ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ "ހިޔާ" މަޝްރޫއުގައި ކަނޑައަޅައިފައިވާ ގޮތަށް ފްލެޓްތައް ރައްޔިތުންނަށް ލުއި އަގުގައި ލިބެން ޖެހޭ ކަމަށް ޕްރޮފެސަރ ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ 6،720 ފްލެޓުގެ ތަޅުދަނޑިތައް ހަވާލު ކުރަން ފަށައިފައި ވަނީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން މިހާތަނަށް އައިއިރު ތަޅު ދަނޑިއާ ހަވާލުވެ އެއްބަސްވުމުގައި ސޮއިކުރީ މިހާތަނަށް ސޮއި ކޮށްފައި ވަނީ 5،519 މީހުންނެވެ.

މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފިނިޝިންގެ މަސައްކަތަށް ދީފައިވާ ހަތަރު މަސް ދުވަހުގެ ވަގުތު ވަނީ ފަށައިފައެވެ. މި ހަތަރު މަސް ދުވަހުގެ ތެރޭގައި ހިޔާ ފްލެޓުގެ ކުލި ދައްކާކަށް ނުޖެހޭނެއެވެ.

ހިޔާ ފްލްޓެގެ ކުއްޔަކީ މަހަކު 7,500 ރުފިޔާ ކަމަށް މި ސަރުކާރުން ވަނީ ކަނޑައަޅައިފައެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000 ރުފިޔާ ނަގާނެއެވެ. އެކަމަކު ކުރީގެ ސަރުކާރުގައި އެ އަގު ކަނޑައަޅާފައިވަނީ ޖުމުލަ 6،600 ރުފިޔާއަށް ކަމަށް އެ ސަރުކާރުގެ ބޭފުޅުން ވިދާޅުވެއެވެ.

ހިޔާ ފްލެޓްގެ ކުލި ކުޑަކުރުމާއި ގުޅޭގޮތުން އެތައް ވާހަކައެއް ދައްކަމުންދާއިރު، އުގައިލް ވިދާޅުވީ، ދެ ސަރުކާރެއްގެ ދެމެުގައި އޮތް ވާދަވެރިކަމެއްގެ ސަބަބުން ކަތިލެވޭ ގުރުބާނީއަކަށް ދިވެހި ރައްޔިތުން ވެގެން ނުވާނެ ކަމަށެވެ.

އަދި ހިޔާ މަޝްރޫއުގެ ފްލެޓްތައް އެކަށޭނެ ވަސީލަތްތަކާއެކު، ރައްކާތެރި ގޮތުގައި ލުއި އަގުގައި ލިބެން ޖެހޭނެ ކަމަށް އުގައިލް ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމަށް ހިޔާ ފްލެޓް ޔޫނިއަނުން ސަރުކާރުގައި އާއި އެޗްޑީސީގައި އެތައް ފަހަރެއްގެ މަތިން އެދުނެވެ. ނަމަވެސް ކުލި ކުޑަ ނުކުރެވޭނެ ކަމަށް ދަނީ، ތަކުރާރުކޮށް ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. އަބުދު

  އުގޭލު ތަންކޮޅެއް ކުރިން ޕާޓީ އެއް ހަދައިގެން ތިކަމާ ރަނަގަޅައް އުޅުން ވަރައްމުހިއްމު . މިގައުމުގަ އަށަގަނެފަ މިވާ ގައުމައް ތެދުވެރި ނުވެ މާލީ އިހުމާލު ވުމަކީ ލެބަނާން ފަދައިން އެއްމެފަހުން އިގުތިސާދު އުއްމީދު ކެނޑޭ ހިސާބައްދިއުން . މިކަމާ އުޅުމަކީ ކިފާޔަތުގެ ފަރުޟެއް ކަމުގައި ނޫނީ ނުވާނެ.

  13
 2. ބަނާނާރިޕަބްލިކްޑުއަލްސިޓިޒެން

  ކަލޭ ރާއްޖޭގެ ކަންކަމަށް ބަސް ކިޔާނިކަމެއް މުޅި ދިރިއުޅުން އިނގިރޭސި ވިލާތުގައި އޮތް މީހަކު ރާއްޖޭގެ ވާހަކަ ދައްކާނި ކަމެއް ނެތް ރާއްޖެއަށް ކޮންމެ ގޮތެއް ކަލެޔަށް ގެއްލޭނެ އެއްޗެއް ނެތް ތިކަހަލަ މީހުން ލައިގެން ރާއްޖެ މުޅިން ހަލާކުމިވަނީ ދިވެއްސެކޭ ބުނަން ހެޔޮވާވަރު މީހެއް ކުރިމަތި ލިއްޔާ ވޯޓު ލެވޭނީ

  10
  14
 3. އޭނާ

  ތުނބުޅި މަތިމަސް ބާލާ އޮމާންކޮއްގެން ހުޅަނގުން ދިން ސްކޮލަޝިޕް ގެ އެހީގާ ހުޅަނގުގާ ދިރިއުޅޭ މީހެއް މި އިސްލާމީ ދިވެހި މުޖުތަމަޢުގާ ކަން ހިނގަންވާނެ ގޮތާ ހެދޭގޯސް ތައް ފަރުދާގެ ފުރަގަހުގާ ހުރެ ކިޔައިދިނުމަށް ވުރެ ރަނގަޅު ވާނީ ހަނުހުރުން.

  7
  5
 4. ހައްގުވެރިޔާ

  ފްލެޓް ލިބުނީ އެންމެ ހައްގުވެރިންނަށް ވީމާ އެތަން ހައްގުވެރިޔާ އަމިއްލަޔަށް ހަދާފައި އަދި ސަރުކާރަށް ގިނަ ފައިސާ ދިނުން އެއީ ވެސް އެމީހާ އަދާކުރަންޖެހޭހޭ ހައްގެއް.. 2023. އިބޫސޯލިހު

  1
  6
 5. Anonymous

  މާލޭ މީހުނައް ފުލެޓެއް ނުލިބޭކަމައްވަނީ ، އެކަމަކު ގިނައީ މާލޭ މީހުނައް ލިބިފަހުރި ފުލެޓް އަދި އެވެސް ކުޑަ އަގެއްގަ ، ދެން މާލޭ މީހުން ރާއްޖެތެރޭ މީހުނައް އެތަންތަން 3 ނުވަތަ 4 ގުނަ ބޮޑު އަގެއްގަ ކުއްޔައް ދީފަ މާލޭ މީހުން ދަތީގަ ދިރިއުޅޭ ކަމައްވަނީ.

  7
  2
 6. ހައްތާވެސް.....

  ހައްތާވެސް ހުރީ ލިބެންޖެހޭ އެއްޗިއްސެވެ. މިދިވެހި ފަސްގަނޑުގައި ދިރިއުޅޭ މީހެއްގެ ޙައިޞިއްޔަތުން ލިބެންޖެހޭ އެއްޗިހި މަވެސް ކިޔާފާނަމެވެ! ހަމަގައިމުވެސް ޢުގެއިލަށްވުރެ އައުލާކަން ބޮޑުވާނީ މިފަސްގަނޑުގައި ދިރިއުޅޭ މީހަކު އެވާހަކަ ދެއްކުމެވެ. އެހެނީ މިތާނގެ، ދައްޗާއި ފަސޭހަ ތަޖުރިބާ ކުރެވިފައި ވާނީ، މިތާ ދިރިއުޅޭ މީހަކަށެވެ. ޢުގެއިލު ތިހާ ދިވެހިންނަށް ހެޔޮ އެދެންޏާ، ދިވެހި މޮޅު ދަރިވަރުންނަށް ނިކަން، އިނގިރޭސިވިލާތުން ޔުނިވަރސިޓީ ތަޢުލީމާއި، ވަޒީފާގެ ފުރުޞަތު ލިބޭތޯ އުޅެދީ ބަލާށެވެ! ވަރަށްގިނަ ދަރިވަރުން ތިބޭނީ އެފަދަ ފުރުޞަތަކަށް އެދިއެދިކަން ޔަގީނެވެ. ބޭރުންނާއި އެތެރެއިން ހަމައެކަނި ތިމާމީހާ ހުރިހައި މޮޅެއް ހޯދަން ނޫޅޭށެވެ!

  4
  1
 7. Anonymous

  ދުވަހަކު ވެސް ހަމަލޮލައް ނުފެނެ .އެކަމަކު..އަޅުގަނޑާ އަޅުގަނޑުގެ ޢާއިލާ އަބަދުވެސް ވ. ލޯބިވާ އިހުތިރާމު ކުރާ، އިތުބާރު ކުރެވޭ ފަދަ ބޭފުޅެއް.

  2
  4
 8. މަހާކަލަމެންޖާ

  މިހާރު މިރާއްޖޭގެ ވެރިކަމަށް އެންމެ ކުފޫ ހަމަވާނީ ހަމަޔަޤީނުންވެސް ޕްރޮފެސަރ ޙަސަން އުޤައިލު އާއި ޑރ. މުޙައްމަދ ޝަހީމް ޢަލީ ސަޢީދު ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.

  4
  6
 9. ހާމިދު ޝާހިދު

  މީނާ ކޭމްޕޭނު ފައްޓަވަނީ ކޮންއިރަކުންތޯ. އިރެއްގައި ޑރ ވަހީދު ފުރަތަމަ ޕީއެޗްޑީ ނަގައިގެން އައިސް މޮއްބުރި ދައްކާލީމާ ވޯޓު ލީހެން މިހާރު މީހުން ވޯޓުލާނީ ލައްކަ މަސައްކަތް ކޮށްގެން. ރައްޔިތުންނާހަމައަށް ފައިބައިގެން. އެމީހުންގެ އިހުސާސުތައް ހުރި މައްސަލަތައް ނަގައިގެން. ހީވަނީ މިފަހަރު އިންތިހާބު ގެ ވޯޓު ވަރަށް ބޮޑަށް ބައިބައިވާނެކަމަށް. އިބޫ، ނަޝީދު، ޔާމީން، އުގައިލް، ގާސިމް، އުމަރު ނަސީރު. އެންމެފަހުން ހުރިހާ މޮޅެއް ރައީސް ސޯލިހަށް.

  1
  3
 10. ދިވެހިން

  ކަލޭތީކާކު؟

  3
  6
 11. ގަރުދިޔަ ބޯތަށި666

  އުގޭލެއްނޫން ސުގޭލުވިދާޅުވިއަސް އެއީ ވ ރަނގަޅު ވާހަކަފުޅެއް..ބުނާމީހާއަށް ނުބަލާ ބުނާ ބަހަށް ބަލާށޭ މުސްކުޅިން ބުނެއެއްނޫންތޯ

  2
  1