ހުޅުމާލެ ފޭސް އެކަކާއި ފޭސްދޭއްގެ ދެމެދުގައި ތަރައްގީ ކުރަމުން އަންނަ ޗެނަލްގެ %66 މަސައްކަތް ނިމިއްޖެ ކަމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެެވެ.

އެޗްޑީސީއިން ބުނީ މި ޗެނަލްއަކީ ފުޅާމިނުގައި 50 މީޓާރު، 1.85 މީޓަރުގެ ފުންމިން ހުންނަ ހަތަރު ބްރިޖަކުން ފޭސް އެކަކާއި ފޭސް ދޭއް ގުޅުވާލަދޭ ޗެނަލްއެއް ކަމަށެވެ. އަދި މި ޗެނަލްގައި ފެން ދައުރުވޭވޭ ހުންނާނެ ކަމަށާއި، އޭގެ ސަބަބުން ރަށް ގިރުމުން ކޮންމެވެސް ވަރެއްގެ ރައްކާތެރިކަމެއް ލިބޭނެ ކަމަށް ބުނެފައިވެއެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ނިމޭނެކަމަށް ލަފާކޮށްފައިވާ މި މަސައްކަތުގައި މިހާރު ކުރިޔަށް ދަނީ ބިންގަޑު އެއްވަރު ކުރުމުގެ މަސައްކަތާއިި، ގަލުގެ މަސައްކަތް އަދި ޗެނަލް ސަރަހައްދުގެ ވަށައިގެން ފާރު ރޭނުމުގެ މަސައްކަތާއި، އެ ސަރަހައްދުގެ ފެނުގައި ހުރި ކުނިބުނި ނަގައި ފެން ސާފު ކުރުމުގެ މަސައްކަތެވެ.

ޗެނަލް ކޮނުމުގެ މަސައްކަތް ކަމަށް ވެސް މިހާރު ވަނީ ފަށާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަސައްކަތް ފެށި ހުޅުމާލޭގެ ދެފޭސްގެ ޗެނަލްގެ މަސައްކަތް ކުރަނީ ހުޅުމާލޭގައި 7،000 ފްލެޓުގެ މަސައްކަތް ކުރި ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީސީ) އެވެ. މިމަސައްކަތް ކުރަނީ ސައުދީ ފަންޑުން ދީފައިވާ 80 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާ) ގެ ލޯނަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދޯދި

    ރ. ޔާމީން ގެ ތަސައްވަރު ތި ފެން ނަނީ

    7
    1
  2. ސަލ

    ދުރުވިސްނޭ ޤައުމަތްޓަކައި، ރައްޔިތުންގެ ލާބައާއި ޤައުމުގެ ތަސައްވަރަށް މަސައްކަތްކުރާ ވެރިންގެ މަސައްކަތް ތި ފެންނަނީ. ހިތާމަޔަކީ މިފަދަ ކަންކަން ފަޑުކޮށްލަން އެފަދަަަ ލަޔާގަތެއްނެތް ވެރިން އައިސް ތަންތަން ފަނާކޮށް ނަންބަދަލުކޮށް، ކުލަ ބަދަލުކުރަމުން ދާކަށް. ހިޔާފްލެޓްގަ ފިޔާތޮށިކުލަ ހުރީމަވެސް އެވެރިންނަށް ހަޖަމެއް ނުވި.

    1
    2
  3. ހެހެ

    މައުމޫނުގެ ތަސައްވަރު