ފޭސްބުކް ގައި "ވަގުތު" ލިންކްތަކުން ވެބްސައިޓަށް ވަންނައިރު ލޯޑްވުން ލަސްވާނަމަ އެކަން ހައްލުކުރާނެ ގޮތް "ވަގުތު" އިން ހާމަކޮށްފިއެވެ.

"ވަގުތު" އިން ބުނީ އައިފޯން ބޭނުންކުރާ ބައެއް ކިޔުންތެރިންނަށް ފޭސްބުކް މެދުވެރިކޮށް "ވަގުތު" ވެބްސައިޓްގެ ލިންކްތަކަށް ވަނުމުގައި ލަސްކަމެއް ދިމާވާކަމަށް ބައެއް ކިޔުންތެރިންގެ ކިބައިން މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"ވަގުތު" އިން ބުނީ އެކަން ހައްލު ކުރުމަށް ޑީއެންއެސް ބަދަލު ކުރަން ޖެހޭނެއެވެ. ޑީއެންއެސް ބަދަލު ކުރުމުން އިތުރު މައްސަލައެއް ދިމާނުވެ ވެބްސައިޓަށް ވަދެވޭނެއެވެ.

ބްރައުޒާ އިން "ވަގުތު" އަށް ވަންނައިރު ޑީއެންއެސް ބަދަލު ނުކުރި ނަމަވެސް އެއްވެސް މައްސަލައެއް ދިމާނުވެ "ވަގުތު" އަށް ވަދެވޭނެއެވެ. ނުވަތަ ފޭސްބުކް ލިންކް ހުޅުވާއިރު ބްރައުޒާ އިން ލިންކް ހުޅުވޭ ގޮތައް ސެޓިން ބަދަލު ކުރުމުން ވެސް އެއްވެސް މައްސަލައެއް ދިމާނުވެ "ވަގުތު" އަށް ވަދެވޭނެއެވެ.

"ވަގުތު" އިން ބުނީ ވެބްސައިޓް ބޭނުން ކުރުމުގައި ބައެއް ފަރާތްތަކަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ޓެކްނިކަލް މުވައްޒަފުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. ވެބްސައިޓަށް ވަނުމުގައި ލަސްކަމެއް ތަޖުރިބާކުރަން ޖެހޭނަމަ އެކަން "ވަގުތު" އަށް އަންގައި ދިނުމަށް "ވަގުތު" އިން އެދެއެވެ.