އިދިކޮޅު ފަރާތްތަކުން 2018 ވަނަ އަހަރު އުފައްދާ ސަރުކާރު އޮންނާނީ ދޮޅު އަހަރު ދުވަހަށް ކަމަށް އެމްޑީޕީގެ މެނިފެސްޓޯގައި ބުނެފިއެވެ.

އއ. އުކުޅަހުގައި މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅީ މެނިފެސްޓޯގައި ބުނެފައި ވަނީ އެމްޑީޕީން އުފައްދާ ދޮޅު އަހަރުގެ އިންތިގާލީ ވެރިކަމަކީ މިހާރު ހަރާބުވެފައިވާ ދައުލަތުގެ ނިޒާމު ރަނގަޅުކުރާނެ ދޮޅު އަހަރު ކަމަށެވެ.

ކޯލިޝަން ސަރުކާރަށް ގާނޫނީ ހައިސިއްޔަތު ލިބިގެންދާ ގޮތަށް ބަދަލުތައް ގެނައުން ،މި މެނިފެސްޓޯގައިވެއެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ "އިންސާފު" މިބައި ހުށައަޅައި ދެއްވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ، އިންތިޚާބުގައި ޕާޓިތަކުން ބޭނުންވާ އެޕާޓީގެ އެންމެ ތާއީދު ބޮޑު، އެޕާޓީތަކުގެ ޕްރައިމަރީތަކުން ނެރޭ ކެންޑިޑޭޓަކަށް ވާދަކުރެވޭނެ ދޮރު މިއަދުގެ ސަރުކާރުން ޣައިރު ގާނޫނީ ގޮތުން ބަންދުކޮށްފައިވާ ކަމަށެވެ.

"މި ސަރުކާރުން ބަންދުކުރި އެ ފުރުސަތު އަލުން އަނބުރާ ހޯދުމަށްޓަކައި، އެއްބައިވަންތަ ކަމުގެ އިންތިގާލީ ސަރުކާރެއް ބޭނުންވޭ. އެ ސަރުކާރު ވާންވާނީ ދޮޅު އަހަރު ދުވަހަށް ދެމިގެންވާ ސަރުކާރަކަށްކަމަށް އެމްޑީޕީން ގަބޫލު ކުރަން. އަދި އެ ދޮޅު އަހަރަކީ ރައްޔިޔުން އިތުބާރު ކުރުވަނިވި މުއައްސަސާތަކެއް ބިނާވެގެންދާނެ " އިންތި ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުން ނުރުހޭ ވެރިކަންތައް ، ސިޔާސީ ހަމަޖެހުން ނުގެއްލޭ ގޮތަށް ގާނޫނާއި އެއްގޮތަށް މަޖިލީހުގެ ތެރެއިން އެވެރިކަންތައް ބަދަލުކުރެވޭނެ ގޮތަށް ގާނޫނަށް ބަދަލު ގެނެވޭނެކަމަށް އެމްޑީޕީގެ "އިންސާފު" މެނިފެސްޓޯގެ ބައިގައި ވަނީ ހިމަނާފައެވެެ.

އެމްޑީޕީގެ މެނިފެސްޓޯގައި މި ގޮތަށް ހިމަނާފައިވަނީ، މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމުގެ ފުރުސަތު ލިބިވަޑައިނުގަންނަވާނެތީ، ރިޔާސީ ޓިކެޓް ދޫކޮއްލި ކުރީގެ ރައީސް ނަޝީދަށް އަލުން އެފުރުސަތު ހޯދައި ދިނުމަށް ކަމަށް ބެލެވެއެވެ.

އިންތިހާބުގައި ވާދަ ނުކުރައްވާނެކަމަށް ނަޝީދު ހާމަކުރެއްވީ އެމްޑީޕީގެ ޕީޖީ ގުރޫޕަށް ފޮނުއްވި މެސެޖެއްގައެވެ. އިންތިހާބުގައި ވާދަ ނުކުރެއްވުމަށް ނިންމެވީ އިލެކްޝަންސް ކޮމިޝަނުގެ އަމަލުތައް ހުރިގޮތުން ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެކަމުގެ ކަންބޮޑުވުމާއި ގުޅިގެންކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އެއްލާލާތި

    ދޮޅު އަހަރުގެ މުއްދަތަކަށް އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދަން އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފި ނަމަ ދޮޅު އަހަރު ދުވަހުގެ ސަރުކާރެއް ހިންގަން ރައްޔިތުން ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ވޯޓް ދޭން ލެޖިޓިމަސީ އެއް ނޯންނާނެއޭ އެއްވެސް ދިވެހި ރައްޔިތަކަށް ސަބަބަކީ އެއީ ގާނޫނު އަސާސީ ގައި އޮންނަނީ ރިޔާސީ ކެންޑިޑޭޓަކު އަދި އޭނާގެ ނައިބް ރައްޔިތުން ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދެއް ކޮށް ގެން އެކަން ކުރަން ގާނޫނު އަސާސީގައި ލިޔެވިފައި އޮންނަނީ 5 އަހަރު ދުވަހުގެ މުއްދަތަށޭ ކަން މިހެން ހުރުމުން މިކަން ޖެހޭނެއޭ އިލެކްޝަންސް ކަމިޝަން އިން ބަލާ އެމްޑީޕީން ރިޔާސީ ކެންޑިޑޭޓެއް ނެރޭނަމަ އެމްޑީޕީ އަށް އަންގަން 5 އަހަރު ދުވަހުގެ މެނިފެސްޓޯ އެއް ތައްޔާރު ކުރަން. އެނޫން ގޮތަކަށް އެމެނިފެސްޓޯގައި ލެޖިޓިމެސީ އެއް ނޯންނާނެއޭ ނޯންނާނެއޭ މިކަން ދަންނަން ޖެހޭނެއޭ އޭޖީ ވެސް އަދި އިލެކްޝަންސް ކަމިޝަން އިން ވެސް މިކަން ބަލަން ޖެހޭނެއޭ އިލެކްޝަންސް ކަމިޝަން އިން އެއީ ތަމެންގެ ޒިންމާއެކޭ.

  2. Anonymous

    ނަޝީދު މިއުޅރނީ ދޮޅުއަހަރު ފަހުންވެސް ވެރިކަން ލިބޭތޯ ދޯ. ދިވެހިންގެ ހަޒާނާއިން އިންތިހާބަށް ހަރަދުކޮށްފަ ރައްޔިތުންނަށް ބޭނުންވާ ބޯފެނާ ނަރުދަމާފަދަ ކަންކަން ކުރާނެ ކަމެއް ނެތް.

  3. މަރިއްތަ

    މިއީ ނަޝީދު ވެރިކަމަށް އަވަހަށް އަންނާނެ ގޮތުގެ ފޯމިއުލަރ. މީނަ ބޭނުން މީހަކު ވެރިކަމަށް ގެނެސް މީނައަށް މައާފު ދިނުމާއެކު އެވީ އަނެއް އިންތިހާބު ބާއްވަން. ކޮންމެ އިންތިހާބަކަށް 100 މިލިއަން. ރައްޔިތުންނަށް ކޯންޗެއް؟

  4. ނުވާނެއޭ

    ރާއްޖޭގެ ގާނޫނު އަސާސީ އަކު ނޯންނާނެއޭ ރާއްޖޭގެ ރިޔާސީ ކެންޑިޑޭޓަކު ދޮޅު އަހަރުގެ މުއްދަތަށް ހޮވަން ރައްޔިތުން ވޯޓް ދޭން އަދި އެގޮތަށް ރައްޔިތުން ގާތު ވޯޓް ހޯދަން ކަމަށް ގަސްތު ކޮށް އެކަމަަށް މަގު ފަހިވާނެ އުސޫލުން ދޮޅު އަހަރު ދުވަހުގެ މުއްދަތަށް ރިޔާސީ ދައުރެއް މުއްދަތު ކަނޑައަޅައިގެން މެނިފެސްޓޯ ނެރެގެން އެފަދަ މެނިފެސްޓޯ އެއް ނެެރެން ރައްޔިތުންގެ ފައިސާ އިން 2 އަހަރު ދުވަސް ތެރޭގައި ހަމަ އެކަނި ރިޔާސީ އިންތިޚާބަށް ޓަކައި 2 ބިލިއަން ރުފިޔާ ޚަރަދު ކުރުން އެއީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން އެކަން ތަމެން އެމްޑީޕީން ކުުރާ ނަމަ ކުރަން ޖެހޭނީ ރައްޔިތުންގެ ރިފަރެންޑަމް އަކަށް ގޮސް ރައްޔިތުންގެ ރިފަރެންޑަމް އަކުން އެކަން ފާސް ވުމުންނޭ އަދި އެކަމަށް ކުރަން ޖެހޭ ހުރިހާ ޚަރަދެއް ކުރަން ޖެހޭނީ އެމްޑީޕީން ނޭ ޓެކްސް ޕޭޔަރ މަނީން އެންމެ ރުފިޔާ އެއްވެސް ނުލިބޭނެއޭ އެކަމަށް. ކެނެރީގެ ނަޝީދުގެ އަމިއްލަ ތަރިކަ މުދަލެއް ނޫން ދައުލަތުގެ މާލިއްޔާ އަކީ އެއީ މަމެންގެ ވެރިކަމުގައި ހޯދި ފައިސާ.

  5. ބަރުގޮނު

    މިހާރުވެސް ތިޔަ އޮޅުވާލަނީ. ރަގަޅަށްވިއްޔާ ތިޔައީވެސް ނަޝީދުގެ ޚިޔާލެއް. ތިމާގެ ޕާޓީގެވެސް އެހެން މީހަކަށް ވެރިކަން ލިބެން ނަޝީދު ނޭދޭނެ.

  6. ބުއްޅަބެ

    ތިޔަ އުޅެނީ ސޮނިބެ ވެރިކަމަށް ގެންނަން

  7. ފާތު

    ދެހަފުތާަގެ މުއްދަށް ވެރިކަން ބަދަލުކުރާަގޮތަށް ހަމަޖައްސަން ވީިނުން. އޭރުން މާއަވަހަށް އަންނިއަށް ވެރިކަމަށް އާދެވޭނެ. ވެރިކަމާހެދި މޮޔަވާ ބައިގަނޑެއް.

  8. ޏަމްޏަމް

    މޮޅު ފޯމިއުލާއެއް ތި ދެން އެންމެންނައްވެސް އޮޅިފައޮތް ފޯމިއުލާއެއް ނޫން ސޮނިބެގެ ހަރާބުވި ހިޔާލެއްތީ .

  9. ހޮޅީކޮޅު

    ކޮންމެކަމެއްވެސް ތިނިންމަނީ ގާނޫނާ ފުށުއްރާގޮތަށް..!

  10. ބުއްޓޫ

    ކޮބާ ރައީސް މައުމޫން......އެމަނިކްފާނަށް ހަމަ ނެތީތަ އެކައްތެއްވެސް؟

  11. Anonymous

    ރައްޔިތުން މީ ކީއްކުރާ ބައެއް؟ ވެރިކަމަށް އަންނަބަޔަކު ގާނޫނަކަށް ބެލުމެއްނެތި ބޭނުން ކިރަކު އިންތިހާބު ބާއްވަންޏާ މިިމީހުން ރައްޔިތުންނަކީ ވޯޓުދޭންތިބި ބައެއްކަމަށް ނުދެކޭ. އެއީ ގާނޫނުގައި އޮތީ 5 އަހަރުގެ ދައުރު ކަމަށްވާތީ.

  12. ދޮންބެ

    ކޮންމެ ގޮތަކައް ރޭވިއަސް އައްނި އައް ވެރިކަމައް ކީއްކުރަން މިދިވެހި ރާއްޖެ އައްވެސް ނާދެވުމައެދި ދުވާކުރަން

  13. ނާއި

    ދައުލަތުގެ ޚަރަދުބޮޑުކުރަން ތިފަދަ ވެރިކަމެއް ބޭނުމެއް ނޫން. މި ބުނީނު ބޭނުމެއް ނޫނޭ. އާ ހަމަ ބޭނުމެއް ނޫން. އަދިވެސް މި ބުނަނީ ހަމަ ބޭނުމެއް ނޫން. ބަލަގަ ބޭނުމެއް ނޫނޭ.

  14. ސަންފައްތަ

    ތަމެންނަށް މަށެއް ވޯޓެއްނުދޭނަން
    މިއީ ނާތަހުޒީބީ ވެރިކަމަކަށް ސާބަސްދިނުން. މިމީހުން ބޭނުން ކޮންމެކަމެއްވެސް ކޮއްފާނެ 1އަހަރުފަހުން އާރައީސަކަށް އަނެއްކާ ބައިއަޅަންވީ. ރައްޔިތުންގެ ފައިސާއިން. އެއްފުޅަށްމަތިން ފުއްްމާލި ބަކަރި އަނެއްފުޅަށްމަތިން ވެސް ފުއްމާލާނެ. މިފަހަރުވެސް ގާސިމް ބޮލަށް ޗިޕެއްޖަހާލާ އަހަރެއްފަހުން އަންނި އައިސް ލުބޯ ފަޅިޔެއް ފެލާހެން ފެލާލާނެެ ބަލަންހުރެ

  15. އިބްރާހީމް

    އިބޫ އަކީ އެއްވެސް މީހެއްގެ އަޅަކަށް ނުވާކަން މީގެން އިނގެނީ. ޙަޤީޤަތަކީ އިބޫ ވެރިކން ބޭނުމޭ ނުބުންޏަސް އޭނަ ވެރިކަން ބޭނުންވާކަން. ކުރިމަތިވެފައި އޮތް އިންތިޚާބުގައި އަންނިއަށް ވެރިކަމަށް ކުރިމަތި ނުލެވޭނެކަން އެމްޑީޕީގެ ހަމަވިސްނޭ ބަޔަކަށް ޔަޤީން ވުމުން، މާ ހަރު ރަނަގަޅު މީހަކު ޕާޓީގައި ނެތީމާ ފެށުނީއްސުރެ އެމްޑީޕީގައި ހުރި ކޮންމެ ދައުރަކުވެސް މަޖިލީސް ކާމިޔާބުކުރާ އިބޫއަށް ޓިކެޓްދޭން އެމީހުންގެ ޚިޔާލު ހުށަހެޅި ހިސާބުން އަންނި ހިތްހަމަ ނުޖެހިގެން، ރުޅިއައިސް އެިބޫއާއި ވަތް ކަނޑާލުމުން މިދިޔަ ހަފުތާ އިބޫ ލަންކައަށް ގޮސް އަންނިއަށް ވިސްނައިދީ އަންނިއާއެކު ޑީލެއް ހެދީ އޭނާވެރތިކަމަށް ގެނައުމަށް އަންނި ތާއިދުކޮށް އަންނިގެ ޕްލޭން އޭ ދޫކޮށް ލިމަށް. އޭރުން އިބޫގެ ވެރިކަމުގައި ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އަންނި މިނިވަންކޮށްދީ ޓާމު މެދުތެރޭން އިލެކްޝަނެް ބޭއްވުމަށް. އެއީ އަންނި ވެރިކަމަށް ގެނައުމަށް، އެކަމަކު އިބޫނުވާނެ އެއްވެސް މީހެއްގެ އަޅަކަށް ދޯ