އުމުރުން އަށް އަހަރުން ފެށިގެން މަސްތުވާތަކެތި ބޭނުން ކުރާ ކުދިން ފާހަގަ ކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެތީގެ ވަބާގައި ޖެހޭ ޒުވާނުންނަށް ފޯރުކޮށްދެވޭ ރެހިބިލިޓޭޝަން ފަރުވާ ދެމުން ދިއުމުގައި ހުރި ދަތިތަކާ ގުޅޭ ގޮތުން ކޮށްފައިވާ ދިރާސާއެއް ރައްޔިތުންގެ މަޖިލީހަށް ހެލްތު މިނިސްޓްރީން މިއަދު ވަނީ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިފައެވެ.
މި ޕްރެޒެންޓޭޝަން ހުށަހަޅުއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސަފިއްޔާ މުހައްމަދު ސައީދު ވިދާޅުވީ މިހާރު ކުރެވިފައި އޮތް ދިރާސާތަކުން ފެންނަ ގޮތުގައި އާންމު ގޮތެއްގައި މަސްތުވާތަކެތި ބޭނުން ކުރަނީ އުމުރުން 17 އަހަރާއި 68 އަހަރާ ދެމެދުގެ މީހުން ކަމަށެވެ.
ބޭނުން ކުރާ މަސްތުވާތަކެތީގެ ބާވަތްތަކާއި މަސްތުވާތަކެތި އެތެރެ ކުރަމުންދާ ގައުމުތައް ވެސް ބަދަލު ވަމުން އަންނަ ކަން ސަފިއްޔާ ފާހަގަ ކުރެއްވިއެވެ. މި ގޮތުން މީގެ ކުރީގައި ބޮޑަށް ބޭނުން ކުރަނީ ފަތް ފަދަ ގުދުރަތީ ތަކެތި ކަމަށް ވިޔަސް މިހާރު ގިނައީ ކެމިކަލްގެ ބާވަތްތައް ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ކުޑަކުދިން މަސްތުވާތަކެތީގެ ވަބާގައި ޖެހޭ މިންވަރު އިތުރުވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހޭ ކުދިންގެ ތެރެއިން އެންމެ ގިނައީ އުމުރުން 15 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނެވެ. އެހެންވިޔަސް އުމުރުން އަށް އަހަރުން ފެށިގެން މަސްތުވާތަކެތި ބޭނުން ކުރާ ކުދިން ފާހަގަ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަށް އަހަރުގެ ކުދިން ވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހޭ ކަން ފާހަގަކޮށްލެވޭ،" ސަފިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން މަސްތުވާތަކެތި ވިޔަފާރި ކުރުމުގައި އޭގެ އިސް ފަރާތްތަކުން ކުޑަކުދިންނާއި ބިދޭސީން ބޭނުން ކުރަމުންދާ ކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށް ސަފިއްޔާ ވިދާޅުވިއެވެ.
މިހާރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަސްތުވާތަކެތި ބޭނުން ކުރަމުންދާ ކަމަށް ސަފިއްޔާ ވިދާޅުވިއެވެ. ކަނޑުގެ މަގުގެ އިތުރުން ވައިގެ މަގުން ވެސް މަސްތުވާތަކެތި އެތެރެ ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަން ހުއްޓުވަން ސަރުކާރުން ކު ރާނެ ކަމެއް މުހިއްމީ.
މިނިސްޓަރ ގެ ނައިބުގެ އުމުރު 17 އަހަރުތޯ މިނިސްޓަރ ގެ އުމުރު69 ތޯ
ކުޑަ ކުދިން ވެސް މިނިސްޓަރ ގެ ނައިބު ފެންވަރުގައި މުސްކުޅިވެގެން ގޮސް އަނެއް އަތަށް ޒުވާން ވެގެން ގޮސް ވެސް އަނެއް އަތަށް މީވާ ސަރުކާރެއް
ކުދަ ކުދިން އިސްލާމް ދީނާ ދުރުކޮށް މިނިވަން ކަން ދިނުމުގެ ނަތީޖާ.
މެތު އާންމުވެއްޖެ، ހިލޭ ވެސް ލިބޭ ހިސާބަށް ހިނގައްޖެ! މިދަރަޖައައް ދިޔަކަމައް ހެލްތް މިނިސްޓރ އައް ވިދާޅުވެވުނީމާ އޭގެ މާނަޔަކީ މުޅިސަރުކާރުފެއިލްވެފައިވާކަން ރައްޔިތުމީހާކުރާމަސަތްކަތުން ގާނޫނެއްގެ އަލީގައި ޓެކްސް ނަގައިގެން އެފައިސާއިން މުސާރަނަންގަވައިގެން ގައުއުމުގެ މުސްތަގް ބަލް ކަމައްވާޒުވާނުން ހަލާކްވަމުންދާއިރު އެކަންކަން ނުބެލެހެއްޓޭބަޔަކު މަގާމްތަކުގަތިބޭ ކަމީލަދުވެތިކަމެއް މިހާރު ބޭރުގައުމެއްގަނަމަ އިސްތިއުފާދޭނެ ވަރައްވެދުން ދެންކީއްތޯ ކުރާނީ ފަރުދީޒިންމާއޭވިދާޅުވެ ރައްޔިތުމީހާގެބޮލުގަ އެޅުވީމަ އެނިމުނީނޫންތޯ ސަރިއަތެއްނުކުރެވޭ ޑުރަގްގެ ކުއްވެރިން ކުށުގެ ވޯލްޑްރިކޯޑް ހެދުމައްދޫކޮއް މުޖުތަމައުގެތެރޭގައި ގަންނަނީލަދު މިވާހަކަލިޔަންވެސް ކިޔަންވެސް