ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވަގުތީ ގޮތުން ދިރިއުޅުއްވަން ހަމަޖައްސަވާ ގެކޮޅުގެ މަސައްކަތް އަދި ނުނިމޭ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިމްތިޔާޒުތަކުގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުގައި ބުނާ ގޮތުން އުއްތަމަ ފަނޑިޔާރަށާއި، މަޖިލީހުގެ ރައީސަށް ދައުލަތުން ގެކޮޅު ހަމަޖައްސަން ޖެހޭނެއެވެ. މަޖިލީހުގެ ރައީސްގެ ގެކޮޅަށް މަޖިލީހުގެ އިދާރާއިން މުވައްޒަފުން ހަމަޖައްސަން ޖެހޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ އިސްލާހުގައިވެއެވެ.

ރަސްމީ ގެކޮޅު ތައްޔާރު ވަންދެން ދެ ބޭފުޅުންނަށް ވަގުތީ ގެކޮޅެއް ވަނީ ހަމަޖައްސާފައެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަގުތީ ގޮތުން ދިނުމަށް ހަމަޖެހިފައިވަނީ މއ. މުރައިދޫގެއެވެ. އަދި އުއްތަމަ ފަނޑިޔާރަށް ދޭން ހަމަޖެހިފައިވަނީ ރެހެންދި ފްލެޓެކެވެ.

ޕްލޭނިން މިނިސްޓްރީން މީގެ ކުރިން މައުލޫމާތު ދެއްވާފައިވާ ގޮތުން މިހާރު ކުރިއަށް ދަނީ މުރައިދޫ ގޭގެ އާބާތުރަ ފިލުވުމުގެ މަސައްކަތެވެ. އެ މަސައްކަތް ކުރަނީ ޑިފެންސް މިނިސްޓްރީއާ ގުޅިގެން ކަމަށްވެސް ޕްލޭނިން އިން ވަނީ ބުނެފައެވެ.

ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "ވަގުތު"އަށް މިއަދު ވިދާޅުވީ މަޖިލީސް ރައީސްގެ ގެކޮޅުގެ މަސައްކަތް ނިމޭނެ ސީދާ ތާރީހެއް އަދި ދަންނަވަން ދަތިކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސަށް ގެކޮޅެއް ހަމަޖައްސާފައިވަނީ ނަޝީދު އަވަހާރަކޮށްލަން ދިން ނިރުބަވެރި ހަމަލާއާ ގުޅިގެންނެވެ. އެ ހަމަލާދީފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގ.ކެނެރީގޭ ކައިރިންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހެޔްނުވާނެ

    އެބޭފުޅާގެ ވަގުތީ ގެއަކީ މިދުނިޔެ..އާޚިރަތަކީ ދާއިމީ ތަން ..މިކަމުގައި ވަކިމީހެއް ތަފާތުތޯ

  2. Anonymous

    އޭނާގެ ފައި ޖެހޭ ކޮންމެތާކު ވަގުތީ ގެކޮޅެއް އަޅަންފެނޭ ، ދެން ތިޔަ މަޖިލިސް ކުރާ ތަނަކީ އޭނަގެ 10 ތަރީގެ ހޮޓަލަކައްވެސް ހަދަން ފެނޭ.

    3
    1
  3. ެއަބުދު

    މުޖުތަމައު ބޮޑުވާނެ ވަކިމީހަކައްވުރެ މުޖުތަމައު އާގުޅިގެން އުޅެން އޭނަޔައް ނޭގިއްޖިއްޔާ އެމީހަކު އެމުޖުތަމައު އިންބޭރުވާންވީ.