ވެއްޓިގެންދާނެ ދުވަހެވެ. މީގައި ކޮމެންޓް ލިޔާމީހުން ރ ޔާމީނަށް ނުބައިގޮތްވުމަށް އެދުނަށް ރ.ޔާމީނުއާއި އަދީބުއާއިދެމެދު ފާޅުގައި އަދީބު ހިންގާފައިވާ މުނާފިގު ހާދިސާތަކަށްބަލާއިރު އިންސާފުކޮށް ކުރިއަށް ގެންދާނެ ޝަރީއަތަކަށް އަދީބާއި ޒިޔަތުގެ ހެކިބަސް ނުނަގާނެއެވެ، ރ ޔާމީންގެ އާއިލާ ލޯންޗުގައިތިއްބާ ލޯންޗް ގޮއްވާލަންއުޅުނު ހިސާބުން ވިސްނާލިޔަސް އިނގެންޖެހޭނެ އެފާސިގު އަދީބު ތެދުވެރި ހެކިބަހެއް ނުދޭނެކަން.

 5. ނަންނު

  އަދީބުވެސް ކުއްވެރިއެއް. ޔާމީންވެސް ކުށްވެރިއެއް. ވައްކަމާ ހިޔާނާތުގެ މައްސަލާގަ ދެމީހުނަށްވެސް ޖަލު ހުކުމް ވަނީ އިއްވާފަ. ކާކުގެ ވާހަކައެއް އަޑުއަހަންވީ...

  9
  25
 6. އުމަރުބެ ބނޑދ

  ބަލަ ޔާމީން ބުނާހާ ގޮތަކަށް ކަންކަން ކުރަންވިޔާ ކީ ކުރަން ކުރާ ސަރީޔަތެއްތަމީ .......ޔާމީނަކަށް ނޭންގޭނެ ކަންކުރަންވީ ގޮތެއް ތި ސަރީޔަތަށް ނުފޫޒުފޯރުވަނީ

  4
  35
 7. ދަރަނި ދަންތުރަ

  އަދީބަކީ އަސްލުވަގު އޭނާގެ ހެކިބަސް ގަބޫލުނުކުރެވޭނެ ، ފަނޑިޔާރުންނާ ގާނޫނު އަރާހަކުރާނެ ﷲ ގެ ހަޒުރަތުގައި

  32
  1
 8. އިސްޢާފް ސަލީމް

  " ނަންނު " އަށް ނޭގުނުކަމަކީ އެއް މައްސަލައެއްގައި ތުހުމަތުކުރެވޭ މީހުން އެކަކު އަނެކަކުގެމައްޗަށް އިދިކޮޅު ހެކިބަސް ދިނުމަކީ ޝަރިޢަތާ ފުށުއަރާކަމެއްކަމެވެ. އެގޮތަށް ހެކިބަސްދެވޭނަމަ ވާނެގޮތަކީ ކޮންމެމީހަކުވެސް އަނެއްމީހާގެ ބޮލަށް ކަނޑާލާ ތިމާ ރެކެން މަސައްކަތްކުރުމެވެ. މަށެއްނޫން އޭނަޔޭކިޔާ ތިމާ ރެކެން އުޅުމެވެ. މި މައްސަލަގައި ވެގެންއުޅޭގޮތަކީ މިއީއެވެ. ޙަޤީޤީ ވަގުންނަކީ އަދީބުއާއި ޒީޢަތެވެ. އެމީހުންވަނީ ޝަރީޢަތުގައި އެކަމަށް އިޢްތިރާފްވެސް ވެފައެވެ. ސަލަމަތްނުވެވޭވަރަށްދިޔުމުން އެއީ ޔަމީންކުރިކަމެކޭ ޔަމީންބުނެގެނޭ ކިޔައިގެން ފަތިވަރުދަމަނީ އެހެންވެގެންނެވެ.

 9. އިސްޢާފް ސަލީމް

  " ނަންނު " އަށް ނޭގުނުކަމަކީ އެއް މައްސަލައެއްގައި ތުހުމަތުކުރެވޭ މީހުން އެކަކު އަނެކަކުގެމައްޗަށް އިދިކޮޅު ހެކިބަސް ދިނުމަކީ ޝަރިޢަތާ ފުށުއަރާކަމެއްކަމެވެ. އެގޮތަށް ހެކިބަސްދެވޭނަމަ ވާނެގޮތަކީ ކޮންމެމީހަކުވެސް އަނެއްމީހާގެ ބޮލަށް ކަނޑާލާ ތިމާ ރެކެން މަސައްކަތްކުރުމެވެ. މަށެއްނޫން އޭނަޔޭކިޔާ ތިމާ ރެކެން އުޅުމެވެ. މި މައްސަލަގައި ވެގެންއުޅޭގޮތަކީ މިއީއެވެ. ޙަޤީޤީ ވަގުންނަކީ އަދީބުއާއި ޒީޢަތެވެ. އެމީހުންވަނީ ޝަރީޢަތުގައި އެކަމަށް އިޢްތިރާފްވެސް ވެފައެވެ. ސަލަމަތްނުވެވޭވަރަށްދިޔުމުން އެއީ ޔަމީންކުރިކަމެކޭ ޔާމީންބުނެގެނޭ ކިޔައިގެން ފަތިވަރުދަމަނީ އެހެންވެގެންނެވެ.

 10. އަސްތާ

  ލައިވް ކޮށް ހިންގި ޝަރީއަތެއް، ކީދާނެ ކޮންމެ އެއްޗެ ކޭ ވެސް.

 11. 18ވގ

  13ވގ ކުރިމީހާ ގޭގަ ބަހައްޓާފައެހުރީ ލަގްޒަރީ އެޕާޓްމަންޓްގަ ކޭވަރު މަދުކަމުންތަ ނޫނީ މިސަރުކާރު ގެންނަން ކުރި ހަރަދު މަދު ކަމުންތަ

 12. ރަބަރޭ

  އަދީބު ބުރޯއަށް ބޮޑަށް އެގޭނީ ޔާމީނު ކުރިކަންތައްތައް ޔާމީނު ކުރި ވައްކަން، ވައްކަން ކުރިއަސް ނުކުރިއަސް އަދީބު ބުރޯއަށް ބޮޑަށް އިގިލައްވާނީ "ކެއޮކޭވަރު އެގޭނީ ބިތު ފަންގި ނެގީމައި" ޔާމީނު ހާދަ ބިރެއް ތިޔަގަތީ އަދީބު ބުރޯދެކެ

 13. Anonymous

  ޝަރީއަތެއް ނިންމާލެވޭ ގޮތަކުން ތީގެ ކޮންމެ ޝަރީއަތެއްވެސް ރޫޅިގެންދާނެ ދުވަހެއް އަންނާނެ އެދުވަހަކީ ފަނޑިޔާރުގެ ޓީމުގެ އަދަދަކީ 3ނަމަ 2ފަނޑިޔާރުން އަދި 5ނަމަ 3ފަނޑިޔާރުން ޖަހަންނަމައިގެ ތެރެއަށް ވެއްޓިގެންދާނެ ދުވަހެވެ. މީގައި ކޮމެންޓް ލިޔާމީހުން ރ ޔާމީނަށް ނުބައިގޮތްވުމަށް އެދުނަށް ރ.ޔާމީނުއާއި އަދީބުއާއިދެމެދު ފާޅުގައި އަދީބު ހިންގާފައިވާ މުނާފިގު ހާދިސާތަކަށްބަލާއިރު އިންސާފުކޮށް ކުރިއަށް ގެންދާނެ ޝަރީއަތަކަށް އަދީބާއި ޒިޔަތުގެ ހެކިބަސް ނުނަގާނެއެވެ، ރ ޔާމީންގެ އާއިލާ ލޯންޗުގައިތިއްބާ ލޯންޗް ގޮއްވާލަންއުޅުނު ހިސާބުން ވިސްނާލިޔަސް އިނގެންޖެހޭނެ އެފާސިގު އަދީބު ތެދުވެރި ހެކިބަހެއް ނުދޭނެކަން.

 14. އަބުދު

  އަދީބުގެ ހެކިބަސް ކަމަކުނުދާނެ. އެކަމަކު ދެޕާޓީގެ ހުރިހާ އިސްމީހުންގެ ހުރި ވާނުވާނޭގޭ މުދާ ދައުލަތައް ނަގާފަ އެއްމެން ޖަލައް ލާންޖެހޭ. މިމީހުންނަށް ހީވެފަ އޮންނަނީ ވޯޓާޕްރޫފް އެއްޗެހި ފާޑައް ގާނޫނުގެ ބާރު ނުހިނގާ މެޓޭރިއަލް އަކުން އުފެދިފަ ތިބި ބައެއްކަމުގަ . ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވާން އެކަކައްވެސް ނުކެރޭވަރުގެ ބޮޑެތި އަދަބު ގިނަބަޔަކައް ލިބެންޖެހޭ.

 15. Anonymous

  މީގައި ކޮމެންޓް ލިޔާމީހުންނަކީ ރ ޔާމީނަށް ކިތައްވެވަރަކަށް ނަފުރަތުކުރާ ނުބައިގޮތްވުމަށް އެދޭބައެއްނަމަވެސް ހަގީގަތަކީ މުސްލިމުނޫން ގައުމުތަކުގަވެސް މިފަދަ ޝަރީއަތްތައް ހިންގާއިރު އިންސާފު ވެރިކޮށް ޝަރީއަތްހިންގާ ހިންސާފު ނަތީޖާއެއް ނެރުމަށްޓަކާ މައްސަލާގައި ތަދައްހުލުވާ މީހެއްގެ ހެކިބަސް ނުނަގާނެ އަދި ބޭއިންސާފުކޮށް ވަކިފަރާތަކަށް ކާމިޔާބުލިބޭގޮތަށް މައްސަލަ ނިމިދާނެތީ އާއިލީގޮތުން ގުޅޭފަރާތްތަކުންވެސް ހެކިނުހޯދާނެ ޝަރީއަތްހިންގާ ފަނޑިރާރުންގެ ޓީމުގައިވެސް އާއިލީމެންބަރެއްވެސް އަދި ދައުވާލިބޭ މީހައާއާއި އަނެކާއާއި ދެމެދު އެއްވެސް ނަފުރަތެއް ނުވަތަ ހަމަނުޖެހުން އުފެދިފައިވާ މީހަކުވެސް ނުބަހައްޓާނެއެވެ. ވީމާ ރ.ޔާމީނުއާއި އަދީބުއާއިދެމެދު ފާޅުގައި އަދީބު ހިންގާފައިވާ މުނާފިގު ހާދިސާތަކަށްބަލާއިރު ތިޔަ ޝަރީއަތަށް އަދީބާއި ޒިޔަތުގެ ހެކިބަސް ނެގުމަކީ ތަހުޒީބު އެއްވެސްކޯޓެއްގައި ޝަރީއަތެއް ހިންގާނެ ގޮތެއްނޫން ހިންގި ޖަރީމާއެހޭ ބުނެވޭނީ، ރ ޔާމީންއާއި އާއިލާ ލޯންޗުގައިތިއްބާ ލޯންޗް ގޮއްވާލަންއުޅުނު ހިސާބުން ވިސްނާލީމަ އިނގެންޖެހޭނެ އެ އަދީބުއާއި އޭނަގެ ޓީމުން ދޭ ހެކިބަސް ބޭނުންކޮށްގެން ޔާމީނުގެ މިޝަރީއަތް އިންސާފުވާނެވަރު.

 16. ވިސްނާ

  އަދީބުއެއީ ރައީސްގެލޯންޗްކޮޅުގޮއްވާލާ ރައީސްއަވަހާރަކޮށްލުމުގެ ނުބައި ޢަމަލެއްހިންގާފައިވާ
  ފަރާތެއް އަދި ރާއްޖޭގައިހިންގި އެންމެބޮޑުޚިޔާނާތުގެ އަޑީގައިހުރިކަމަށްބެލެވޭފަރާތް ހިންގާފައިވާ
  ޖަރީމާތަށް ސާބިޔުތުވެ އެތަށްއަހަރުތަކެއްގެ ޙުކުމްތަކެއް އައިސްފައިވާ ފަރާތެއް ވީމާ، މިދަނޑި
  ވަޅުގައި އިދިކޮޅުގެ ހިތްވަރުލިބިގެން ހުކުމުންމިންޖުވާން ހެކިބަހެއް ތެދުނޫންގޮތުގައިދިނުން
  އެކަށީގެންވޭ ވީމާ، އަދީބުގެހެކިބަސް ބަލައިގަތުމަކީ އިންސާފުވެރިކޮށް ކަމެއްނުދާނެކަމަށް ވަރަށް
  ބޮޑަށް ބެލެވޭކަމެއް