ސަރުކާރުގެ ސްޓްރެޓީޖިކް ޕްލޭންގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ދިވެހިންގެ ޑިޖިޓަލް އައިޑެންޓިޓީ އެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އިދާރާތަކަށް އޮންލައިންކޮށް ހުށަހެޅުންތައް ހުށަހެޅުމާއި، ޚިދުމަތަށް އެދުން އަދި ޝަކުވާ ހުށަހެޅޭ ގޮތަށް އެކުލަވާލާފައިވާ "ގޮވް ޑޮޓް އެމްވީ މެސެޖް" ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ކުރިއަރާފައިވާ ގައުމުތަކުގައި ޚިދުމަތްތައް ދިނުމާއި، ކަންކަން ވިލަރެސްކުރުން ކުރިއަށް ދަނީ ޑިޖިޓަލްކޮށްކަން ފާހަގަކުރައްވާފައެވެ.

އެހެންކަމުން ކުރިއަރާފައިވާ ގައުމުތަކައި އަރާ ހަމަކުރަން ބޭނުން ނަމަ ރާއްޖޭގައި ދޭ ޚިދުމަތްތައް ވެސް ޑިޖިޓަލްކުރަން ޖެހޭ ކަމަށާއި، އެ މަސައްކަތުގެ ތެރެއިން ދިވެހިންގެ ތެރެއިން ކޮންމެ މީހެއްގެ ޑިޖިޓަލް އައިޑެންޓިޓީ އެއް އެކުލަވާލުމުގެ މަސައްކަތް ކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ޑިޖިޓަލް އައިޑެންޓިޓީ އެއް ތައާރަފްކުރެވުމުން ޚިދުމަތް ހޯދުމުގައި ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެން ދާނެ. ޑިޖިޓަލް އައިޑެންޓިޓީ އެއް ތައާރަފްވެގެން އަންނަ އިރު ގާނޫނީ ގޮތުން ވެސް ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތި ވެދާނެ. އެކަމަށް ދުރާލާ ހައްލެއް ހޯދުމަށް އިލެކްޓްރޯނިކް މުއާމަލާތުގެ ބިލެއް މިހާރު ވަނީ މަޖިލީހަށް ހުށަހަޅާފަ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޚިދުމަތްތައް ޑިޖިޓަލް ކުރާ އިރު އެންމެ ބޮޑަށް ވިސްނަން ޖެހޭ ކަމަކީ ވަކިވަކި ފަރުދުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުން ކަމަށެވެ. މީގެ އިތުރުން އިންޓަނެޓް މެދުވެރިކޮށް ހިންގާ ޖަރީމާތައް ހުއްޓުވުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށާއި އެފަދަ މައްސަލަތައް ހުއްޓުވާ، ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދިނުމުގެ ގޮތުން ޑޭޓާ ޕްރޮޓެކްޝަން އެންޑް ޕްރައިވެސީގެ ބިލަކާއި، ސައިބަ ކްރައިމްގެ ބިލެއް ފަރުމާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު ތައާރަފް ކުރި "ގޮވް ޑޮޓް އެމްވީ މެސެޖު"ގެ ޚިދުމަތާއި އެކު ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް އާއްމުން ބޭނުންވާ ޚިދުމަތަށް އެދެވުމާއި، ޝަކުވާ ހުށަހެޅުމަށް މަގުފަހިވެގެން ދާނެ ކަމަށާއި އެއީ ރައްޔިތުންނަށް ލިބޭ ފަސޭހަ އެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އޮފީސް ހުޅުވެންދެން އިންތިޒާރު ނުކޮށް ސަރުކާރަށް ހުށަހަޅަން ބޭނުންވާ ކަންކަން ހުށަހެޅުމުގެ ފުރުސަތު 24 ގަޑިއިރު ހުޅުވާލެވިފައި ވުމަކީ ރައްޔިތުންނާއި ސަރުކާރާއި މެދު ކުރެވޭ މުއާމަލާތްތައް އަވަސްކޮށްދޭނެ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެ ޚިދުމަތް ފުރިހަމަ ކުރެވޭނީ ޚިދުމަތްދޭ މީހުންގެ މަސައްކަތް އަވަސްކޮށްގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އޮފީސްތަކުން ކަން ނިންމާ އާއްމު ރައްޔިތުންނަށް ޖަވާބުދީގެން. އާއްމުން ހުށަހަޅާ ކަންކަން އިތުރު ބުރައެއް އުފުލަން ނުޖެހި އިންތިޒާމް ކުރެވިގެން. ގޮވް ޑޮޓް އެމްވީގެ މެސެޖު ތައާރަފް ކުރުމާއި އެކު ޚިދުމަތް ދިނުމަށް ހޭދަވާ މުއްދަތު އެނގޭނެ ޗާޓަރތައް އާއްމުކޮށް، އެ ޗާޓަރތަކާއި އެއްގޮތަށް ޚިދުމަތް ދެވޭކަން ޔަގީން ކުރާނެ ނިޒާމެއް އެކުލަވާލާނެ." ރައީސް ވިދާޅުވިއެވެ.

މިއަދު ތައާރަފް ކުރި "ގޮވް ޑޮޓް އެމްވީ" މެސެޖު މެދުވެރިކޮށް އިންޓަނެޓް ލިބޭ ކޮންމެ ވަސީލަތެއް މެދުވެރިކޮށް ވެސް ސަރުކާރަށް ހުށަހެޅުންތަކާއި، ލިޔުންތަކާއި ޝަކުވާ ހިއްސާކުރެވޭނެއެވެ. އަދި އެ ހުށަހެޅުމަކާއި ނުވަތަ ޝަކުވާއަކާއި މެދު އަމަލު ކުރާނެ ގޮތާއި، އެ ހުށަހެޅުންތައް ކުރިއަށް ދާ ގޮތް އޮންލައިންކޮށް އެނގެން ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ދިސްވޭ

    ކޮބާތޭ ޑިޖިޓަލް ދުނިޔެ އަށް ދިވެހިރާއްޖެ ސްޕެޝަލީ ކެބިނެޓް މިނިސްްޓަރުންނާއި ރައީސް އަހުލުވެރި ވަމުންދާ ކަމުގެ ނިޝާންތަކަކީ ނެތް ފެންނާން ރައީސް އިބޫ ކިއެއްކުރަންތޭ ރިބަން ފަށް ކަނޑާލަން ދައުލަތުގެ ބަޖެޓުން ބޮޑެތި ޚަރަދު ތައް ކޮށްގެން ދަތުރު ކުރަންވީ އެކަން ކުރެވޭނެއޭ ރައީސް އޮފީސް ތެރޭގައި ތިބެގެން ވެސް ޒޫމް މެދުވެރިކޮށް ނުވަތަ ގޫގުލް މީޓް ނުވަތަ އެނޫންވެސް އެޕްލިކޭޝަންސް މެދުވެރިކޮށް އެއިން އެއްވެސް ވަސީލަތެއްގެ ބޭނުން ސަރުކާރުން ހިފާ ތަން ނުފެނެއޭ ދައުލަތުގެ ބަޖެޓުން ބޮޑެތި ޚަރަދު ކޮށްގެން ރާއްޖެތެރެއަށް ބޭކާރު ޚަރަދު ކުރުމޭ ރައީސް އިބޫ ކުރައްވާ ކަމަކީ ދެން ރާއްޖެތެރޭ ކައުންސިލަރުން ދައުލަތުގެ ބަޖެޓުން ބޮޑެތި ޚަރަދު ކޮށްގެން އެމެން ގެންނަން ޖެހޭތޭ މާލެ އަށް އެމެން އެތިބޭ ރަށެއްގައި ތިއްބަސް ރައީސަށް އެމެންނާއި ބައްދަލު ކުރެވޭނެއޭ ޒޫމް މެދުވެރިކޮށް ނަމަވެސް ސަރުކާރު ފުރަތަމަ މިކަން ކުރަންވީ ސަރުކާރުން ނުކުރޭ މިއިން ކަމެއް ދެން ހަމަ ޕްރޮޕެގެންޑާއޭ ފަތުރަނީ...

  2. ލުކްވެލް

    ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެއް ދެ އަހަރުގެ ތެރޭގައި ގާއިމުކުރުމުގެ ކުރިން މާލޭގައި ތިބި ތިޔާ ދާއިރާގެ މީހުންނާއި މިނިސްޓަރު މަޝްވަރާ ކުރިތޭ ނޫން ނުކުރޭދޯ މިހާރުވެސް ސަރުކާރުން ހަދައިގެން އުޅޭ އެކްސްޕެޓް އޮން ލައިން ސިސްޓަމް އެއީ 10 އަހަރު ވެއްޖެއޭ އެގަނޑަ ތެޅޭތާ އަދި ވެސް އެފުރިހަމަ އެއް ނުވެއޭ ދެއިރު ދެދަޅަ އަށް އެބަދަލު ކުރާނެއޭ ސަރުކާރުން ކުރިން ބުނި ހުރިހާ އޮފީސް ތައް އެއްވިއުގައަކުން ގުޅުވާލާނަމޭ އެކަމެއް ވެސް ނުވެއޭ ފަށާފައިވާ އެއްވެސް ޚިދްމަތެއް ފުރިހަމައެއް ނުވޭ އާ ޚިދްމަތް ތައް ފަށަނީ ކިއެއްކުރަންތޭ ފުރަތަމަ ސަރުކާރުގެ ހުރިހާ އޮފީސް ތަކުގެ ވެބް ސައިޓް ރަނގަޅު ކޮށްބަލަ އެއިރުން މާ ތާހިރުވާނެއޭ ފުރަތަމަ ތިމާވެށި މިިނިސްޓްރީގެ ވެބް ސައިޓް އަޕްޑޭޓް ކޮށްބަލަ އެއީ ނޫންތޭ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ...

  3. ބަލާތި

    ކޮމިއުނިކޭޝަން މިނިސްޓްރީ އެއް ހުންނަ އިރު ރާއްޖޭގައި ފިނޮޅެއް އޮތަސް އެތަނުގައި ޖޮބް ސެންޓަރެއް ގާއިމް ކުރުމުގެ އެއްވެސް ބޭނުމެއް ނުފެނޭ އަމިއްލަ ބަޔަކު އޮޕަރޭޓް ކުރާ ޖޮބް މޯލްޑިވްސް ހުންނަނީ މާލޭގައި އެކަނި އެތަނުން ހުރިހާ ރިސޯރޓްސް ތަކަށް ބޭރު މީހުން ދެމިގަންނަނީ ބަދަލުގައި ސަރުކާރުގެ ޖޮބް ސެންޓަރަށް ރިސޯރޓްސް ތަކުން އެޕްލައި ކުރާ ހުރިހާ ސީވީސް ތައް ފޮނުވާ ގޮތަށް ނިޒާމް ރޭވިފައި ހުންނަނަމަ މިއަދު ރާއްޖޭގެ ހުރިހާ ރިސޯރޓްސް ތަކުގައި މަހަކު 12 ހާސް ޑޮލަރު ނަގައިގެން ތިބޭނީ ދިވެހި ޖީއެމް މެންނޭ މިރާއްޖޭގެ ރިސޯރޓްްސް ތަކަށް ބޭރު ޖީއެމް މެން ގެންނަނީ އެއީ ދިވެހިން ނުލިބިގެން ނޫނޭ އެއީ ދިވެހިންނަށް އެފުރުސަތު މަޓީގެ އެގްޒެކްޓިވް ބޯރޑުން ދޭން ބޭނުން ނުވަނީއޭ...

  4. އަގައާއިއަތާދިމާނުވާތީ

    ތީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފަ އޮތް ކަމަކީ. ޝުކުރިއްޔާ ތަންދޮރުދަންނަ ރައީސް.

  5. އަލިފް ހ

    ހެޔޮނުވާނެ ލައިސަންސް ނަގާފަ އޮން މީހާ އެ ދުއްވާ އިރުގަ އަތުގައި އެ އަޅުވާފައި ނެތަސް އެއީ ލައިސަންސް ނެތް މީހެކޭ ނުކިޔާނެ ގޮތަކަށް ކަންތައް ކޮށްބަލަ! ސަރުކާރުގަ ނޫނީ ޕޮލިހުން ގާތު ބުނެބަލަ އޭނާ އަކީ ލައިސަންސް ނަގާފައި ވީނަމަވެސް ދުއްވި އިރުގަ އަތުގަ ނެތް މީހެއް ކަމަށް ބުނާށޭ!

  6. ިވިސްނަބަލަ

    ސަރުކާރުގެ މިނިސްޓަރުންގެ ވިސްނުން ބަދަލު ކުރަން އެބަޖެހޭ ރައްޔިތުންނާއި ގާތުން ވެރިކަން ކުރަން ދަސްކުރަން ސަރުކާރުގެ މިނިސްޓަރުން މިއޮޕަރޭޓް ކުރާ ގޮތަކީ އެއީ ކޮންމެ މިނިސްޓްރީ އެއްގައި ތިބޭ ޕީއެސް މެންނާއި އަދި ސިވިލް ސާރވިސްގެ އިސްމަގާމް ތަކުގައި ތިބޭ މީހުން ބުނާ ގޮތަށް މިނިސްޓްރީ ތައް ހިންގުމޭ ބަދަލުގައި މާލޭގައި އުޅެއޭ އައިޓީ ދާއިރާގެ ތަޖްރިބާ ކާރުން ކިއެއްތޭ ވާނީ މިނިސްޓަރު އައިޓީ ދާއިރާގައި މަސައްކަތް ކުރާ ފަރާތް ތަކަށް ދިމާވެފައިވާ ދަތިތައް ބަލަން އެމެންނާއި ބައްދަލު ކުރިއްޔާ އެކަން މިނިސްޓަރު ކުރަން ވެއްޖެނަމަ ވަރަށް ބިޒީ ވަގުތެއް ނުވޭ އެކަމަކު މާލެ ސިޓީ ކައުންސިލަށް ވަގުތުވޭ އެކަން ކުރަން ދެން ކިއެއްވެތޭ މިނިސްޓަރުންނަށް ވަގުތު ނުވާންވީ މިނިސްޓަރުން ހަމަ ކަންނެތް ވެފައި ރައްޔިތުންނާއި ގާތުން ވެރިކަން ކުރަން ބޭނުން ނުވަނީއޭ އެންމެ މިނިސްޓަރަކު ވެސް މިގޮތަށް އިސްނަގާ ތަނުން ދެން ތިބި މިނިސްޓަރުން ވެސް އެކަން ކުރަން ފަށާނެއޭ ނަތީޖާ އަކީ ސަރުކާރާއި ރައްޔިތުންނާއި ގާތް ގުޅުމެއް އުފެދުމޭ މިރާއްޖޭގައި ހުންނަ ރައީސް އޮފީސް އެއީ ކިއެއްކުރާ ތަނެއް ކަން ވެސް ރައްޔިތުންނަށް ނޭގެއޭ...

  7. އަގައާއިއަތާދިމާނުވާތީ

    ތީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފަ އޮތް ކަމަކީ. ޝުކުރިއްޔާ ތަންދޮރުދަންނަ ރައީސް.
    ގަޑުކޮޅުގަ ލިޔެދީފަ އޮތީ އެހެންތޯ ޔަގީންކޮށްލައްވާ.

  8. މެން

    އެހުރިހާ މައުލޫމާތެއް އޭރުން އިންޑިއާއައް ދޭންފަސޭހަވާނެ އެމަޢުލޫޟާތުކޮލުވެސް ވިކާލަން........

  9. ތަމެންދޯ

    ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމްކުރަނީ ނަމަ ތިޔާއީ މަމެން ހައިރާންވާ ކަމެއް ނޫނޭ ސަރުކާރުން ދެން ނޫހުގެ ފަލަސުރުޚީން ޖާގަ އެއް ހޯދަން ވެގެން ކޮންމެވެސް ކަމެއް ކޮށްލަނީއޭ އެކްސްޕެޓް އޮންލައިން ނިޒާމް ަކޮމިއުނިކޭޝަން އޮތޯރިޓީގެ ބެލުމުގެ ދަށުން ހިންގާތާ 10 އަހަރުވަނީއޭ އަދިވެސް އެނިޒާމް ފުރިހަމަ ނުކުރެވެއޭ ސަރުކާރުގެ އޮފީސް ތައް އެއް ވިއުގައަކުން ގުޅުވާލާ ނިޒާމަށް ވެސް 5 އަހަރުވަނީއޭ އެކަން ވެސް ފުރިހަމަ ނުވެއޭ ދެން އަނެއްކާ އާނިޒާމެއް އެއީ ހަމަ ސީދާ މިސަރުކާރުގެ ކްރެޑިޓް ރޭޓިންގް ދަށްވަމުންދާތީވެ ދެން ރައްޔިތުންނަށް އޮޅުވާލާ މަކަރާއި ހީލަތް ހެދުމުގެ ގޮތުން އަނބުރާ ގޭސް ގަނޑެކޭ ތިޔާއީ ވެސް...

  10. ކޮށްބަލަ

    ޑިޖިޓަލް އައިޑެންޓިޓީ ނިޒާމް ގާއިމް ކުރުމުގެ ބަދަލުގައި އެބަޖެހޭ ނޫންތޭ ސަރުކާރުން މާލޭގައި ހުންނަ ޖޮބް ސެންޓަރު ރަނގަޅު ކުރަން ކިއެއްކުރަންތޭ ރާއްޖެތެރޭގައި ޖޮބް ސެންޓަރު ތައް ގާއިމް ކުރަންވީ އެއީ ރިކަރަންޓް ޚަރަދު ބޮޑުކުރުން ނޫން އެހެން ކަމެއް އެއިން ހާސިލް ނުވާނެއޭ ބަދަލުގައި މާލޭގައި ހުންނަ ޖޮބް ެސެންޓަރުގައޭ ރިސޯރޓްސް ތަކުން އިއުލާން ކުރާ ހުރިހާ ވަޒީފާ ތައް އިއުލާން ކުރަން ޖެހޭނީ އަދި ސީވީ ތައް ވެސް ފޮނުވަން ޖެހޭނީ ޖޮބް ސެންޓަރަށޭ އެކަން ކޮށްބަލަ ފުރަތަމަ ވެސް ތިޔާއީ އަދި ކުރަން ގާތްވެސް ވާ ކަމެއް ނޫނޭ ރައްޔިތުން މިއުޅެނީ ބަނޑުފުރާނަ މުއްތި ކުރާނެ ގޮތެއް ނެތިފައޭ އެކަމޭ ފުރަތަމަ ހައްލު ކުރަންވީ...

  11. ކޮބާތޭ

    ކިއެއްވެތޭ ސަރުކާރަށް ޖޮބް ސެންޓަރު ތަކުގެ ވެބް ސައިޓް ގައި ރިސޯރޓްސް ތަކުގައި ހުރިއްޔާ ހުރި ހުރިހާ މަގާމް ތައް ޖޮބް މޯލްޑިވްސް ގައި ޕޯސްޓް ކުރާ ގޮތަށް ޕޯސްޓް ނުކުރެވެންވީ އަދި ސީވީ ތައް ވެސް ޖޮބް ސެންޓަރަށް ދާގޮތަށް ނެހެދެންވީ އެއީ ކިއެއްވެތޭ މި ކަންކަން ކުރުމުން ރާއްޖޭގެ ވަޒީފާ ނެތް މީހުންގެ އަދަދު ދަށަށް ދާނެއޭ ރިސޯރޓްސް ތަކުން ދިވެހިންނަށް ވަޒީފާ ނުދެނީ އެއީ ބޭރު ޖީއެމް މެން ބުނެގެން އެމެން މަކަރާއި ހީލަތުން ކުރާ ކަމެއް ކަން ސަރުކާރަށް ވެސް އިނގެއޭދޯ..

  12. Anonymous

    އަހަރެމެން ބޭނުންވާ އެއްޗެއްސެއްނޫން ތިއީ. މީހުން ޓްރެކްކުރުމަކީވެސް ބައެއްގެ އެންޓަރޓެއިންމެންޓަކަށްވެއްޖެ. އޮބްސެސްޑް ވިތް ކޮންޓްރޯލް.

  13. 7ބޭސް

    ވިދާޅުވާއެއްޗެއް ވިދާޅުވެވޭއެއްޗެއް އެބަޖެހޭ އެގެން ބަޔަކައް މުސާރަދީގންވެސް މިހާރުވެސް މަޖިލިހައް ވައްދައިގެން އެއުޅެނީ ޑިޖިޓަލް ކުރިއަރާ ބަޔެއްގެ އަމްދަނީ ދައްވެދާނެކަމުގެ ބިރައް ޑިޖިޓަލްސިސްޓަމެއް ހުޓުވޭތޯ ކުރާމަސައްކަތް (ރީބުރޯސްޓްކުރާނަމުގައި) ދެނެއް އެކަމެއް ޓެކްނޮލޮޖީއެއް ނުހުއްޓުވޭނެ ކިތަންމެ ބޭނުންވިޔަސް މިއަދުގެ ޓެކްނޮލޮޖީގެ އަލިގައި ސެލެފޯނުން ބޭނންޗެނެއްލެއް ބޭނުން ކުޅިވަރެއްބެލޭނެ މިދުނިޔޭގައި މީ50 ނުވަތަ 40ގެ އަހަރުތަކެއްނޫން ދެއްތޯ ވީމާޑިޖިޓަލްނާނީ ހަބޭސް