ނަފްސާނީ ދުޅަހެޔޮ ކަމުގެ ދާއިރާއިން މީހުން ބިނާ ކުރުމުގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލާން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއުލާން ކޮށްފިއެވެ.
ކިޔެވުމަށް ހިނގާ ހުރިހާ ޚަރަދެއް ދިވެހި ސަރުކާރުން ކުރާގޮތަށް ހަމަޖައްސާފައިވާ 46 ސްކޮލަރޝިޕް ފުރުސަތެއް ހުޅުވާލައިފައިވެއެވެ. އަދި މި ސްކޮލަރޝިޕްތަކުގެ ތެރެއިން ކޮންމެ ސްކޮލަރޝިފެއްވެސް ވަނީ އެ ސްކޮލަރޝިޕެއް ފުރިހަމަ ކުރާ ދަރިވަރު ދައުލަތުގެ ކޮންމެވެސް މުއައްސަސާއަކުން ކަނޑައަޅާ ތަނެއްގައި ޚިދުމަތްކުރުމަށް އެ މުއައްސަސާއަކަށް އެލޮކޭޓްކޮށްފައި ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
އެހެންކަމުން، އެ ސްކޮލަރޝިޕެއް ފުރިހަމަކުރާ ދަރިވަރަކު އެ ސްކޮލަރޝިޕެއް އެލޮކޭޓްކޮށްފައިވާ މުއައްސަސާއިން ކަނޑައަޅާ ތަނެއްގައި ވަކި މުއްދަތަކަށް ޚިދުމަތް ކުރުމަށް ބޮންޑް ކުރެވޭނެއެވެ:
މިގޮތަށް ހަމަޖައްސާފައިވަނީ މާލެއާއި އަތޮޅުތަކުގައި ޚިދުމަތްކުރުމަށް މި ސްކޮލަރޝިޕްތަކުގެ އެހީގައި މީހުން ތަމްރީންކުރުމުގެ ބޭނުމުގައި ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
ސްކޮލަރޝިޕް ފުރުސަތުގެ ދަށުން ކިޔެވޭނެ ކޯސްތަކުގެ ތެރޭގައި މާސްޓަރސް އިން އެޑިކްޝަން ސްޓަޑީޒް / އެޑިކްޝަން މެނޭޖްމަންޓް، މާސްޓަރސް އިން ނާރސިންގ (ސައިކިއޭޓްރިކް ނާރސިންގ/ މެންޓަލް ހެލްތް ނާރސިންގ)، މާސްޓަރސް އިން ކްލިނިކަލް ސައިކޮލޮޖީ، މާސްޓަރސް އިން ކައުންސެލިންގ / ސައިކޮތެރަޕީ، މާސްޓަރސް އިން ސައިކިއޭޓްރީ އަދި މާސްޓަރސް އިން ލާރނިންގ ޑިސްއެބިލިޓީސް ހިމެނެއެވެ.
މިނިސްޓްރީން ވިދާޅުވެފައި ވަނީ ސްކޮލަރޝިޕް ފުރުސަތަށް އެދެވޭނީ ވަކި ޝަރުތުތަކެއް ފުރިހަަމަވާ ފަރާތްތަކަށް ކަމަށެވެ.
ކޯސްތަކުގައި ބައިވެރިވާން އެދޭ ދަރިވަރުންގެ ކިބައިގާ ކޮންމެހެން ފުރިހަމަވާން ޖެހޭ ޝަރުތުތަކަކީ:
- ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލުކޮށްފައިވުން ނުވަތަ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު (އެމް.އެން.ކިޔު.އެފް)ގައި ވާގޮތުން، މާސްޓާރސް ފެންވަރުގެ ކޯހެއްގައި ބައިވެރިވުމުގެ ޝަރުތު ފުރިހަމަވުން.
- އެ ދަރިވަރަކު ކޯސް ފުރިހަމަ ކުރުމަށް އެދޭ ޔުނިވަރސިޓީ ފަރާތުން ކަނޑައަޅާ ކްރައިޓީރިއާ ފުރިހަމަވުން.
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ ކޯހެއްގައި ބައިވެރިވާން އެދުން.
ސްކޮލަރޝިޕްތަކާއި ގުޅޭ އިތުރު މަޢުލޫމާތު ވެބްސައިޓުއިންނާއި، މިނިސްޓްރީގެ 3026950 ނަންބަރު ފޯނުން ސާފުކުރެވޭނެއެވެ.
ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއިން ސްކޮލާޝިޕް ދެމުންދާއިރު މިހާރުވެސް މިއުޅެނީ ލ.ގަމުން މާބަނޑު އަންހެނެއް ބަނޑަށް ދަރިފުޅު މަރުވެގެން، ހުޅުމާލެ ފެސިލިޓީން އޮބިނޯންނަވަރަށް މީހުން މަރުވަނީ. ކޮވިޑޭ ކިޔައިގެން ފަރުވާއަށް އެޑްމިޓްވާ މީހުންވެސް ސަރުކާރު ހޮސްޕިޓަލް ތަކުން މަރުވާން ދޫކޮށްލަނީ. ގައުމު ހަލާކުވެއްޖެ.
ރަނގަޅު ތީ ކޮންމެހެން ކުރަންޖެހިފަ އޮތްކަމެއް!!! އެހެން ނޫންނަމަ ކަލޭނެން އަބަދު މިގައުމު ފޭރެމުންދާއިރު ހަދާހާ ދޮގު ގަބޫލު ކޮއްގެން ދިދަ ހިފައިގެން ފަހަތުން ނުހިނގާނެ. ދެޕާޓީގެ އިސް އެއްމެން ތިބޭނީ ޖަލުގަ. ޗބބ
މިރާއްޖޭގައި ވަރަށް ގިނަ ތިޔަ ބުނާ ނަފުސާނީ ބަލީގެ މީހުން ވީމާ ހުރިހާ މީހުންވެސް ނަފުސާނީ އިލްމު އުގެނެން އެބަޖެހޭ !