ރ. އަތޮޅު ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެމްޓީސީސީންނެވެ.

އެ ކުންފުނިން ހާމަކޮށްފައިވާގޮތުގައި، މި މަޝްރޫއުގެ ދަށުން، 8100 ކިއުބިކް މީޓަރުގެ ވެލި ބެކްފިލްކުރުމާއި، 250 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައި - ފޮޓޯ: އެމްޓީސީސީ

ޕްލޭނިންގ މިނިސްޓްރީން އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މި މަޝްރޫއަކީ 8.96 މިލިއަން ރުފިޔާގެ މަޝްރޫއެއްކަން ފާހަަގަކޮށްލަން ޖެހޭއިރު، މި މަޝްރޫއުގެ މަސައްކަތްތައް ނިންމުމަށް ހަމަޖެހިފައިވަނީ 180 ދުވަހުގެ ތެރޭގައެވެ.

އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާއިރު، އެރަށު ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު