ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ކޮންގްރެސްގެ ނުރަސްމީ އެޖެންޑާގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ކޮންގްރެސްގެ ބައިވެރިންނާއި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ "އިންތިހާބުގައި ވާދަކުރެވޭ ހާލަތެއް އަތުވެއްޖެނަމަ" އިންތިހާބުގައި ވާދަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

"އަޅުގަނޑަށް ކުރިމަތިލެވޭނެ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އަޅުގަނޑު ނިކުމެ އެމައްސަކަތް ކުރަން ތައްޔާރަށް ހުރިކަމުގެ ޔަގީންކަން ތިއެންމެ ބޭފުޅުންނަށް އަރުން" ނަޝީދު ވިދާޅުވިއެވެ.

އަދި އެ ހާލަތު މެދުވެރިނުވެއްޖެނަމަ ނެރޭނެ ކެންޑިޑޭޓަކު "ތައްޔާރަށް" ބެހެއްޓުމަށް ނަޝީދު އެދިވަޑައިގެންނެވިއެވެ. އަދި "ތައްޔާރަށް" ބަހައްޓަވާ ކެންޑިޑޭޓު މިއަދުގެ ކޮންގްރެސްގެ ތެރެއިން ކަނޑައަޅައިދެއްވުމަށް ވެސް ނަޝީދު ވަނީ އެދިވަޑައިގަންނަވަފާއެވެ.

އެއާއެކު އެކަމާ މެދު ގޮތެއް މަޝްވަރާކުރުމަށް އެމްޑީޕީގެ ކޮންގްރެސްގެ ބައްދަލުވުން ވަނީ ފަސް މިނެޓަށް މެދުކަނޑާލާފައެވެ.

"އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް ނެތި މިޕާޓީ ރިޔާސީ އިންތިހާބަށް ގޮސްފިނަ އެވާނީ މި ޕާޓީ އަށް ލިބޭނެ ބޮޑު ގެއްލުމަކަށް. އަޅުގަނޑަށް އެމްޑީޕީގެ މެންބަރުން ދެއްވާފައިވާ ރިޔާސީ ޓިކެޓް އާއި ގުޅޭގޮތުން އިތުރުގޮތެއް ނިންމަންޖެހޭ, މި ދަންނަވާހެން އަޅުގަނޑުގެ ނަން އިލެކްޝަން ކޮ.ިޝަނަށް ހުށައެޅުމުން ގާނޫނާއި ގަވާއިދަށް ބެލުމެއް ނެތި އެކޮމިޝަނުން އެނަން ބަލައިނުގަތުމަކީ އެމްޑީޕީގެ ވަރަށް ގިނަ މެންބަރުން ދެކޭ ގޮތެއް" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިގޮތަށް ވިދާޅުވިއިރު އެމަނިކުފާނު އިއްޔެ ވަނީ އެ ޕާޓީގެ ރިޔާސީ ޓިކެޓު ދޫކޮށްލިކަން އިއުލާންކުރައްވާފައެވެ.

އިންތިހާބުގައި ވާދަ ނުކުރައްވާނެކަމަށް ނަޝީދު ހާމަކުރެއްވީ އެމްޑީޕީގެ ޕީޖީ ގުރޫޕަށް އިއްޔެ ފޮނުއްވި މެސެޖެއްގައެވެ. އިންތިހާބުގައި ވާދަ ނުކުރެއްވުމަށް ނިންމެވީ އިލެކްޝަންސް ކޮމިޝަނުގެ އަމަލުތައް ހުރިގޮތުން ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެކަމުގެ ކަންބޮޑުވުމާއި ގުޅިގެންކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ިއިޝްގީ މުންކޮ

    ކަންތަކާޖެހުނީ

  2. ޝިދާތާ

    ދެފުއް ކެހެރި

  3. ޗޭންޖްއިޓް

    ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވާނީ 52 ޕަސެންޓުން ކަމަށް ނިހާން މެންގެ ހިސާބު ތަކުން ދައްކާނަމަ މާލެ ސަރަހައްދުގައި ވޯޓް ލާ މީހުންގެ %95 ނުލިބޭ ގޮތަށޭ އެ ހިސާބު ޖެހިފައި އޮންނާނީ ކަން މިހެން ހުރުމުން މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން މިހިސާބު އަދި ޖަހަންވީއޭ އެގޮތަށް ހިސާބު ޖެއްސެވުމަށް ފަހު މިހާރު މާލޭގައި ހުރި އަމިއްލަ ހުރިހާ ކޮލެޖްސް ތައް އަމިއްލަ އަށް މާލެ ކޮލެޖް އެސޯސިއޭޝަން ކިޔާ ޖަމްއިއްޔާ އެއް އުފައްދާ ގޮތަށް ހަދާ ހުޅުމާލެ އެކެއްގައި ހުރި އެސްޓީއޯ ހޮޓަލާއި އެބިން އެސްޓީއޯ އަތުން ނަގާ މިދެންނެވުނު ކޮލެޖްސް ޖަމްއިއްޔާ އާއި ހަވާލު ކުރުމަށް ފަހު މާލޭގައި ހުރި ޕްރައިވެޓް ކޮންމެ ކޮލެޖް އަކަށް އެތަނުން ދެ ފްލޯރ ދީ އަދި ސަރުކާރުގެ ޚަރަދުގައި އަނެއްކާ އެތަނުގައި 25 ބުރީގެ އިމާރާތެއް ކުރާނީ އެއީ ކޮލެޖްސް ތަކުގައި ކިޔަވާ ކުދިންނަށް ދޭން އަޅާ ހޮސްޓެލް އެއްގެ ގޮތުގައި. އެއިރަށް %52 ބަދަލުކުރެވޭނެ %85 އަށް. ޗޭންޖް އިޓް އީވެން ވެލް އިނަފް ޗޭންޖް އިޓް.

  4. Anonymous

    މީނާ ގެ ކަނޑުކޮސްކަމުން ކިހިނެތް ވެރިކަމައް ހޮވާނީ . ރޔ 2018

  5. ކުރަފަތް

    ބޯގޮވި

  6. Anonymous

    ޢަޅެ މީހަކު ހީހީ ހަލާކުނުވާނެތަ . އިންތިހާބުގެ ކެމްޕޭނު މެދުތެރެއިންވެސް މީއްޗަކު ބުނެފާނެ ތިމަންނައޭމީ ކެންޑިޑޭޓަކީ

  7. Anonymous

    ކެންޑިޑޭޓަކައް ނުހަދާފިއްޔާ ދެން މިރޭ ލޮލުފިޔައެއްވެސް ނުޖަހާނެ .

  8. ގާސިމު

    މަ ބޯހަލާކު ވެއްޖެ. މިސޮރު ފަހަތުލީފަހުން. އަވަހައް ސަލާމަތްވާންވީ. ގޮތްދޫކުރާ ގޮތެއްނެތް

  9. ަ

    ރަނގަޅު މައުލޫމާތު ދެއްވާ

  10. ޙައްޖަ

    ޢެޔޮށް ހޭވެރިކަން ވީ.. ބޮޑު ކަމެއް

  11. ފާތު

    ވެރިކަމާހެދި މޮޔަވާ ސޮރެއް.

  12. ޗޭންޖްއިޓް

    ސިޔާސީ ހަރަކާތްތަކުން އަޅުގަނޑު ދުރަކަށް ނުދަން ކަމަށް ތަމެން މިއަދު ބުނާނެއޭ އެކަމަކު މަމެން ޕިންކީން މިހާރު ނެކްސްޓް ޗެޕްޓަރ ރީޑް ކުރަން ފަށައިފީމޭ ނެކްސްޓް ޗެޕްޓަރ ރީޑް ކުރާއިރު ސެޕް 23 ގައި ތަމެން އިދިކޮޅު ކޯލިޝަން އިން ނެރޭ ކެންޑިޑޭޓަށް ލިބެނީ 2000 ވޯޓް އޭ ފުރަތަމަ ބުރުން ރިޔާސީ އިންތިޚާބު މަމެން ކާމިޔާބު ކުރާނީ ވޯޓް ލާމީހުންގެ %85 ވޯޓް ކާމިޔާބު ކޮށްގެން ނޭ އެދުވަހަކުން ދެން ތަމެން އަލިފާނޯއި އޭ ކިޔާ ދުވެ ފިލާނެއޭ މިއަދު ޕްރޮޕެގެންޑާ ތަމެން ފަތުރާނެއޭ މީޑިއާގެ ފަލަ ސުރުޚީ ތަކުން ޖާގަ ހޯދަން ވެގެން. ދިސް އިޒް އޮންލީ ގެޓިންގް ނޯން ޓު އަސް،.

  13. ދީބު

    އިބޫ ނެރެ އިބޫ އަށް އިންތިޚާބު ކާމިޔާބު ކުރެވިއްޖެއްޔާ، ދެން ބުނާނީ މި އީ ތިމަންނަގެ ރައީސް ކަމޭ. ހުވާކުރަން ޖެހޭނީ ތިމަންނައޭ. އިބޫ އެއީ ތިމަންނައަށް ކުރިމަތި ނުލެވިގެން ތިމަންގެ ފަރާތުން ކުރިމަތިލި މީހާއޭ! މިއީ ހަމަ މިނަ ދިވެހި ގައުމާއި ރައްޔިތުންނާއި އެމްޑީޕީއަށް ހެޔޮ އެދޭވަރުން އުޅޭގޮތް.

    • އިބޫ

      ވަރަށް ވުން ގާތްކަމެއް. މިހާރު އެ ބުނީތާ، ތިކެޓް އަތުލާނަމޭ. މިވަރުވާއިރުވެސް މިއުޅޭ ރީނދޫކުދިންނަކަށް އެއްޗެއް ނުވިސްނެޔޭ

  14. ބޮޑު ދެލޯ

    ހަމަ ޙަޤީޤަތުގައިވެސް ދުނިޔެއިން މޮޔަވީ! އުތަ؟ ސްކިޒޯފްރީނިއާގައި ތިބޭ މީހުންވެ ދައްކަނީ ތިކަހަލަ ވާހަކަ ދޯ!

  15. ބުއްޅަބެ

    އެއީ އެސޮރު ކަޓާފަ ހުރެ ބުނި އެއްޗެއް. އިބޫ

    އެސޮރު ކުޑަ ބޮލުގަ ބަޑި ޖައްސާފަ ބުނުވީ

  16. ޑެކުނު

    މީހަކު ދައްކާވާހަކަ ފަހުމް ނުވިޔަސް ފަލަސުރުހީ އެޅޭތޯ ބަލައްޗޭ.

  17. She

    Mee alhe seykehtha nooni kandukoheh tha?

  18. ޙުސެން

    ވާދަ ވެރި ޙަސަދަ ވެރި ބާޣީ ވަގުން ތައް ބުރާންތިވަނީ. ނަޝީދު ވިދާޅުވީ ރައްޔަތުންގެ އެދޭގޮތުގެ ވާހަކައެވެ. ވަގުން ބިރުން ތެޅެނެކަން ޔަޤީނެވެ. ކޮންމެ މެމްބަރަކު ނިކުތަސް އެމްއޯޔޫ އާއި ނުކުޅެވޭނެއެވެ. ޚާއްޞަކޮށް އެމްޑީޕީއާއި ނުކުޅެވޭނެއެވެ.

  19. އަހްމަދު

    މީމަމިސޮރައް އިތުބާރުނުކުރާށޭ ބުނާސަބަބު ރޭގަބުނީ ޓިކެޓުދޫކޮށްލީއޭ މިހާރުއެބުނަނީ މީހަކުދޮންކޮށްފަބަހައްޓާށޭ މަށައްނޭވާނުލެވެންޏާއެމީހަކުލައްވާ މަގޭނޭވާވެސްލައްވާށޯ މިދެންބޮޑުވަރު އެކަމުކީއްކުރާނީ ބުނިގޮތެއްނޫނިއްޔާނެހެދޭނެވިއްޔާ

  20. ދެފުއްކެހެރި

    ޢެއްކަލަ މޮޔަކުއްޖާ މިއުޅޭފާޑުން ލަދުން ބޯހަލާކު އެއްފަހަރު ރިޔާސީ ޓިކެޓް ދޫކޮއްލާނެ އަނެއްކާ އަތުލާނެ މޮޔަސޮރު

  21. ޫނޫނު

    އިއްޔެ އެހެން އެބުނީ ހިނދުކޮޅުގަ ހުންނަވައިގެން.... ހިނދުކޮޅު ފިލީމަ ރައީސް ކަމަށް ފެންބޮވައިގަތީ އުތަ... ކަނޑު ކޮސް އައްނި

  22. ވިސްނޭ

    އިބޫއާ އެއްކޮށް ސެލްފީނެގުމާއި ފޮޓޯނަގާ މީހުން ގިނަވީމަ ކެތްނުވީ އެސޮރަށް

  23. އިބްރާހިމް

    ﷲ އިރާދަކުރެއްވިއްޔާ މި ނަޝީދު ކަހަލަ ކަނޑުކޮހަކު މިރާއްޖޭގެ ވެރިކަމަކަށް ދެން ނާންނާނެއެވެ.

  24. ގަލޮޅު މީހާ

    ވާންޗޯ . ކަލޭ ގޮވަން ޖެހޭނީ ވަލުތެރޭން

    ތިހުރިތަނުގަ މައިތިރި ވެގެން ހުރެވޭތޯބަލާ.

  25. މަރިޔަނބު

    މަނެތިން މީތިފަހަރު ކީޔާއެއްޗަކައް ކޮމެންޓްކުރާކައް ހިލޭލިބުނަސް ތީތިފަހަރަކާ ނީންނާނަން

  26. ޙާދިމް

    ތަންކޮޅެއް އައު ވާހަކައެއް ދައްކަންވީނު ވަގުތުން

  27. ރުޒާނާ ޗޮއްޕަޓު

    ބަލަ ކަލޭ ތީ ބޮޑު ޓެރަރިސްޓެއް. ކޮން ހާލަތެކޭ ކިޔާކަށް. އެހެންނޫނަސް ކަލޭގެ ލާދީނީ ބައިގަނޑުން އެހެން މީހަކު އައްޔަން ކޮށްފަ އެއޮތީ. އެކަމަކުވެސް ކަލޭ ހަމަ ވާދަކުރަން. ކިހާ ބޮޑު ބލއެއް. ކެކެކެކެކެކެ