އެމްޑީޕީގެ ގައުމީ މަޖިލިސް ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ބައިވެރިވެވޭނެ ކަމަށް އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާތީ އޭނާގެ ނަން ކެނޑިޑޭޓުންގެ ލިސްޓުގައި ހިމަނައިފިއެވެ.

މަހުލޫފަށް އެމްޑީޕީގެ ގައުމީ މަޖިލިސް ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި ބައިވެރިވެވޭނެ ކަމަށް އިސްތިއުނާފުގެ މަޖިލީހުން ނިންމާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި މަހުލޫފް ކުރިމަތި ލައްވާފައިވަނީ ކ، އއ. އދ. ވ ހިމެނޭ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށެވެ.

އެމްޑީޕީން މިއަދު އާއްމު ކޮށްފައިވާ ކެނޑިޑޭޓުންގެ ލިސްޓުގައި މަހުލޫފުގެ ނަން ހިމަނާފައިވާ ސަބަބެއް ކަމަށް ބުނެފައިވަނީ އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލިހުގެ ނިންމުމާ އެއްގޮތަށް ކެންޑިޑޭޓް ލިސްޓަށް އޭނާގެ ނަން އިތުރު ކުރަން ނިންމާފައިވުމެވެ.

މަހުލޫފަށް އިންތިހާބުގައި ބައިވެރިވެވޭނެ ކަމަށް ނިންމައި ކެނޑިޑޭޓުންގެ ލިސްޓުގައި އޭނާގެ ނަން ހިމެނިއިރު، އޭނާ މިވަގުތު ހުންނެވީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ މައްސަލައެއްގައި ސަސްޕެންޑް ކޮށްފައެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން އިންތިހާބުތަކުގައި ވާދަކުރުމުގެ ޝަރުތަކަކީ އެ ޕާޓީގެ މެންބަރަކަށްވުން އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސާބަހޭ މަޚްލޫފް!

    މިތިބެނީ އަޞްލު ސިޔާސީ ތަޖުރިބާކާރުންނަކީ! މީހަކު މާޔޫސްވެގެން ވެސް ހުއްޓާލާވަރު މަޚުލޫފަށް ކޮށްފި އެވެ. އެކަމަކު ވެސް އެ އެންމެންނާ ކުރިމަތިލައި، ފަސްކުޅި ކުރިއަށް ކުޅެ، ކުޅިބައި އެ ގެންދިޔައީ މަޚްލޫފެވެ. މަހަމަ، ކޮސްވެ އަންތަރީސް ވެއްޖެއެވެ! މަޚްލޫފަށް ސެލުއުޓް ކުރަމެވެ! މަޚްލޫފްގެ ޙަޔާތުގެ މައްޗަށް ފިލްމެއް އުފައްދައިފިއްޔާ، ބްލޮކް ބަސްޓަރ އަކަށް ވާނެކަން ޔަޤީނެވެ!

  2. ވިސްނާ

    ރާއްޖޭގައި ހިންގާފައިވާ އެންމެބޮޑުޚިޔާނާތުގެފައިސާ ފަހުލޫފަށްވެސްލިބިފައިވާއިރު މިދަނޑިވަޅުގައި
    ޚިޔާނާތެއްގައި ބައިވެރިވެފައިވާ ފަރާތެއްގެނަން ހިމެނުމަކީ ރަގަޅުކަމެއްތޯ