އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ވޯޓާއި ނުލާ 165 ކެނޑިޑޭޓުން ހޮވިއްޖެއެވެ.

އެކަން ހާމަ ކޮށްފައިވަނީ އެމްޑީޕީން މިއަދު އާއްމުކޮށްފައިވާ "ދާއިރާ އިންތިޚާބު 2021 އަށް އެންމެ ކެންޑިޑޭޓެއް ކުރިމަތިލުމުން އިންތިޚާބަކާއިނުލާ ހޮވުނު ކެންޑިޑޭޓުންގެ ލިސްޓު" އިންނެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.

އެމްޑީޕީން މިއަދު އާއްމު ކުރި ލިސްޓުގައިވާ ގޮތުން ވޯޓަކާއި ނުލާ 165 ކެނޑިޑޭޓުން ވަނީ ހޮވިފައެވެ.

މި އިންތިހާބުގައި އެމްޑީޕީގެ 90،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެއެވެ. ޖުމްލަ 455 މަގާމަކަށް މީހުން އައްޔަނުކުރާއިރު، 700 އަށް ވުރެ ކެންޑިޑޭޓުން މި އިންތިހާބުގައި ވާދަކުރާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

މި އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި 900 މީހުން ހަރަކާތްތެރިވާއިރު 300 ވޯޓު ފޮށި ބަހައްޓައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮރަލް

    ވޯޓާ ޑިމޮކްރަސީގެ ވާހަކަ ދައްކާ އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ވޯޓް ނުލާ ހޮވުނު ކަމަށް ބުނެ ފިއެވެ. އެހެން ބަޔަކަށް އިތުރު ފުރުސަތެއް ވެސް ނުދެ އެވެ.