އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ އެމަނިކުފާނުގެ ވެރިކަމުގައި އިދިކޮޅު ލީޑަރުންނަށް ޖެއްސި ހާލަށްވުރެ ނިކަމެތި ހާލެއްގައި ކަމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ޔާމީންގެ ވެރިކަމުގައި ގާސިމްގެ އިތުރުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުއާއި، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއާއި، އެމްއާރުއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާއި އިތުރު ބައެއް ސިޔާސީ ބޭފުޅުން ތިއްބެވީ ޖަލު ހުކުމެއް ނޫނީ ޖަލު ބަންދުގައެވެ.

މި ހުރިހާ ސިޔާސީ ލީޑަރުން ބައިވެރިވެގެން އުފައްދާފައިވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި ފައިސާ ލިބުނު ކަމުގެ ތުހުމަތުގައި އުފުލި ދައުވާއެއް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައެވެ.

މި ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފައިވާއިރު ސުޕްރީމް ކޯޓުގެ މަރުހަލާ އިއްޔެ ވަނީ ފަށައިފައެވެ. ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދެ ދައުވާއެއްގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި އެބަދެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޔާމީންއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ގާސިމް ވިދާޅުވީ "ޔާމީން މިއަދު ހުންނެވީ އަޅުގަނޑުމެންނަށް އެ ވެރިކަމުގައި ޖެއްސި ހާލަށް ވުރެ ނިކަމެތި ހާލަތެއްގައި" ކަމަށެވެ.

މީގެ ކުރީގައި ޔާމީނަށް ގާސިމް ކުރައްވާފައިވާ ތައުރީފްގެ ވާހަކަތަކާ ގުޅޭ ގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުން ގާސިމް ވިދާޅުވީ މީގެ ކުރިން ޔާމީނަށް ކުރެއްވި ތައުރީފަކީ ހައްގު ތައުރީފް ކަމަށެވެ. ޔާމީން ވެސް ރައީސް ކަމުގައި ހުންނެވިއިރު ގައުމަށް ޚިދުމަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.

އެހެންވިޔަސް ޔާމީންގެ ވެރިކަމުގައި ޚިޔާނާތުގެ ވަރަށް ގިނަ މައްސަލަތައް ހިނގާފައިވާ ކަމަށާއި އެ ކަންކަން ތަހުގީގު ކުރެވެން ޖެހޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ވަރަށް ގިނަ ސިޔާސީ ބޭފުޅުންނަށް "އަނިޔާ ލިބުނު" ކަމަށް ގާސިމް ވިދާޅުވިއެވެ.

ޔާމީން އުޅުއްވާ ހާލަތު ފެނިފައި ހަމްދަރުދީވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

2013 ގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޔާމީނަށް ގާސިމް ތާއީދު ކުރެއްވިއެވެ. އަދި ކޯލިޝަން އުފައްދައިގެން ސަރުކާރުގައި ޖުމްހޫރީ ޕާޓީ މަސައްކަތް ވެސް ކުރިއެވެ. އެހެންވިޔަސް ވަކި ހިސާބަކުން ޚިޔާލު ތަފާތުވެ، ގާސިމްގެ ވިލާ ކުންފުނިތަކުގެ އެކައުންޓްތައް ފްރީޒްކޮށް ގާސިމްގެ މައްޗަށް ހުކުމް ވެސް ކުރިއެވެ. ގާސިމަށް ހުކުމް ކުރީ ވެސް ކޯޓުގައި އިންނަވަނިކޮށް ވެއްޓިގެން ހޮސްޕިޓަލަށް ގެންދިޔަ ފަހުން ޣައިރު ހާޒިރުގައެވެ.

އޭގެ ފަހުން އިތުރު ބޭސްފަރުވާއަށް ގާސިމް ޖަރުމަނަށް ވަޑައިގެންނެވި ގޮތަށް ދިރިއުޅުއްވީ ރާއްޖޭން ބޭރަށް އަރުވާލެވިގެންނެވެ. އޭނާ އަނބުރާ ރާއްޖެ ވަޑައިގަތީ ރިޔާސީ އިންތިޚާބަށް ފަހުގައެވެ. ރިޔާސީ އިންތިޚާބުގައި ޔާމީން ނާކާމިޔާބުވެވަޑައިގަތް ފަހުން ކުރިން ސިޔާސީ ބޭފުޅުންނަށް އިއްވާފައިވާ ހުކުމްތަކާއި ބަންދު އަމުރުތައް ކޯޓުތަކުން ބާތިލް ކުރަން ފެށިއެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ތަފްސީލް

    މީގަ ދެން ތަފްސީލް އެއް އޮންނާނެތަ؟

    23
    1
    • ދޯނި

      ޖެއްސި ހާލަށް ވުރެ ނިކަމެތި ހާލަތެއްގައި... ގާސިމް މިހާރު ކަލެއް ކަމަ ހީވީ ތޯ؟؟

  2. މާމީ

    ބަލަ އެހާލަކީ ގާސިމާ މައުމޫނު ބުނެގެން ނަޒާހައްތެރި ފަނޑިއާރުން އިއްވިހުކުމެއް ﷲ އިރާދަފުޅުން ވަރައް އަވައް ތިބޭފުޅުންނައް އެއައްވުރެ ނިކަމެތިކޮއް ބައްދަލުކުރާނެ.

    97
    8
    • ޢަހޫ

      ޥަގުންވާނީ ވަގުންނަށް ކިތައްމެ ވަރަކަށް ނެށިއަސް.

      8
      11
    • Anonymous

      އިންޝާﷲ.

      10
  3. މާމިގިލީ މީހާ

    މިހާރު ޔާމީނު ކޮޅައް އެބުރުނީ، ތީ ދެ އަތައް އެބުރޭ ބުރުމާ،

    58
    9
  4. ނަސްއޫދު

    ގާސިމަކީ ދެއުޅިއެއްނުވާ އެއްޗެއް! ބަލަ ޚިޔާނާތޭ ކިޔާާއިރު ގާސިމު ފަޅުފަޅާ ރައްތައް ނަގައިގެން ކުލި ނުދައްކައި ކިތައް ފަޅަރަށް އޮތްތޯ މިވެސް ހަމަ ކިޔާނާތް! އެފުޕީއައިޑިގެ ޚިހާތުގެ ފައިސާ ވަންނަމުންދިޔައީ ގާސިމު ކުންފުއްޏެއްގެ އެކައުންޓަކަށްނޫންތޯ؟ ކަންކަން ެިގޭނީ ހަމަ ބިތުފަންގިނެގީމައި! ދެންއޮތީ ފަޑިޔާރުގެއަށް އަތްބޭނުން! މިއީވެސް ޚިޔާނާތެއް! ކީރިތި ގުރާނުގައި އަދުލަށް ހުކުމް ކުރުމަށް މާތްﷲ އަންގަވައިފައިވާއި މިކަމާ ޖެއްސުން ކުރުކުރުމުގެ ގޮތުން "ތިމަންނަމެން ހުކުމެއް ނެރުނީ އެވެސް ކަމަކުނުދިޔަ" މިހެން ވިދާޅުވީ ހަމަ ތިގާސިމު ނުންތޯ!

    32
  5. ސިއާސީ ވަގުން

    ޔާމީނުު އިން ހާލައްވުރެން ނިކަމެތި ހާލެއްގަ 2023ގަ ރައްޔިތުން ގާސިމު ޖައްސާނެ މިހެން މިބުނީ ޔާމީނައް ތާއީދު ކުރާތީއެއް ނޫން އެއީ މިހާރު މިރާއްޖޭގެ ރައްޔިތުންނައް އެނގޭ މިރާއްޖޭގަ ސިއާސީ މީހެއްވެއްޖެއްޔާ އެއީ ބޮޑު ވަގެއްކަން ފަސްބައި ކިލަނބުވެ ފަސްބައިގަ ފަނިއަޅާފަހުރި މީހެއްކަން އެހެން ވީމާ އެފަދަމީހެއްގެ ބަތާ ކައިގެން ތިބޭބައެއްތާ އެމީހުންގެ ބަސް ގަބޫލުކުރާނީ

    24
    2
  6. Anonymous

    ބުރުމާ ކަލޭހެން މަގއްވެއްޓިވެލިކާން ޔާމިންނުއޮންނާނެ

    38
    2
  7. Anonymous

    ރިޝްވަތު ދީގރން ގައުމުގެ ވެރިކަން ވައްޓާލަން އުޅުނީމަ ތަހްގީގަށް ބަންދު ކުރުމަކީ ގާނޫނީ އިންސާފު. އެކަމަކު ހަރާމް ހުކުމެއް ކޮށްގރން އަދުލު އިންސާފު އޮޅާލާ ޖަހައި ﷲ އެންގެވި އެންގެވިގޮތް. "ان الله يومر بلعدل" އާ ހިލާފަށް ނާއިންސާފުން ހުކުމްކޮށް ގައިދުކުރުމަކީ ސިވިލް ބަދަލު ހޯދޭނެ ކަމެއް. ﷲ ތައާލާ ވޮޑިގެންވަނީ ކެތްތެރިންނާއެކު. ރ.ޔާމީނަކީ ކެތްތެރިއެއް. ތިއީ ފިނޑި ދޮގުވެރި ބާޣީއެއް. އިންސާފު އަރާ ކަލެއާވެސް ހަމަކުރާނެ. ކަލޭތީ ފަގީރެއްގެ ގޮތުގަ މިހާރުވެސް ފެންނަކަހަލަ.

    28
    1
  8. Anonymous

    ކަލޭ ތިހުރީ ބަދަލުހިފުމާ ނަފްރަތުގެ އަޅަކަށްވެފަ. ކަލޭގެ މުދަލުގަ ބަރާކާތްކެނޑި ކަލޭ ކުރާ އަޅުކަންތައް ﷲ ތައާލާގެ ހަޟްރަތުގައި ގަބޫލުނުކުރައްވާނެ އަމަލެއްކަން ނެނގޭތަ ހަސަދަވެރިކަމަކީ.
    ﷲ އިރާދަ ކުރެއްވިއްޔާ ކަލެއަށް ދުވަހަކުވެސް މިގައުމުގެ ވެރިކަމެއް ނުލިބޭނެ.

    51
    1
  9. ރަތްވިލާ

    އަހަރެމެންނަށް ޔަޤީންވާ ކަމަކީ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ އަދި މިހާރު ތަންފީޛު ކުރަމުން އެގެންދަވާ ހުކުމަކީ ސީދާ ތިޔަ ޤާސިމުމެން ބަދަލުހިފުމުގެ ގޮތުން ފަނޑިޔާރުންނަށް ރިޝްވަތު ދީގެން އިއްވި ޙުކުމެއްކަމެވެ.

    54
    3
  10. ދިވެހިލޭ

    އަހަރެމެންނަށް ޔަޤީންވާ ކަމަކީ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ އަދި މިހާރު ތަންފީޛު ކުރަމުން އެގެންދަވާ ހުކުމަކީ ސީދާ ތިޔަ ޤާސިމުމެން ބަދަލުހިފުމުގެ ގޮތުން ފަނޑިޔާރުންނަށް ރިޝްވަތު ދީގެން އިއްވި ޙުކުމެއްކަމެވެ.

    40
    2
  11. ވަށްރޮށި

    ޔާމީނުގެ އަދާވާތްތެރިންގެ ހެކިބަހަށް ބިނާކޮށް އޯޑިޔޯ ލީކުވި ގާޒީން ތަކެއް ހުކުމެއްކޮށް ޔާމީނު ޖަލަށް ލީމައި ކޯޗަކަށް އެވީ ، ޔާމީނު ބެހެއްޓުން ނަމަ މާ ރަނގަޅުވީސް މި ވަށްކޮށް ރޮށިދަމާ ރައީސްއަށް ވުރެ މާ ބޮޑަށް ވެސް.

    41
    1
  12. ބޯހަލާކު

    މީފައްކާ މުނާފިގެއް މިބަގަޑު ނިމިގެން ނޫނީ މިޤައުމަށް ހަމަޖެހުމެއް ނެތް

    36
    1
  13. ސސ

    މިކިޔާ ސިޔާސީން ނަކީ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން !

    27
    1
  14. ނ

    ނަހައްޤު ހުކުމެއް ތިބަޔަަށް ނިއިއްވާ. ޖަލުގަވެސް ނުތިބޭ . އެނިކަމެއް ލިބިނުގަނެ ތިބަޔަކު އަރުވާލެވިގެން ތިބިގޮތައް ރާއްޖެއިންބޭރަށް ވަޑާގެންނެވޭނެ ، ރައިސްޔާމީނަށް ޝަރީއަތާއަތާކުރިމަތިލައްވާކަށްއެއީހިތްވަރު ފުޅުގަދަކަން .

    34
    1
  15. ހުސެއިން

    ޔާމީން ކިތައްމެ ނިކަމެތި ހާލެއްގަ ވެސް ގަޓްހުރެގެން ކެތްތެރިވާނެ. ޔާމީން ކޯޓްރޫމަށް ވެއްދީމަ ހޭބަލިވެގެން ރޫމް ތެރެޔައް ނުވެއްޓޭނެ. ޔާމީންނަކީ ގަޓް ހުރި ރައީސެއް.

    48
    1
  16. އަލީ

    ގާސިމް ވެސް އެއިރުއްސުރެން ޓެކުސް ނުދައްކާފަ އުޅުނީ ޔާމީންގެ ވެރިކަން ފަނޑިއާރުންނައް ރިޝްވަތުދީގެން އަމުރުނެގެ ވައްޓާލަން އެކަން ވިތަ؟ މިހާރު ޓެކުސް ނުދައްކާގޮތައް ސޯލިހު އެއޮތީހަދާފަ އެހެންވެ ސޯލިހުވަރެއްނެއް

    35
    1
  17. އަބުދު

    ކަލޭ ދައުލަތް ބލެކް މޭލް ކޮއްގެން އަބަދު އުޅެވޭނެ ކަމައް ހީނުކުރޭ . ޖަލުގަ އުމުރުގެ ބާކީ ހޭދަކުރަންޖެހޭ ލަދުހަޔާތް ކުޑަމީހެއްތީ. ދޮޅު އަހަރު މަޖިލީހައް ނުގޮސް މުސާރަ ކައިގެން ....ފިނޭންސް މިނިސްޓަރަކައް ހުރެގެން މަޖިލީހުގެ މުސާރަ ހައްދުފަހަނަ އަޅާ ބޮޑު ކުރުމުގެ ސަބަބުން މިތާނގަ ހުރިހާ އުފަލެއް ވަކިގިންތި އަކައް ލިބޭ ގޮތްހެދީ.

    30
    1
  18. މަސްއޫދު

    ގާސިމު ހާލުގައި ޖެއްސީ ޔާމީނުއެއް ނޫން! ގާސިމި ހާލުގައިޖެހުނީ އަމިއްލައަށް! ފަޅުފަޅާ ރައްތައް ނަގައިގެން އެތެކެއް އަހަރު ވަންދެކަށް ސަރުކާރަށް ދައްޖެޙޭ ކުލި ނުދައްކައި ތަރަށްގީ ނޮކޮށް ހުރުން ގާނޫނު އަރާހަމަކުރީ!އެފުޕީ އަޑީގެ ޚިޔާނާތުގެ ފައިސާވެސް ޖަމާ ވަމުން ދިޔައީ ގާސިމުގެ ކުންފުނަޏެއްގެ އެކައުންޓަށް! މިދެންނެވިކަންކަން ކުރިނަމަވެސް ސަރުކާރަށް ދައްކަންޖެހޭ ފައިސާ ދެއްކިނަމަ ހާލުގައި ނުޖެހުނީސް!ކޯޓުތަކުން ކުރާ ހުކުމްތަކަށް ނުފޫޒު ފޯރުމަކީ ޚިޔާނާތެއް! ސުޕުރީމް ކޯޓުން " އަހަރެމެން ހުކުމެއް ނެރުނީމައިވެސް އެހުކުމްވެސް ކަމަކުނުދިޔަ" މިގޮތައްވެސް ވިދާޅުވީ ހަމަތިޔަގާސިމު ނޫންތޯ!ހާލުގައި ޖެހެނީ މީހާގެ އަމަލުތަކުން އަމިއްލައަށް

  19. Anonymous

    ގާސިމު ކަލެއަށް ޖެހިފައިވާ ނިކަމެތި ހާލުގެ ހަގީގަތް ކަލެއަށް އިނގޭނަމަތާ؟؟ ތިމެންނަގެ މަސައްކަތުގައިތިބި ނިކަމެތި މުވައްޒަފުންނަށް މުސާރަނުދީ ފައިސާތައް ބަކްކޮށްގެންހުރެ މުޅި މިގައުމުވެސް ތިޔަބުރުމާގެ އަމިއްލަ ގާތަށްދަމަން ބޭނުންވަނީ، ރައީސުންނާއި ފަނޑިޔާރުންނާއި މަޖިލިސް މެމްބަރުންނަށް ރިޝްވަތުދީފަ ބަހައްޓާފަ، ރ ޔާމީނު ވެރިކަމުން ވައްޓަން މީނަ ފައިވިއްދީ ނުގަވާއިދުން ނަގާފައިތިބި ފަޅުތަކާއި ރަށްތަކަށް ދައްކަންޖެހޭ ރައްޔިތުންގެ ޓެކްސްފައިސާ ނުދައްކައިގެން ރ.ޔާމީނު ސަރުކާރުން އެފައިސާ ސަރުކާރަށް ވައްދުވަން އެންގިހިސާބުން، ރ.ޔާމީނު ސަރުކާރުން އަނިޔާ ލިބުނީ އެބަޔަކު އަމިއއލަޔަށް އަނިޔާ ލިބިގަތް މީހުންނަށް ،ހަމަހިލާ ތިއްބާ ހުކުމެއްކުރެވި ޖަލަށްލެވުނު މީހަކު ނެތްކަން ޚޮދު ތިޔަ ގާސިމަށްވެސް އިނގެންޖެހޭނެ. ތިމެންނަ ނަފުރަތުކުރާ މީހަކަށްވެސް އަނިޔާއެއް ނުވަތަ ނިމެތިކަމެއްލިބޭތީ ތިގޮތަށް އުފާކުރުމަކީ ވަރަށް ނާތަހުޒީބު އަދި ތަޢުލީމީ ފެންވަރު ދަށްމީހުންގެ ސިފައެއް.

  20. ލަދުކޮބާ

    ބަލަ ކަލެއަކައްނޭންގޭތަ ނިކަމެތިވާނެކަމެއް ތިއެންމެންވެގެން ތިޔަދިމާކުރަނީ އެންމެ މީހަކާއޭ

  21. ހިބަރު

    ރައީސްޔާމީނުއަށް ހެޔޮހިތުން ހަމްދަރުދީވާނެ ސި ޔާސީ ލީޑަރަކު މިދިވެހިރާއްޖެއަކު މިހާރަކުނުހުންނާނެ ތިއުޅެނީ ހިބަރު ވަދުންސަލާމަތްވާން ލާހިކަކުޅަދާނައެއްނޫން ވިސްނާތިބޭތި!

  22. ރާއްޖެތެރެ

    ރައިސް ޔާމިނޭ ވެލާނާ ނާސިރޭ ތަފާތެއްނެ. ރައްޖެ ތަރައްގީ ކޮއްދިން

  23. Anonymous

    ވިލާއިން މިހާރު މާލޭގަ އެބަހިންގާ ސުޕާރީ ފޯއްޕެކެޓު ވިއްކާފިހާރަތއްވެސް މިީނަ ހިތްފުރޭނީކޮންދުވަހަކުންބާ

  24. އާދަމުގެދަރި

    ހުޅުމާލޭގައި ހުންނަ މެޖިސްޓްރޭޓް ކޯޓު ޞައްޙަ ކޯޓަކަށް ނުވެގެން އެއް ދުވަސްވަރެއްގައި ބަޔަކު އުޅުނު. ނޫސްތަކުގައިވެސް ލިޔުނު. މިހާރު އެ ކޯޓު ޞައްޙަ ކޯޓަކަށްވެ ނިމުނީތަ!

  25. ނޫސްކިޔާ މީހާ

    ގާސިމު މިހާރު ހާދަހާ ހަރަކާތްތެރިޔޭދޯ ނާ ބަލާލާ ކޮންމެ ނޫހެއްގާ މި ފެންނަނީ ގާސިމުގެ ދެއުޅިއެއްނުވާ ވާހަކަތައް ފޮނިބަސްތައް އެކަމަކު އެއްވެސް އޮއްޓަރެއްނުހުރޭ ލަދުގަންނަނީ ބޯގޯސް ، މާތްﷲ އިރާދަކުރެއްވިއްޔާ އަދި މުޅިޤައުމު ހިނިތުންވެލާނެ ދުވަހެއް ދައްކަވާނެ

  26. މުރާދު

    ކަންކަން މެދުވެރިކުރައްވާފަރާތަކީ މާތްﷲ ނާއިންސާފުންނަމަވެސް ޔާމީންބޭފުޅާއަށް ހުކުމްކުރުމަށްއެހުކުމްކުރިފަރާތަށްވެސް އެފުރުސަތުލިބުނީ ﷲ އިރާދަކުރެއްވުމުން ވީމާ، މާދަމާވެސް ގާސިމްނިކަމެތި ހާލަތަކަށް ހިގައިދާނެ ﷲގެއަޅުން އެކަލާގެ ރުހިވޮޑިނުގަންނަވާކަންތަށް ( ޒިނޭކުރުން ވައްކަންކުރުން މަސްތުވާތަކެތިބޭނުންކުރުން ނާއިންސާފުން ހުކުމްކުރުން އަދިވެސްބޮޑެތިފާފަތަކަށްއަރައިގަތުން )އެއީ އެ އަޅުންގެއަމިއްލަބާރުގައި ކުރާކަންތަކެއްނޫން މިދުނިޔެއަކީ އިމްތިހާނުގެ ދުނިޔެއެއް ވީމާ، ތިމާކުރި ޢަމަލުތަކަށް ބައްލަވާ އެންމެފުރިހަމަށް އިންސާފުކުރައްވާނެ ވީމާ، ކަންބޮޑުކުރުމުގެ ނިޔަތުގައިނަމަވެސް ވެއްޓިވަޑައިގަތުމާ، ގައުމު
    ގައުމުގެ އެންބަސީއަށްވަނުމާ އަމިއްލައަށް އެހެންގައުމަކަށް އަރުވާލެވިގެންހުރުމަކީ ބޭކާރުކަމެއް
    މިއީ ރަގަޅަށް ވިސްނަވާފަރާތަކުން ކުރުންއެކަށީގެންވާކަމެއްނޫން ނާއިންސާފުންނަމަވެސް އެތަށްއަަހަރަކަށް މިހާރު ޖަލުހުކުމެއްގައި ހުންނެވި ރައީސް ޔާމީންބޭފުޅާގެ ކެތްތެރިކަމާ ހުންނެވި ސާދާކަމަށް ބަލާލުންއެދެން

  27. އަހްމަދު

    ސޭޓާ ސޭޓައްތިހުރީ ވަރައްބޮޑައްއޮޅިފަ ﷲގެހެޔޮރަހްމަތާއެކު ރައީސް ޔާމީން ހުންނެވީ ވަރަށްޢަޒްމުވަރުގަދަކޮށް އެމަނިކުފާނު ޖަލަށްލެއްވިފަހުން އެމަނިކުފާނުގެތާޢީދު ވަނީވަރަށްބޮޑުތަނުން އިތުރުވެފަ އެމަނިކުފާނަކީ ވަގުސެޓުފިކެޓްހަދައިގެން ރާއްޖެއިން ފުރައިގެންދާނެބޭފުޅެއްނޫން އެކަމުންވެސް އެނގެނީ އެމަނިކުފާނުހުންނެވީ ވަރުގަދަޢަޒުމެއްގައިކަން

  28. ކިކް

    ގާސިމް ކޮންމެހެން ޔާމީނަށް ހަމްދަރުދީވާނެ ކަމެއް ނެތް. ތިޔަ މީހުން ޖަހައިގެން އުޅޭ މަޅިއެއް އެއީ. ޔާމީން ބޭނުންނަމަ މިގައުމުން ފިލައިގެން ދާން ކިތަންމެ ދުވަހެއް ލިބުނު. ޖަލުގަ ހުއްޓާ ބޭރަށް ދާން ފުރުސަތު ލިބުނު. އަންނިހެން ހުކުމަށް ފިލައިގެން ގޮސް ބޭރު ވިލާތެއްގަ އަދި ގާސިމްހެން ހުކުމަށް ފިލަން ގޮސް އެހެން ވިލާތެއްގަ ހުންނާކަށް ޔާމީން ނޫޅުއްވާ. ކެރިގެން ދައުވާތަކާ އެބަ ކުރިމަތިލައްވާ. ސުޕްރީމް ކޯޓާ ހަމައަށް ދަންދެންވެސް ކެތްކުރެއްވީ. ކޯޓަށް އެއްޗެހި ކިޔައި ޖުޑީޝަރީގެ އަގުވައްޓާލައިގެން ސަލާމަތްވާކަށްވެސް ނުއުޅުއްވާ. އެއީ ހިތްވަރު ހުރި މީހުންނަކީ.