ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުގައި ސާބިތުވެއްޖެ ކަމަށް ކަނޑައަޅާފައިވާ މަނީ ލޯންޑަރިންގެ ދައުވާއިން ސުޕްރީމް ކޯޓުގައި ދިފާއުވާން ދިފާއީ ހެއްކެއްގެ ގޮތުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ނައިބު ރައީސް މުއައްވިޒްއާ ގުޅޭ ގޮތުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކުރައްވާފައިވާ މެސެޖެއް ހުށަހަޅައިފިއެވެ.

ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައެވެ. ހައި ކޯޓުން ވެސް އެ ހުކުމަށް ވަނީ ތާއީދުކޮށްފައެވެ.

ސުޕްރީމް ކޯޓަށް ޔާމީންގެ ފަރާތުން މި މައްސަލަ ހުށަހެޅުއްވީ 22 އިސްތިއުނާފީ ނުކުތާއެއް ފާހަގަ ކުރައްވައި ބައެއް ހެކިތައް ވެސް ހުށަހަޅުއްވައިފައެވެ. ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރުއާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާލް އަލީ ޒާހިރެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ޔަމީންގެ ދިފާއީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަލީ ޝާހް ވަނީ މުއައްވިޒްގެ ނަޒާހަތްތެރި ކަމާ މެދު ސުވާލު އުފައްދަވައި، އަދީބުގެ މެސެޖްތަކެއް ހެކީގެ ގޮތުގައި ހުށަހަޅުއްވަން އެދިވަޑައިގެންފައެވެ.

މި ހެކިތައް ހައި ކޯޓަށް ހުށަހަޅުއްވާފައި ނެތުމުން ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް ސުވާލު ކުރެއްވުމުން އަލީ ޝާހް ވިދާޅުވީ އެ ހެކިތަކަކީ ހައި ކޯޓުގެ ޝަރީއަތް ނިމުނު ފަހުން ކުރި މަސައްކަތްތަކުގައި ހޯދި ހެކިތަކެއް ކަމަށެވެ.

މި ގޮތުން ކްރިމިނަލް ކޯޓުގައި ނިންމާފައިވާ އަދީބުގެ ޝަރީއަތުގެ ގަޒިއްޔާތައް ދިރާސާކޮށް ބައެއް މެސެޖްތައް ހޯއްދަވާފައިވާ ކަން ޔާމީންގެ ވަކީލުން ފާހަގަ ކުރެއްވިއެވެ. މި މެސެޖްތަކުގައި މުއައްވިޒަށް "ހަތަރު ލައްކަ ރުފިޔާ ދީ" ކަމަށް ލިޔެފައި އޮތް މެސެޖެއް އޮތް ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މިއާ ގުޅޭ ގޮތުން ޝަރީއަތުން ޔާމީނާ ވެސް ސުވާލުތަކެއް ކުރެއްވިއެވެ. އެ ސުވާލުތަކުގެ ޖަވާބުގައި ޔާމީން ވެސް ވިދާޅުވަނީ އޭސީސީގެ އޭރުގެ ރައީސް ހަސަން ލުތުފީއާއި މުއައްވިޒާ ވެސް ބައްދަލުކޮށްފައި ނުވާނެ ކަމަށެވެ.
އަދި އެސްއޯއެފްއިން ޔާމީންގެ އެކައުންޓަށް ޗެކެއް ޖަމާކުރި ކަން ވެސް އެމަނިކުފާނަށް އެނގިވަޑައިގަތީ ލުތުފީ ގުޅުއްވި ފަހުން ކަން ޔާމީން ފާހަގަ ކުރެއްވިއެވެ. އަދި ތަހުގީގަކަށް ހާޒިރު ކޮށްފައި ނެތް ކަމާއި މައުލުމާތެއް ސާފު ކުރަން އެދުމުން ރައީސް އޮފީހުގެ ރައީސް މެއިލް އިން މައުލޫމާތު ދެއްވީ ކަމަށް ވިދާޅުވިއެވެ.

ދަށު ކޯޓުގެ މަރުހަލާގައި ހެކިބަސް ދޭން ދެކޮޅު ހެއްދެވުމަށް ފަހު، ލުތުފީ ވެސް ފޭސްބުކްގައި ވިދާޅުވެފައިވަނީ އެ މައްސަލައާ ގުޅިގެން ޔާމީނާ ރައީސް އޮފީހުގައި ބައްދަލުކޮށްފައިނުވާނެ ކަމަށެވެ. ނަމަވެސް, ދަށު ކޯޓުން މުއައްވިޒުގެ ހެކިބަހުގެ މައްޗަށް ރިއާޔަތްކޮށް ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅީއެވެ.

ޝަރީއަތުގައި ޔާމީން ވެސް ވިދާޅުވެފައިވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ދަށު ކޯޓުން ނިންމެވީ ހަމައެކަނި މުއައްވިޒުގެ ހެކި ބަހަށް ރިއާޔަތްކުރައްވާފައި ކަމަށާއި އެ ބަހަށް ބާރުލިބޭނެ އިތުރު އެއްވެސް ހެއްކެއް ހުށަހަޅުއްވާފައި ނުވާ ކަމަށެވެ.

ދަށު ކޯޓުގައި ކަން ހިނގާ ދިޔަ ގޮތް

ދަށު ކޯޓުގައި ޔާމީންގެ ޝަރީއަތް ފުރަތަމަ ބައްލަވަމުން ގެންދެވީ ކޯޓުގެ އޭރުގެ އިސް ގާޒީ އަހްމަދު ހައިލަމްއެވެ. ނަމަވެސް އެ ޝަރީއަތުގެ ހުކުމާއި ހަމައަށް ގޮސްފައިވަނިކޮށް ހައިލަމް ސަސްޕެންޑް ކުރިއެވެ. އެއީ ރައީސް ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭންފަށެއް ޖަހާފައިވާ މަންޒަރުގެ ކުރެހުމެއް ހިމެނޭ ފޮޓޯއެއް ކްރިމިނަލް ކޯޓުގެ އެތެރޭގެ ވައިބާ ގްރޫޕަކަށް ފޮނުއްވައިގެންނެވެ.

މި މައްސަލަ ޖޭއެސްސީއިން ތަހުގީގުކޮށް، ހައިލަމް ވަކިކުރަން ނިންމައި ރައްޔިތުންގެ މަޖިލީހަށް ވެސް ފޮނުވިއެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ ދިރާސާކޮށް ޖޭއެސްސީން އެ ކަމުގައި އަމަލު ކޮށްފައިވަނީ ރަނގަޅަށް ކަމަށް ވެސް ކަނޑައަޅައި ތަޅުމަށް ފޮނުވިއެވެ. ތަޅުމުގައި ވޯޓަށް އެހުމުގެ ކުރިން ހައިލަމް މަގާމުން އިސްތިއުފާ ދެއްވީއެވެ. އޭގެ ކުރިން އޭނާ ވަނީ އެ ކަމަށް މައާފަށް ވެސް އެދިވަޑައިގެންފައެވެ.

ޔާމީންގެ މައްސަލައާ ދެން ހަވާލުވީ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދުއާއެވެ. އަލީ ރަޝީދު އިސްވެ ހުންނަވައިގެން މައްސަލަ ބައްލަވަން ފަސް ގާޒީންގެ ބެންޗެއް އެކުލަވާލެއްވިއެވެ. އެ ބެންޗުގައި ތިއްބެވީ ގާޒީ އަލީ ރަޝީދުގެ އިތުރުން މިހާރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލްއާއި، އޯޑިއޯ ލީކުވެގެން އުޅޭ ގާޒީ މުހައްމަދު ސަމީރުއާއި، ގާޒީ އަލީ އާދަމްއާއި، ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.

ޔާމީނަށް އަމާޒުކޮށް ހިންގާ މައްސަލަތައް

ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދެ ދައުވާއެއްގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ.ފުއްގުރި ދޫކުރި މުއާމަލާތުގެ މައްސަލާގައި އުފުލާފައިވާ ރިޝްވަތު ނެގުމާއި މަނީ ލޯންޑާކުރުމުގެ ދައުވާއެވެ. މި ޝަރީއަތް މިހާރު އޮތީ ހެކި ބަސް ނެގުމުގެ މަރުހަލާގައެވެ. މި ޝަރީއަތުގައި ވެސް ޔާމީން ވަނީ އަދީބާއި ޒިޔަތުގެ ހެކި ބަސް ބަލައިނުގަންނަން އެދިފައެވެ.

ވ. އާރަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ވެސް ލޯންޑަ ކުރި ކަމުގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވިއެވެ. އެހެންވިޔަސް އިތުރަށް ތަހުގީގު ކުރަން ފުލުހަށް ފޮނުވުމުން ޔާމީން ހާޒިރުކޮށް ބަޔާން ވެސް ނަގަން މަސައްކަތް ކޮށްފައިވެއެވެ. އެކަމަކު ތަހުގީގު ނިމިފައިވާ މައްސަލައެއް ކަމަށް ވިދާޅުވެ ޔާމީން ވަނީ ބަޔާން ދެއްވަން ދެކޮޅު ހައްދަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކާކު

    "އެސްއޯއެފްއިން ޔާމީންގެ އެކައުންޓަށް ޗެކެއް ޖަމާކުރި ކަން ވެސް އެމަނިކުފާނަށް އެނގިވަޑައިގަތީ ލުތުފީ ގުޅުއްވި ފަހުން ކަން ޔާމީން ފާހަގަ ކުރެއްވިއެވެ."

    ދެން ތިކަމާހުރެ 5 އަހަރުގެ ޖަލު ހުކުމެއް އަންނައިރުވެސް ތި ދޫނުކޮއް ތިޔަހުންނަވަނީ ކީއްވެގެތޯ؟ ތިކަން އެގުނުހިސާބުން އިތުރު ޖޮއިންޓް އެކައުންޓެއް ހަދައި ތިޔަފައިސާ ނުދޭން އުޅުނީ ކީއްވެގެންބާ؟؟

    5
    11
  2. އޮޅާލާ

    ރައްޔިތުން އުޅޭ ހާލަށް ހައްލެއް ހޯދައިނުދީ ވޯޓު ހޯދާކަށް ދެން ނުދާނަމޭ އެހެންތޭ އާޒިމް ކޯއްޗެއްތޭ ހާލަތޭ ރައްޔިތުންނޭ އެހެންތޭ އައިސީ އައިސީ ތަމެން ދެން ހާލަތު ބަލަން އުޅޭނެ ކަމެއް ނެތޭ ތަމެން ދެން ހާލަތު އޮޅާލަބަލަ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ..

  3. އަންނި

    ބަލަ މިރާއްޖެއިން ވިއްކާ އަދި ކުއްޔަށް ދޫކުރާ ކޮންމެ ފަޅުރަށެއް އަދި ތަނެއް ވިއްކުމަށް ފަހު އެފަރާުން ހަދިޔާގެ ގޮތުގައި އޭރު ރައީސް ކަމުގައި ހުންަވާ ރައީސްގެ އެކައުންޓަށް މިިލިޔަނުން ޑޮލަރު ވައްދަން މީ ހަމަ އެކަން ހަމަޖެހިފަ އިޮންނަ ގޮތްތޯ ސުވާލުކުރަން އެބަޖެހޭ. ހަމަ ކޮންމެ ފައިސާގެ މުޢާމަލާތެއްގެ ފަހުން ރައީސުގެ އެކައުންޓަށް އެއްމިލިޔަން. ޕީޕީ ކުދިން ނަށް މިކަން އޯކޭ ވިޔަސް ގިނަ ރއްޔިތުންނަށް އޯކޭ އެއްނޫން. އެއީ ހަމަ ބޮޑެތި ވައްކަން . ސާފުވެއްޖެކަމަށް އުއްމިދުކުރަން.

    4
    4
    • އަންނި ކޮއްކޮ ދެބަންދިހާރު

      ދެބަން ދިހާރުވެގެން ދިވެހިންނޫޅޭ އަންނި އަކަށް ބޮޑުވަޒީރުކަން ދޭކަށް.....

  4. އަބުދު

    މިގައުމު މިވަނީ އެތެރޭގެ އަދާވާތްތެރިންގެ ނުބައި ރޭވުމެއްގެ ތެރެއަށް ގެނބި ގެއްލިގެންދިއުމާ ވަރައްކަެިރީގަ ދިވެހި ރަެއޔިތުން ގައުމީ މަސައްކަތެއްގެ ގޮތުގައި މޑ ޕ ޕޕމ މިދެގުރޫޕްގެ ސިޔާސީ ދާއިރާއިން އކަހެރިކޮއްފަ ދެން އަންނަބަޔަކުވެސް ގޯސް ވެއްޖެއްޔާ އަވަހައް ބޭރު ކޮއްލުމުގެ މަސައްކަތް ކުރަންޖެހޭ