22:06

23 ދުވަސް ފަހުން އަދަދު ދަށަށް: މިއަދު ފައްސިވީ 92 މީހުން

20:24

ތ. ވޭމަންޑޫއިން ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

19:17

ގއ. މާމެންދޫއިން ކޮވިޑް ވެކްސިން ޖަހަން ދެކޮޅު ހެދި މީހަކު ކޮވިޑަށް ފައްސިވެ ރަށް ބިރުވެރި ހާލަތަކަށް ގޮސްފި

18:36

އިންޑިއާގައި ކޮވިޑް-19އިން ދިފަާއުވުމަށް ވެކްސިން ތައްޔާރުކޮށް، އެ ވެކްސިން އެކްސްޕޯޓު ކުރަން ވަރަށް އަވަހަށް ފަށާނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފި

09:34

ލ.ގަމުގެ ފުލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ފައްސިވެއްޖެ.

ކޮވިޑް-19 އަށް ދުނިޔެ އިން ފައްސިވާ މީހުންގެ އަދަދު ފާއިތުވި ދެތިން ދުވަހު ކޮންމެވެސް ވަރަކަށް ދަށަށް ގޮސްފައި ހުރި ނަމަވެސް އެއީ ވަގުތީ ކަމެއްކަމަށް ވެދާނެކަމުގެ ކަންބޮޑުވުން އެބައޮތެވެ. މިހާރު ހާއްސަކޮށް ހުޅަނގުގެ ގައުމުތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކުރިއަށް އޮތް ފިނިމޫސުމުގައި ކޮވިޑް ފެތުރުން އިތުރު ވެގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުމެވެ.

މިހާރު ވެސް ހުޅަނގުގެ ބައެއް ގައުމުތަކުން ވަނީ ފިނި މޫސުމުގައި ކޮވިޑް އިތުރަށް ފެތުރިގެން ހިނގައިދާނެ ކަމަށް ބަލައި ތައްޔާރުވަމުންދާކަން ހާމަކޮށްފައެވެ. އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތާއި ޖަރުމަންވިލާތާއި އިޓަލީވިލާތުން ވެސް ވަނީ ފިނިމޫސުމަށް ތައްޔާރުވަމުންދާކަން ހާމަކޮށްފައެވެ.

ރާއްޖޭގެ ހާލަތައް ބަލާއިރު މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު ސެޕްޓެމްބަރ މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 1958 އަށް އަރާފައެވެ. އޭގެތެރެއިން 1128 މީހުން ފައްސިވީ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުންނެވެ. މާލެ އިން ސެޕްޓެމްބަރ މަހު ފައްސިވެފައި ވަނީ 631 މީހުންނެވެ. ރިސޯޓްތަކުންނާއި ސަފާރީތަކުންނާއި ސިނާއީ މަސައްކަތް ކުރާ ރަށްތަކުން ސެޕްޓެމްބަރ މަހު ވަނީ 199 މީހުން ފައްސިވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. نوفل

    ދެން ތިޔަ ޖަހާ ވެކްސިން ތީ އަސްލު ކީއްކުރާ އެއްޗެއްތަ؟