ބިދޭސީންގެ މައްސަލަ ހައްލު ނުވެއްޖެ ނަމަ އިސްތިއުފާދޭނެ ކަމަށް ވިދާޅުވީ އެ މައްސަލަ ހައްލު ކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭން ކަމަށާއި، އެ މައްސަލަ ހައްލުކުރަން ރަނގަޅު މަސައްކަތްތަކެއް ކުރެވުނު ކަމަށް ގަބޫލުކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހަށް ފައްޔާޒް ހާޒިރު ކުރެއްވީ، ކިތައް ބިދޭސީން ރާއްޖޭގައި ގަވާއިދުންނާއި، ނުގަވާއިދުން މަސައްކަތްކުރަމުންދޭތޯ އާއި ބަންގްލަދޭޝްގެ ކިތައް ރައްޔިތުން ރާއްޖޭގައި މަސައްކަތްކުރޭތޯ ސާފުކުރުމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ސުވާލާއި ގުޅިގެންނެވެ. މިއަދު މަޖިލީހުގައި އިތުރަށް ސުވާލުކުރަން ދިން ފުރުސަތުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވަނީ ބިދޭސީންގެ މައްސަލަ އަހަރެއް ތެރޭ ހައްލު ނުވެއްޖެ ނަމަ އިސްތިއުފާ ދޭނެ ކަމަށް ފައްޔާޒް ވިދާޅުވި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާކަން ފާހަގަކޮށް އިސްތިއުފާ ނުދެއްވީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ފައްޔާޒް ވިދާޅުވީ އަހަރެއް ތެރޭގައި ބިދޭސީންގެ މައްސަލަ ހައްލު ނުވެއްޖެ ނަމަ އިސްތިއުފާދެއްވާނެ ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށެވެ. އަދި އިސްތިއުފާ ދޭނެ ކަމަށް ވިދާޅުވީ ބިދޭސީންގެ މައްސަލަ އަކީ ރައްޔިތުންގެ ކަންބޮޑުވުން ހުރި މައްސަލައަކަށް ވުމުން އެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދިނުމަށް ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.
ކޮވިޑްގެ ހާލަތާއި އެކުގައި ވެސް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ދިވެހިން އެ މަސައްކަތް ބަލައިގަންނަ ކަމަށް ގަބޫލުކުރައްވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. މީގެ އިތުރުން ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ގެންގުޅޭ ސިސްޓަމް އަދިވެސް އެންމެ ހިތްހަމަޖެހޭ ވަރަށް ކުރިއެރުވިފައި ނުވާ ކަމަށައި އޮންލައިން ރިޕޯޓެއް ތައްޔާރުކޮށްލެވޭނެ ފެންވަރު އެ ސިސްޓަމްގައި ނެތް ކަމަށް ފައްޔާޒް ވދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މަސައްކަތް ކުރެވޭ. ކުރެވެމުން ދަނީ ކުރެވޭ. ރަނގަޅު މަސައްކަތެއްތޯ ނޫންތޯ ނިންމާނީ އިއްޒަތްތެރި މެމްބަރުން އަދި ރައްޔިތުން. އަޅުގަނޑުމެން މި މަސައްކަތާއި ހަވާލުވި އިރު ވަރަށް އުނދަނގޫ މައުލޫމާތު ހޯދަން. ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ބަންދު ކުރި ހިއުމަން ޓްރެފިކިން." އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތް ތިން އަހަރު ތެރޭގައި އެއްވެސް ގައުމަކުން އެއްލައްކަ އަށް ވުރެ ގިނަ ބިދޭސީން އެއްގައުމަކުން ރާއްޖޭގައި މަސައްކަތް ކުރާ މީހުންގެ ގޮތުގައި ނުތިބެވޭ ގޮތަށް ހެދުމަށް މިދިޔަ އަހަރު މަޖިލީހުން ކަނަޑައަޅާފައިވާ އިރު އެ އަމާޒަށް ހާސިލް ވުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ބަންގްލަދޭޝް މަސައްކަތްތެރިންގެ އަދަދު އެއްލައްކަ އަށް ވުރެ މަތީގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސިން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ދައުލަތުގެ ކުޅަދާނަކަން ހުރިމިންވަރަކުން ކުރަމުންދާ ކަމަށް ފައްޔާޒް ވަނީ ފާހަގަކުރައްވާފައެވެ.
"ދިވެހިރާއްޖޭގެ ބޯޑަރ ހުރަސްކޮށް ދިޔައީމަ އެކަން ސިސްޓަމަށް އަޕްޑޭޓް ނުވާތީ ރެކޯޑްތައް ހުރި ރަނގަޅަކަށް ނޫން. އެހެންނަމަވެސް މިހާރު އަޅުގަނޑުމެންނަށް މި ގެނެވުނު ބަދަލުތަކާއި އެކު އެ މަޑުމަޑުން ސާފުވަމުން މި ދަނީ. އެ ސިސްޓަމް ހަމަޖެހިގެން އެދަނީ ވަރަށް ބޮޑަށް." ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ ދެލައްކަ އަށްޑިހަ އެއްހާސް ބިދޭސީން ތިބި ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ރެކޯޑްތަކުން ދައްކާއިރު ބަންގްލަދޭޝްގެ ފަސްދޮޅަސް ތިން ހާސް ހަތްސަތޭކަ ފަންސާސް ހަތަރު ފަރާތެއް ތިބި ކަމަށެވެ. އެހެންނަމަވެސް ކުރިން ރެކޯޑްތައް ބެލެހެއްޓިގޮތުން ބިދޭސިން އައި ތާރީހާއި، ބިދޭސީން އަނބުރާ ގައުމަށް ދިޔަކަން ނޭނގޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ކުރިން އޮތް ލިސްޓުގައި ހަތްދިހަ ހާހެއްހާ މީހުން ތިބި ނަމަވެސް އޭގެ ތެރެއިން ބައެއް މީހުން އަނބުރާ ގައުމަށް ގޮސްފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
މިސަރުކާރު ވެރިކަމަށް އައުމާއި އެކު ހިޔާ ފްލެޓްސް ތަކުގައި ނުނިމި ހުރި މަސައްކަތް ނިންމާ އެންމެނަށް އެތަނަށް ވަދެވޭނެ ގޮތް ހަދާ އަދި ސަރުކާރުގެ ކުންފުނި ތަކުން އިމާރާތް ކުރާ ފްލެޓްސް ތައް ވެސް ނިންމާ އެންމެނަށް އެތަނަށް ވަދެވޭނެ ގޮތް ހަދާ 2023 އާއި ހަމައަށް ހުރިހާ ފްލެޓްސް ތަކުގެ ކުލި މާފުކޮށްދީ 2023 ގެ ފަހުން ކުލި ނަގާ ގޮތަށް ހަދާ ސްކޫލް ތަކުގައިދޭ ހެދުނުގެ ނާސްތާ ޕްރޮގްރާމަށް އެ ޚަރަދު ކުރާ ފައިސާ އިން މިކުލީގެ ފައިސާ ސަރުކާރުން ލޯނަށްދެއްކޭނެ ނޫންތޭ ގިނަ ރައްޔިތުންނަށް ފައިދާވާނެ އުސޫލުންނޭ ސަރުކާރުން ކަންކަން ކުރަން ޖެހޭނީ އެކަން ސަރުކާރުން ނުކުރެއޭ ސަރުކާރުން ކުރަނީ ރައްޔިތުންނަށް ޖެއްސުމޭ ސީދާ ޖެއްސުމޭ ކުރަނީ...
2018 ގެ ރިޔާސީ އިންތިޚާބު ބޯމަތިވެގެންއައިއިރު ޢުމަރު ބުނި " ޔާމީނަށް 10000 ވޯޓުލިބުނަސް ސިޔާސީކަންތަކާ ދުރުވާނަށް." ފަހުންބުނީ ހެހެހޭ އޭ!
އެމްޑީއެންގެ ނިންމުމެއް ދޯ؟
އިސްތިއުފާދެއްވާނެ، އިސްތިއުފާދޭނެ މިލަފްޒްގެ މާނަ އެހެންގޮތަކަށް އޮވޭތޯ
ތި ހައްލުކޮށް ތިބި ނެތް އަދަދު ސާފުކުރުމާއި ގަވައިދާ ޚިލާފަށާއި ޚިލާފު ނުވެ ތިބި ޢަދަދު ސާފު ކުރުމަށް އެހާ ދުވަސް ނަގަ.ންޖެހޭ ސަބަބެއްނެތެވެ. ކޯޓަށް އޮތަސް ނެތަސް ޖާމިނުވާނެ ދިވެއްސަކު ހަމަޖެހުމުން ސިކިއުރިޓީ ޑިޕޮޒިޓާއެކު ޖާާމިނު ކުރުވާ
އެހެން ވެގެންދޯ ގާތް މީހުނަށް ކޯޓާތައް ތިބަހަނީ ފެެއިލްވެފަ ހުރިމީހެއް މިކަންކަން ބެލޭނެ ދުވަސް އެބައާދޭ
ނުވި ހައްލެއް ފައިބާ
ނުވި ހައްލެއް ފައިބާ
ހަމަ ހުސްއަނގަތަޅަނީ ނުކެރޭނެ އިސްތިއުފާ ދޭކަށް.
ރައްޔިތުންނަށް ޔަޤީންކަން ލިބޭނީ އިސްތިއުފާދިނީމާ!