އިންސާނީ ވަގުފާރި ހުއްޓުވަން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މި ވަގުތު އިންނެވީ އަހަރެއްގެ މައްޗަށް ބިލިއަނެއްހާ ރުފިޔާގެ ވިޔަފާރި މަތީގައި އިށީނދެގެން ކަމަށް ގަބޫލުކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި ވާހަކަދައްކަވަމުން ފައްޔާޒް އެހެން ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީން ކުރާ މަސައްކަތްތަކުގެ ދަށުން ރާއްޖޭގައި އިންސާނީ ވަގުފާރިކުރުން ހުއްޓުވުމުން ގަވާއިދާއި ހިލާފަށް ރާއްޖެ އަށް ބިދޭސީން އެތެރެކުރުމަށް ކުރަމުން އައި ވިޔަފާރީގެ ސަބަބުން އެތައް ބަޔަކަށް ގެއްލުންވި ކަމަށް ސިފަކުރެއްވުމުގެ ގޮތުންނެވެ.

ފައްޔާޒް ވިދާޅުވީ ރާއްޖެ އަށް އެންމެ ގިނައިން ގަވާއިދާއި ޚިލާފަށް އެތެރެކޮށްފައި ތިބީ ބަންގްލަދޭޝް މީހުން ކަމަށާއި ބަންގްލަދޭޝްގެ ސަގާފަތް އޮންނަ ގޮތުން އިންސާނީ ވަގުފާރި އަށް ބޮޑަށް ޖާގަ ލިބިގެންދާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެކަމުގެ ނާޖާއިޒް ފައިދާ އެތައް ބަޔަކު ނަގާ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

2019 ވަނަ އަހަރު ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ވިލަރެސްކުރުމާއި ހަވާލުވުމަށް ފަހު ނިޒާމަށް ގެނައި ބަދަލުތަކާއި އެކު އިންސާނީ ވަގުފާރިކުރުން މިހާރު ހުއްޓުވާފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެގޮތުން ކުރިން ކޮންމެ އަހަރަކު ބަންގްލަދޭޝް އިން އެތައް ޙާސް ބަޔަކު ބިދޭސީ މަސައްކަތްތެރިންގެ ގޮތުގައި ރާއްޖެ އެތެރެވި ނަމަވެސް މިހާރު ބަންގްލަދޭޝް އިން މަސައްކަތްތެރިންގެ ގޮތުގައި ރާއްޖެ އަށް އެތެރެވާ މީހުންގެ އަދަދު 100 އަށް ވެސް ނާރާކަން ފައްޔާޒް ފާހަގަކުރެއްވިއެވެ.

"ބަންގްލަދޭޝް އިން ލޭބަރ ކެޓަގަރީ އަށް މޮނިޓޯރިއަމް އެއް ގެނައުމާއި ގުޅިގެން އަހަރެއްގެ މައްޗަށް ބިލިއަނެއްހާ ރުފިޔާގެ ވިޔަފާރި މަތީގައި އިށީނދެގެން އަޅުގަނޑު މި އިނީ. ގާނޫނާއި ހިލާފު ވިޔަފާރި. ހިއުމަން ޓްރެފިކިންގެ ވިޔަފާރި. މައިގަނޑުކޮށް އެކަން މި ހިނގަނީ އެކަމުގައި އެބަ ހިމެނޭ ބަންގްލަދޭޝް މީހުން ވެސް. ދިވެހިން ވެސް. އަދި ސަރުކާރުގެ މުއައްސަސާތަކުގައި ވެސް ހިނގާފައި ހުރިކަންކަން މިއީ. މިއަދު އެކަމެއް ނުހިނގާ." އޭނާ ވިދާޅުވިއެވެ.

ގަވާއިދާ ހިލާފަށް، ރާއްޖޭގައި މަސައްކަތްކުރަމުންދާ ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެކަމަށް އެދި ހުށަހަޅި މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ވިދާޅުވިއެވެ. އަދި މިހާރު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑްގެ ބަލިމަޑުކަމުގެ ހާލަތާއި އެކު އެ މަސައްކަތުގެ ސްޕީޑަށް އަސަރުކޮށްފައިވާ ކަމަށް ވެސް އެ ވުޒާރާ އިން ފާހަގަކުރައްވައެވެ.

އެ މިނިސްޓްރީން ވިދާޅުވީ ސައްހަ އެމްޕްލޯއިމެންޓް އެޕްރޫވަލްއެއް ނެތި، ގަވާއިދާ ހިލާފަށް، ރާއްޖޭގައި މަސައްކަތްކުރަމުންދާ ބަންގްލަދޭޝް މީހުންގެ ތެރެއިން ގައުމަށް އެނބުރި ދިޔުމަށް ބޭނުންވާ މީހުން ގައުމަށް ފޮނުވައި ދިނުމަށްޓަކައި ބަންގްލަދޭޝް ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ހިންގަމުންދާ "ވޮލަންޓްރީ ރެޕަޓްރިއޭޝަން" ޕްރޮގްރާމްގެ ދަށުން ގައުމަށް އެނބުރި ދިޔުމަށް އެދި ސައްހަ އެމްޕްލޯއިމަންޓް އެޕްރޫވަލްއެއްގައި ތިބި ގިނަ ބިދޭސީން ހުށަހަޅާފައިވާ ކަމަށެވެ.

ބިދޭސީ މަސައްކަތްތެރިންނާއި ގުޅުން ހުރި ވަރަށް ގިނަ ކަންކަން އަދިވެސް އިސްލާހުކުރަން ޖެހޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެގޮތުން ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ލައްވާ މަސައްކަތް ކުރުން ހުއްޓުވުމާއި، ބިދޭސީންނަށް އިހާނެތިކޮށް ހިތުން ހުއްޓުވަން ގިނަ ކަންކަން ކުރަން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ތ

  މޮޅު ވާހަކަ ނުދައްކަވާ ބިލިއަން ރުފިޔާގެ އަމިއްލަ ވިޔަފާރި ނުހިންގުނު މީހާ ތިޔަހެން ތިޔަ ބުނަނީ މިހާރު ހިންގާ ޖަރީމާ ކުޑަތަ އިންޑީޔާއިން ކޮންމެ މަހަކު އެތައް ހާސް ބަޔަކު ދަނީ އެތެރެކޮށް ހަމަ ތިޔަ ވިޔަފާރި ހިންގަމުން އެކަމުގެ ހެކި ފެންނަނީ ދިވެހިންގެ ދީނާ ސަގާފަތާއި ކުޅެނީ މަގުތައް މަތީ ދިވެހިންނަށް ބިރު ދައްކަނީ މުޅި ބާޒާރުގެ ތަރުކާރީ ވިޔަފާރި ފިހާރަތައް އޮތީ އިންޑީޔާ މީހުންގެ މުށު ތެރޭގައި މިކަން ބާޒާރަށް ގޮސް ވިޔަފާރި ކުރާ އެންމެނަށް ފެންނާނޭ އިއްޒަތްތެރި ވަޒީރުން އަދި މެންބަރުންނަށް ނުފެނިދާނެ މިއީ ހަގީގަތަކީ ބަންގާޅު މީހުން މަދުކޮށްފައި ތިމާގެ ޕޮކެޓަށް ފައިސާ ވަންނަ ގޮތަށް އިންޑީޔާ މީހުން ގެންނަނީ

 2. އައްޑޫ މީހާ

  ކާކުގެ އަތުން ؟ ކޮންތާކުން؟ ކިހިނެތް ހޯދިފައިސާއެއް؟ ދައުލަތް އިދަޖެހި ރައްޔިތުން ބިކަވެ ކުރާނެ މަސައްކަތެއް ނެތިފަ އެތަކެއް ރައްޔިތުންނެއް އެބަތިބި ކަލޭ ބިލިޔަން ރުފިޔާ މަތީގައި އިށީދެ އިދެ ފޮނިކަނޑަނީ ތީތި ކަޑައޭ ބުރޯ ! އިންސާނީ ވަގުފާރިއޭ ކިޔާނެ ކަމެއްނެތް ކަލޭމެން އަޑީގައި ތިބެގެން މުޅި ގައުމުގެ އިގްތިސޯދު ފުނޑާލަނީ ބަންގާޅީންނަށް ހުރިހާ ބާރުތަކެއް ދީގެން ކިހާ ފައިސާއެއްތަ މިގައުމުން ބޭރު ކުރަނީ ބުރާންޗާ ވާނުވާ ނޭގިހުރެ ފާޑުފާދުގެ ވާހަކަ ނުދައްކާތި ދެންވެސް ކަލޭ ހިތުން ކަލޭތީ ވަރަށް ގަދަ މީހެއް

  12
  1
 3. ބޭންސްލޭވަރީ

  ގަވާއިދާ ޙިލާފަށް އުޅޭ މީހުން ލައްވާ މަސައްކަތް ކުރުވާ އިރު މުސާރަ ނުދިނަސް އެމީހުންނަށް ކުރެވޭނެ ކަމެއް ނެތް މިއީ ހިއުމަން ޓުރެފިކިންނާއި އަޅުންގެ ގޮތުގައި އެމީހުން ގެންގުޅުމަށް ހުޅުވައިދެވޭ ދޮރެއް ގަވާއިދާ ހިލާފު މީހުން ލައްވާ މަސައްކަތް ކުރުވުން ހުއްޓުވަން ޖެހޭ

 4. ޒާ

  ދެން ތިބުނާ ބިލިއަން ރުފިޔާގެ ވަގުފާރި ނުކުރޭތަ؟ ފައިސާ ވަންނަ ޖީބުތަކަށް ވަދޭ. އެކަން ފައްޔާޒަށް އެނގޭނެ.

 5. ސާބަސް

  އެދޭމީހުން ފޮނުވާލާނަމޯ ކީކޭދެންބުނާނީދޯ

 6. ހަމީދު

  މިގައުމުގެ އިގުތިސޯދު މިހާރު އޮތީ ބަންގާޅިންގެއަތްމަތީގަ މާލޭގެ ކުދި އަދި މެދުންފަންތީގެ ވިޔަފާރިތަކާ ހުރިހާ ތަރުކާރީފިހާރަތަކާ އަދި ނުވިތާކަށް ރަށްރަށުންއަންނަ އޮޑިދޯނިފަހަރުވެސް ކޮންޓުރޯލްކުރަނީ މި މީހުންނެވެ. ދިވެއްސަކަށްކާރިވާކަށްނުކެރޭނެ އަހަރެއްގެމައްޗަށް ކިތައްމިލިއަންޑޮލަރުތޯ މިމީހުންބޭރުކުރަނީ

 7. ށިއްޕު

  އެހެންވެދޯ ހެލްތްސެކުޓަރ އަށް ވަގަށްމީހުން އެތެރެނުކުރެވިގެން މިނިސްޓްރީގައި ތިބި ސިވިލް ސާވަންޓުންނަށް އިންޒާރުދީ ބިރުތިދައްކަނީ

 8. ބުއްޅަބޭ

  އެއަށް ސީ ނުލާތި އަނެއކްކ ކާ!

 9. އިންސްޕެކްޓަރ

  މީނާ މީ ވަރަށް ބޮޑު މަކަރުވެރި އެއް!!!