ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވަށައިގެން ޖޭޕީގެ އާންމު މެންބަރުން އެނބުރެނީ އެމަނިކުފާނު ހައްގު ބަސް ވިދާޅުވާތީ ކަމަށް ގާސިމްގެ އެޑްވައިޒަރު އިލްހާމް އަހްމަދު ވިދާޅުވެއްޖެއެވެ.

ދާދި ފަހުން ނޫސްވެރިންނާ ބައްދަލު ކުރެއްވުމުން، ޖޭޕީ ހަމައެކަނި ގާސިމް ވަށައިގެން އެނބުރޭ ކަމަށް ނޫސްވެރިޔަކު ފާހަގަކުރިއެވެ. މިހާތަނަށް ރިޔާސީ އިންތިޚާބުތަކުގައި ޖޭޕީން ވާދަކުރައްވާފައި ވަނީ ގާސިމްއެވެ.

ޖޭޕީގެ މައި ޖަގަހަ، މ.ކުނޫޒުގައި އާ މެންބަރުން ސޮއި ކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ އެމްޑީޕީ ވެސް ވަށައިގެން އެނބުރެނީ އެއް ލީޑަރެއް ފަހަތުގައި ކަމަށާއި ޕީޕީއެމް ވެސް އެނބުރެނީ އެންމެ ލީޑަރެއް ވަށައިގެން ކަމަށެވެ.

އިލްހާމް ވިދާޅުވީ ގާސިމް ވަށައިގެން ޖޭޕީގެ އާންމު މެންބަރުން އެނބުރޭނެ ކަމަށާއި ސަބަބަކީ އެހެން ހުރިހާ ވެރިން ޓެސްޓް ކުރެވުނުއިރު ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެވިފައި ނުވާ ކަމަށެވެ.

"ގާސިމް އިބްރާހީމް ވަށައިގެން އަޅުގަނޑުމެން އެނބުރޭނަން، ސަބަބެއް އޮތީމަ، ރާއްޖޭގެ އެންމެން ޓެސްޓެޑް، ރައްޔިތުންނަށް ބޭނުންވާނެ އަސާސީ ޚިދުމަތްތައް ދޭން ކޮންމެ ވެރިޔަކު ވެސް އައިސް ފަހުން ހަނދާން ނެތެނީ،" އިލްހާމް ވިދާޅުވިއެވެ.

ސަތާރަވަނަ މަޖިލީހުގައި ގެމަނަފުށި ދާއިރާ އާއި ދަނގެތީ ދާއިރާގެ މެންބަރުކަން ކުރިން ކުރެއްވި އިލްހާމް ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލުމުންނާއި "ފްރޭމް ކުރެވޭ" ގޮތަށް އޭރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހައްޔަރު ކުރުމުން ހައްގު ބަސް ވިދާޅުވެ ފުރަތަމަ ނުކުންނެވީ ގާސިމް ކަމަށެވެ.

އިލްހާމް ވިދާޅުވީ މި ސަރުކާރުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ޖަލަށް ލާފައި "ވާނުވާ" ޖެހުމުން އެ ކަން ކޮށްގެން ނުވާނެ ކަމަށް ފުރަތަމަ ގޮވާލެއްވި ބޭފުޅަކީ ވެސް ގާސިމް ކަމަށެވެ.

ޖިންސީ ފުރައްސާރައާއި ގޯނާގެ ތުހުމަތުގައި ދައުވާތަކެއް އުފުލިފައިވާ އަލީ ވަހީދުގެ މައްސަލާގައި ގޮތް ނޭނގޭ އެތައް ކަމެއް އޮތުމުން އެ ކަން ވެސް ރަނގަޅަށް ތަހުގީގު ކޮށްފައި ނޫނީ ވަކި އެއްޗެއް ވިދާޅުވާން ނުވާނެ ކަން ފާހަގަ ކުރެއްވި ފުރަތަމަ ލީޑަރަކީ ވެސް ގާސިމް ކަމަށް އިލްހާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. Anonymous

    ސާބަހޭ ރިއަލިޓީ ރަނގަޅަށް ގާސިމުސޭޓް ގޯނީގެ ފުލަށްލާފަ ބޮލަށް ޗިޕްޖަހަމުންދޭ، ކޮއްމެ ޗިޕަކަށް އިންޖީނު ދޯންޏަކާއި ސްޕީޑް ލޯންޗަކާއި މިގައުމުނާއި ބޭރުގައުމަކުން ފުލެޓެއް ހިބަކޮށް ލިބޭނެވިއްޔާ، ލިބެން މަގުފަހިވެފައިވާ އެއްޗެއް ދޫކޮށްގެން ކަމަކު ނުދާނެ، 😀ކުރިއަށް ގެންދަވާ

    54
    1
  2. މުފައްކިރު

    ވާވާ މިކަހަލަ މީހުން ސިޔާސީ ވީމަ ގައުމަށް ވާނެގޮތް މިވަނީ. ދެކުނު އިރުމަތީ އޭޝިޔާގެ އެންމެ ފުދުންތެރި ގައުމަށް ވުމުގެ ފުރުސަތު ވެސް ނަގާލީ ތިއަމިއްލަ އެދުމުން ފޯވެގެން.

    26
  3. މިވަރުމަނުދެކެން

    އިލްމެއް އަދި ހިލްމެއް ނެތް، އޮތްހާވެސް އެއްޗަކީ ގަދައަޑުން ހަޅޭލެވުން. އެލަވާ ހަޅޭކުގެ ފެންވަރެއް އޮތްޓަރެއް ހުންނަނީކީ ނޫން. ގާސިމަކީ އޭނާގެ ގާގެ ނެތް ރަގަޅު ސިފައެއްގެ ވާހަކަ މީހަކު އޭނައާއި ދިމާލަށް ބުނެފިނަމަ ވަރަށް އަވަހަށް ހެއްދޭމީހެއްކަން މިރިއަލިޓީމެނަށް އެގޭތީ އަތަށް މައިކެއްލިބޭ ކޮންމެފަހަރަކު ހުޝާމަދުކޮށް ގާސިމަށް މަލާމާތްކުރުމެވެ. އެކަން ގާސިމަށް ހީވަނީ އޭނާއަކީ ހަގީގަތުގައިވެސް އެވެރިން އެކިޔާ ސިފަލިބިގެންވާ މޮޅު އިލްމުވެރި ހިކުމަތްތެރި ބުއްދިވެރި އެއް ކަމަށެވެ. މީނާބުނާކަންކަން ކުރާ ނަމަ ގައުމުލޫޓްވާލިޔަސް މީނާ ހިރުވާކަމަށްވެސް ނަހަދާނެއެވެ. އޭގެ ބަދަލުގައި އައިރުގާނޫނީގޮތުން މީނާބޭނުންވާ ކަންކަން ރައީސް ޔާމީން ކޮށްނުދެއްވީމާ އިންޑިޔާގެ މަދަދާއެކު ވޯޓްއޮޅުވާލައިގެން މީނާގެ އައުވާނުންނާއެކު ވެރިކަން އޮޅުވާލީއެވެ. ރައީސް ޔާމީނަކީ ގައުމީ އެހެންމެ ވަތަނީ ބޭފުޅަކަށްވާތީ ގާނޫނާއި ހިލާފު އަދި އޮންނަ އުސޫލުތަކުގެ ބޭރުން ކަންކުރައްވާނެ ބޭފުޅެއްނޫންކަން އެމަނިކުފާނުގެ ވެރިކަމުގެ ފަސްއަހަރުތެރޭގައި އެވަނީ ދައްކަވާފައެވެ. އެމްޕީއަކު ނޫންނަމަ ވަޒީރަކުވެސް އުސޫލުގެ ތެރޭން ނޫންގޮތަށް ކުރައްވަން ހުށަހަޅުއްވާ ކަންކަމާއި އަޅާނުލައްވަނީ ހަރުދަނާ ޝަހުސިއްސަތެއްގެ ވެރިއަކަށް ވާތީއެވެ. މިގޮތުން ގިނަގޮންޖެހުންތަކާއި ކުރިމަތިލައްވަނީ ﷲ ވަކީލުކުރައްވަމުންނެވެ.

  4. ހުސޭނުބޭ

    ހައްޤުބަސް ތިކިޔަނީ ގާސިމްގެ ލާރިބޮނޑިޔަށްދޯ! އެ ވަށައިގެން ބުރާ މާބުރެއް ތިއީ!

    27
  5. ރަދީފުލް ކުމާރު

    ރިއަލިޓީއަކީ މަނީމަނީ ޔޭއްސާ!

    23
  6. ގުގުރި

    ބަލަ ރިޔަލިޓީ އަކީ ފައިސާ ތީ ގައުމަށް ގައްދާރުވީ ހާއިނުންގެ ގެރޭހިމެނޭނެ މީހުން ކުޅިބަލަން ތިބިބަޔަކަށް ފެންނާނެ

    23
  7. އަލީ

    ގާސިމް ވަށާގެން އެއްވެސް މީހަކު ނޭބުރޭ އެބުރެނީ ސޭޓްގެ ފައިސާ ވަށާގެން ، ފައިސާ އާއި މަތީމަގާމް ފެންނަ އިަރަށް އެދިމާލަކަށް ދުވަމުންދާ މީހުން ހައްތާވެސް ތިޕާޓީގެ ތިބީ ، މާދަމަވެސް ޕީޕީއެްމ ވެރިކަމަށް އަންނަ އިރަށް ތިމީޙުން ގާސިމްދޫކޮއްފައި ދާތަން ފެންނާނެ ، ކުރިންވެސް ފެނުނީ އެމަންޒަރު.

    26
  8. ކާފަބޭ2020

    ތިޔައީ ރިއަލިޓީގެއިދިކޮޅުދޯ 😆😆😆😆😆😆

    19
  9. Anonymous

    އިލްހާމް ދާންވީ ކަޕިލް ޝަރުމާ ޝޯއަށް ޖޯކް ކިޔައިގެން މީހުން އެއްވަން. ގާސިމު ކައިރީގަ އެނބުރެނީ ފައިސާ ގިނަވީމަ އެތިކޮޅެއް ލިބޭތޯ.

    22
  10. އަބުދު

    އަތުން ފައިންކުރާނެ މަސައްކަތެއް ނޭގޭތީ ކާންފަސޭއަށް ތިއުޅެނީ .

    23
    1
  11. Anonymous

    ސޭޓުގެ ފެންވަރުކަލޭދަންނާނެ ވައިޖެހިވަރަކައްސޭޓު ފުފޭނެ ރީތިކުދިންގެވާހަކަކިޔައިދިނީމަ އިންނާނީ ހެދިފަ

    22
  12. އަލިބެއްޔާ

    މި އިލްހާމަކީ ލަދެއް ޙަޔާތެއް ހުރި މީހެއް ނޫން.. އިލްހާމަށް އެނގޭ ޤާސިމު ހައްދާލެވޭނެކަން.. މި ފަދަ މަކަރުވެރިން ޤާސިމަށް އެނގޭނީ ކޮން ދުވަހަކުންބާ.. ޤައިމު ޤާސިމުގެ ދަރިން ވެއްޖެ އެއްނު ވިސްނުވާދޭން.. އެއް ހޮރަކުން 40 ފަހަރު ކަށި އެޖަހަނީ..

    21
  13. ތޯތާ

    ޙައްގުބަސްބުނާތީ އެއްނޫން ފައިސާގެ ދަހިވެތިކަމުން ހޭބަލިވަނީ

    22
  14. ކޮލަމާ

    ކޮންބޭކާރު ދޮގުތަކެއް ؟؟؟

  15. ޝަރުމަން ، އައްޑޫ ، ޕެންސިލްވިލާ

    ދާއިރާ މީހުން ގާތަ ދުވަހަކުވެސް ދިޔަ ބުރާންޗެއްނޫން.... ހައްގު ބަސް ބުނެވިފަ ތިއޮތީ

  16. މާމިގިލިކުއްޖާ

    ސޭޓް ފަހަތުން ސްޓާފުންދާއިރު އަދިވެސް ހަމަ މުސާރަނުދޭ އިލްހާމޫ ދެންކިހިނެއް ވޯޓްދޭނީ މިހާރު ސްޓަރފުން ސޭޓްއަށް ވޯޓެއް ނުދޭނެ ބޭރު މީހުންލައްވާ ވޯޓް ހޯދާ ހދު އިލްހާމްވެސް ސޭޓްއަށް ވޯޓެއް ނުދޭނެ މީ ޔަގީންކަމެއް ސޭޓް ބޭނުންތިކުރަނީ ލާރިއަށް . ސޭޓް މުއައްޒަފުންގެ ހަމަމުސާރަނުދީ ޖޭޕީއަށް މީހުންހޯދާން ފައިސާ ހަރަދުކުރަނީ ބަލަންތިބޭ ސޭޓް ހުސްކޮއްފަ މާލަހެއްނުވެ ތިގްރޫޕް ފިލާނެ.

  17. ހައްގޭ

    ރައްޔިތުންގެ ހައްގޭ؟ އަމިއްލަ ންފްސާ އަމިއްލަ ވިޔަފާރިއާ އާއިލާގެ ހައްގުގަ ގާސިމް އުޅުނީ ކޮންމެ ފަހަރަކުވެސް. މިހާރުވެސް ކިތަންމެ ކަމެއް ބޭއިންސާފުން ދިއަސް އެ ހަނު ހުންނަނީ ހަމަ އެކަންކަމަށްޓަކައި. ވެރިކަމުގެ އެއްވެސް ކަމަކާ ދެކޮޅަށް އެއްޗެކޭ ބުނާއިރަށް ގާސިމްގެ އަމިއްލަ ވިޔަފާރީގެ މަސްލަހަތު ހިމާޔަތްކުރަން ދީފަ އޮތް ވުޒާރާތައް ގެއްލޭނެތީ އެ ހަނުހުންނަނީ. ރައްޔިތުންގެ ހައްގުތަކަށް ބަލާނަމަ އެތައް ހާސް ބައެއްގެ ބޯހިޔާވަހިކަމާ މި ވެރިކަމުން ކުޅޭ އިރު ރައްޔިތުންގެ ހައްގުގައި އެއްޗެއް ބުނީސް.

  18. އަބްދޫ

    ރުފީޔގެ ވަށައިގެން އެނބުރުނީ. ކޮންހައްގުބަހެއް ގަސިމް ބުނީ؟ އަމިއްލަ އެދުމުން ފޯވެފާހުރި މީހެއްގާސިމަކީ.

  19. ބޯހަލާކު

    އަނެއް މުނާފިގު ފާވީ

  20. ސަޓޯބޯ

    ފައިސާގެ ދަހިވެތި ކަމުހެން ބޮޑައް ލަފާ ކުރެވެނީ