އަންނަ އަހަރަށް ލަފާކޮށް 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް، ހުށަހަޅަން ނިންމައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ "މެދު ރާސްތާގެ ފިސްކަލް އަދި ސްޓްރެޓަޖީ" ރިޕޯޓް ދައްކާ ގޮތުން އަންނަ އަހަރު ދައުލަތުން ހަރަދުކުރާނެ ކަމަށް ލަފާކޮށްފައިވަނީ 33.8 ބިލިއަން ރުފިޔާއެވެ. ރިކަރަންޓުގެ ހަރަދުގެ ގޮތުގައި 21 ބިލިއަން އަދި ޕީއެސްއައިޕީއަށް މަޝްރޫއުތަކަށް 7.1 ބިލިއަން ހަރަދުކުރަން ލަފާކޮށްފައިވެއެވެ.
ރިޕޯޓް ދައްކާ ގޮތުން އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 23.6 ބިލިއަން ރުފިޔާއެވެ. ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 14.7 ބިލިއަން ރުފިޔާއެވެ.
އާމްދަނީ ހޯދާނެ އާ ހަތް ކަމެއް ނުވަތަ "ނިއު ރެވިނިއު މެޝާސް' ވަނީ ހިމަނާފައެވެ. އެއީ ބިދޭސީންގެ ކޯޓާފީ އިތުރު ކުރުމާއި، ރެޒިޑެންސް ޕާމިޓް ރޭޓް އިތުރުކުރުމާއި، އޭޑިއެފް ރޭޓަށް ބަދަލު ގެނައުން އަދި ސްޕެކްޓްރަމް ޗާޖެއް ނެގުން އަދި ކޮންޖެޝަން ޗާޖެއް ނެގުމެވެ.
މި އަހަރަށް ފާސްކޮށްފައިވަނީ 34.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް ދިރާސާކުރާ ކޮމިޓީން ވަނީ ބަޖެޓަށް 130 މިލިއަން ރުފިޔާ އިތުރުކޮށްފައެވެ. އަދި ފިނޭންސް މިނިސްޓްރީގެ ލަފާ ހޯދުމަށް ފަހު އާމްދަނީ ލަފާ ކުރާ މިންވަރު ވަނީ 21 ބިލިއަން ރުފިޔާއަށް އިތުރުކޮށް ފާސްކޮށްފައެވެ. އެހެންވެ ޑެފިސިޓް ވަނީ 12.3 ބިލިއަން ރުފިޔާއަށް ކުޑަވެފައެވެ.
ބަޖެޓް ދިރާސާކުރާ ކޮމިޓީއިން ވަނީ އަންނަ ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓުގައި ކަނޑައަޅާފައިވާ ފައިސާއަށް އުނި އިތުރު ގެނެސްފައެވެ. އަދި ސަރުކާރުގެ އޮފީސްތަކުގެ ބަޖެޓަށް ވެސް އުނި އިތުރު ގެނެސްފައިވާ އިރު އިތުރު ބަދަލުތައް ވެސް ބަޖެޓަށް ވަނީ ގެނެެސްފައެވެ.
ބަޖެޓް ދިރާސާ ކޮމިޓީއިން ބަޖެޓަށް ގެނައި އިތުރު ބަދަލުތަކުގެ ތެރޭގައި މިނިވަން މުއައްސަސާތަކާއި ބައެއް އިދާރާތަކުގެ ބަޖެޓަށް ގެނައި ބަދަލުތައް ފާހަގަކުރެވެއެވެ.
ވަރިހަމަ ކިތެންމެ ބޮޑު ބަޖެޓެއް ހުށަހެޅިޔަސް.ދިވެހި ރައްޔިތުންނަށް ވާނެ ފައިދާއެއްނެތް.ވެރިކަމުގަ ބަގުޑި ބައްދަން ސަރުކާރުގެ އިސްވެރިން ނަހަމަ ގޮތުން އެ ބަޖެޓް ބޭނުންކުރަނީ.
ޓުރިލިޔަނުން ބަޖެޓު ޖަހައިގެންވެސް ތިޔަ ކައި ހުސްކުރާނީ ވެރިން ، ކަންވެނިމޭއިރު ވެރިން އަތްނުލާނެ ބައިލާރީގަވެސް.