ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަންހެން މުވައްޒަފުންތަކެއް ރޭޕް ކުރަން އުޅެފާނެ ކަމަށް ކަމަށް ގަބޫލުކުރަން ވަރަށް ދަތިކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިލް އިމްރާހިމް ވިދާޅުވެއްޖެއެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގުނަވަން ދެއްކި ކަމުގެ ދައުވާއާއި ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ އިތުރު ދައުވާ އެއް ދައުލަތުން ވަނީ އުފުލާފައެވެ. އެހެންކަމަށް ވާއިރު ޖޭޕީގެ ރައީސްކަމުން އަލީ ވަހީދު ވަކި ނުކޮށް ވަނީ ކީއްވެގެންތޯ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް ވަނީ އެ މަސައްކަތް ކުރާނީ ޖޭޕީގެ ކައުންސިލުން ކަމަށް ވިދާޅުވެފައެވެ. އަދި އަލީ ވަހީދުގެ މައްޗަށް އެ މައްސަލަ ސާބިތުވެދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

"އެމަނިކުފާނުގެ މައްޗަށް ޝަރީއަތުގައި ސާބިތެއް ވެސް ނުވޭ. އަޅުގަނޑު ގަބޫލު ކުރާ ގޮތް ނުވެގެނެއް ނޫން މިއުޅެނީ އެމަނިކުފާނު ހުރީ ފްރޭމްކޮށްފަ ނޫން ކަމަށް ވެސް. ބައެއް ފަހަރު އެހެންވެސް ހިތަށް އަރާ. އެހެން ނޫން ނަމަ ކީއްވެގެން ހޭ ނުވާންވީ ކަންތައްތަކެއް ވެގެން މިދަނީ. އިހަށް ދުވަހު ކެންސަލްވެފައި އޮތް ޑިޕްލޮމެޓިކް ޕާސްޕޯޓެއް ކެންސަލް ކުރަން. މިކަހަލަ ކަންކަން ދިމާވީމަ ވަރަށް ދެރަ ވަރު ކަމެއް." ގާސިމް ވިދާޅުވިއެވެ

މީގެ އިތުރުން ޑޮމެސްޓިކް ޕާސްޕޯޓް ކެންސަލް ކޮށްދޭން އެދި ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓާއި ހައި ކޯޓަށް ހުށަހެޅިއިރު އެއީ މާ ކުރިން ވެސް ކެންސަލް ކޮށްފައިވާ ޕާސްޕޯޓެއް ކަން އެނގެން އޮތް ކަމަށް ހައި ކޯޓުން ބުނުމަކީ އެ މައްސަލަ ހިނގާ ގޮތާއި މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ހަތް މައްސަލައެއް ކްރިމިނަލް ކޯޓަށް ވައްދާފައި އޮއްވައި، އެ ކޯޓުގެ ގާޒީ ހަސަން ސައީދު ވަނީ އަލީ ވަހީދު ޕާސްޕޯޓު ހަތަރު މަހަށް ދޫކޮށްލައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހުއްދަ ދީފައެވެ. އެ ހުއްދަ އާއެކު އޭނާ ރާއްޖެ އިން ބޭރަށް ވަޑައިގެންނެވީ ފެބްރުއަރީ މަހުއެވެ. އަލީ ވަހީދު ރާއްޖެ ދޫކޮށް ދިޔަތާ ހަ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

" އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަލީ ވަހީދުގެ މައްސަލަ ނިމޭ އިރު އަލީ ވަހީދު ބޮލުގައި އެއްވެސް ޒިންމާ އެއް އެޅޭނެ ކަމަކަށް އަޅުގަނޑު ނުދެކެން. އެވަރަށް މީހުންނާއި ދޭތެރޭ، އެ ގޮތަށް އަންހެން ކުދިންތަކެއް ރޭޕް ކުރަން މަސައްކަތްކޮށްފާނެ ކަމަށް ވަރަށް އުދަނގޫ ގަބޫލުކުރަން. އެހެންނަމަވެސް ވެދާނެ. ކަމެއް ކޮށްފަވެސް ހުރެވިދާނެ. ބޮޑަށް ގަބޫލު ކުރެވެނީ އެހެންނޭ މިދަންނަވަނީ." ގާސިމް ވިދާޅުވިއެވެ.

.އަލީ ވަހީދު ރާއްޖޭން ބޭރަށް ވަޑައިގަތީ ކްރިމިނަލް ކޯޓުން އެ ކަމުގެ ހުއްދަ ދިނުމުންނެވެ. ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ހުއްދަ އަލީއަށް ކޯޓުން ދިނީ އޭނާގެ ބަދަލުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނުވާ ގޮތަށެވެ.

ޖާމިނުވެފައިވާ އެއްބަސްވުން ހަމަވި ފަހުން ދެން ކޯޓުން އެ މައްސަލަ ގެންދަން ނިންމެވީ އޮންލައިންކޮށް އަލީ ވަހީދު ޝަރީއަތުގައި ބައިވެރިކުރާ ގޮތަށް ކަމަށް ވާއިރު އެ މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން ބަލައިނުގަތުމުން ސުޕްރީމް ކޯޓަށް ވަނީ މައްސަލަ ގެންގޮސްފައެވެ، އަދި ސުޕްރީމް ކޯޓުން އަލީ ވަހީދުގެ މައްޗަށް 12 ދުވަހުގެގެ ހުކުމް ކުރީ އެ ޝަރީއަތަށް ހާޒިރުވާން އަންގާފައިވަނިކޮށް އެ ގޮތަށް އަމަލު ނުކުރުމުން ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލައިގައެވެ.

މި ހުކުމް ވެސް އޭނާގެ މައްޗަށް އިއްވާފައިވަނިކޮށް، އިނގިރޭސިވިލާތުގައި އިނގިރޭސި ފުލުހުން ވަނީ ދާދި ފަހުން އަލީ ވަހީދު ހައްޔަރު ކޮށްފައެވެ. އޭނާ ހައްޔަރު ކުރީ ދިވެހި ނޫސްވެރިންނާ ބައްދަލު ކުރައްވަން ދައުވަތެއް ދެއްވައި ޓްވީޓެއް ކުރައްވާފައިވާ ވަނިކޮށް އެ ބައްދަލުވުން ބާއްވަން އުޅުނު ތަނުގައި ހުންނަވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސަދޫމް

    މިގައުމުގައި އަންހެނުންގެ ކަންކަން އެންމެ ރަނގަޅަށް އެނގޭނެއެކަކު ގާސިމަކީ، ކުރިންވެސް ގާސިމް ވިދާޅުވި އަންހެނަކު ކޮންމެ ފަދަ ދޮގެއްވެސް ހަދާފާނެކަމަށް އެމް.ޕީއަށްކުރެވުނު ގެވެށިއަނިޔާއާއި ގުޅޭގޮތުން. ގާސިމ ބުންޔަސް ހަމަ ތެދެއް އައްޔަ ހުރީ ފްރޭމކޮށްފައި. އެކަންހާމަވެގެން އެބަދޭ

    9
    3
  2. ޙަބަރު

    ކޮބާ ހީވޭކަމެއްހެން، ރައީސް ސޯލިހު އަލީގެ ދިފާއުގައި 17 ނޮވެންބަރު 2020 ގައި ޓީވީ ޕްރޮގްރާމުގައި ވާހަކަ ދެއްކެވި، ރައީސް ނަޝީދު ވިދާޅުވި ތިމަން ބަޔާންތައް ކިޔައިފީމޭ ހަމަ އަޖައިބު ވެއްޖެއޭ އުފުލި ދައުވާތަކުން. މިއަދު ގާސިމް މިބުނީ ހީވެއޭ ފްރޭމްކުރުމެއްހެން

    10
    1
  3. Anonymous

    ކޮބާ ހީވޭކަމެއްހެން، ރައީސް ސޯލިހު އަލީގެ ދިފާއުގައި 17 ނޮވެންބަރު 2020 ގައި ޓީވީ ޕްރޮގްރާމުގައި ވާހަކަ ދެއްކެވި، ރައީސް ނަޝީދު ވިދާޅުވި ތިމަން ބަޔާންތައް ކިޔައިފީމޭ ހަމަ އަޖައިބު ވެއްޖެއޭ އުފުލި ދައުވާތަކުން. މިއަދު ގާސިމް މިބުނީ ހީވެއޭ ފްރޭމްކުރުމެއްހެން.ދެން އެމް.އެމް.ޕީ.އާރް.ސީގެ ކުރީގެ ދިފާއީވަކީލް ކޮން ދޮގު ދައުވާތަކެއް އަލީގެ މައްޗަށް މިއުފުލަނީ؟ ކާކުގެ އޯޑަރަކަށްތޯ؟

  4. ސަލަފް

    އަލީވަހީދު މީނަގެ ވާހަކަ ދަައްކަފާނެތީ މިހާރު މޭކަރަނީތަ!

    13
    1
  5. ޙެހެ

    ޙީވޭ ނަހުލާގެ ވާހަކައެއް އަލީވަހީދު ދައްކަން އުޅޭހެން ...އެހެންވެ ބިރުގަތީ

  6. މީނަ

    އަލީވަހީދު ބަދުނާމުކުރަން ކުރިން ގާސިމު އުޅެފައި މިހާރު މިގޮތަށްކިޔަނީ ބޭޒާރުވެދާނެތީ ބިރުން

  7. ކޮރަލް

    ގާސިމް ގެ ސިއްރު ތަކެއް ހާމަވެދާނެ ތީ ބިރު ގަތީ ބާ ވަ އެވެ.

  8. އަލިބެއްޔާ

    ކޮށްފަހުރި ކަމެއް ކޮށްފައި ހުރީ ގަދަކަމުންނެއް ނޫން.. ފަޅާ އެރުމުން ދެން މޮޅެތި ވާހަކަ ދައްކަނީ.. އެތާ ތެރޭގައި އުޅުނީ ބޮޑެތި ބަޑިން..

  9. ބެއްޔާ

    އަލީ ވަހީދު އަންހެން މުވައްޒަފުންތަކެއް ރޭޕް ކުރަން އުޅެފާނެ ކަމަށް ކަމަށް ގަބޫލުކުރަން ވަރަށް ދަތި. ގާސިމް. އެހެންވިއްޔާ ފިރިހެން މުއައްޒަފުން ތަކެއް ރޭޕް ކުރަން އުޅެފާނެކަމަށް ގާސިމު ގަބޫލުކުރޭތާ؟

  10. އަޙްމަދު

    ގަދަކަމުން ނުރުހުމުގައި އެކަން ކުރިނަމަ އޭގެ އެނެއްދުވަހު އެކަން ނޭންގީ ކީއްވެ! އެނާއާއި އެކު މާޖާކުރުމުގައި މައްސަރަކަށް ވަނީ ގިނަދުވަސްކޮށް ދެން މައްސަލަ ޖެއްސުމުން އެހެން މާނައެއްވެސް ނެގިދާނެ! ލޮކްޑައުން ކޮށްފައި މުވައްސަފުން ގެއިން މަސައްކަތް ކުރަން ފޮނުވީމާ ކީއްވެތޯ އެނާއާއި އެކީ ހޮޓަލަކަށް ދިޔައީ! މީހާރު އެއުޅެނީ ލާރިގަނޑެއްގެ މައްސަލަ ޖެހިގެންހެން މަށަށް ހީވަނީ!!

  11. ވިސްނާ

    ރުހުމުގެލޮލަކަށް އައިބެއްނުފެންނާނެކަމަށް ހަރުބަހެއްގަ ބުނަނީމިހެންވެ ގާސިމް ތިހެންދެކި
    ލެއްވިއަސް މިނުބައިބޮޑުޖަރީމާނުހިންގާކަމަށްޢަލީވަހީދުބުނުއްވާ ނުކުރައްވާކަމެއްފެތުރުނަތީވެ
    އެކަމުގެ ދިފާއުގައި ......