ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ) ސޮއިކުރުން މަޑުޖައްސާލަން ނިންމާފައިވާ ކަން ހާމަ ކުރައްވައިފިއެވެ.
އެމްއެންޕީއަކީ މަޖިލީހުގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް) އިސްވެ އުފައްދަވާ ޕާޓީއެކެވެ. 2023 ގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ކެންޑިޑޭޓަކު ވާދަކުރަން ނިންމާފައިވާއިރު، ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ނާޒިމް ވާދަކުރައްވައެވެ.
މީގެ އިތުރުން އެ ޕާޓީއާ ގުޅިވަޑައިގަތް މަޖިލިސް މެންބަރުންނަކީ ނާޒިމްއާ އާއިލީ ގުޅުމެއް އޮންނަ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމްއާއި، ނާޒިމްގެ ގާތް އެކުވެރިޔެއް ކަމުގައިވާ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްގެ އިތުރުން މޮސްޓާއާއި ޖޭފޯއެވެ.
މާދަމާ 5،000 މީހުންގެ ސޮޔާއެކު ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހަޅަން ދާން ނިންމާފައިވަނިކޮށް ދެ ބޭފުޅުން ވެސް ވަނީ ޕާޓީއަށް ސޮއިނުކުރައްވާ ކަން ހާމަކުރައްވައިފައެވެ. މީގެ ކުރިން ވެސް ދެ ބޭފުޅުން ސޮއިނުކުރައްވާ ތިއްބެވި ކަމުގެ އަޑުތަކެއް ފެތުރިގެން ދިޔައެވެ.
"ދިވެހި ޗެނަލް" ގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ޖޭފޯ ވިދާޅުވީ، އާ މީހުނަަށް ފުރުސަތު ދޭނެ ކަމަށް ވަކާލާތު ކުރައްވައިގެން އުފައްދަވާ ސިޔާސީ ޕާޓީއެއްގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ހައިރާން ކަމެއް ލިބުނު ކަމަށެވެ.
"އެމްއެންޕީގެ ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ވެސް ކާނަލް ނާޒިމް އިއުލާން ކުރައްވައިފި، ރިޔާސީ ޕްރައިމަރީގައި ތިމަންނަ ވާދަކުރައްވާނެ ކަން، އާ ބޭފުޅުންނަށް ފުރުސަތު ދެއްވަން ވެގެން އުޅޭ ޕާޓީއެއްގައި އެއީ ފުރަތަމައިނުން ވެސް ފުރުސަތު ބަންދުވާ ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފެނުނީ،" ޖޭފޯ ވިދާޅުވިއެވެ.
ޖޭފޯ ވިދާޅުވީ ކޮންމެ ބޭފުޅަކަށް ވެސް ސިޔާސީ އިސް ހަރުފަތަށް ދާން އެމްއެންޕީން ތަސައްވުރު ކުރައްވާ ގޮތަށް ފުރުސަތު އޮންނަން ވާނެ ކަމަށެވެ. އެހެންވިޔަސް ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ވެސް ހައިރާން ކަމެއް ލިބިގެން ދިޔަ ކަމަށް ޖޭފޯ ވިދާޅުވިއެވެ.
"ކުރިއަށް އޮތް ދުރު މުސްތަގުބަލުގައި ވާނެ ގޮތެއް ނޭނގެ، އެހެންވިޔަސް މި ވަގުތަށް ރަސްމީކޮށް އެމްއެންޕީއާ އެކު މަސައްކަތް ކުރުން ހުއްޓާލަން އަޅުގަނޑު ނިންމައިގެން މި ހުރީ،" ޖޭފޯ ވިދާޅުވިއެވެ.
އެ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން މޮސްޓާ ވިދާޅުވީ އެމްއެންޕީއާ ގުޅިވަޑައިގަންނަވަން ވިސްނެވީ އަމިއްލަ ވިސްނުމެއްގެ ސިޔާސީ ޕާޓީއެއް އުފައްދަވަން ކަމަށެވެ. އުފެއްދުމަށް މަސައްކަތް ކުރި ނަމަވެސް އަދި އަދަށް ވެސް ޕާޓީއަށް ސޮއި ނުކޮށް އެ ނިންމެވުން މަޑުޖައްސާލި ކަމަށް މޮސްޓާ ވިދާޅުވިއެވެ.
ޕީޕީއެމްއާއި ޕީއެންސީގެ ތާއީދު ނޮޅިވަރަމް ދާއިރާގައި ބޮޑުކަން ފާހަގަ ކުރައްވައި މޮސްޓާ ވިދާޅުވީ، އެމްއެންޕީގެ ފިކުރު އެ ދާއިރާގައި ބޮޑު ކުރެވެން އޮތީ ޕާޓީން ރައްޔިތުން އެދޭ ވިސްނުމެއް ދެއްކިގެން ކަމަށެވެ.
"ފުރަތަމަ ޕްރެސް ކޮންފަރެސް އިން ފެށިގެން އަޅުގަނޑު އެ މަސައްކަތް ހުއްޓާލައިފިން، މި ވަގުތު އެ މަސައްކަތުގައި އުޅެން ނުވިސްނަން، ނުފެންނާނެ، ދުރު މުސްތަގުބަލުގައި ނުފެންނާނެއެކޭ އަދި ބުނަން ދަތި،" މޮސްޓާ ވިދާޅުވިއެވެ.
މޮސްޓާއަކީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެހެންވިޔަސް މަޖިލީހުގެ އިންތިޚާބުގައި އޭނާ ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ. އަދި އަމިއްލަ މެންބަރެއްގެ ގޮތުގައި ދެމިހުންނަވާނެ ކަމަށް ވެސް މޮސްޓާ ކުރިން ވިދާޅުވިއެވެ.
މޮސްޓާ ވިދާޅުވީ އަދިވެސް އެ ނިންމެވުމަށް ބަދަލެއް ނުގެންނަ ކަމަށެވެ. ޕާޓީއަކާ ގުޅިވަޑައިގަތުމާއި އަމިއްލަ ޕާޓީއެއް އުފެއްދެވުމަކީ ތަފާތު ކަމެއް ކަމަށް މޮސްޓާ ވިދާޅުވިއެވެ.
ޤައުމަށްޓަކައި ނިންމެވި ވަރަށް ރަނގަޅު ނިންމެވުމެއް ކަމުގައި ދެކެން. ދެބޭފުޅުންނަށް ވެސް ޝުކުރިއްޔާ.
ރަގަނޅު ދިރުވިސްނޭ ނިންމުމެއްކަމަށް ފާހަގަކުރަން!! މިހާރު ދިވެހި ގައުމަށް ހެވެއްއެދޭ އަދި މިނިވަންކަމާ އިސްތިގުލާލު ދަމަހައްޓަން ބޭނުންވާ ރައްޔިތުން ތަކެއް މިގައުމުގައި ތިބިނަމަ މިހާރު ޕާޓީ ފިކުރާ އަމިއްލަ މަސްލަޙަތުވެސް ދޫކޮށްފަ ކުރަންޖެހެފައިވަނީ އެންމެ ކަމެއް!! އެއީ އިންޑިޔާގެ އަޅުވެތިކަމުން މިގައުމު ސަލާމަތްކުރުން!! މިރާއްޖޭގައި މިއޮތް އަނިޔާވެރި ބަލާވެރިކަމުން މިގައުމު ސަލާމަތްކުރުން! މިނޫން އެއްވެސް މަސްލަޙަތެއް އެއްވެސް ރައްޔިތަކު މިވަގުތު އިސްކޮށްގެންވާނެކަމަކަށް ނުދެކެން!! މިހާރު މިގައުމު މިދާގޮތަށް އިތުރު އަހަރުތަކަކަށް ދަންމާލަން ދިވެހި ރައްޔިތުން އަދި ޚާއްސަކޮށް ދިވެހި ޒުވާނުން ދޫކޮށްގެން ބަލަން ތިބެއްޖެނަމަ ފަހުން ފެންނާނީ ވަރަށް ހިތި މަންޒަރުތަކެއް!! ތިމާގެ ވަށައިގެން ހިނގާ ކަންތައްތަކާ ގައުމުގައި ކަންތައްތައް ވަމުންދާގޮތާ ޚާއްސަކޮށް ރާއްޖޭގައި ހުންނަ އިންޑިޔާގެ އެންބަސަޑަރާ އެއެންބަސީން ދިވެހި ގައުމާ ދިވެހި ރައްޔިތުންނާ ދޭތެރޭ ޢަމަލުކުރަމުންދާ ގޮތާ ދޭތެރޭވެސް ވަރަށް ފުންކޮށް ދިވެހި ރައްޔިތުން ވިސްނަންޖެހޭ!! މިރާއްޖޭގައި ހުރި ބޭރުގެ އެއްވެސް އެންބަސީއަކުން ޢަމަލުކުރަމުން ނުދާގޮތަށް ވަރަށް ނުރައްލަތެރިކޮށް އިންޑިޔާގެ އެންބަސީން މިގަައުމުގައި މަސައްކަތްކުރަމުން އެގެންދަނީ!! މަޖްލިސް މެމްބަރުންނަކި ދިވެހި ރައްޔިތުން ހޮވާފައިވާ ބައެއް! ރައްޔިތުންނަށާ ޖުމްލަކޮށް ގައުމަށް އިޚްލާސްތެރިވާންޖެހޭ މަޖްލިސް މެމްބަރުން އަދި ދިފާޢީ ބާރުތަކުން!!
ﷲތިދެމީހުންނައް ހެޔޮވިސްނުންދެއްވާންދޭވެ.
ކޮބާ ނާޒިމު. ހީވޭ ކަމެއް ހެން
މޮސްޓާއަށް ސާބަސް!
ނާޒިމަކީ އަމިއްއެދުމުން ފޯވެފައިވާ މިހެއްކަމަށް ފެނޭ!
އާރު ސީ ސީ އިން ހުޅުމާލޭގައި އަޅާފުލެޓްތަށް ވިއްކުމުގައިވެސް މިކަން ވަރަށް ރަގަޅަށްފެނޭ!
ފްލެއްވިއްކުމުގައި އަދުލުވެރި ނުވެވޭ މީހަކަށް ވެރިކަން ދޭން ހެޔޮވާނެތޯ؟
އެ ފްލެޓްތައް ވިއްކުމުގައި އަމަލުކުރަނީ ޕްރޮޕޯސަލްގައިވާ ގޮތައްތޯ ބައްލަވައިދެއްވުން އެޗްޑީސީ ގެ ކިބައިން އެދެން!
ކޮން ބޭކާރު ވާހަކައެއް ؟
ޕޭމެންޓް ލަސްވީ ނުވަތަ ކުޑަވީ . ހަމަޔަގީން
ދެބޭފުޅުން ވެސް މަސްލަހަތު އިސްކޮށާ މި ވަގުތަށް ޕީޕީއެމާާއި ގުޅިވަޑައގަތުން އެޢީ ގައުމު އެދޭގޮތް
ނާޒިމަކީ އިންޑިޔާގެ ޕަޕެޓެއް. ދިވެހި ރައްޔިތުން ވޯޓް ނުދެއްވާތި. ފައިސާ ނޫން އެއްޗެއް ނާޒިމަކަށް މުހިންމެއް ނުވާނެ.
ފައުންޑޭޝަން ނުނިމެނީސް ބިންގާ ގުޑައިފި. ފުރަތަމަވެސް ފެނުނީ ގާތް މީހުނައްކެހިދިން މަންޒަރު. ދެންވާނެ ގޮތެއްއގޭނީ ފަހުން.
މޮސްޓާ އަކީ ފިކުރުގެ ގޮތުން އެމް.ޑީ.ޕީ އާއި އެޕާރޓީގެ ގިނަ މެމްބަރުންނާ ވަރަށް ޚިޔާލުފުޅު ތަފާތު ބޭފުޅެއް ކަން މަޖްލިސް ޖަލްސާތަކުން އެގިގެންދޭ. އަދި ނޮޅިވަރަމް ދާއިރާގެ ގިނަބައެއް ޕީ.ޕީ.އެމް އަށް ތާއީދު ކުރާ ކަން ނޭގޭ މީހުން ވަރަށް މަދުވާނެ.
ޕެއިމެންޓް ޑިލޭވީމާ ހުރިހާކަމެއްވެސް މަޑުޖައްސާލަން ޖެހޭނީ
ނާޒިމް އާރސީސީ ހެދިގެން މާފޮނިބޮޑުވީ
2023 ހަނދާންނައްތާލުން ބުއްދިވެރި
ތީ 2 ހިޔަޅުން
ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް ވިދާުވުން އެއީ ބަޔަކު ކަންބޮޑުވާންވީ ކަމެއްނޫން. އެޙައްޤު އެޕާޓީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެ.
މުރާލިބެ އަށް މިވަރުންވެސް އެއްޗެއް ވިސްނޭނެބާ؟ މަވެތިކަން އިންތިހާއަށް ދިޔާމަ ވާނެ ހައެތިވަނީ
ٱلْحَمْدُ لِلَّٰهِ
މޮސްޓާ އާއި ޖޭފޯ ރަނގަޅުވާނީ އެމްއެންޕީ އާއި ނުގުޅުނިއްޔާއޭ އެމްޕީން ނަކީ އެއީ ވަރަށް ކޮރަޕްޓް ބަޔެކޭ އެމެންނަކީ އެއީ ފައިސާ ދިނުމުން ޕާރޓީ ގައި ތިބޭ ބަޔެކޭ ދެން ފެންނާނެ އެމެން ގޮސް ގާސިމް އިބްރާހިމް ކުންފުންނެއް ގޮތަށް ހިންގާ ޖޭޕީ އާއި ގުޅޭ ތަން އެއިރުން މަހަކު 80 ހާސް ރުފިޔާގެ މުސާރަ އެއް ގާސިމް ދޭނެ ދެން ގާސިމް އެފައިސާ ނަގާނީ އޭނާ އަށް ސަރުކާރުން ދޭން ޖެހޭ ބަދަލޭ ކިޔާ ފޭކް ޑޮކިއުމެންޓްސް ތަކެއް ސަރުކާރަށް ހުށައަޅައިގެންނޭ މިހާތަނަށް މިސަރުކާރުން ގާސިމް ދަވާލައިފިއޭ 500 މިލިއަން ޑޮަލަރު ގެ ގޮތުގައި ދޯ...