އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ފެބްރުއަރީ 7، 2012 ގައި އޭރުފެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުކޮށް އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ހުށަހެޅުއްވި އެ މައްސަލާގައި ތުހުމަތު ކޮށްފައިވަނީ ނަޝީދު ރައީސްކަމުން އިސްތިއުފާ ދެއްވުމުގެ ކުރިން ފުލުސް އޮފީހުގެ މައި މަރުކަޒުގައި "ބަޣާވާތް ކުރުމަކީ ރަނގަޅު ކަމެއް ކަމަށް" ރައްޔިތުންނަށް އިމްރާން ގޮވާލަމުން ގެންދާ ވީޑިއޯއެއް ޔޫޓިއުބްގައި ދައުރުވަމުންދާ ކަމަށެވެ.

ނަޝީދުގެ ވެރިކަން "ބަޣާވާތަކުން ވައްޓާލުމުގައި" އިމްރާން ބައިވެރިވެފައިވާ މިންވަރު ބަލައި އޭނާއަށް ހައްގު އަދަބު ދިނުމަށް ވެސް ބޮންޑެ ހުށަހެޅުއްވި މައްސަލާގައި ލިޔުއްވާފައިވެއެވެ. އެ ޔޫޓިއުބް ވީޑިއޯ ވެސް ބޮންޑެ އިންތިގާލީ އިންސާފުގެ އޮފީހަށް ވަނީ ޚިއްސާ ކުރައްވައިފައެވެ.

އިންތިގާލީ އިންސާފުގެ އޮފީހަށް ފެބްރުއަރީ 7، 2012 ގެ މައްސަލައެއް ހުށަހެޅިގެން ދިޔައިރު އެމްޑީޕީ އިސްވެ އުފައްދާފައި އޮތް މި ސަރުކާރުގެ ބައިވެރިންގެ ތެރޭގައި އޭރު އިދިކޮޅު ހަރަކާތުގައި އިސްކޮށް ތިއްބެވި ބޭފުޅުން ހިމެނެއެވެ. އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓްގައި އަދާލަތު ޕާޓީގެ ބޭފުޅުން ތިއްބަވައެވެ. މި ގޮތުން އިމްރާނަކީ ވެސް މި ސަރުކާރުގެ ހޯމް މިނިސްޓަރެވެ.

އިމްރާންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާއި އެމްއާރުއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއަކީ ވެސް އޭރު އިދިކޮޅު ފަރާތްތަކުގެ މުޒާހަރާގައި އެންމެ އިސްކޮށް ތިއްބެވި ބޭފުޅުންނެވެ.

ނަޝީދުގެ ވެރިކަން އެ ދުވަހު ނިމުމަކަށް އައީ އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާގައި ފުލުހުންނާއި ސިފައިންގެ ބަޔަކު ބައިވެރިވެ ހިނގި ހަމަނުޖެހުންތަކަކަށް ފަހު ރައީސް ކަމުން ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.

އެއީ "ބަޣާވާތެއް" ކަމަށް ނަޝީދުއާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންނާއި ސަޕޯޓަރުން ގަބޫލު ކުރި ނަމަވެސް ނަޝީދު ވެސް ބޭނުންފުޅުވާ ގޮތަށް އެކުލަވާލި ރިޔާސީ ކޮމިޝަނުން މައްސަލަ ތަހުގީގުކޮށް ތައްޔާރުކުރި ކޯނީ ރިޕޯޓްގައި ބުނެފައިވަނީ ނަޝީދު އިސްތިއުފާ ދެއްވީ އެއްވެސް މަޖުބޫރު ކަމެއް ނެތިއެވެ.

އިންތިގާލީ އޮފީހުގެ މަސައްކަތަށް 16 މިލިއަން ރުފިޔާގެ ބަޖެޓެއް ދީފައިވާ ކަމަށް އެ އޮފީހުން ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

އެ އޮފީހުން ބަލަން ހަމަޖެހިފައިވަނީ 1 ޖެނުއަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމަޔަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތަކެވެ.

އިންތިގާލީ އިންސާފު ގާއިމް ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކޮވިޑް

    ބަޣާވާތް ކުރުވި މީހާގެ ވަށައިގެން އެ ރަސް ކަން ކުރަނީ ހަމަ ބޮޑެތި ބާޣީން . އެމްޑީޕީ މޮޔަވޭ މިހާރު ތިތިބީ ވާނެ ހައެތިވެފަ. ދެން ލަލަލަލަ........، ބޮންޑޭ މެން މޮޔަވޭ ދެން ބާޣީ އެތިބީ އެމްޑީޕީ ގެ ރައީސް މީހާ ( ޤައުމުގެ މިހާރުގެ ރައީސް ) ފިސާރި ބާރަށް ނަގޫ ފިއްތުވާލާފަ .

    22
  2. ވިސްނާ

    މިހާރު ކޯލީޝަންމަތިން ހަނދާނެއްނުކުރާނެ އެމް.ޑީ.ޕީ ގެ ސަރުކާރުކަށްބަލާނީ ވީމާ، މަގާމްތަކުގައި އެހެންޕާޓީ
    ތަކު

  3. ވިސްނާ

    ބަޢާވާތް ކުރިކަމަށް ގަބޫލްނުކުރެވޭ ނަމަވެސް ވެރިކަމުގައި ހުންނެވިފަރާތެއް އިސްތިއުފާދެއްވިކަމަށް ބުނުއްވިއަޑުއަހާ އަދި އެމަންޒަރުވެސް އަހަރެންދެކުނިން
    މިކަންތަހުގީގުކުރެއްވި ފަރާތުންވެސް ( ކޯނީގެރިޕޯޓް ) ބުނުއްވާފައިވަނީ ބަގާވާތެއްނޫންކަމަށް
    ގައުމުގައި އިސްކޮށްތިއްބަވާފަރާތުން ބައެއްފަހަރު ކަންކަން ކުރައްވާގޮތުން ރަށްޔިތުންގެ ތެރެއިންބަޔަކު މުޒާހަރާކުރުމަކީ ބަޢާވާތެއްކަމަށްނިންމޭނެކަމެއްނޫން ވެރިކަންކުރަންނޭގިނުވަތަކުރައްވާގޮތުން ރަށްޔިތުންގެތެރެއިން ބަޔަކު ރުޅިއައިސް އަޑުއުފުލުންއެއީ ބަޢާވާތެއްތޯ ޔާމީން ވެރިކަންކުރެއްވި
    ދުވަސްވަރުގައިވެސް ސިޔާސީބަަޔަކު ރާއްވައިގެން ރަށްޔިތުންގެތެރެއިން ބަޔަކު މުޒާހަރާ ކުރެއްވި ނަމަވެސް ޔާމީންބޭފުޅާ އިސްތިއުފާއެއްނުދެއްވާ ބަޢާވާތެކޭވެސް ނުކިއުއްވާ
    ތިކަން މިހާރުއެހެންގޮތަކަށްބެލެވޭ ކޯލީޝަންސަރުކާރެއްކަމަށްބުނުމުން ހިތްހަމަނުޖެހި
    އެމް،ޑީ،ޕީ ސަރުކާރެއްކަމަށްދެކި މަގާމްތަކުގައި ތިއްބެވި އެމް.ޑީ.ޕީ ނޫން އެހެންފަރާތްތައް
    ވަކިކުރުން އިމްރާނަށް މިހާރުއެއްޗެއް ވިސްނިވަޑައިގަންނަވާނެކަމަށް ހީކުރަން

  4. މާޟީ

    ފަހަރި މައްސަލަ ވެސް ބަލަން ފެނޭ

  5. ރާއްޖެތެރެ

    އިންޑިޔާއިން ލަރިދީގެން އެމްޑީޕީކޮޅައް ހުރިހާ ސިޔާސީމީހުން އަބުރާލީ

  6. ގަމަރު

    ސިއްކަ އާއިލާޔާއި ޖެރަފާ އާއިލާގެ ވެރިކަމުގެ ހާންދާނެއް ގާއިމްކުރަން ރާވާފައިވާ ބޮޑު ރޭވުންގަނޑެއް

  7. ލޮލް

    ހެޔޮނުވާނެ، އަހަރެންވެސް ވޯޓު ދީގެން ގައުމުގެ ރައީސް ކަމަށް އިންތިޚާބުކުރި އަންނި، އަހަރެންގެ ހުއްދައަކާ ނުލާ، ބަޔަކު މީހުންބުނި ބުނުމަކަށް ރައީސްކަމުން އިސްތިއުފާދިން މައްސަލަވެސް ކޮންމެސް ކުއްޖެއް އެބުނާ އިންތިގާލީ އޮފީހަކަށް ލާދީބަލަ.

  8. އަބްދޫ

    އިމްރާން ބަގާވަތެއް ނުކުރޭ . އިމްރާން ގައުމުގެ ދުސްތޫރު އަލުން އިއަދަކުރީ .އިމްރާނަކީ ބަތަލެއް. ބަގާވާތް ކުރީ ނަސީދު . ނަސީދުވަނީ ގާނޫނުއަސަސީ ގަޑުބަޑުކޮށް ބާރުތައް އަތަށް ނަގާ އަމިއްލަޔަށް ގައުމު ހިންގާލަމަށް ލިޔެ ގާނޫނުއަސަސީ ވަނީ ހުއްޓިފާކަމަށް ޔައުނީ ގާނޫނުއަސާސީއަށް އަމަލުކުރުން ހުއްޓާލިކަމަށް ނުވަތަ ގާނޫނުއަސަސީ އުވާލި ކަމަށް އިއުލާން ކޮށްފަ. ގާނޫނުއަސަސީ އުވާލުމުން ރައީސުލްޖުމްހުރިއްޔާގެ މަގާމަކު މީހެއް ނުހުންނާނެ ގާނޫނީ ވެރިކަމެއްވެސް ނޯންނާނެ. ނަސީދު ވަނި ދުސްތޫރީ ބަގާވާތެއް ގެނެސް ޑިކްޓޭޓަރަކަށް ވެ ހުރެ ގައިރުގާނޫނީ އަމަލު ހިންގަވަން ފައްޓަވާފަ، ގައިރުގާނޫނީ އަމަލުތަކުގެތެރެއިން ގާޒީއަކު ރަހިނު ކޮށް ގާސިމާއި ޔާމީނާއި ނަޒިމް ހައްޔަރުކުރި. ނަސީދު ލިއުނު ލިއުމުގެ ކޮޕީ ހަވީރު ނޫހުން ނަގާފަ މިހާރުވެސް މަގޭއަތުގަ އެބައޮތް. ބާގީ ލީޑަރު ގާނޫނީ އިމަށް ވެއްދުމަށް ކުރި މަސައްކަތް ގަބޫލު ނުކޮށް އަމިއްލަޔަސް އިސްތިއުފާ ދެއްވީ. ނަސިދުގެ މައްޗަށް ބަގާވާތް ކުރިކަމުގެ ދައުވާ އުފުލެންވާނެ.

    3
    1
  9. ޚަލީލު

    ބޮންޑޭއަކީ ތަނެއްދޮރެއް ނުދަންނަ މީހެއްކަން މިކަމުންވެސް އެނގެނީ. އެއޮފީހުން ބަލަނީ ސަރުކާރުގެ ތަންތަނުން ނުވަތަ އެތަންތަނުގެ ވެރިން ނިޒާމީ ގޮތެއްގައި ރާވައިގެން ހިންގާފައިވާ ޤާނޫނާ ޚިލާފު ކަންތައްތައް. ޢިމްރާން އޭރު ހުރީ އެފަދަ ވަޒީފާއެއްގައެއް ނޫން.

  10. އަބްދޫ

    ނަސިދު ރާވާ ގާނޫނުއަސަސ އަށް އަމަލުކުރުން ހުއްޓަލުމަށްފަހު ހިންގި ގައިރު ގާނޫނި ކަންކަމުގެތެރޭގަ 2012 ފެބްރުއަރީ 6،7 ދެދުވަހު އާޓިފިސަލް ބީޗްގަ ހިންގަން އުޅުނު ތަޅާފޮޅުމާއި މާރާމާރީ އާއި މީހުންގެ ފުރާނަ ދުއްވާލުމަށް ކަމަށް ތުހުމަތު ކުރެވޭ ގޮތަށް ނަސީދުގެ އޯޑަރަށް ހިންގަން އުލުނު ޖަރީމާ ފުލުހުންނާ ސިފައިން ވަނީ ހުއްޓުވާފަ، ސަލާމަތީކަންކަން ބަލަހައްޓަންތިބި ފުލުހުންނަށް ގައިރު ގާނޫނީ ގައިރު ދުސްތޫރީ އަމުރުކޮށް ޕާޓީ މީހުން އާތިފިސަލަ ބިޗަށް ވައްދަ ލަޓިބުރިތަކާއރެކު ހިންގަނ އުޅުނު ޖަރީމާ ވެސް ތަހުިގީގު ކޮށް ބަލަންޖެހޭނެ. އެކަމުގެ ސަބަބުން އެތައްރައްޔިތުންނަށް ލިބުނު ނަފްދސާނީ ބިރުވެރިކަމާއި، ފެބްރުއަރީ 8 ވަނަ ދުވަހު ނަސީދު ފޯނުކޮށްގެން އަންގަނއިގެން ގދ، ތިނަދޫކޯޓް ގަ ރޯކޮށްލުމުން ރައްޔިތުންނަށާއި ދަވްލަތަށް ލިބުނުގެއްލުން ފޫނުބެއްދޭހާ ވަރުވޭ. މިގޮތުން ނަސީދު ރޯކުރުވި ޕޮލިސް ސްޓޭސަންތަކައި ކޯޓްތަކާ އަތޮޅު ކައުންސިލް ތަކަށް ބަދަލު ލިބެން ޖެހޭނެ.