ޓިކްޓޮކްގައި ބަރަހާނާ ނުވާ ކަމަށާއި، ވީޑިއޯއިން ފެންނަނީ އެހެން މީހެއް ކަމަށް މުހައްމަދު ނަބީލު (ޔާޔާ) ބުނެފިއެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ޓިކްޓޮކްގައި ބަރަހަނާ ވީޑިއޯ ހަދައި އާއްމު ކުރި މައްސަލައިގައި އިއްޔެ ރޭގެ ވަގުތެއްގައެވެ.

ބަރަހަނާ ވީޑިއޯ އާއްމުކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ އުމުރުން 36 އަހަރުގެ ޔާޔާ ކްރިމިނަލް ކޯޓަށް ބަންދުގެ މުއްދަތު ޖަހަން ގެންދިއުމުން ބުނެފައި ވަނީ، ޓިކްޓޮކްގައި ބަރަހަނާވެ އެފަދަ ވީޑިއޯއެއް އޭނާ ހަދާފައިވާ ނުވާ ކަމަށެވެ. އަދި ވީޑިއޯއިން ފެންނަނީ އެހެން މީހެއް ކަމަށް އޭނާ ބުނެފައި ވެއެވެ.

އަދި އެ ވީޑިއޯއަކީ ބަޔަކު އޭނާ ބޭޒާރުކޮށްލުމުގެ ނިޔަތުގައި، އޭނާގެ މޫނު ބޭނުންކޮށްގެން ހަދާފައިވާ ވީޑިއޯއެއް ކަމަށް ޔާޔާ ބުނެފައި ވެއެވެ.

އެހެން ނަމަވެސް އޭނާ ވަނީ އަންހެންް ހެނދުން އަޅައިގެން އުޅޭކަމަށް އެއްބަސްވެފައެވެ.

ޔާޔާ ކޯޓުގައި ބުނީ، ޓިކްޓޮކްގައި ތިން މިނުޓުގެ ވީޑިއޯއެއް ނުލެވޭނެ ކަމަށާއި، ޓިކްޓޮކަށް ލެވޭނީ އެއް މިނުޓުގެ ވީޑިއޯ ކަމަށެވެ.

މި އަޑުއަހުމުހައި ފުލުހުން ވިދާޅުވީ، ޔާޔާ ލައިގެން ހުރި ހެދުން އޭނާގެ ކޮޓަރިން ފެނިފައިވާ ކަަމަށެވެ.

އަމިއްލައަށް ބަރަހަނާ މަންޒަރު ރެކޯޑްކޮށް އެމަންޒަރު އޭނާ އާއްމު ކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގައި ބުނާ ގޮތުން ޖިންސީ ގުނަވަން އެހެން މީހަކަށް ހާމަކުރުމަކީ ކުށެކެވެ. އެމާއްދާ ބުނާ ގޮތުން އެއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެހެންކަމުން އެފަދަ ކުށެއް ކޮށްފި މީހަކަށް އެއްއަހަރު ދުވަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮންނާނެއެވެ.

ޓިކްޓޮކްގައި ބަރަހަނާ ވީޑިއޯ އާއްމު ކުރުމަކީ އެއެޕްލިކޭޝަން ބުނާ ގޮތުން ވެސް މަނާ ކަމެކެވެ. އެހެންކަމުން ބަރަހަނާ ވީޑިއޯ އާއްމު ކުރުމާއިއެކު އެދިވެހި މީހާގެ އެކައުންޓް ވެސް ވަނީ ބޭން ކޮށްފައެވެ.

ޓިކްޓޮކްގައި ވަރަށް ގިނަ ދިވެހިން އާއްމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފު ވީޑިއޯތައް އާއްމު ކުރެއެވެ. އެފަދަ ވީޑިއޯތައް އާއްމުކުރާ މީހުންނަށް ގިނަ ބަޔަކު ފާޑުވެސް ކިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޓެޑް އޮން ނޮޓް ޓިކްޓޮކް

    ޓިކްޓޮކް އަށް ލެވޭނެ މިހާރު 3 މިނެޓް ގެ ވީޑިއޯ. ދޮގުހަދާ އަދިވެސް

    40
    2
  2. ޔޫސޭ

    އޭނަގެ އެކައުންޓްދެން ބޭންކުރީ ކީއްވެ އެހެން މީހަކަށް އޭނަގެ އެކައުންޓުން އަޕްލޯޑްކުރެވޭތަ. އެހެންވިއްޔާ ބޭންކުރާނީ އަނެއްމީހާގެ އެކައުންޓްތާ މިސޮރު މޮޔާ

    32
    2
    • ހެ

      ހެކް ކޮއްދާނެދޯ.

      4
      8
    • ކޭކު

      ޔޫސޭއަށް ނޭނގޭ މިޒަމާނުގަ ޑީޕްފޭކް ކިޔާއެއްޗެއް އުޅޭކަން އަދި ހެކްވެސް ކުރެވޭކަން އޭނަ އުޅޭގޮތް ރަނގަޅީކީނޫން އެކަމަކު ރަނގަޅުކަމަށް ދައުވާ ކުރާމީހުން އޭނައަށް ނުގޮވާ ނުބައި އެއްޗެއްނެތް.

  3. ޔާޔާ

    ނިމްޝާ ވެސް ހައްޔަރު ކުރަން ޖެހޭ! އޭނަވެސް ޓިކްޓޮކަށް ބަރަހަނާ ވީދިޔޯ އަޕްލޯޑު ކުރޭ.

    49
    4
    • ނިމް

      ނިމް އެކަނިތަ؟ މިރާއްޖޭގަ ގިނަވާނީ ބަރާހަނާކޮށް އުޅޭމީހުން. ހައްޔަރު ޕްލީސް

  4. ނަމްޔާ

    ހައްޔަރު ކުރައްވީ. ނިމްޝާވެސް.

  5. މަރީ

    ޓިކްޓޮކަށް ލެވޭ 3 މިނިޓްގެ ވީޑިޔޯ ގަމާރާ