ތ. ވޭމަންޑޫގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އުޅޭ ކުދިންތަކެއް ބޭރުގައި އުޅެނިކޮށް ފުލުހުންގެ އެހީތެރިކަމާއި އެކީ އެކުދިންތައް ހޯދައިފިއެވެ.

ފުލުހުން މިއަދު ބުނީ، ވޭމަންޑޫގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އުޅޭ ކުދިންތަކެއް މިމަހުގެ 12 ވަނަ ދުވަހުގެ ރޭ 10:30 އެހާކަންހާއިރު ބޭރުގައި އުޅޭތީ އެކުދިން އަނބުރާ އެތަނަށް ގެންދިއުމަށް އެއަތޮޅުގައި ހުންނަ ޖެންޑަރ އިން ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށެވެ.

އެކުދިން ބޭރުގައި އުޅޭތީ ކުދިންތައް ހޯދައި ހިޔާއަށް ގެންދިއުމަށް ވޭމަންޑޫ ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

"އެއްވެސް ކުއްޖަކަށް ފުލުހުން އަނިޔާ ކޮށްފައެއް ނުވާނެ. އަދި އެއްވެސް ކުއްޖަކަށް ފުލުހުން އަނިޔާ ކުރި ކަމުގެ ޝަކުވާއެއް ފުލުހުންނަށް ލިބިފައެއް ނުވޭ." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ބުނީ، އެކުދިން ހޯދައި ހިޔާ އަށް ގެންދިޔައިރު، އޭގެއިން އެއްވެސް ކުއްޖަކަށް ފުލުހުން އަނިޔާ ކުރި ކަމަުގެ މައްސަލައެއް ވެސް މިހާތަނަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޑަކުދިންގެ ހިޔާތައް ގާއިމު ކޮށްފައި ހުންނައިރު، އެތަނުގައި އުޅޭ ކުދިންތައް ބައެއް ފަހަރު ބޭރަށްދާ މައްސަލަ ދޭތެރެއަކުން ފެންމަތިވެއެވެ. އެގޮތުން މިދިޔަ މާޗް މަހުގެ ތެރޭގައި ވެސް ވިލިމާލޭގައި ހުންނަ ހިޔާއިން ގިނަ އަދަދެއްގެ ކުދިންތަކެއް ވަނީ ފިލައިގެން ގޮސްފައެވެ. އެހެން ނަމަވެސް މާ ގިނަ އިރުތަކެއް ނުވަނީސް އެކުދިން ހޯދާފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ޞަސް

  ޢެމީހުން ދަންވަރުވެސް އުޅެނީބޭރުގަ

 2. Anonymous

  ކުދިން ބަލަހައްޓާ ކަމަކަށް ނުބުނެވޭނެ އެކުދިންނައް ކާންބޯންދޭ.ނިދާނޭތަންވ ރަނގަޅު.ނަމަވެސް
  ޢެކުދިން ބޭނުން އިރަކު ބޭނުނަކަމެއްކުރެވޭ
  ޢެއްޗެއްބުނެގެންނުވޭ ، އުޅޭނޭއުސޫލު އޮވޭ ނަމަވެސް.އަމަލުނުކުރީމާ ކުރެޥޭކަމެއްް ްްްްްްނޯވޭ
  ވޭމަންޑުގައި.ވަނީބިރުވެރިކަމެއްްްއުފެދިފަ
  ނުފުރައިގެކުދިން އެމީހުންގުޅޭތީ.ކަންބޮޑުވެފަ