ފުލުހުންގެ މުއައްސަސާއާއި ޖަލުތަކުގެ ކަންކަން އިސްލާހު ކުރަން އެމްޑީޕީގެ ހޯމް މިނިސްޓަރަކު ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ޖަލުގައި ހުރި ގައިދީއަކު ރޭ ކުއްލި ގޮތަކަށް ނިޔާވުމާއި ގުޅިގެން އާއިލާ އިން ކުރާ ތުހުމަތުތައް ބެލުމަށް ގޮވާލައި އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވަނީ ކުއްލި މައްސަލައެއް މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވައިފައެވެ.

މި މައްސަލައިގެ ބަހުސްގައި ރާއީ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މައްސަލަތައް ގޯސްވަމުން ދިޔަ ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި މިފަދަ ގިނަ މައްސަލަތައް އިސްލާހު ކުރަން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

އެހެންވިޔަސް އިމިގްރޭޝަންއާއި، ފުލުހުންގެ މުއައްސަސާއާއި، ކަރެކްޝަންސް ފަދަ މުއައްސަސާތައް ވަރުގަދަ ކުރުމާއި ޖަލުތަކުގެ މައްސަލަތައް ހައްލު ކުރަން ބޭނުންވާ ދުވެލި ދައްކުވައިދޭން އެމްޑީޕީގެ ހޯމް މިނިސްޓަރަކު ބޭނުންވާ ކަމަށް ރާއީ ވިދާޅުވިއެވެ. "އެމްޑީޕީގެ މީހަކު ހޯމް މިނިސްޓަރަކަށް ހުރި ނަމަ މިހާރު ހުރި ސްޕީޑަށް ވުރެ ރަނގަޅަށް ދާނެ. އަޅުގަނޑު ވަރަށް ދެކެން ބޭނުންވޭ އެމްޑީޕީގެ ހޯމް މިނިސްޓަރަކު ހުންނާނެ ދުވަހެއް." ރާއީ ވިދާޅުވިއެވެ.

މިހާރު ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އަދި ކޯލިޝަންގެ އެއް ލީޑަރު އިމްރާން އަބްދުﷲއެވެ.

ރާއީ މިއަދު ވަނީ ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގައި ވެސް އިންނަވާ ރާއީ ވިދާޅުވީ ކުރީގެ އެޗްއާރުސީމް އެ ކޮމިޓީއަށް ހާޒިރުކޮށް މައުލޫމާތު ސާފު ކުރިއިރު އޭރު ހިނގާފައިވާ އެއްވެސް މައްސަލައެއް އެކަށޭނަ ގޮތަކަށް ބަލާފައި ނެތް ކަމަށެވެ.

"އަޅުގަނޑުމެންގެ ކޮމިޓީއަށް ކުރީގެ އެޗްއާރުސީއެމް ހާޒިރުކުރިއިރު، ކުރި އެއްވެސް މަސައްކަތެއް ނެތް. އެ ކޮމިޝަން އޮތީ ފެމިލީ ޓްރީއެއްހެން. މި ތަނުގެ މެންބަރުންގެ އާއިލާ މީހުންނަށް ވަޒީފާ ދީފަ އޮތީ." ރާއީ ވިދާޅުވިއެވެ.

އެހެންވިޔަސް މިހާރު އޮތް އެޗްއާރުސީއެމް އިން މި މައްސަލަ ތަހުގީގު ކުރަން ރެއިން ފެށިގެން ކުރިއަށްދާކަން ރާއީ ފާހަގަ ކުރެއްވިއެވެ. އަދި އެޗްއާރުސީއެމްގެ މަސައްކަތްތަކަށް މަޖިލީހުގައި އޮންނަ ހިއުމަން ރައިޓްސް ކޮމިޓީން ފާރަވެރިވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަޙްމަދު

    މަށަށް ފެންނަނީ ހޯމްމިނިސްޓްރީ މީނާއާއި ޙަވާލުކުރަން!

    • ކޮވިޑް

      ނޫނޭ އެމްޑީޕީ ކިތައްމެ ފޮނެއް އެރުވިޔަސް ލާހިކު ކުޅަދާނަ ވެގެން ނުވާނެ އިމްރާން ބޭރު ކުރާކަށް . އިބޫ އެކަން ކުރަން ހިތުލާ އިރަށް ކުޑަ ރައީސް " އަލީ ޒާހިރު " އިބޫ ސޯލިހު އޮރިޔާން ކޮށްލާނެ. މިހާރު މީ އެމްޑީޕީ ސަރުކާރެއްތަ؟ ނޫނީ ބާރު އޮތީ 5000 މީހުން ހަމަ ނުވާ އަދާލަތު އަތުގަ ތަ؟

    • ހުސޭނުބޭ

      މަށަށް ފެންނަނީ ހޯމްމިނިސްޓަރު ބޯމަތީ މީނަ ބައިންދާން

  2. ލލ

    ކަންކަން ރަގަޅުކޮށް އިސްލާހު ކުރަން މަކުނުދޫ ދާއިރާގެ މެމްބަރުކަމަށް ޢަދާލަތު ބޭފުޅަކު އިންތިހާބު ކުރަން އެބަޖެހޭ، ރާއީ އުޅެނީ އޮޅިގެން 2018 ގައި އެކުލަވާލި ސަރުކާރަކީ ހަމައެކަނި އެމްޑީޕީގެ ސަރުކާރެއްނޫން އެއީ އިއްތިހާދުގެ ބޮޑު ކޯލީޝަން ސަރުކާރެއް !

  3. ސސ

    އެމްޑީޕީ ފެއިލް ވީމާ ތިޔަކަހަލަ ރަޑާލި ވާހަކަ ދައްކަނީ ގޮޑީގަ ސޭލް އަޅުވައިގެން ނީލަން ކިޔަނީ ނުންތޯ ؟ ބޮޑު ނީލަން ފިހާރަ އަބަދު ގޮޅީގައި ސޭލް އަޅުވައިގެން ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން އުޅެނީ !

  4. އަމާ

    ކަލޭމެންގެ މީހަކު ލައިގެން މިގައުމުވާނީ ހަލާކުން ހަލާކު. ތީ މުޅިން ބޭކާރު ބަޔެއް މިގައުމަށް.

  5. ރޯޒްކުމާރުތުންކާ

    ތިޔާހެން ރާއޯ ރާއީ ކިޔާލަކިޔާލަ ތިއްބާ 5 އަހަރެއްގެ ދައުރުހަމަވަމުން އެދަނީ ކޮންމެވެސް މުއައްސަސާއެއްގެ ނުވަތ ކޮންމެވެސް ވަޒީރެއްގެ ޑިރެކްޓަރެއްގެ ބޮލުގައިއަޅުވާފަ ރައްޔިތުމީހާގެ ލޮލުގަ އަދުންއަޅުވާފައި ވެންޓިލޭޓަރތައް މީދާކާލިއުރު ޕިޔޯނަކުވެސް ޒިންމާއެއްނުވޭ ދެންކަރަލެއްތޯ އަލައް ތިޔަފަޅުއްވަމުންދަނީ