މުވައްޒަފުންނަށް އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ސެޓްފިކެޓް ޕްރޮމޯޝަން ދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީއިން ވިދާޅުވީ، ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ފިނޭންސް މިނިސްޓްރީން އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނިގެން މަޑުޖައްސާލައިފައިވާ ސިވިލް ސާރވިސްގެ ފަންނީ ވަޒީފާތަކުގެ އޮނިގަނޑުގައި ތިއްބެވި މުވައްޒަފުންގެ ތެރެއިން ވަކި ފެންވަރެއްގެ ސަނަދެއް ހާސިލްކުރުމުން ދެވޭ ޕްރޮމޯޝަން (ސެޓްފިކެޓް ޕްރޮމޯޝަން) ދިނުމުގެ ކަންކަން އަންނަ މަހުން ފެށިގެން ކުރިޔަށް ގެންދިއުން އެންމެ ރަނގަޅު ކަމުގައި ސިވިލް ސާވިސްއިން އަންގާފައިވާ ކަމަށެވެ.
އަދި ސެޓްފިކެޓް ޕްރޮމޯޝަން ޗިޓް ޖެހި ނަމަވެސް، އެ ޗިޓާ އެއްގޮތަށް މުސާރައާއި އިނާޔާތް ހަމަޖެހިފައިވާ މުވައްޒަފުންނަށްވެސް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޗިޓުތަކުގައިވާ ގޮތުގެ މަތިން މުސާރައާއި އިނާޔާތްތައް ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ސިވިލް ސާވިސް ކޮމިޝަނުން އަންގާފައިވާކަން އެޑިއުކޭޝަނުން ފާހަގަ ކޮށްފައިވެއެވެ.
އަންނަ މަހުން ފެށިގެން އެޑިއުކޭޝަންގެ މުވައްޒަފުންނަށް ސެޓްފިކެޓް ޕްރޮމޯޝަން ދޭން ފަށާއިރު، އެ މިނިސްޓްރީން ވިދާޅުވީ، ޕްރޮމޯޝަން ޗިޓް އެޕްރޫވްވި ތާރީހުން ފެށިގެން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ދޫނުކުރެވި ހުރި މުސާރައާއި އިނާޔާތްތައް ދިނުމާއި ގުޅޭގޮތުން މިހާރު ސިވިލް ސާވިސް ކޮމިޝަނުން ކަމާއި ގުޅޭ އިދާރާތަކާއެކު ކުރިއަށް ގެންދާ މަޝްވަރާތައް ނިމުމުން، އެ ފައިސާ ދިނުމާމެދު ވަކި ގޮތެއް އަންގާނެ ކަމަށެވެ.
ޓީޗަރުންނަށް އެކަނިތަ ކޮބާ އެހެންމުވައްޒަފުން..އަހަރުމެންވެސް ކިޔެވީ އަމިއްލަޖީބުން ޚަރަދުކޮށްގެން...މީ ކޮން އިންސާފެއް މުޒާހަރާއަށް ނިކުންނަންވީ ސީއެސްސީއާ ދެކޮޅަށް ހަމަހަމައަށް ކަންކަން ކުރައްވާ
ރީތީގެ ރާނީ.