ރާއްޖޭގެ ވެރިކަމުގައި މިވަގުތު ހުންނެވީ "ލޭމް ޑަކް" ރައީސްއެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް ރޭ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ޖަލްސާގައި މުންދު ވިދާޅުވީ ރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ ހާލަތަކީ ދެއަހަރު ދުވަހަށް ލޭމް ޑަކް ރައީސަކު ހުންނަވަން ޖެހުން ކަމަށެވެ.

"ލޭމް ޑަކް" އަކީ ކޮބައިކަން ސާފުކޮށްދެއްވަމުން މުންދު ވިދާޅުވީ އިނގިރޭސި ސިޔާސީ ފިލާވަޅުތަކުގެ ތެރޭގައި "ލޭމް ޑަކް" އެއްގެ ވާހަކަ އަންނަ އިރު އެއީ ވެރިކަމުގެ ޒައާމަތުގައި ހުންނަ ބޭފުޅަކު އެބޭފުޅެއްގެ ޒައާމަތު ނިމުމާ ހަމައަށް އައިމާ ދެންކަންވާ ގޮތާއި ކަންކުރާ ގޮތް ކަމަށާއި އެޙާލަތުގައި ހުންނަ ރައީސަކަށް މިކިޔަނީ ލޭމް ޑަކް ކަމަށެވެ.

"އެއީ އިންތިހާބެއް ބާއްވާ އެބޭފުޅަކު އިންތިހާބު ކާމިޔާބުކުރުމާ ހުވާ ކުރުމާ ދޭތެރޭ އަންނަ މުއްދަތު. ރާއްޖޭގައި ވެސް އެއީ ހައެއްކަ ހަފްތާ. މިހާރު ހުންނެވި ރައީސަށް މިއޮތީ ދެއަހަރު ދުވަސް ކުރިއަށް. އެހެންވީމާ މިދުވަސްކޮޅަކީ ވަރަށް ގާތުން ކަންކަން ބަލަންޖެހޭ ދުވަސްކޮޅެއް" މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ ރައްޔިތުންނަށާއި އަދި ބޭރުގެ ފަރާތްތަކަށްވެސް އަދި އިބްރާހީމް މުހައްމަދު ސާލިހަށްވެސް 17 ނޮވެމްބަރު 2023ގައި އެމަނިކުފާނު އެމަގާމުން ވަކިވެވަޑައިގަންނަވާނެކަން އެނގިވަޑައިގަންނަވާނެ ކަމަށާއި އެމަގާމާ ހަވާލުވެ ވަޑައިގަންނަވާނީ ރައީސް އަބްދުﷲ ޔާމީންކަން ވަރަށް ސާފުވާނެ ކަމަށެވެ.

އަދި މިއަދު އިދިކޮޅު ޕާޓީއާއި ބައްދަލުކުރާ ބޭރުގެ ފަރާތްތަކުންވެސް ދައްކަމުން އަންނަ ވާހަކަ ވަރަށް ބޮޑަށް ބަދަލު ވެއްޖެކަމަށާއި އެބޭފުޅުން މިހާރު ދައްކަވަނީ ޕީޕީއެމް ވެރިކަމަށް އައިސް ދެން ކަންތައް ކުރާނެގޮތާ ބެހޭގޮތުން ކަމަށް މުންދު ވިދާޅުވިއެވެ.

"ކިހިނެއްތޯ ކަންތައް ކުރާނީ ކިހިނެއްތޯ ގުޅުންތައް ހުންނާނީ. ކޮބައިތޯ ސިޔާސަތު ތަކަކީ. އެބަޔަކަށްވެސް އެބަވިސްނޭ ރައީސް ސޯލިހާއި ސުވާލެއް ކޮށްގެން އޮޅުންފިލާ އޮޅުންފިލުމަކުން އެމީހުންނަށް ފައިދާއެއް ވިއްޔާ ނުވަތަ އެއްޗެއް އެނގުނިއްޔާ އެނގޭނީ ދެއަހަރު ދުވަހުކަން. އަޅުގަނޑުމެންނާ ވާހަކަ ދެއްކީމާ ދެން އޮތް ފަސްއަހަރަށް ކަންތައްތައް އޮޅުންފިލާނެކަން. އެހެންވީމާ ދާންޖެހޭތީ މިއަދު އިބޫ އަރިހަށް ދަނީ. އެއީ ލޭމް ޑަކް ޕްރެޒިޑޭންޓަކަށް ވީމަ ވާގޮތް." މުންދު ވިދާޅުވިއެވެ.

ލޭމް ޑަކް ރައީސެއް ވީމާ ވަރަށް ގާތުން އެބޭފުޅެއްގެ އަމަލުތައް ބަލަންވާނެ ކަމަށާއި ދެއަހަރު ދުވަހުގެ ތެރޭގައި ކުރާނީ އަމިއްލަ ފައިދާއަށް އަމިއްލަ ބޭނުމަށް ކުރާ ކަންތައް ކަމަށް މުންދު ވިދާޅުވިއެވެ. އެހެންވީމާ މިދެއަހަރު ތެރޭ ނެގުނު އެއްޗެއް ނަގައިގެން ވީކަމެއް ކޮށްގެން ދާނީ ކަމަށާއި ރައްޔިތުންނަށް ވައުދު ފުއްދާކަށް ފަސޭހަތަކެއް ކުރާކަށް މަޝްރޫއުތަކެއް ހިންގާކަށް ޝައުގުވެރި ކަމެއް ނުހުންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މުންދު ވިދާޅުވީ ދެއަހަރު ދުވަހު މަޑުކުރެއްވުމަށްވުރެ ރަނގަޅުވާނީ އިސްތިއުފާ ދެއްވުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބޮކި

    ކަލޭމެންގެ ވެރިކަމުގަ ހުރީ ބޮޑު ވަގެއް ؟

    9
    12
  2. Anonymous

    ދޮންކަލޯ މުންދު ކޮންތާކު މިހުރިހާ ދުވަހު އަޅުގަނޑުމެން ރޢްޔިތުންނަށް ނުފެނި އުޅުއްވާފަ ތިޔަ ވަޑައިގެންނެވީ، މުންދުގެ ހިކުމަތްތެރި ބަސްފުޅެއްގެ އަޑުއަހާހިތުން އިންތިޒާރުގަ ތިއްބާ ދުވަސްތަކަކަށްފަހު ނަމަވެސް ބައްދަލުވީމަ ވަރަށް އުފާވެއްޖެ.

    2
    2
    • މީނަގެ

      މިނިވަން25 ގެ ޖާފަތް ކާލައިގެން ނިދާފައޮތީ

  3. ބުލްބުލް

    ކޮން ލޭމެއް ތީ ލަންކާގައި ހުރެ ނަށީދު ހައްޔަރުކުރަން ގޮވި މީހާ އެވެ. ރައީސު ސާލިޙު ވައްކަން ނުކޮށް ގައުމުގެ މި ނުރައްކާތެރި ކަމުން ސަލާމަތްކޮށް، މުޅި ރާއްޖެ ތަރައްގީ ކުރަމުން ދާތީ ކެތްނުކުރެވެނީހެއްޔެވެ؟

    4
    9
  4. އިބުރާ

    ޔާމިނުވެރިކަމައްއައކމިތާމަކަރާހީލަތުންމިނިވަންފަންސާސްޖާފަތްގޮތައްމުންދުއައްއޮޅުވާލައިގެންދައުލަތުގެފައިސާކެވޭނީ

    3
    1
  5. ގައުމީ ލޯބި

    މި އީ ހާދަ އަގަނުބައި އިންސާނެކޭ..

    ޓެކްހަށް މަކަރު ހެދުމުގައި ވެސް ލާމަސީލު، ވައްކަން އެވަރު..

    އެކަމަކު ވެރިކަމަށް ނާދެވިގެން މިގައުމުގެ ރައީސަށް އެގޮވަނީ ޖަނަވާރުންގެ ނަމުން..

    މިފަދަ މީހުން ނަށް ނޯ ބުނޭ

    6
    8
  6. ރަބަރޭ

    ބަލަ މުންދު ނާޒިމް ވިދާޅުވަނީ
    "ލޭމް ޑަކު" ރައީސަކީ ކުރީގެ ރައީސް ޔާމީނު ކަމަށް

    4
    8
  7. Anonymous

    "ބުލްބުލް" ކަލެއަކީ ލޮލުން ނުފެނަ ކަންފަތުން އަޑެއްނުއިވޭ ގަމާރެއްތަ؟؟ މިގައުމުގެ ކޮވިޑު ބަލީގައިތިބި އެތައްސަތޭކަ ބައެއްގެ ފުރާނަ ސަލާމަތްކުރަން ބޭނުންކުރަންޖެހުނު އެއްމެމުހިއްމު ވަސީލަތްކަމަށްވި ވެންޓިލޭޓަރތަކެއް ގަންނަން ހިންގި ޕްރޮސެސް އެންމެފަހަކަށް ފައިސާގެ ބޮޑު ވައްކަމެއްގެ ޖަރީމާއަކަށް ވެގެން ދިޔަކަން ކަލޭއަށް ރޭކާވެސްނުލީ ހަމަ އެހާ ގަމާރީތަ؟ ކަމާބެހޭ މިނިސްޓަރބުނީ ވެރިމީހާއަށާއި އޭނަގެ ޓީމަށް ހުރިހާކަމެއް އިނގޭނެޔޭ ބުނި ހިސާބުން އެމައްސަލަ ސައިބޯނި ބޮއްކަކަށްވެގެން ގޮސްފައި އެވަނީ، ފެންނަންހުރި ތަރައްގީއެއްވެއްޖެއްޔާ ރ.ޔާމީން ސަރުކާރުގެ ތަރައްގީކަން ނެއެނގުނީވެސް ހަމައެހާ ގަމާރީތަ؟؟ ކަލޭމެންގެ ގަމާރުރައީސުގެ މިއަދުގެ ސަރުކާރުގެ ވަޒީރަކާއިގުޅޭ ޝަރީއަތެއް ހިންގަންވެއްޖެއްޔާ އެމީހުންވެސް ބުނެލަނީ އެއްވެސްތަހުގީގެއް ހިނގައިފިޔާ ސަރުކާރާއި ރައީސު އޮރިޔާންކޮށްލާނަމޭ ބުނާހިސާބުން ތަހުގީގު ބިލާހަކަށްވެ ނިމެނީ، މިފަދަގޮތަކަށް ކަލޭ ތިޔަބުނާ ތެދުވެރި ރައީސުމީހާ ބްލެކެމެއިލްވެފައިވަނީ ހަމައެހާ ތެދުވެރި މުރާލި ރައީސަކަށް ވީމަބާއޭ ހިތަށްއަރާ؟؟؟

  8. ރާގޮޑިރާޖަ

    މިކަލޭގެ ލަދުވެ ސް ޔާނު ވަގަށްނެގީބާ.

  9. ޢަހޮމަދު

    މިނިވަން25 ޖާފަތްކާލައިގެން ނިދުނުގޮތަށް ހޭލެވުނީދޯ.