16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވެނީ ފުލުހެއްގެ މައްޗަށްކަން "ވަގުތު" އަށް ކަށަވަރު ވެއްޖެއެވެ.

ފުލުހުން މިއަދު ހެނދުނު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންގެ ސައުތު ޕޮލިސް ޑިވިޝަނަށް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ. މިމައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުން ކަމަށް ވިދާޅުވުން ފިޔަވައި މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ. ސައުތު ޕޮލިސް ޑިވިޝަންގައި ހިމެނެނީ އައްޑު އާއި ފުވައްމުލަކެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުސް މީހާ ޖިންސީ ގޯނާކޮށްފައި ވަނީ އޭނާގެ އަނބިމީހާގެ ދައްތަގެ ދަރިއަކަށެވެ. އެއަންހެން ކުއްޖާއަށް ފުލުސް މީހާގެ ފަރާތުން ޖިންސީ ގޯނާ ލިބެމުން އަންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ފުލުސް މީހާ އަކީ އަންހެން ކުއްޖާގެ ރަށު މީހެއް ނޫނެވެ. ކުއްޖާ އަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވުމާއިއެކު އޭނާ ރޭ ވަނީ ގެއިން ނިކުމެގެން ގޮސްފައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިދިޔަ ހަފްތާގައި ވެސް ކުޑަ އަންހެން ކުއްޖަކަށް ދޮންބައްޕަގެ ފަރާތުން ޖިންސީ އަނިޔާތަކެއް ލިބުނު މައްސަލައެއް ފުލުހުންނަށް ހުށަހެޅިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރަޝީދު މޫސާ

    އަވަސް ގޮތަކަށް ހުކުމްކޮށް އަންހެނުން ކުދިން ނުފެންނަ ތަނަކަށްލާފައި ބަހެއްޓުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލަން..

    34
    2
  2. ޤައުމު

    ތި ފުލުހުންނަކީ ބަންގާޅިންނައްވުރެ ދަށުދަރަޖައިގެ ބައެއް މިހާރު.. ލަދުން ބޯހަލާކު ހުވާ! ކީއްކުރާނީ މީވެސް ދިވެހިރާއްޖޭގެ ހާލަތު🙆‍♂️🙆‍♂️

    58
    9
    • އާލިމް

      އެންމެނަށް އާންމުވާ ގޮތައް ތިކަހަލަ ވާހަކަ ނުދައްކަވާ. އެންމެން އެއްގޮތެއް ނުވާނެ. އަހަންނަށް އެނގޭ ހީވެސް ނުކުރާވަރަށް މިކަންކަމާ ދެކޮޅަށް މަސައްކަތް ކުރާ ފުލުހުންވެސް. ފާޅުގަޔާއި ސިއްރުގައިވެސް.

      14
      7
  3. އައްނާއިބު އާދަމް

    އިސްލާމީ ދިވެހި ޤައުމު ގެ ޙާލަތު. ކީއްކުރާނީ....
    ޅެންވެރިޔާ ވިދާޅުވަނީ:
    ދުނިޔޭގެ އުނުފޭރާމަކީ
    މަކަރާއި ހީލަތްތެރިކަމޭ،
    އެކަމުން ފޮރުވި ފަރުދާވަނީ
    ކުލުނާއި އިޚްލާސްތެރިކަމޭ
    ދުނިޔޭގެ ހިތުގެ އަރާމަކީ
    ޖިންސާއި ޝަޙްވަތްތެރިކަމޭ،
    އެކަމުން ކަފުންވެވެމުންދަނީ
    އަބުރާއި ޢިއްފަތްތެރިކަމޭ

    8
    1
  4. އަހުމަދު

    ތިވަރުގެ ބަޔަކު އަމަން ބަލަހައްޓަން ތިބޭ ތަނެއްގެ ވާހަކަ ވޮށްއަލިވާ ހިސާބުގަ ނުދެއްކިއްޔާ ރަނގަޅުވާނީ. ކުދަކުދިންނާ ބެހެނީ ، މީހުންގެ އަނބިންނާއި ބެހެނީ ، މަސްތުވާތަކެތި ވިއްކާ މީހުނާ ގުޅިގެން އެކަން ކުރަނީ. މިއޮތީވާ މުއައްސަސާއެއް

    10
    1
  5. ހުރަތި

    ތިކަން ލޯކަލް މްސްމާރުކޭޓަށް، އީޕީއޭ އަށް، ނޫނީ ޕެޓްޝޮޕަށް ހުށައަޅަން އަވަހަށް ބުނެދީ

  6. ނަންރީތި ސަލީމް

    ރައްޔަތުންގެ ލޯބިލިބިއްޖެޔޯ ފުލުހުންނައް ހަމީދުބުނީ މިވަރައްލޯބިލިބޭނީދޯ

  7. އަހުން

    ބަލަގަ ފުލުހުންގެ ތެރޭގައި މިހާރަކަށް އައިސް ކުޑަކުދިންނާއި ގުޅޭ މައްސަމަތައް ހާދަހާ ވާ ގިނައޭ.އެހެންތާ ވާނީ 0 ޓޮލަރޭންސް ގެ ތެރެއިން ފުލުހުން ހިންގާ މިބާވަތުގެ ޖަރީމާތައް ނުބަލާ.ބަލަންތިބޭ އެންމެ ފަހުން ކުށްވެރި ވާނީ އެކުއްޖާ...
    ކޮބާތަ އިހަކަށް ދުވަހު 08 އަހަރުގެ ކުއްޖަކަށް އަނިކުރި މަންމަ އާއި ދޮންބައްޕަ؟ޔަގީނޭ އެމީހުންގެ މައްސަލަވެސް އޮއްބާލީކަން....
    ޕީ.ޖީ ޝަމީމު ކޮބާ؟ އެޗް.އާރު.ސީ.އެމް ކޮބާ؟ އެން.އައި.ސީ ކޮބާ؟ސީ.ޕީ ހަމީދު ކޮބާ؟ޖެންޑާރ ދައިތަ ކޮބާ؟ އެންމެން އަހަރެމެންގެ ފައިސާ ކައިގެން ނިދާފަ.
    އެހެނަސް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މިފަދަ ކުޑަކުދިންގެ މައްސަލަ ބަލާނެ ކަން ކަށަވަރު. އެޖެންޑާ 19