ސަރުކާރު ހިންގާ ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި ހުންނެވި ނަމަވެސް ސަރުކާރުން ގޯސްކޮށް ކަމެއް ކުރާނަމަ އެކަމާއި އެންމެ ފުރަތަމަ ދެކޮޅު ހައްދަވާ، ގޯސްކަންކަމާއި ދެކޮޅަށް ތެދުވެވަޑައިގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އޮފީހުގައި ކޮންމެ ހަފްތާއަކު ވެސް ސިލްސިލާކޮށް ބާއްވަމުން ގެންދާ ޖަލްސާގެ ތެރެއިން ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ ދިވެހި ރައްޔިތުންނަށް ނިކަމެތި ކަމެއް އަންނަ ނަމަ އެކަމަކާއި ދެކޮޅަށް އޭނާ އަބަދުވެސް ވާހަކަފުޅު ދައްކަވާނެއެވެ. އެކަން މީގެ ކުރިން ވެސް ސާބިތުކޮށްދީފައި އޮންނާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ސަރުކާރުން ކުރާ ކޮންމެ ކަމަކަށް ތާއިދު ނުކުރައްވާކަން ހާމަކުރެއްވުމުގެ ގޮތުން ގާސިމް ވިދާޅުވީ ނަފްރަތުގެ ބިލާއި ވެސް އެންމެ ފުރަތަމަ ދެކޮޅު ހެއްދެވީ އޭނާ ކަމަށެވެ. "އެއްވެސް ސިޔާސީ ލީޑަރަކު ވެސް ދީނީ އިލްމުވެރިޔަކު ވެސް އެއްޗެއް ވިދާޅުނުވެ އޮއްވާ އަޅުގަނޑު ބުނީ ހެޔޮ ނުވާނެއޭ މިކަން ކުރަން. އަޅުގަނޑު އެއްބަޔާން ދީފައި އަނެއް ބަޔާން ދީފައި ޕާޓީގެ ފަރާތުން ބަޔާން ދެވުނު ފަހުން، އޭގެ ހަފްތާއެއް ފަހުން އެހެން ބޭފުޅުންނަށް މިކިޔާ އެއްޗެއް ރޭކާލާ ހިސާބަށް ވެސް ދިޔައީ." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ނަފްރަތުގެ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވިއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް އޮތީ އެބިލްގެ ކަންކަން އެންމެ ރަނގަޅަށް ނުބެލިއެވެ. އެބިލް ފާސްކޮށް މީހަކު އުޅުނީ ރައީސް ސޯލިހަށް ލަނޑެއް ދޭން ކަމަށް ގާސިމް ވިދާޅުވިއެވެ. ނަމަވެސް އެކަމުން ރައީސް ސޯލިހް ސަލާމަތް ކޮށްދެއްވީ ވެސް އޭނާ ކަމަށް ގާސިމް ވިދާޅުވިއެވެ. "އަޅުގަނޑު ދަންނަވާނީ މިފަހަރު ވެސް ލަނޑެއްގައި ނުބެދި ސަލާމަތްވީ އަޅުގަނޑުގެ ސަބަބުންނޭ." ގާސިމް ވިދާޅުވިއެވެ.

ކޯލިޝަން އެއްބަސްވުމުގެ ދަށުން ކުރަން ޖެހޭ ކަންކަން ކުރަމުން ގެންދާނެކަމުގެ ޔަގީންކަން ދެއްވަމުން ގާސިމް ވިދާޅުވީ ކޯލިޝަނުން އެއްބަސްވި ގޮތައް މަގާމުތައް ނުލިބުނަސް "ތެޅިފޮޅިގެން" ލިބޭނެ އެއްޗެއް ނެތް ކަމަށެވެ. އެއްބަސްވެފައިވާ ގޮތައް މަގާމުތައް ނުލިބުނަސް މިއަދު ކުރާނެކަމެއް ނެތް ކަމަށް ގާސިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ގާސިމަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަފުޅާއި ގުޅިގެން އެކަމަށް ވެސް ގާސިމް ރޭ އިޝާރާތް ކުރެއްވިއެވެ. ގާސިމް ވިދާޅުވީ ނާޒިމާއި ރިޔާޒަށް ރައްދެއްދީ ފާޑުކިޔާކަށް ހަގީގަތުގައި އޭނާ ބޭނުންފުޅެއް ނުވެއެވެ. ނަމަވެސް ދޮގާއި މަކަރާއި ހީލަތް ހަދައި ރައްޔިތުންނަށް އޮޅުވާލަން ފެށުމުން ކޮންމެވެސް އެއްޗެއް ދަންނަވަން ޖެހުނީ ކަމަށް ގާސިމް ވިދާޅުވިއެވެ. "އަޅުގަނޑާއި ދިމާއަށް އެއްޗެއް ބުނެފިނަމަ އަޅުގަނޑަށް ކެރޭނެ ދޭތިވެސް ތިނަވެސް ބުނަން. އެކަން އެނގިވަޑައިގަންނަވާނެ. އެކަމަކު ކޮންމެ ފަހަރަކު އަޅުގަނޑު އެގޮތައް ކަންތަކެއް ނުކުރަން." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ނާޒިމް މިހާރު އެހުންނެވި ހިސާބަށް ގެނެސްދެވުމުގައި އޭނާ ވާނީ މުހިއްމު ދައުރެއް އަދާކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހަށް ނާޒިމް ހޮއްވަވައި ދެއްވަވާ އަދިވެސް އިތުރު ކަންކަން ކޮށްދެއްވި ކަމަށާއި ނަމަވެސް "ސަލާން ޖެހި އިރު ގެންގުޅުނު ނާށިގަނޑު" މަތިން ނާޒިމާއި ރިޔާޒް ހަނދާން ނައްތާލައިފި ކަމަށް ގާސިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

 1. އިސްޢާފް ސަލީމް

  އިސްލާމްދީނަށް ، ރަސޫލާއަށް ، ޤުރުއާނަށް ، ﷲ ތަޢާލާގެ ޒާތުފުޅަށް ފުރައްސަރަކޮށް އާޓިކަލްތައްލިޔެ ނެރުނުއިރު ޤާސިމުގެ ޚަބަރެއް ނެތް.
  މިފަދަ އާޓިކަލްތައްނެރެ އާއްމުކުރި އިސްފަރާތްތައް އަދަބުނުލިބި ސަރުކާރުގެ މަތިފަޑީގައިތިބިއިރު ޤާސިމުގެ ޚަބަރެއް ނެތް!
  ބޮޑަތި ލޯނުތައްނަގައި ޤަވްމު ބޮޑުތަނުން ދަރަމުންދާއިރުި ޤާސިމުގެ ޚަބަރެއް ނެތް!
  އިންޑިޔާގެ އުގަށް ޤަވްމުވެއްޓި އިންޑިޔާސަރުކާރުން ދިވެހިސަރުކާރަށް ނުފޫޒުފޯރުވާއިރު ޤާސިމުގެ ޚަބަރެއްނެތް!
  ރާއްޖޭގެ ޢަދުލުގެނިޒާމު ޢާއިލާއެއްގެ މުށުތެރޭގައިއޮވެ ފަނޑިޔާރުންނަށް ނުފޫޒްފޯރުވާ އިންޞާފް އޮޅާލަމުންދާއިރު ޤާސިމުގެ ޚަބަރެއް ނެތް!
  ބުރަ މަސައްކަތުން ބިނާކޮށްފައިވާ ޤަވްމުގެ އިޤްތިޞާދު އިނދަޖެހުނުއިރު ޤާސިމުގެ ޚަބަރެއް ނެތް!
  މުޅި ސަރުކާރު އެއް ޢާއިލާއަކުން ފުރާލިއިރު ޤާސިމުގެ ޚަބަރެއް ނެތް! މިގޮތަށް ބައިވަރު ކިއިދާނެ

  54
  1
 2. Anonymous

  އެހެންނަމަވެސް މިހާރުގެ ސަރުކާރު ހިންގާގޮތުން ކިތައްމެވަރަކަށް ރައްޔިތުންނަށް ގެއްލުންވެ ނިކަމެތިވަމުން ދިޔައަސް ތިޔަ ލީޑަރު ގާސިމްއަށް ނުފެންނާނެ ނޫންތޯ؟؟ރުހުމުގެ ލޮލަކަށް އަޢިބެއް ނުފެންނަފަދައިން މިގައުމުގައި އިންޑިއާ ސިފައިން އުޅޭކަމެއްގެ ހިލުމެއްވެސް ނުވޭވިއްޔާ، އެހެންތާވާނީ، އަނބުގޮއި މިނިސްޓރ ގޮނޑީގައި ވަކިހިއްޕުވަން އެބަޖެހޭ އަދި ހިންގާ ވިޔަފާރރިންނާއި ނުގަވާއިދުން ހިފަހައްޓައިގެންއުޅޭ ފަޅުރަށްރަށާއި ގިރިތަކާއި ބިންތަކަށް ދައްކަންޖެހޭ ޓެކްސްފައިސާ ތިބޭފުޅާ ނުދެއްކިޔަށް މިސަރުކާރުން އޯކޭ ކޮށްފަވިއްޔާ ހުރީ، ވީމާ މިސަރުކާރުން ރައްޔިތުން ކިތައްމެ ނިކަމެތިކުރަމުންދިޔައަސް މިހާރު ތިބޭފުލާއަށް ނުފެނެނާނެ ނޫންތޯ؟؟

  38
  1
 3. ހެހެހެ

  ފުރަތަމަ ހައްގު ބަސް ދެން ވަނީ ކިހިނެއްކަން ތައްޔިތުންނަށް އިނގޭ ކޮއްޓާލަންވެގެން ހައްގުބަސް ކަމަށް ބުނެ ބަހެއް އިއްވާލަނީ ދެން ބޭނުންވާ ކަމެއް އޯ ރަގަޅުތާ

  37
  1
 4. Anonymous

  މަހާނަމައްޗަށް މަޑިއަށް ތިޖެހެނީ... އިންޑިޔާއިން 1 ބިލިއަން ޑޮލަރުގެ ލޯނެއް ގެރެންޓީކޮށްދީ އަނގަ ފަހާފަ ހުރި ގައްދާރެއް ތިއީ... މިގައުމުގެ ވެރިކަމާ ނޫޅޭތީ. ތިއީ މިގައުމުގެ ރައްޔިތުން އަޅުވެތިކުރަން އިންޑިޔާއާއެކު މަސައްކަތްކުރާ ހާއިނެއް.

  35
  1
 5. މުހައްމާ

  ދެން ވެރިކަމާ ލަލަލަލަ. 10 ހާސް ވޯޓް ނުލިބޭނެ ކޮންމެ މީހަކަށް ދިހަމިލިއަން ބެހިއަސް. ދިވެހިންނަށް މިނިވަންކަމާއި އަމއިްލަ ގައުމިއްޔަތެއް އޮތުން މާ މުހިންމު. ގާސިމަކީވެސް މޑޕ ގެ އިސްވެރިންގޮތަށް ދިވެހިރާއްޖެ އިންޑިޔާއަށް ވިއްކާލައިގެން އަނގަ ބަންދުކޮށްގެން ހުރި ގައުމުގެ ރައްޔިތުންގެ ދުޝްމަނެއ. ގައްދާރެއް. ފަހާ ނަގާލަންޖެހޭ މުނާފިގު ސިފަތަކެއްގެ ވެރިއެއް.

  37
  4
 6. Anonymous

  ދިވެހިރާއްޖޭގެ ހުރިހާ ރަށަކާ މާލެ ފުރިފަ މިއޮތީ އިންޑިޔާ ސިފައިން އަރާ. ފެނޭތަ؟ ހައްޤު ބަހެއް ބުނަންތަ؟ ނޫނީ ފައިސާ ގަނޑެއް ނޫނީ ޅ ކުއްޖެއްތަ ފެންނަނީ؟

  18
  2
 7. މަސްއޫދު

  ގާާސިމުއަށް ހައްގުބަހެއް ނުބެވޭނޭ! ހައްގުބަސް ބުނެވޭނީ ހައްގުގެ މަގުގައި ހުންނަ މީހަކަށް! ގާސިމު އަޅެ ކުޑާ ހިދުކޮޅަކަށްވެސް އެހެން ޚީޔާލުތަކާ ދުރެވެ މި ބުނިވާހަކާ މެދު ވިސްނާލަބަލަ! ރަގަޅަށް އެގޭ މިބުނީ ހަގީގަތްކަމަށް!

  19
  1
 8. އަބުދު

  1978 ނޮވެމްބަރ 11 އިންފެށިގެން މިކޮޅައް ގާސިމްގެ ހިސްޓްރީ ބެލީމަ އެނގޭނެ ތިމުދާބޮނޑި ޖަމާވެފަ ތިހިރީ ސަރުކާރުގެ ކުއްދައްކާވަރުންކަން.

  17
  2
 9. ޢަބްދުﷲ

  ސަރުކާރުން ކުރާ ގޯސް ކަންކަމާއި ފުރަތަމަ ދެކޮޅު ހަދަނީ އަޅުގަނޑު - ގާސިމް

  50 މިނެޓް ކުރިން ( ސެޕްޓެމްބަރު 15, 2021 )

  މިކަލޭގެއަކީ ހާމާނުފަދަ މީހެއް . ޤާސިމްގެ ހައްގުބަހަކީ . ދިވެވި ދައުލަތުވެ ރައުސުލްމާލަކީ

  މަށާ މަގޭދަރިންނާ އަނބިންގެ ހައްގެކޭ . ބޮޑެތި ހެލްކޮޮްޓަރ ތަކާ ޑޯނިޔާ ފްލެއިޓަކާ

  އަށްޑޫގަ އެހެރަ އަސްކަރީމަރުކަޒާ ، މިއުޅޭހާ އިންޑިޔާ މީހުނާ ނުފެންނަނީ ތިނުނާ އައްގު

  ބަސް ވީމަދޯ ؟

  India Out # India Out # India Out #

  رئيس يامين عبد القيوم ވަގުން ވަގްތައް މިނިވަންކުރޭ #

  17
  1
 10. މަރްޔަމް

  އެއް ހަރުން 3 ފަހަރު ކަށި ޖަހާފަހުރި މީހެއް. މަ ހާދަ ފޫއްސެއްވެއޭ މި ލާރި ބޫތަކައިފަ ހުންނަ ބޭގަނޑުދެކެ.

  17
 11. ހުސޭނުބޭ

  ގާސިމް މިހާރު ހީކޮށްލަންވީ ސަރުކާރުގެ ވެރިޔަކީވެސް ތިއީކަމަށް. ދެތިކި ޕީ

  15
 12. މުޙައްމަދު

  މިހާރު ތިޔަ ޤާސިމު ދައްކާވާހަކަ ކުޑަކުއްޖަކުވެސް ޤަބޫލެއްނުކުރާނެ.

  18
  1
 13. ގުގުރި

  ހުސް ހޮޅިވާހަކަ ތީއަމިއްލަ އެދުން ބޮލައްއަރާފަހުރި މީހެއް ކަލޭ އަބަދުވެސް ބަލަނީ އަންބޮނޑި އަށް އެއްޗހެއް ލެވޭނެ ގޮތެއް އޮތްތޯ ގައުމޭ ހުކިޔާ ހުރޭ

  18
 14. ކާފަބޭ2020

  😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆

 15. އިސްތިއުފާ

  ގާސިމް އިބްރާހިމް އަކީ މިރާއްޖޭގެ ސިޔާސީ މައިދާނަށް ބޭނުންވާ މީހެއް ނޫނޭ ގާސިމް އިސްތިއުފާ ދޭންވީއޭ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ ގާސިމް އިސްތިއުފާ

  17
  1
 16. އަބުދު

  1978 ނޮވެންބަރ 11 އިންފެށިގެން ކަލޭގެ މާލީ ރެކޯޑު ބެލީމަ އެނގޭނެ ސަރުކާރން ކުރާ ގޮސްކަންތައް ފެނިފަހުރިވަރު

  17
 17. މަރީ

  އޭންޓް އަންނަނީ ހަމަ

  12
 18. އަބުދު

  ވެލިގާނަގަން އުޅެފަ ކަލޭ މިހާރު ތިއުޅޭ އައްުޔާސީ ދިރިއުޅުން ލިބުނީ ސަރުކާރން ކުރާ ގޯސްކަންތައް ފެނުނުވަރން.

 19. ނަސީ

  އިންޑިޔާއައް ގައުމްވިކިގެންދާއިރުވެސް ހަމަ އޯކެ ދެއްތޯ

 20. ބޯހަލާކު

  މިހާރު ރަތްޔަތުންނަށް އެގޭނެ މީބުއްދި ހަމަ މީހެއް ނޫންކަން އޭ މޮޔަޔާ ކަލޭ އަމިއްލައަށް އެދިގެން ނަމަވެސް ގުރައިދޫއަށް ދޭ މިފަސް ގަޑު ރަތްޔަތުންނާ ހަވާލުކޮށްފައި ބޯގޯސް މުނާފިގު

 21. އަފީ

  އިންޑިއާ ސިފައިން ދިވެހި ފަސްގަނޑުގައި ތިބިކަން ނޭގުނު މީހަކަށް ހެވާލާބަ އެގޭނެތޯ

 22. Anonymous

  ގާސިމް ކަލެޔަކީ އަމިއްލަ އެދުމުން ފޯވެރފަ ހުރި ގައްދާރެއް

 23. ޝޮކްތެރަޕީ

  ކީވެތަ އިންޑިޔާގެ ވާހަކަ ދައްކަން ނުކެރެނީ.؟

 24. އެޖެންޑާ2021

  އަހަރެންދުނިޔޭގަ ގަދަވެސަލާމަތުން ހުރިއްޔާ ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓަކަށް ޤާސިމުގެ ނަންއޮތީޔާމަގެވޯޓު ޤާސިމަށް ދޭނެކަން ކަށަވަރު.
  ރައްޔިތުންދެކެ ލޯބިވާ ޤާބިލްކަންހުރިމީހަކީ ޤާސިމު
  ކަމާމެދު ޝައްކެއްނުކުރަން.